2023 ވަނަ އަހަރު ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓް ދޭނެ ކެންޑިޑޭޓެއް ހޮވަން ޓްވިޓާގައި ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓެއް ޣައްސާން މައުމޫން ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފިއެވެ.

ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ އަށް ތާއިދުކުރާ ޓްވިޓާ އެކައުންޓަކުން ކުރިއަށް ގެންދިޔަ ޚިޔާލު ހޯދުމުގެ ވޯޓްގައި ސުވާލު ކޮށްފައި ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓް ދޭނެ ކެންޑިޑޭޓަކާއި ގުޅޭ ގޮތުންނެވެ.

އެވޯޓްގައި ހަތަރު ކެންޑިޑޭޓެއްގެ ނަން ހުށަހަޅާފައި އޮތެވެ. އެއީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ޣައްސާން، އެމްޑީޕީގެ ކެންޑިޑޭޓެއްގެ ރައީސް މުހައްމަދު ނަޝީދު، ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ގާސިމް އިބްރާހިމް އަދި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި އަލްހާން ފަހްމީއެވެ.

ނަތީޖާ ދައްކާ ގޮތުގައި ވޯޓް ދިން 2129 މީހުންގެ ތެރެއިން %51.9 މީހުން ބުނެފައި ވަނީ އެމީހުން ވޯޓް ދޭނީ ޣައްސާނަށް ކަމަށެވެ. ވޯޓްގައި ދެވަނަ އަށް ދިޔައީ އަލްހާނެވެ. އަލްހާނަށް %23.2 މީހުން ވޯޓް ދީފައި ވެއެވެ. ރައީސް ނަޝީދަށް %18.7 މީހުން ވޯޓް ދީފައި ވާއިރު ގާސިމަށް ވޯޓް ދިނީ %6.1 މީހުންނެވެ.

މީގެ ތެރެއިން 2023 ވަނަ އަހަރު ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް އަދި މިހާތަނަށް އިއުލާން ކޮށްފައި ވަނީ އަލްހާން އެކަންޏެވެ.

ނަމަވެސް ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން ޖަލު ޙުކުމެއްގައި ހުންނެވުމުން ޕީޕީއެމްގެ ފަރާތުން ޣައްސާން ރިޔާސީ އިންތިޚާބަށް ނިކުންނަވާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާ ކުރެއެވެ. ފަހަކަށް އައިސް ޣައްސާން ގެންދަވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ވެސް ދައްކަވަމުންނެވެ.

ރައީސް ނަޝީދާއި ގާސިމް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް އަދި ދީފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. އުބޭ

    މަގޭނަން ތިތާ އިންނަމަ ގިނަމީހުން ބުނާނީ މަށޭ.. ކަލޯ ތިތާނެތް ކަމުދާ އެކެއްވެސް

    35
    51
    • އުއްމީދު

      ކަލެއަށް މަގޭ ވޯޓު މިދިނީ މިހާރުވެސް. މަށަށް ނައިބުކަން ދޭތި. އޯކޭ ޑީލް އިނގޭ!

      9
      6
      • ޙާލަތު

        ޗަކޮއި އެދުމެއްނެތް ދޯ އެހެންވީމަ؟؟؟!!! ???

    • ނަކް

      ގިނަ މީހުންނޯލަ.. ވަގުތު އޮފީހުގަ އުޅޭ ކުދިންކޮޅުދޯ؟؟ ހޮޅިވާހަކަ ނުދައްކާ. ނެސްޓަމް ބޭބީ ތިކަން ހަނދާން ނައްތާލާ

      5
      7
  2. ޢަޒްރާ ޢަލީ

    ﷲގެ އިރާދަފުޅާއި މިންވަރު ފުޅުން އެދުވަސްވެސް ދައްކަވަފާނެ ރ ޔާމީނައް ކުރިމަތި ނުލެވޭ ގޮތް ވެއްޖެނަމަ މިހޮތްވެސް ރަނގަޅު މިފަދަ ދުވަހެއް ދައްކަޥާށީ އާމީން

    57
    7
    • އަރަތެއް

      ދެން ކެނެރީ އާއިލާއާ ކާމިނީ އާއިލާގަ އެކަނިތަ ވެރިކަން އޮންނަންވީ؟؟ ތި ޕާޓީތަކިގަ ތަޢުލީމީ ތަޖުރިބާ ހުރި މީހުން ހަމަ ނެތީ؟؟ ތިވެސް އަރަތެއް

      3
      8
  3. މަހުދީ

    2023 ވަނަ އަހަރު ރައީސްއަކީ ރައީސް ޔާމީނު. ވަރަށް ވާހަކަ

    59
    27
  4. ުއުނދުޅި

    އަވާމެންދުރު. މަކުނު ފުމުނަކަސް ވާހަކައަކަށް ނުފުމެވޭނެ

    23
    9
  5. ުއުނދުޅި

    އަވާމެންދުރު. މަކުނު ފުމުނަކަސް ގާހަކައަކަށް ނުފުމެވޭނެ

    10
    14
  6. ރައްޔިތުން

    ތި 4 މީހުން % އަށް ބަލާ ހިސާބު ކޮށްލުމުން ގައްސާން ނަންބަރަ ކީ 6 އަނެއް 3 މީހުން ގެ ނަންބަރަ ކީ 7 ވީމާ ގައްސާން ގެ ނަންބަރ ތަފާތު

    11
    2
  7. އެމަންޖެ

    ތީގޯހެއް ދެންމިގައުމަކައް ރައީސް އެއްނާންނާނެ ، މިގައުމުގަ ދެން ރަސްކަންކުރާނީ ކެނެރީގޭ ނަސީދު.

    12
    45
    • ނުރަބޯ

      މިގައުމަކީ އިންޑިއާގެ ސްޓޭޓަކަށް ވާން ބޭނުންވަނީތަ؟

      6
      2
  8. ހެއްރަބޭ

    ކާކު ބުނީ؟

    17
    1
  9. ބޯ ބުރާން ތި

    އަނެއް ގަމާރު

    22
    5
  10. މުބީނު މާރނީ

    ޤައްސާން އަކީ އިނގިރޭސި ވިލާތުގައި ޑޮކްޓަރު ކަން ކިޔަވަން ހުރި މީހެއް. 3 ވަނަ އަހަރު ވެސް ނިންމި. ޑޮކްޓަރު ކަމުގެ ސެޓްފިކެޓް އަކީ ވަކި ކަހަލަ ކަމެއް ކޮށްފި ނަމަ ނުދޭ އެއްޗެއް. އެކުރީ ކޮންކަމެއްކަން ކާޅު ގޮވާހެން ރާއްޖޭގައި ގޮވަމުން ދިޔަ. ޑޮކްޓަރު ކަމުގެ ހުވާ ނުކުރެވޭނެ ކަހަލަ ކަމެއް ކޮށްގެން ޤައްސާނު ޑޮކްޓަރު ކަން ކިޔަވާ ޔުނިވަރސިޓީ އިން ބޭރުކުރީ.

    13
    31
  11. ހާމިދު ޝާހިދު

    ރައީސް ޔާމީން އާ ދުރަށް މައުމޫނު (ބޭބޭފުޅު) ވަޑައިގެން އަދި (12) މެމްބަރުންވެސް ދޫކޮށް ވަޑައިގެންފަހުން ހިނގައިދިޔަ ނުތަނަވަސް ދުވަތަކުގައި ގައްސާނު ހުންނެވީ ޔާމީން އާއެކުއެވެ. އޭގެ ތެރެއިން އެއް ރެއަކު ދަރުބާރުގޭގައި ބޭއްވުނު ޖަލްސާއެއްގައި ޔާމީން ވަނީ ގައްސާނު އެގޮތުގައި ހުންނެވުމުން އޭނާއަށް ވަރަށް ބޮޑަށް ތަޢުރީފު ކުރައްވާފައެވެ. އަދި އެއްދުވަހަކުން ގައްސާނު ސިޔާސީ ވަރުގަދަ ލީޑަރަކަށް ހައްދަވާނެކަމުގެ ނުވަތަ ފެނިގެން ހިނގައިދާނެކަމުގެ އިޝާރާތެއް ކުރެއްވިއެވެ. މައުމޫނުގެ ދަރިންގެ ތެރެއިން ސިޔާސީ މަސައްކަތެއްގައި ކިރިޔާވެސް ފިޔަޖަހާލީ ގައްސާނެއެވެ. ދެން ތިއްބެވީ ގަނޑުވަރުމަތީގައި ތިބި ބައެކެވެ.

    39
    5
  12. ކާފަބޭ2020

    އަނެއްއަނެއްބަޔަކު " ދެބޯގެރި" ދުއްވަންނުކުތީތޯ؟ ސާބަސް އަޑީދައުލަތުގެ އެހީހޯދައިގެން ތިޔަދުއްވާދެބޯގެރިއަށް

    6
    16
  13. ލަކީ

    ހެހެ ދެން ވޯޓް ލާނެވެސް ކަމެއްނެތް ތިނިމުނީ ތީ ހަމަ މޮޔަ ތަޅަނީ

    6
    5
  14. ޠަގެެެެ

    ތީ ހަމަ އަނބުރާ ގޭސް

    3
    3
  15. ސުމާރު

    ތިއީ ވަގުތު މީހުންނަށް ފެންނަ ގޮތް ކަންނޭގެ ތޯއްޗެއް...

    6
    5
  16. އިފާދު

    ޕީޕީއެމް ޕީއެންސީ އިން ނެރޭނީ ޔާމީންގެ ލަފާއާއެކު އެކަމަށް ޤާބިލް ބޭފުޅުން. ކޮންމެ ބޭފުޅަކު ނެރުނަސް ޔާމީންގެ ސަޕޯޓަރުން ދެބަހެއްނެތި ވޯޓުދޭނެ! މި ޤަވްމުގައި ޔާމީންގެ ސަޕޯޓަރުންގެ ގޮތުގައި ވޯޓުލާ އާބާދީގެ 70 ޕަސެންޓް ތިބޭނެ! 2018 ގެ ނަތީޖާއަކީވެސް މީ! އީސީ މެދުވެރިކޮށް އިންޑިޔާއިން ވޯޓުތައް ހިލާލީ!

    21
    4
  17. ޕިސް ޕިސް

    މީ އަޅެ ފަހެ ރަސްކަމެއްތަ އާއިލީ ވެރިކަން ކުރަން

  18. ޖާބިރު

    ތިތާ ނައިފަރު ދާޢިރާގެ އިއްޒަތްތެރި މެންބަރު ޝިޔާމް، ޑރ ޖަމީލުގެ ނަންފުޅު އޮތްނަމަ ތިނަތީޖާ ބަދަލުވާނެކަން ޔަޤީން

  19. އަފީ

    ޕޕމ ގެ ކެނޑިޑޭޓަކީ 2023 ގައި ރައީސް ޔާމީން! މި އަޒުމެއް ނުގުޑާނެ! އެންމެ ފަހުވަގުތާ ހަމަޔަށްވެސް ރާއީސް ޔާމީންގެ ސަޕޯޓަރސް ތިބީ މިގޮތުގަ!

    6
    2
  20. ޙަސަން

    ރާއްޖޭގެ ވެރިކަމަށް ދެން އެންމެ ރަނގަޅުވާނީ ޑރ ވަޙީދެވެ. އެއީ ތަޖްރިބާހުރި ހިންގުންތެރި ޢިލްމީ ހިތްތިރި ބޭފުޅަކަށްވާތީއެވެ. މާ އަބުއިވެގެން މީހުންގެ ކުރިމައްޗަށް ނުނިކުންނަ ނުވަތަ ދާދީނީވެގެން ދީނަށް ފުރައްސާރަކުރާ އަދި ބޭކާރު ވާހަޖަތައް ގަންނަ މީހުންނަކަށް ވެރިކަމެއް ނުކުރެވޭނެއެވެ.

    4
    4
  21. މުހަންމާ

    މައިންބަފައިންގެ ހައްގު އަދާނުކޮށް އެމީހުންނަށް ކޮންމެގޮތެއްވިޔަސް ވަރިހަމަކޮށް ސިޔާސީ ކުރިއެރުން ހޯދަން ދުވިމީހަކަށް ރައްޔިރުންގެ ހައްގު އަދާކުރަން އަމުދުންނޭގޭނެ.

    4
    4
  22. ޕާޓޭ ގެ ޑެޑީ

    ގާމު ޕާޓޭ ގެ ޑެޑީއޭ ޖަހާލިނަމަ ތިތިބި އަންނިމެން ނުވާނެ އިސްތައްޓަކައް

  23. ކަނބާ

    ދުވަސް ކޮޅަ ކުން ޣައްސާނޭ ކިޔައިގެން އެމްޑީޕީން ފާޑުފާޑުގެ ވާހަ ކަތައް ފަތުރައި، އަބުރު ކަތިލުމުގެ މަސައް ކަތް ފަށާނެއެވެ. މީހުން ޤަބޫލު ކުރާނެހާ ގޮތްގޮތަށް ދޮގު ރިޕޯޓްތައް ހަދައިގެން ރޓީވީން ގިނަގިނައިން ފޮނުވަން ފަށާނެއެވެ.

    3
    2
  24. މުއްތު

    ކާކުހަދާގެންއުޅޭ މަންމަންއެއްޗެއް ޣައްސާނަކަށް އަދި ޕީޕީއެމަށް ދެން ވެރިކަމެއް ނުލިބޭނެ
    ހޯހޯ މަޑުންތިބޭ

    1
    6
  25. Anonymous

    ތިނޫން ކޮންމެ މީހަ ކުވެސް ރަނގަޅުވާނެ އެނބުރި 30 އަހަރުގެ ބަނަ ކަމުގެ ތެރެއަށް ދާ ކަށް ބެއިނުމެއްނޫ ކަނޑުގައޮވެ ފަތަންވެސް މާރަނގަޅު

    1
    3
  26. ކަނބައައިސާ

    ނޯ ވޭ!! ޥެރިކަންކޮށްފައިވާ އެއްވެސް އާއިލާއަކަށް ނިސްބަތްވާ މީހަކަށްވެސްނެތް ވެރިކަންދެވޭކަށް. މި ގައުމަކީ ކެރަފާ، ސިއްކަ، ކެނެރީ، ކިނބިގަސްދޮށުގެ ގައްޔޫމު މިމީސްމީހުން ގެ ތަރިކަމުދަލެއްނޫނޭ! މި އާއިލާތަކުން ދެންވެރިކަމަށް އަޔަދީގެންނުވާނެ!!

    1
    4
  27. ނަމަ

    ތިޔަވީގޮތުން ހުވާލާދޭންވީނު އަވަހާ

    1
    3
  28. ރިހި ރާންބާގަސް

    ބަދިގެއާ ކާގެއާ ކާމޭޒާ ނެރެފަ މިތަނުން ރިޔާސީ ކެނޑިޑޭޓަކަށް ހޮވުނީ ނިދާއެނދުކަމަށް ބުންޏަސް ތީގައޮތީ ކޮން އަސަރެއް! އެހެންނޫނަސް ވަގްތް ނޫހުން ދައްކާހާ މީހަކަކަށް ވޯޓްދޭކަށް ޝައުގެއްނެތް!

    2
    1