ދީނާއި ނޭޝަނަލް އައިޑެންޓިޓީ އަށް ނުރައްކާވާ ގޮތަށް ގާނޫނު ހެދުމުގެ ބާރު އެއްވެސް ބަޔަކަށް ލިބިގެން ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޑރ. އަހުމަދު އަބްދުﷲ ދީދީ މިފަދައިން ވިދާޅުވެފައި މިވަނީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެޒިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްލާހު ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ދައުލަތުގެ އެންމެ މަތީ މަސްލަހަތާ ގުޅިފައިވާ ދީނާއި، ނޭޝަނަލް އައިޑެންޓިޓީ އަށް ނުރައްކާވާ ގޮތަށް ޤާނޫނު ހެދުމުގެ ބާރު އެއްވެސް ބަޔަކަށް ލިބިގެން ނުވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީ އަށް ނަޝީދު ހުށަހެޅުއްވީ 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށެވެ. އަދި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށް އިސްލާހުގައިވެއެވެ.

މިކަމާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ ބޭރު މީހުންނަށް ރެސިޑެންޓް ވިސާ ދިނުމަށް އިމިގްރޭޝަން ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މި ސަރުކާރުން ކުރި ބިރުވެރި، ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި 10 އަހަރަށް ވުރެ ދިގު މުއްދަތަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްލާހު ހުށަހެޅުއްވި މައްސަލައަކީ ވަރަށް ޚައްސާސް މައްސަލައެއްކަމަށެވެ.

ބިދޭސީންނަށް ރެސިޑެންޓް ވިސާދިނުމަކީ ދިވެހިންގެ ކަންކަމުގައި ދިވެހިންނަށް ބަސްބުނުން ނިމުމަކަށް އަތުވެދާނެ ކަމެއްކަމަށާއި، ރާއްޖޭގައި ދިވެހިންނަށް ވުރެ ބިދޭސީންގެ އަޑު ގަދަ ވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.

އިމިގްރޭޝަން ގާނޫނު މިހާރު އޮންނަ ގޮތުން ރެސިޑެންޓް ވިސާ ދެވޭނީ ދިވެއްސަކާ ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނާއި ސަރުކާރުން ގަބޫލުކުރާ ވިޔަފާރިތަކުގައިި ބޮޑެތި އިންވެސްޓްމަންޓް ކުރާ ބިދޭސީންނަށް އެކަންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Anonymous

  އަދުރޭއަށް.
  އަހަރެން މީ އެމްޑީއޭގެ މެންބަރެއް. ކެނެރީގެ ބުއްޅަބޭ ހުށަހެޅި ޤާނޫނާއި ދެކޮޅަށް ކޮންމެ ފަދަ ގޮތެއް ވިޔަސް ހެޔޮ ކަމަށް ނިންމައި އަހަރުމެންގެ އަބީންނާއި ޅަ ދަރީންގެ މުސްތަގުބަލަށްޓަކައި މި ވެރިކަން ވައްޓާލުމަށް މުޒާހަރާ ކުރަން މި ތިބީ ތައްޔާރަށް. މިކަމުގައި ޕޮގްރެސިވް ޕާޓީ އޮފް މޯލްޑިވުސް އަދި ކޮންގްރެސް ޕާޓީ އަދި އެހެނިހެން ޕާޓީ ތަކާއި އެކު މި ތިބީ ނުކުންނަން.

 2. މާމީ

  މިހާރު ދެން ތިބޭފުޅުން ތިޔަ ބަނދިވަރު ކިއާނެ ކަމެއްނެއް ސަބަބަކީ ތިބޭފުޅުން ގައުމު މިހާލަތައް ވައްޓާލުމުގެ މޭސްތިރިން ނަކީ ބޮޑެތި މުޖުރިމުން ޖަލުން ދޫކޮއް ހުދުކާފޫރައް ހެދީ ލިބުނު ހަދިޔާއާ މަންފާތައް ގިނަކަމުންކަން ދިވެހި ގިނަރައްޔިތުން ގަބޫލުކުރޭ....

 3. ހުއްބުލް ވަތަން

  މަނިކުފާނު އާރާ ބާރު އޮތްދުވަހު ހިކްމަތްތެރި ހުކްމްތަކާ ނަސޭހަތް ނުދެއްވީކީއްވެ؟ މިހާރު ދެން ހޭރުނަކަސް ލިބޭނެ މޮޅެއް ފައިސާއެއް ނޯންނާނެ!

  8
  2
 4. ލާދީނީ

  ތިމާމެނަށް ވަރަށް މޮޅުތަކެތް ލި ބޭނެ