ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ މައުލޫމާތު ދިނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ކަމަށް "މެންދުރު އޮންލައިން" އިން ބުނެފައިވާތީ އެކަން އާޒިމާ ރޭ ދޮގު ކުރައްވައިފިއެވެ.

ސަފާރީއެއްގެ ތެރޭގައި ކެންޔާގެ އުމުރުން 27 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މިދިޔަ ޖޫން 26 ވަނަ ދުވަހުއެވެ. އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ދެ މީހަކު ހައްޔަރު ކުރިއެވެ. އެކަމަކު ކޯޓަށް ހާޒިރުނުކޮށް ދެ މީހުން ވަނީ ދޫކޮށްލައިފައެވެ. އެ ދެ މީހުން ދޫކޮށްލި މައްސަލައާ ގުޅިގެން ފުލުހުންނަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވެފައިވެއެވެ.

މި މައްސަލައިގެ މާ ބޮޑު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، "މެންދުރު އޮންލައިން" އިން ވަނީ ޖިންސީ ގޯނާގެ ޝިކާރައަކަށްވި އަންހެން މީހާގެ އިންޓަވިއުއެއް ކަމަށް ބުނެ، ވަރަށް ތަފްސީލްކޮށް ރިޕޯޓެއް ޝާއިއުކޮށްފައެވެ. އެ ރިޕޯޓުގައިވާ ގޮތުން އަންހެން މީހާ ވަނީ ރޭޕްކޮށްފައެވެ.

އެކަމަކު، ފަހުން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެ ވެބްސައިޓްގައި ހުރި ވާހަކަތަކާއި އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާ ފުލުހުންނަށް ދިން ބަޔާނާ ތަފާތުތަކެއް ހުރި ކަމަށެވެ. އަދި އެއްވެސް މީޑިއާއަކާ ވާހަކަ ދައްކާފައި ނުވާނެ ކަމަށް އަންހެން މީހާ ބުނި ކަމަށް އޭގައިވެއެވެ.

"މެންދުރު އޮންލައިން" އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ ކެންޔާ އަންހެނަކު ރޭޕް ކުރި ކަމަށް ބުނެ އެ ނޫހަށް މައުލޫމާތު ދިނީ އާޒިމާ ކަމަށެވެ. އެކަމަކު، ފަހުން ބެލި ބެލުމުން ރޭޕް ކުރުމުގެ އަމަލެއް ސަފާރީގައި ހިނގާފައި ނުވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

އެކަމާ ގުޅިގެން އާޒިމާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މެންދުރު އޮންލައިން" ގެ ބަޔާން ދޮގު ކުރައްވައިފައެވެ. އެފަދަ އެއްވެސް ނޫހަކަށް އޭނާ ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އާޒިމާ ވިދާޅުވިއެވެ.

"މެންދުރު އޮންލައިނަށް އަޅުގަނޑު މައުލޫމާތު ދިނިއްޔާ ދިން ގޮތަކާ ވާހަކަ ދެއްކި މީހަކާ ހުންނަން ވާނެ ނޫންތޯ؟" އާޒިމާ ވިދާޅުވިއެވެ.

ސަފާރީއެއްގައި އަންހެނަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލަ ތަހްގީގް ކުރަމުން ގެންދަނީ ޖިންސީ ގޯނާގެ މައްސަލައެއްގެ ގޮތުގައި ކަމަށާއި އެމައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މާމީ

    މެންދުރު އޮންލައިނަށް ރޭޕުކޭސްގެ މައުލޫމާތު ދިނީ ޖީހާނު ކިއާ އަންހެނެކޯ.....

    56
    2
  2. ދިރާސާ

    އައިޝަތު އާޒިމާ ޝަކޫރު ކިޔާ ކިތަށް މީހުން ހުޅޭތާ؟؟

    38
    5
    • ބޯގޯސް ދިރާސާ

      ބަންޑާރަ ނައިބުކަންކުރި 30 އާޒިމާ ސުކޫރު އުޅޭކަމަށް ވަނީ

      13
      1
  3. ޏަމްނަން

    ތި (މެންދުރު) އޮންލައިން ނޫހުގެ ތި އާޓިކަލް ލިއުނު މީހާ އިނީ ހަމާއިގަތޯ ފުރަތަމަ ބަޅާ ތަހުގީގު ކުރަނަ ވެއްޖެނުން ހެ..ހެ..ހެ

    23
  4. ހަކުރުބަލި

    މެންދުރު އޮންލައިނުން މީހަކު އެއްޗެކޭ ބުނާއިރަށް ވެރިފައި ނުކޮށް ޖަހަންޖެހޭތަ؟ ދެން ފުލުހުންވީ އާޒިމާ ހައްޔަރު ކުރަން. މިކަމުގަ ޒިންމާ ނަގަން ޖެހޭނީ ނޫހުގެ އެޑިޓަރު.

    29
    1
  5. މުބީނު މާރނީ

    މިއީ ރާއްޖެ އުފެއްދި ނުބައި މީހުންގެ 10 މީހުންގެ ލިސްޓް ގެ ކުރީގައި ހިމެނޭނެ މީހެއް.

    11
    27
    • ސޯލިހުބޭ

      އެލިސްޓްގެ އެންމެ ފަހަތުގައި އޮތީ މުބީނު މާރނީ. އެހެންވީމާ ތިމާވެސް ރާއްޖެ އުފެއްދި ނުބައި މީހުންގެ ތެރޭގައި މިއޮތީ ހިމެނިފާ.

      6
      1
  6. ކަނބާ

    ރޭޕްކޭސް ފޮރުވަން އަނބުރާހާ ގޭސް އެންމެ ފަހުން ގޮވާނީ އަތަށް.

    9
    1
  7. މާމީ

    1 ވަނަ މީހާއައް އާއްމުކޮއް ކިއާ ބާވަރު ނަން ނަން ހުރޭދޯ.

  8. ސައްބު

    "ދިރާސާ" ގެ ޙާލަތު ހުރި ގޮތުން ނޭނގުނު ދޯ ކުރިން ބަންޑާރަ ނައިބުކަން ކުރީ ކިތައް އާޒިމާ ޝުކޫރު ކަމެއްވެސް.

  9. --- ޔާމިނު

    ކަލެ އަށް ސަލާމު

  10. ޏަމް

    މެންދުރު އޮންލައިން ގަނެލީކާކު؟ ކިހާފައިސާއެއްދީގެންތަ މެންދުރު އޮންލައިން ކުރިންއޮތްފުށް ނޫން އަނެއްފުށަށް ބަދަލުކޮށްލީ (އާޓިކަލް ލިޔުނު ލިޔުންތެރިޔާ ހައްޔަރު ކުރަންފެނޭ.)

  11. އައްޑޫ މީހާ

    މެންދުރު އޮންލައިން ބިރުންގޮސް ކިޔޭ ނުކިޔޭ އެއްޗެއް ނޭގިގެން ތެޅިފޮޅެނީ އަދި އާވީމަ ތިހެން ވާނެ ވަގުތު ނޫސްވަރެއް ނުވާނެ

    10
  12. ރަރީ

    ވަރަށް ބޮޑަށް ޝައްކު، އެފަދަ މަޢުލޫމާތެއް އާޒިމާ ދީފާނެ. ވާހަކަ ހަދަން ވަރަށް މޮޅު މީހެއް އެއީ.

    2
    7
  13. mode

    ރަނގަޅު.ތިމައްސަލަ ދޫކޮށްގެން ނުވާނެ.ތަހުގީގު ކުރަންޖެހޭ.އާޒިމާގެ އަގު ވައްޓާލަން މެންދުރު އޮންލައިން އިން ކޮށްގެންއުޅޭކަމެއް.ދޫ ނުދެއްވާތި.އަހަރުމެންމިތިބީ އާޒިމާ އެއްކޮށް.

  14. އަހުމަދު

    ޕޮލިހުން ކިޔާނެއެއްޗެއް ނޭގިގެންއެ އުޅެނީ ރޯޔަލް ދެމީހުން ރަނގަޅަށްބެދެއި

  15. ނަޖްވާ

    އެ ފޮޓޯ އިން ފެންނަ ބުންޏާމީނަކީ ޓޫޓޫ ޒާހިރުގެ ދަރިއެއް! އަނެއް މީހަކީ އާޒިމާ ސުކޫރު!

  16. ނަޖްވާ

    މި އާޒިމާ ދައްކާ ވާހަކަ ނުވާނެ އުޑުދަށުގަ ޤަބޫލު ކުރަން!