ރާއްޖޭގެ މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހެދުމަށްފަހު ވަކި ތާރީހެއްގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަކީ މިނިވަން މީޑިއާއަށް ހުރަސް އަޅާ މީޑިއާތަކަށް ބިރުދެއްކުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް ނުރައްކާތެރި ކަންތަކެއްގެ ފެށުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފިއެވެ.
މިނިވަން މީޑިއާއަށް ހުރަސް އެޅުމަށް ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް ގޮވާލައި އިދިކޮޅު ކޮލިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ މަޖިލީހުގެ އަމީން އާންމު ސޮއިކުރައްވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ފޮނުވާފައިވާ ސިޓީއާއި ގުޅިގެން އެ ކޯލިޝަނުން ކަންބޮޑުވުން ފާޅު ކުރާ ކަމަށް ބުނެފައެވެ.
އިދިކޮޅުން ބުނީ ރާއްޖޭގައި ހިނގަމުން އަންނަ އެކި ކަންކަމާއި ގުޅޭގޮތުން އަދި ހާއްސަކޮށް ދާދިފަހުން ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕްކޮށް، ސިޔާސީ ނުފޫޒު ގަދަ ބަޔަކު ހިންގާފައިވާ އަމަލުތަކާއި ބެހޭގޮތުން ރިޕޯޓް ކޮށްފައިވާ މީޑީއާތަކަށް އަމާޒުކޮށް، އެ މީޑިއާތަކުގެ މައްސަލަ ބެލުން ފަދަ ކަންކަން ހިންގުމަކީ މިނިވަން ނޫސްވެރިކަމެއް އޮންނަ ޖެހޭ ކަމަށް ބުނެ ވަރަށް ބޮޑަށް އަޑުގަދަ ކުރި ފަރާތްތަކުން ހިންގާ ވަރަށް ދަށު ދަރަޖައިގެ އަދި ޑިމޮކްރެސީގެ ނިޒާމާ މުޅިން ބީރައްޓެހި އަމަލެއް ކަމަށެވެ.
"މީޑިއާއަކީ ޑިމޮކްރެސީގެ 4 ވަނަ ބާރު ކަމަށާއި މިނިވަން މީޑިއާގެ މުހިއްމު ކަމަށް ވަކާލާތު ކުރަމުން އައި ފަރާތްތަކުން ވެރި ކަމަށް އައިސް ނޫސްވެރިންގެ އަނގަ ބަންދުކޮށް މީޑިއާގެ މިނިވަންކަން ހަނިކުރުމަށް ރޭވިގެން ކުރަމުންދާ މަސައްކަތް މި ކޯލިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. މިއީ މިނިވަން ނޫސްވެރިކަމަށާއި ނޫސްވެރިކަމުގެ ދާއިރާގެ މުސްތަގްބަލަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެއް" އިދިކޮޅުން ނެރެފައިވާ ބަޔާނުގައި ވެއެވެ.
މިނިވަން ކަމާއެކު ވަކިއަތަކަށް ނުޖެހި ހަބަރާއި މައުލޫމާތު ރައްޔިތުންނާ ހަމައަށް ގެނެސް ދިނުމުގެ ފުރުސަތު ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ފަހިކޮށްދޭން ޖެހޭނެ ކަމަށާއި ނަމަވެސް މައުލޫމާތު ހާމަކުރުމުގައި ސަރުކާރުން މީޑިއާތަކަށް ތަފާތު ކުރުން ގެންގުޅޭ ކަމުގެ ކަންބޮޑުވުންތަކެއް ހުރިކަންވެސް އިދިކޮޅުން ވަނީ ފާހަގަ ކޮށްފައެވެ.
މީގެ އިތުރުން މީޑިއާ ކައުންސިލަކީ މީޑިއާގެ މައްސަލަތައް ބަލާ މިނިވަން ވަކި މުއައްސަސާއަކަށް ވީހިނދު، މީޑިއާ ކައުންސިލްގެ މަސައްކަތްތައް ވަކި ގޮތަކަށް ގެންދިއުމަށް މަޖިލީހުން ބާރު ފޯރުވުމަކީ މިއަދު ސަރުކާރުން ވަރަށް ބޮޑަށް މީޑީއާތައް ކޮންޓްރޯލް ކުރުމަށް އަމާޒު ހިފާފައިވާ ކަމުގެ ހެއްކެއް ކަމަށާއި މީޑިއާތަކަށް ބިރުދައްކާ، މީޑިއާތަކުގެ އަނގަ ބަންދު ކުރުމަށް ސަރުކާރު، މަޖިލީހުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ.
އެއްވެސްކަމެއް ހިތުހުރިގޮތަކަށް ކުރަން ދޫކޮށްލުމަކީވެސް ކުށެއް. ޖޫރުމަނާ ކުރެވެންވެސް ޖެހޭނެ. ޤަވާއިދެއްވެސް އޮންނަން ޖެހޭ! މައްސަލައަކީ އިޚްލާސްތެރި ކަމެއްނެތި ކަންކުރާތީ.
އިދިކޮޅުގަ ތިބޭ ބައެއްގެ މައްސަލައަކީ ކޮންމެކަމެއްގަވެސް ދޭތެރެ ޖައަސަން އުޅޭރތީ. ފިތުނަ އުފައްދަން އުޅޭތީ. ދަނޑިވަޅުގެ ބޭނުން ހުތުރުކޮށް ބޭނުްނ ކުރާތީ
މިވެސް ދެން ބަސްބުނަން ބަޔެއްތަ؟
އެއީ ކީއްވެ؟ ލާދީނީ ނުވިއްޔާ މި ގައުމުގަ މިހާރު ބަހެއްވެސް ނުބުނެވެނީތަ؟
ރާއްޖެ ޓީވީ އެކި ފަހަރު މަތިން ޖޫރިމަނާކުރި ކަން ހަނދާން ނެތުނީބާ ޕީޕީއެމް!؟ އެމީހުން މަގުތައް މަތީގަ ޓީޝާޓު ވިއްކައިގެން ޖޫރިމަނާގެ އަދަދު ދައްކާ ނިންމި. ކުރީގެ ސަރުކާރު ކުރަން ފެށި ކަމެއް ތީ މީޑިޔާތަކަށް ބިރުދައްކާ ޕްރެސް ކޮންފެރެންސްތަކުން ބައެއް މީޑިޔާތައް ބޭރުކޮށް ހެދުން .
ހަމަ ބުނެލީ
ބުއްދިގޯސް ކުދިންކޮޅެއްހެން ހީވަނީ
ބައެއްގެ ވެރިކަމުގަ އިންދާފަހުރި ރުއްގަސް ކަޑާ މީޑިއާ ސްޓޭޝަން ތަކުގައި ހުޅުޖެހުމަކީ ކޮންބަޔަކަށް ބިރުވެރިކަން ދައްކަން ކުރި ކަމެއްތަ ؟
ކަލޭމެން ރަގާޅު ތިހެންކިޔަން....ކާލޭމެން ވެރިކަމުގައި އަހަރުމެންނަށް ދަސްކޮށްދިން ކަމެއްދޯ..ދެންކީކޭކިޔާކަށް!
މަންމާފުޅު އަދުރޭމެން ސަރުކާރުގަ މީޑިޔާތަކާ ޓީވީ ޗެނަލްތައް މަތިމައްޗައް ޖޫރިމާނާކުރިއިރު މިބައިގަނޑު ކޮބައިތޯ؟؟