ލިޔުމުން ހުއްދަ ހޯދައިގެން މެނުވީ މުޒާހަރާ ނުކުރެވޭނެ ކަމަށް ހޯމް މިނިސްޓްރީން އަންގައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ދަށުން 31 އޯގަސްޓް 2016 ވަނަ ދުވަހު ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި، ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.
އެއްވެ އުޅުމުގެ ގާނޫނަށް އިސްލާހު ގެނެސް، ފުލުހުންނަށް ކުރިން ނޯޓިސް ދިނުމަކާ ނުލައި އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދަށް ކަމަށް ގާނޫނުގައި ލިޔުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. އެ އިސްލާހަށް އޭރުގެ އިދިކޮޅު، މިހާރު ސަރުކާރުގައި ހުރިހާ ޕާޓީއެއްގެ ބޭފުޅުންވެސް އަޑު އުފުލިއެވެ.
ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27ވަނަ ދުވަހު ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ ޕީޕީއެމްގެ ސަރުލާކާރުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ގެނައި އިސްލާހު އޮތްގޮތަށް ބާއްވާފައި، އެއްވެ އުޅުމަށް އޭގެ ތެރެއިން ދެވެން އޮތް އެންމެ ފުޅާ ފުރުސަތެއް ދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށެވެ.
ޑިމޮކުރަސީ ދޮންވެ ފީވީ... އަހަރެމެން ކުރިންވެސް ބުނިން ވެރިކަން ލިބުނީމަ ގޮވިހުރިހާކަމެ އިދިކޮޅަށޭ ދާނީ...ހަޖަމްވާވަރުދޯ....މީޑިޔާގެ މިނިވަންކަން ހަކަމެނުވި...ނޫސްވެރިންގެ ހަ އްގުތަކަށް އަރަ އިގެންފި... އެ އްވެ އުޅުން ހަޖަމެނުވި.. އަދުލު އިންސާފު ސަދޫމަށްވުރެ ކުރިޔަށް... އިސްތި އުފާ އަށް ގޮވީމަ ހަޖަމްނުވޭ...
އަމާބުނީމާ ފަރައް ދިއުން
ބަންގާޅީން މިއެންގުމުން އިސްތިސްނާވާނެ ދިވެހިން ނުވާނެ
ރައްޔިތުންނަށް އަޅުގަޑު ގޮވާލަން “ތިލަފަތައް “ ވޯޓް ލުމުގެ ބަދަލުގާއި ތިލަފަތައް ގުއިރޭށޭ
ގަންޖާޤާނޫނު