ރިސޯޓެެއްގެ ގޮތުގައި ތަރައްގީކުރާ ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީންނަށް ގިނަ ދުވަސްތަކެއް ވަންދެން މުސާރަ ނުދީ، ގެންގުޅުނު މައްސަލައިގައި، އެ މަސައްކަތުގެ ކޮންޓްރެކްޓަރު މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އެކައުންޓުތައް ފްރިޒްކޮށް، އެ މީހުންނަށް މުސާރަ ދޭން އަމިއްލަ ޖަމިއްޔާއެއް ކަމަށް ވާ ނަވާނައި އިން ގޮވާލި ޚަބަރަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ ޓްވިޓާގައި "ލައިކް" ކުރައްވައިފިއެވެ.

"ޓްވިޓާ" ގައި ބުނެފައި އޮންނަ ގޮތުގައި ޓްވީޓަކަށް "ލައިކް" ކޮށްފިނަމަ އޭގެ އެއްމާނައަކީ ޓްވީޓްގައި ބުނެފައިވާ ވާހަކައަކާއި މެދު އުފާ ކުރުމެވެ. ނުވަތަ އެކަމަކަށް އެއްބަސްވުމެވެ. ނަމަވެސް އެއީ ރީޓްވީޓް ކުރަން ފުދޭ ވަރުގެ ޓްވީޓަކަށް ނުވުން ކަމަށް ވެސް "ޓްވިޓާ" އިން ބުނާ "ލައިކް" ގެ މާނައިގައި ހިމަނާފައި ވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ހ) ގެ (07) ވަނަ ނަމްބަރުގައި ބުނެފައި އޮންނަނީ މެންބަރަކު ކުރާކަމަކުން، ނުވަތަ ބައިވެރިވުމަކުން، ނުވަތަ ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން، ނުވަތަ އެނޫންވެސް އެހެން ގޮތަކުން، އެ މެންބަރެއްގެ މުސްތަޤިއްލު ކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް ނުކުރުމާއި ކޮމިޝަނުގެ މިނިވަންކަމާއި، މުސްތަޤިއްލުކަމާއި، އިންޞާފުވެރިކަމާމެދު ސުވާލު އުފެދޭނެ ނުވަތަ އުފެދިދާނެ އެއްވެސްކަމެއް މެންބަރަކު ކޮށްގެން ނުވާނެ ކަމަށެވެ.

"ވަގުތު" އާއި ވާހަކަ ދެއްކެވި ރާއްޖޭގެ މަޝްހޫރު ޤާނޫނީ ވަކީލަކު ވިދާޅުވީ ހައްސާސް މައްސަލައެއްގައި އޭސީސީގެ ރައީސް ޓްވިޓާގައި "ލައިކް" ކުރުމަކީ ވަކި ފަރާތަކަށް ބުރަވެގެން މައްސަލައެއް ނިންމަފާނެ ކަމުގެ ހެއްކެތް ކަމަށް މީހުން ދެކޭނެ ކަމަށެވެ.

"އޭސީސީ ރައީސް ޝިއުނާ އަކީ މިފަދަ ކަންކަން ކުރައްވާ ބޭފުޅެއް. ދާދިފަހުން އުތެމާ އިން އެޖަމިއްޔާގެ ދިފާއުގައި ނެރުނު ބަޔާނަކަށް ވެސް ޓްވިޓާގައި ލައިކް ކޮށްފައިވޭ ޝިއުނާ. މިއީ ވަކިފަރާތަކަށް ނުޖެހޭނެ ކަމަށް ބައެއް މީހުން ހީކުރާ ބޭފުޅެއްގެ ކިބައިން ފެނުން ރަނގަޅު ކަންކަމެއް ނޫން. ޤާނޫނަކުން މަނާ ނުކުރި ނަމަވެސް މިފަދަ ކަންކަން ކުރެއްވުން ގޯސް. ދުނިޔޭގެ ޑިމޮކްރަޓިކް އެހެން ގައުމުތަކުގައި ވެސް މިއީ އާދައިގެ ކަމެއްގެ ގޮތުގައި ނުދެކޭނެ." އޭނާ ވިދާޅުވިއެވެ.

އޭސީސީގެ ރައީސް ޝިއުނާ ވަނީ ދުވަސްތަކެއް ކުރިން ޓްވިޓާ އިން "ވަގުތު" ބްލޮކް ކޮށްފައެވެ. ނަމަވެސް އޭނާ ލައިކް ކޮށްފައިވާ ޓްވީޓްތަކުގެ ސްކްރީން ޝޮޓް "ވަގުތު" އަށް ލިބިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދަރަނި ދަންތުރަ

    މޫނިމަތިން ވަރަށް މަކަރުވެރި ވަށްތަރުޖަހާ

  2. ޭލާރިބަނޑު

    މިޢީވެސް މިއުޅޭ ބައިގަނޑުގެ ކުއްޖެއްބާ.

    12
  3. މިނިކާ ރާއްޖެ

    ކުރިން ދިޔައީ މިނިކާ ރާއްޖެ ބަލާފަ އަންނަންދާން. އެގޮތުން މިނިކާ ރާއްޖެ ބަލާފަ އެރަށަށް ނާރާ އުޅެނިކޮށް އަންނީގެ ވެރިކަން ގެއްލުނީ، އެކަމަކު މިހާރު މިއޮތީ ގޮޑި ކޮށްކޮއެއް ލައިގެން ހަމަ ސީދާ އަންނީގެ މުށްބާރު ކަމުގެ ތެރޭގައި މިވެރިކަން ހިގާ ގޮތަށް ހަދާ މިވެރިކަމުގައި އޭރު އެގޮވި މިނިކާ ރާއްޖެ އަށް ސީދާ އަރާފަ، ވީމާ މިނިކާ ރާއްްޖޭގައި ހުންނާނީ އެނޫން ރާއްޖެ ތަކާ ތަފާތު ކަންކަން

  4. މާމީ

    ދޮން މީހުނާއިދެގެން އުޅެންޏާ އުޅެން ވާނީ އުތެމާގަ ވީމަ މަންޖެމެނައް ޝައްކު ކުރާނެކަމެއްނެއް......

  5. Juhaa

    ރިޒާގެ މައްސަލައަކީ އޭސީސީން ބަލަން ހަމަޖެހިފައިވާ ބާވަތުގެ މައްސަލައެއް ނޫން. އެއީ ފުލުހުން ބަލަންޖެހޭ މައްސަލައެއް.

  6. އޭ

    ބަލަ އޭސީސީގެ ރައީސް ބެލި މައްސަލަ އެއް ބުނެބަލަ އަހަރު ވެެގެން ދިޔައިރު އަންހެނުން ބާރު ވެރި ކުރުވީމާ ވާގޮތަކީ ރައީސް އޮފިހުން ސަމީރު ފޯނެއް ކޮށްލާފައި ބާރަށް އެއްޗެއް ބުންޏަސް އެމައްސަލަ އެއްގެ ފައިލު ލައްޕާލަނީ ބަލަ ކެރަފާ ނަސީމު ކިތައް ވައްކަން އެކުރަނީ އަޑި ޕާކުގައި ޕާކެއް ހަދަނީއޭ ކިޔައިގެން އެކަން ކިތައް މީހުން ހުށަހެޅީ ސަންފްރަންޓުން ހިލޭ ލައިޓް ހޯދައިގެން ލައިޓް ޖަހާފައި ސިޓީ ކައުންސިލަށް ތަނަކުން ބިލެއް ހައްދައިގެން 2ލައްކަ ރުފިޔާ ނަގައިފި މިކަން ކެރޭނެތަ ބަލަން އެހެރީ ސިޓީ ކައުންސިލްގެ ފޮތްތަކުން ފެންނަން
    ސިފާ ހުންނަނީ ކެރަފާ ދެކެ ބިރުން
    ސިލޯނުން ގަހާ ރުއްގެނެސްގެން ވެސް އެތައްލައްކަ ރުފިޔާ ނަގައިފި މިކަން ބަލައިލަ ބަލަ
    އަދި ކޮންމެ ދުވަހުކު މަސައްކަތު މީހުންނަށް ސަޔަ ށޯ ކިޔާފައި ކެރަފާ 500 ރުފިޔާ އެބަދެ ކޮްންތާކުން ނެރޭ ލާރިއެއްބާ މިކަން ބަލާބަލަ ދުވަހަކު އެ ޕާކެއް ނުނިމުނު

  7. ޙަސަނާ

    މީނާވެސް މީ ނަސީދު ގެންގުޅޭ ލާދީނީ ގުރޫޕުގެ ކަބަލެއްކަމައްވާނީ ދައުލަތުގެ ބާރުވެރި މަގާމުތަކުގަ މިބައިގަޑު ވަކިހިއްޕާލާފަމިހާރު މިއޮތީ..