މިދިޔަ މަހުގެ މާލެ ސަރަހައްދުގެ ކަރަންޓު ބިލްތައް އިންތިހާއަށް ބޮޑުވެގެން ދިއުމާއި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން މިރޭ މާލޭގައި ރެލީއެއް ބާއްވަން ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބުނީ، "ކަރަންޓުން ވެސް ވައްކަން" ނަމުގައި ބާއްވާ މި އެއްވުން އޮންނާނީ މިރޭ ޕީޕީއެމްގެ އޮފީސް ދޮރުމަތީގައި 8:45 ގައި ކަމަށެވެ.

މާލެ ސަރަހައްދުގެ މިދިޔަ މަހުގެ ކަރަންޓު ބިލްތައް ކޮވިޑް-19 އާއި ގުޅިގެން ބޮޑު ޑިސްކައުންޓެއް ދިނުމުގެ ކުރީގެ މަސްމަހުގެ ބިލްތަކާއި އަޅައި ބަލާއިރު ވެސް އެތައް ގުނައެެއް ވަނީ ބޮޑުވެފައި ކަމަށް ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ. އެ މައްސަލަ މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހާޅާފައެވެ.

މިކަމާއި ގުޅިގެން ސްޓެލްކޯ އިން ބުނަނީ ކުއްލިއަކަށް ކަރަންޓު ބިލުތައް ބޮޑުވެގެން ގޮސްފައި ވަނީ ފުރަބަންދުގައި ދިން ޑިސްކައުންޓު ކަނޑާލުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބޮކި

    ތަމެން ތިވާހަކަ ދައްކަން ލަދު ކޮބާތަ ؟؟

    8
    24
  2. ސަރުބަތު

    ހީހީ ބަނޑުގަ ރިއްސަން ފަށައިފި. ބަލަގަ އަދި ހަނދާން ނުނެތޭ މީގެ ދެއަހަރު ކުރިއެއް.

    5
    25
    • Anonymous

      ބޮނޑިބަތް ކެވުނުލެއް މަދުވީހެން ހީވަނީ އަދިވެސް

  3. ޗެރީހުނޫ

    ވައްކަމުގަ ކުޅިގަނޑު ފެށީ ޔާމިނުބެ. ދިވެހިން ހިޕޮކްރިޓްކަމުންވެސް ހައްދު ފަހަނައަޅާފަ. ވަކި މީހަކު ވައްކަން ކުރީމަ ދޯ ނުބައިވަނީ ? އިދިކޮޅުންވެސް ތިބެނީ ކަމެއް ނުފެނިފަ ބޭރަށް ނިކުންނަ ހިތުން މައިތިރިވެގެން ގޭގަ އޮވެބަލަ. މާ ހިތްހެޔޮ ބަޔަކަށް ވެގެން

    3
    11
    • Anonymous

      ޔޯ. އަހަރެމެން ގަބޫލެއް ނުކުރަމޭ ބޭނުންވާ ހުކުމެއް ނުއިއްވާ ގާޒީ ވަކިކޮށް ބޭނުންވާ ގާޒީންލާ ބޭނުންވާ ހުކުމެއް އިއްވާއިރަށް އެއީ ވައްކަން ސާބިތުވީ ކަމަކަށް. އަހަރެމެންނަކީ ސިކުނޑި ބޭނުންކުރާ ބަޔެކޭ. ރީނދޫ ބޮޓުންނެއް ނޫނޭ

    • މާމަ

      ވައްކަމުގެ ކުޅިގަނޑު ފެށީ ވެލާނާ ގޭތެރެއިން ފަރަންޖީ އަންނި

  4. Anonymous

    ވައްކަމުގެ ބާނީ އޮތީ ހިފާ ހައްޔަރުކޮށްފަ..... އެވަރުގެ ވައްކަމެއް އަދި ނެތް މިހާތަނަށް މީހަކަށް ކުރެވިފަ

    2
    14
    • Anonymous

      ތަރައްގީގެ ބާނީ ކިޔާތީ ވަރަށް ކަޑަވޭ ދޯ. ހެހެ

  5. ނަައީމް

    ބަލަހަދާން ނެތުނީތަ ޔާމިން ސަރުކާރުން ކުޑަކޮށްދީފައޮތް ކުޑަކުރުމެއް މިހާރުބަލާލިޔަސް ބިލުންފެންނާނީ ތިވަރުވެސް ކުޑަކޮށްދިނީ ރައީސްޔާމީސްސަރުކާރުން ނިކަން މިސަރުކާރުން ދީފާ އަތުލަނީ މިއަށް ކިޔާ އުޅެނީ ފީފަން ކޮކާ ޔާ މީން ދެވަނަދައިރަކުން ބިލްގައި 300ޔުނިޓާ ހަމައަށް 1ރުފިޔާ ހަދާނެ ކަމުގަ ނިންމާފާ އޮތީ ބަލަ އަދިވެސް ހެޔޮވެރިކަމެއްކޮށްދެވޭނީ ހަމަ ރައީސް ޔާމީނަށް ކަން ކަށަވަރު ލޮލަށް މިއޯތީ ފެނިފާ

    16
    2