ކޮވިޑް-19 ޖެހިގެން ކުޑަބަނޑޮސްގައި ކަރަންޓީން ކޮށްފައި ތިބި މީހުންނަށް ތިން އިރަށް މުގުރިހަ ދޭން ފަށައިފިއެވެ.
ކުރިން އެންމެ ރަނގަޅަށް ކެއުމުގެ އިންތިޒާމްތައް ހަމަޖައްސާފައި ހުރި އެއް ފެސިލިޓީ ކަމަށްވާ ކުޑަބަނޑޮސްގައި ކަރަންޓީން ކޮށްފައި ތިބި މީހުން ބުނީ މިއަދު ހެނދުނާއި މެންދުރު އަދި މިރޭ ވެސް ކާން ގެނައީ މުގުރިހަ ކަމަށެވެ.
"ހެނދުނު މިގެނައީ މުގުރިހަ އާއި ރޮއްޓާ، މެންދުރު މުގުރިހަ އާއި ބަތް، މިރޭ ވެސް މުގުރިހަ އާއި ބަތް. ހަމައެކަނި މުގުރިހަ އާއި ބަތް ގެނައިމަ ކާން އުނދަގޫތަކެއް އެބަހުރި. މިތާންގައި ކުޑަކުދިން ވެސް އެބަތިބި ކަރަންޓީން ކޮށްފައި. އެކުދިންނަށް ވަރަށް އުނދަގޫ ވާނެދެއްތޯ؟ ނަމަވެސް ބެލެނިވެރިންނަށް ވެސް ކޮށްދެވޭނެ ކަމެއް ނޯވޭ މިހާލަތުގައި." ކަރަންޓީންގައި ހުރި މީހަކު ބުންޏެވެ.
ކަރަންޓީންގައި ހުރި އިތުރު މީހަކު ބުނީ މުގުރިހަ ކެއުމަށް ދޭން ނިންމީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ކުޑަބަނޑޮސް ހަމަޖެއްސި ފަހުން އެތަނުގައި ކަރަންޓީން ކުރި ފަރާތްތަކުގެ ކެއުމަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް ދައްކާފައި ނުވާތީ ކަމަށް ފެސިލިޓީ ބެލެހެއްޓުމުގައި ތިބޭ ރިސޯޓްގެ މުވައްޒަފުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެޗްއޯސީ އިން މިރޭ ވިދާޅުވީ ކުޑަބަނޑޮސްގެ ތިން އިރަށް މުގުރިހަ ދޭން ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ރިސޯޓްތަކުގައި ކަރަންޓީން ކުރާ މީހުން ކެއުން އެކަށީގެން ނުވާތީ މީގެ ކުރިން ވެސް ބައެއް މީހުން ގެންދަނީ ޝަކުވާ ކޮށްފައި ވެއެވެ.
ބޭރުގޭ އެކިއެކި ގައުމުތަކުން ހިލޭ އެހީގެ ގޮތުގަޔާ ލޯނުގެ ގޮތުގަ މިސަރުކާރައް ލިބުނީ މުގުރިހަ ތޯޗެ... ދެން ސުކުރުކޮއްލައިގެން ތިބޭނީ. މިވެސް ދުވަހެއް. ދޯ ކުދިންނޭ.
މި ސަރުކާރު އެއްކޮށް ފެއިލް?
ނަސީބެއްނު މުގުރިހަ ވެސް ދޭކަން. ޝުކުރުވެރިވާން ނޭންގޭ ބައެއް އުޅޭ ބައެއް އުޅޭ ގައުމެއްމީ. ދުނިއެމަތީގަ ކާންނުލިބޭ ބައެއް އުޅޭ ގައުމެއްމީ. ?
ތިހެން ތިބުނީ މިއަދު ރީނދޫ ސަރު ކާރެއް އޮތަތީވެ ހިތްޖެހިފަ ހުރިލެއް ބޮޑު ކަމުން. ގައުމުގެ ކޮންމެ ދިމާލަކުން ވެންނަނީ ރޯމާ ދުވާލު ދައުލަތުން ވައް ކަން ކުރުމާ ބޮޑު ކެކ ކުރިއައް މޮޅުގޮތް ކުޑަ ކެ ކުރިއައް ދެރަގޮތް. އަބަދު ތިއާރާ ބާރުގަ ހަދާނެއެއްޗެއް ހަދަހަދަ ތިބިޔަ ކަ ނުދޭދަން.
ޔާމީނު އެޔޮށްވަރަށް ނަސޭހަތް ދެއްވަމުން ޤައުމު ތަރައްޤީ ކުރައްވަމުން ގެންދެވިއިރު ބޮޑެ މެންނަށް ޝުކުރުވެރި ވެވުނުތަ
މި ރާއްޖޭގެ ހަޔާތުގަ ވެސް ނާދޭ ކާމިޔާބު ސަރުކާރެއް
މުޅިން ވެސް ފެއިލްވާ ސަރުކާރު އޮންނަނީ
އެތާ ހުންނަނީ ވަރަށް މީރު ކޮށް މުގުރިހަ ކައް ކާ ކައް ކާ އެއް@ ބައެއް މީހުން ކެއުމަށް ފަހު ވެސް އެތި ކޮޅެއް ގެންދާ ކަމެއް ވޭ ފަހުން ކާން
ވަގުންގެ ސަރުކާރު، މިލިޔަނުން ހަރަދުކުރާވާހަކަ ބޮޑުމީހާ އަނގަފުޅާކޮށްފަ ދައްކާއިރު، ރައްޔިތުމީހާ ކާންމިޖެހެނީ ޖަލުކޮށްތައްވުރެ ދަށް ކެއުން. ލަދުހަޔާތްކޮބާ؟ މާދަމާ ޓީވީއަށް އަރާފަ ބުނާނެ "ކަރަންޓީނުގަ ތިބި މީހުނަށް ރަނގަޅު ކެއުންދިނުމަކީ މިސަރުކާރުން ނުހަނު އެދޭކަމެކޭ" އޭނަގެ ވާޖިބު އެނިމުނީ.
ހިތުން ހޮޓަލެއްގަ ޗުއްޓީއެއްގަ ދޯ ތިތިބެވެނީ ރިސޯޓަކަށް ދެވުނީމަ. ރިސޯޓު ސްޓާފުން މީރުކޮށް ކައްކާނީ ފަތުރުވެރިންނަށް އެކަނި
ލަރި ގަނޑު ބަނޑުނއަޅާލާފަ ތަނައް ކުލިނުދީ މުގުރިހަ ގެނައީމަވެސް ސު ކުރު ކޮއްގެން ތިބެންވީތަ އިސްތައްޓޭ ކިޔާފަ ކޮމެންޓް ކުރަންވީނު މުޅި ގައުމު ބަނޑު އަޅާލައިފިޔޭ މިބައިގަނޑު ވައް ކަންހުންނާނީ ކުރެވިފަ މި ކޮވިޑޭ ކިޔާފަ ކިނބޫ ސޯލި ވެރި ކަމުން ފައިބާ ރަށައްގެ ރައްޔިތުން ދޮންބޮޑު ނު ކޮއް
ބޮޑޭ...ރަނގަޅު ޝުކުރުވެރި ވާންވާނެ. އެއީ އެކަމަކު އަހަރުމެނައް ލިބުނުވަރުތަ؟ އަމިއްލަ މަސަކަތުން ލިބުނު އެތިކޮޅުނަމަ ރަނގަޅު. އެކަމަކު އެއީ ބައެއްގެ ޒިންމާގެ ދަށުން ގެންގޮސް ތަނަކަށް ލާފާ ތިބިބައެކޭ. އެތާ ތިބޭނޭ ކުޑަކުދިންވެސް. ދެން އެހެނޭ ކިޔާފަ ހުސް ބަތް ދިނަސް ބަހެއް ނުކައި ތިބެންވީ؟
ބޮޑޭ ދާންވީނުން، ތިންއިރު މުގުރިހަޔާ ބަތާ ކައިގެން ސަރުކާރަށް ޝުކުރުކޮށްލަކޮށްލާ ހުންނަން. ޚަރަދުކުރަނީ ރައްޔިތުންގެ ފައިސާ. ރައްޔިތުން ޝުކުރުވެސްކުރާނެ. އެކަމަކު އެއީ ޝުކުރުކުރަން އެކަށީގެންވާވަރުގެ ޚިދުމަތް ފޯރުކޮށްދިނީމަ. އެޅިހާ ބަތަކަށް ރިހަ، ޖަހާހައި ބެރަކަށް ނެށި، އެ ޒަމާން ފަސްދީ ހިނގައްޖެ.
މިތާގައި " ނަސީބެއް ނުންހޭ މުގުރިހަވެސް ކާންލިބޭ ކަމޭ" ބުނެ މާ މޮޅު ކޮމެންޓެއް ކުރެވުނު ކަމަށް ހިތާ ހުންނަ މީހުން ނަށް ބުނެ ލާން ބޭނުންވަނީ، ކޮންމެ މީހަކަށް ވެސް އެފަދަ ތަޖުރިބާ އެއް ކުރަން ޖެހުނީމަ އިހުސް ވަނީ އަބަދު އެކައްޗެއް ކާން ޖެހުނީމަ ހިތަށް ކުރާނެ އަސަރު، މި އުޅެނީ ކީ ގޮތެއް ނެތިގެން ނެއް ނޫން، ބަޖެޓް ހުރެމެ ރައްޔިތުން ނަށް އިހާނެތިކޮށް ކަންތައް ކުރާތީ މި ވާހަކަ ދައްކަން ޖެހެނީ.
ރީނދޫކުލައިގަ ހުރީމަ އެވަރަކަށް މުގު އެ ކާންދެނީ. މިހާރުއްސުރެ ކެމްޕެއިން ކުރަނީނުން
ޖަލު ކޮއްތުވެސް މާފެންވަރު ރަގަޅުވާނެ.
އެއްވެސް ކަމެއް މި ގައުމުގަ ހައްލެއް ނުވޭ
ކިރިޔާ ވެސް ކަމެއް ކޮށް ދެވޭ ތަން މިފަންންނީ ބަޔަކު ޝަކުވާ ކޮށް ނުކުމެގެން. ކިހާ ދެރަކަމެއް. ބިދޭސީން ނަށް މުސާރަ ނުދީ އެވަރު ކުރީމާ އެމީހުންވެސް ނުކުކުތީ
ތިޔަ ރަށްތައްއަތުލަން ފެނޭ. ތިޔައީ ދިވެއްސަކަށް އެއްވެސް ފައިދާ އެއްކުރާ ތަންތަނެއް ނޫން. ހާލުގައި ޖެހުނު ދުވަހު މިއިން އއްވެސް މަހުޖަނަކު ނުވެސް ފެނޭ. އަނެއްކާ ވެސް ރަނގަޅުވާ އިރަށް ގައުމީ ލޯބީގައި ދިވެހިންނަށް ޓަކައި ވާހަކަ ދަށްކަން ފަށާނެ.
އެކަމަކު ދައުލަތުގެ ބަޖެޓް ހުސްވެ އިތުރަށް ދިން ފައިސާވެސް ކައި ނިންމައިފި ކޮވިޑޭކިޔާ ދޮގުއަނދުން ރައްޔިތުންގެ ލޮލުގައި އަޅުވާފަ.
ކެއްކޮށްލައްވާ، 2023 ރިޔާސީ ރޭސް ފެއްޓުނީމަ ބޭނުން ކޮންމެ އެއްޗެއް ކާން ލިބޭނެ
ވެދާނެ ފަހުގެ ހޯދުންތަކުން ދައްކާގޮތުން ކޮވިޑް އެންމެ އަވަހަށް ރަނގަޅުވަނީ މުގު ކެއުމުންކަމަށް.
މުގަގީ ތަފާތު ނުރައްކާ ބޮޑު ބަލިތަކުން އިންސާނާ ސަލާމަތްކޮށްދޭ މީރު ކާނާއެއް
ލާރި ހުސްވީ ކަންނޭނގެ ދޯ ؟؟؟ ސަރުކާރު ހުރިހާ މުއައްޒަފުންނަށް މުސާރަދީފަ 3 މަސް ވަންދެން ގޭގަ ނިންދަވަން ބައިތިއްބާފަ އެދަނޑިވަޅު ކޮވިޑްތެރޭ ބުރަކޮއް ތެޅެން ޖެހުނު ސިއްހީދާއިރާއި ސިފައިންނާ ފުލުހުންނަށް ހާއްސަ އެލަވަންސެއް ދޭނަމޭ ކިޔާ ފޮނިކަނޑާފަ އެވެސް ހަމަ އޮއްބާލީ... އެވެސް އޮޅިގެން ބުނެވުނު އެއްޗަކަށްވީ... މުޅި ތާރީހުގަ މިގައުމަށް ނުލިބޭގާ ގިނައިން އެހީގެ ފައިސާ ލިބުން އިރު އޭގެން އެއްވެސް އެއްޗެއްވެސް ނެތް މިހާރަކު.. އަންނި ބުނެގެން އަންނަ ދައުރަށް ވޯޓު ގަންނަން ޔާގޫތުގެ ބޮޑު ތިޖޫރީއަށްލާ ފޮރުވީދޯ ؟
ޕޮލިސް ސިފައިން ގެސްޓްހައުސް ތަކުގައި ބެހެއްޓި ބެހެއްޓުންވެސް ދިޔައީ ގާތްކުދިންނަށް ބައިއަޅާ އުސޫލުން ކޮރަޕްޝަންގެ ތެރެއިން... މުޅިން ވައްކަން ކުރާ މެމްބަރުން ތިބި ސަރުކާރެއް މިއީ