ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ސަލާމަތްކުރުމަށް އެމްއެމްޕީއާރުސީ ފައިސާ ހަލާލުވާ ކަމަށް ވިދާޅުވެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ފާޑު ވިދާޅުވެެއްޖެއެވެ.
މޮސްޓާ ފާޑު ވިދާޅުވެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއް އިއްޔެ ކްރިމިނަލް ކޯޓުން ބާތިލުކުރުމާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހަށް އެ މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށަހަޅައި، އެ މައްސަލައަށް ބަހުސްކުރުމުގެ ވަގުތުގައި އެއީ ފަނޑިޔާރުން "ގަމާރުކަމުން" ކޮށްފައިވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވުމާއި ގުޅިގެން ނިޒާމީ ނުކުތާ ނަންގަވައެވެ.
މޮސްޓާ ވިދާޅުވީ، ގަމާރުކަމަށް ވަނީ "ރޯމާ ދުވާލު" ވަކި މައްސަލައެއް ވަކި ގޮތަކަށް ނިންމެވުމުން ކަމަށެވެ. އަދި އެކެއް ފެބްރުއަރީގައި ދަންވަރު ގަޑީ ރައީސް ނަޝީދާއި އެހެން ބައެއް ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުމުން ފަނޑިޔާރުން މޮޅުވެ ގަޓު ބަޔަކަށް ވީކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ފަނޑިޔާރުންގެ މައްސަލަތަކަށް ދައުލަތުގެ އެހެން އެއްވެސް ވުޒާރާއަކުން ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށް ގާނޫނުގައި އޮންނަ ކަމަށާއި، އަދި ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ އެއް ބާރު ކަމަށްވާއިރު، މަޖިލީހުންވެސް ފަނޑިޔާރުންގެ މައްސަލަތަކަށް ނުފޫޒު ފޯރުވުމަކީ ގޯހެއް ކަމުގައި ދެކޭ ކަމަށެވެ.
އަމިއްލަ މަސްލަހަތު އޮންނަ ކަންކަމުގައި ވަކި ގޮތެއް ނުހެއްދެވުމަށާއި، ކޮންމެ ކަމެއް އިންސާފުވެރިކޮށް ކުރުމަށް މޮސްޓާ ވަނީ މިއަދުގެ މަޖިލީހުގައި ގޮވާލައްވާފައެވެ.
މިކަމާއި ގުޅިގެން ނަޝީދު ވަނީ މޮސްޓާ ދެއްކި ވާހަކަތަކުން އެއްވެސް "ނުކުތާއެއް" ނުފެންނަ ކަމަށް ވިދާޅުވެފައެވެ.
ނުކުތާ އަކީ 'އެފަނި މިފަނި ފޮނުވި ބޮޑު ފަނި އެލެކްސް ގެ މައްސަލަ ނުބެލެންވީ ކީއްވެހޭ؟'
އަނެއް ނުކުތާ އަކީ ދަށު ކޯޓު ގެ ނިންމުން ގޯސްވީމާ ދާން އޮންނަނީ ހައި ކޯޓު ،ހައި ކޯޓު ނިންމުން ގޯހިއްޔާ ދާން އޮތީ ސްޕުރިމް ކޯޓް.އެހެންވީމާ ކޮން ޤާނޫނެއް ކަލެއަށް އެގެނީ.ޤާޒިންނަށާއި ޟަރިއަތަށް އަދި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަކީ ޤާނޫނީ ކުށެއް.މިހާރު ނުކުތާ ކަލެއަށް ސާފުވެއްޖެތަ.މަޖުލީހުގެ ރައީސަކަށް މިކަލޭގެ ކުފޫ ހަމަވޭތަ؟
ބަކަރިހުއި ހައްޕާކަށްވެސް ކެނެރީގޭ ނަސީދު ކުފޫހަމައެއް ނުވޭ!
މޮސްޓާ ތިޔަ ވިދާޅުވީ ވަރަށް ބޮޑު ތެދެއް. ނިކަން ބަލާ MMPRC ފައިސާގެ ތެރެއިން އެމްޑީޕީގެ ހަޒާންދާރް މައުސޫމު ގެ ކުންފުނި މެދުވެރިކޮށް މިވެރިން ނެގި ބޮޑު އަދަދު. އެވެސް ހަމަ ޖެހިލުމެއް ބިރެއް ވެސް ނެތި ހަލާލު ކޮށްލި ގޮތް ނިކަން ދެކިބަލަ ދޯ؟ ނަސީބު ލެއްވީ މަހުލޫފަށް އެހެން ނޫންނަމަ މަހޭގެ ވެސް ދުވަސް ދިޔައީސް ދޯ!