ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ފިއެވެ.
އުމަރު މިކަން އިއުލާންކުރެއްވީ "ވައިބާ" މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ.
"މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރުމަށްޓަކައި، ޖުމްހޫރީ ޕާޓީގެ މެމްބަރު ކަމުން މިއަދު ވަކިވެއްޖެ ވާހަކަ ދެންނެވީމެވެ" އުމަރު ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
އުމަރު ވަނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބަށް ނިކުންނަން ނިންމެވީ އިދިކޮޅު ކޯލިޝަނުން ކެންޑިޑޭޓެއް ނުދެއްކުނު ކަމަށް ބުނެއެވެ. އުމަރު މިހާރު އަންނަނީ މެނިފެސްޓޯ ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
ޖުމްހޫރީ ޕާޓީއާއި އުމަރު ގުޅިވަޑައިގަތީވެސް އެ ޕާޓީގެ ރިޔާސީ ޓިކެޓު ހޯދުމަށެވެ. އޭރު އުމަރު ނަސީރު ވިދާޅުވެފައިވަނީ ޤާސިމް އިބްރާހިމަށް ވާދަނުކުރެވޭ ހާލަތެއްގައި އެ ޕާޓީގެ ޓިކެޓު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިން އުމަރު ފައްޓަވާފައިވާ އިރު ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ކެމްޕެއިން ފައްޓަވައިފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާފަ އެވެ.
އިދިކޮޅު ޕާޓީތަކުން ބުނީ ރައީސް ޔާމީނާ ވާދަ ކުރެއްވުމަށް އެއް ކެނޑިޑޭޓަކު ނެރޭނެ ކަމަށާއި ވަގުތު ޖެހުމުން އެ ކެންޑިޑޭޓް ދައްކާނެ ކަމަށެވެ.
އުމަރަށް ވ. ސާފުކޮށް މިދަންނަވަނީ "އުމަރާ ޔާމީނުގެ" ނަން އެކަނި އޮތިއްޔާ އެކަކަށްވެސް ވޯޓެއްނުލާނަން! އުމަރު ބުނިހެން "އެއިޑުސް" ބައްޔާ "ކެންސަރު" ބައްޔަކަށް ތާޢީދެއްނުކުރެވޭނެ! ދެބައްޔަކީވެސް އެހާމެ ވޭންބޮޑު، އަދި މީހާގެ ފުރާނަ ދުއްވާލާނެ ދެބަލި! ފަހަރެއްގަ އަރިދަފުސްރޯގާއަކަށް އާއެކޭ ބުނެވިދާނެ! ޕެނަޑޯލް ގުޅަޔަކުންވެސް އިރާދަކުރެއްވިއްޔާ އެބަލިފަސޭހަވާނެ!
އުމަރަށް ވޯޓް ދޭންޖެހޭ އެއްވެސް ސަބަބެއްނެތް ވަރިހަމަ 800 ބިލިޔަން ރުފިޔާގެ މެނިފެސްޓޯއެއް އެކު ލަވާލިޔަސް
ތަާެައިީދުކުރަން
ބޮއް އުޅެނީވެސް ފަތާނީ ވެސް ފެންގަނޑުގަ އެވެ
ވަރަށް ރަގަޅު ނިމުމެއް. 2018 ޔަޤީން.
ހައްލަކީ ހަމަ އުމަރު
ޢުމަރާ އާދޭ މަގޭ ދަރިފުޅުގެ ބާތުޑޭ ޕާޓީއަށް ވަންނަން.
އުމަރައް ކަމުދާ އެއްވެސް ޕާރޓީއެއް ނެތް..ވ ސަލާމް ..
ރައީސް ޔާމީން ނޫނީ ވެރިކަން ކުރުމުގެ ގާބިލްކަމެއް ހުރި އިޚްލާޞްތެރި އެކަކުވެސް ތިޔަތާކު ނެތެވެ. ހައްތަހާވެސް އަމިއްލަ އެދުމަށްޓަކައި ވެރިކަންހޯދަން އުޅޭ މީހުންނެވެ. އެހެންކަމުން ގައުމަށް ފައިދާޔާ ލާބަ އެދޭމީހަކު ވޯޓުލާކަށް ރައީސް ޔާމީނު ނޫން ފަރާތެއް ނެތެވެ. އެކަން ހަމަ އެންމެނަށްވެސް އެނގޭނެއެވެ. ކެރަފާ ކޮމްޕެނީގެ ވެރިކަން ނިމުމުއިރު މިގައުމު އޮތް ޙާލަތު އެއީ އިތުރަށް އޮޅުންފިލުވައިދޭންޖެހޭ ކަމެއްނޫނެވެ. އެއަށްފަހު ރައީސް ޔާމީންގެ ސަރުކާރުން ކުރެއްވި ބުރަ މަސައްކަތުގެ ސަބަބުން ގައުމަށް ލިބިގެންދިޔަ އަދި މިހާރުވެސް ލިބެމުންދާ ހަލުވި ތަރައްގީއަކީ ދިވެހިރާއްޖޭގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަން ހުރި ޙަގީގަތެވެ.
ވަޒީރުކަމެއްގައި ސާބިތުވެ ނުހުރެވުނު މީހަކަށް ރައީސްކަން ކުރެވޭނެތަ....؟؟؟