ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީ އަށް ދައުލަތުން ލިބޭ ފައިސާ ދާއިރާތަކަށް ބަހަން އެ ޕާޓީގެ ގައުމީ މަޖިލިހުން ރޭ ފާސްކޮށްފިއެވެ.

އެމްޑީޕީގެ މާލިއްޔަތު ކޮމިޓީ އާއި ޗަންދާ ކޮމިޓީގެ ރިޕޯޓު ގައުމީ މަޖިލިހުން ފާސް ކުރީ 52 މެމްބަރުންގެ ވޯޓާއެކުގައެވެ.

އެމްޑީޕީގެ ގައުމީ މަޖިލިހުގެ 170 ވަނަ ބައްދަލުވުމުގައި އެ ރިޕޯޓް ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ދާއިރާ ރައީސް އަހުމަދު ނިހާދު ހުށަހަޅުއްވާފައިވާ އިސްލާހަކާ އެކުގައެވެ.

އެއީ، ދައުލަތުގެ ބަޖެޓުން އެމްޑީޕީއަށް ލިބޭ ފައިސާ ދާއިރާތަކަށް ދޫކުރުމުގައި ޕާޓީގެ ކޮންމެ ދާއިރާއެއްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ބޭންކް އެކައުންޓެއް ހުޅުވާ އެ އެ ކައުންޓަށް ފައިސާ ޖަމާކުރަން ވާނެ ކަމަށާއި އެ އެކައުންޓް ހުޅުވުމަށް ޕާޓީ އޮފީހުން އެހީތެރިކަން ފޯރުކޮށްދޭން ވާނެ ކަމަށް ހުށަހެޅި އިސްލާހެކެވެ.

އެ އިސްލާހު ފާސްކޮށްފައި ވަނީ 39 މެމްބަރުންގެ ވޯޓާއި އެކުގައެވެ.

އެ ރިޕޯޓްގެ 10 ވަނަ މާއްދާ އިސްލާހުކޮށް، ދައުލަތުން އެމްޑީޕީ އަށް ލިބޭ ފައިސާގެ 50 އިންސައްތަ ދާއިރާތަކަށް ބެހުމަށް، އެ ދާއިރާއަކަށް ލިބޭ ފައިސާއިން ދާއިރާގެ ރަށްރަށަށް ޚަރަދު ކުރުމާ ޢަމަލު ކުރަން ޖެހޭނެ ކަމަށް ނިންމާ ރަށް ރަށަށް ހަމަހަމަކޮށް 50 އިންސައްތަ ރަށްރަށުގެ މެމްބަރުންގެ ނިސްބަތުން 50 އިންސައްތަ ބެހުމަށް ކަނޑައަޅަން އިސްލާހެއް ހުށަހެޅިއެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ ރައީސް، އަހުމަދު ހަމްޒާ ހުށަހެޅުއްވި އިސްލާހު ފާސްކުރަން ވޯޓުދެއްވީ 10 މެމްބަރުންނެވެ. އެހެންކަމުން އެ އިސްލާހު ފާސްވެފައެއް ނުވެއެވެ.

އެ ރިޕޯޓަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވެސް އިސްލާހެއް ހުށަހެޅުއްވިއެވެ. ދާއިރާތައް އަސާސީ ގަވާއިދާއި އެއްގޮތަށް ހިިނގާތޯ ބެލުމަށާއި، ރިޕޯޓެއް ހުށަހެޅުމަށް، ހުށަހެޅި އިސްލާހެެވެ. އެ އިސްލާހަށް ވޯޓުދެއްވީ އެންމެ 8 މެމްބަރުންނެވެ.

ރިޕޯޓަށް ހުށަހެޅި އިސްލާހު ފާސްކުރަން މަދުވެގެން 27 ވޯޓު ލިބެންޖެހެވެ.

ދައުލަތުން އެމްޑީޕީ އަށް ދޭ ފައިސާ ދާއިރާތަކަށް ބަހަން ނިންމާ، މާލިއްޔަތާއި ޗަންދާ ކޮމިޓީ އިން އެކުލަވާލި ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވާދެއްވީ އެމްޑީޕީގެ ޗެއާޕަސަންގެ ނައިބު މާލީ އަދި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲއެވެ.

މިއީ މިފަދަ ގޮތަކަށް ޕާޓީ އަށް ލިބޭ ފައިސާ ބަހަން ނިންމި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. އިބްރާހިމް

    އެމްޑީޕީ ވެރިކަމަށް ގެނެސްގެން މުޅިގައުމު ފަގީރުވެ ބިކަވެއްޖެ. އިތުރަށް ތިޔަޕާޓީއަށް ދޭނެ ވޯޓެއް ނެތް.

    48
    3
  2. ޢައްލާމު

    ދައުލަތުން މިލިއަންމިލިއަން ރުފިޔާ ސިޔާސީ ޕާޓީތައް ހިންގަން ދިނުން ހުއްޓާލަންއެބަޖެހޭ. ސިޔާސީ ޕާޓީތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ދައުލަތުގެ ބައިތުލްމާލުން ހަރަދުކޮށްގެން ހިންގާއެއްޗެއްނޫން. އެއްވެސް ގަުމެއްނެތް ދައުލަތުން ހަރަދުކޮށްގެން ސިޔާސީޕާޓީތައް ހިންގާ ގައުމެއް މިނޫނީ! މިގައުމުގައި މިއުަޅެނީ ޑިންގީގަނޑެއް ހޯދަން ވެސް ސަލާންޖަހަން. ލާރިގިނަވެގެން ޕާޓީތައް ހިންގަންބަހަން ހުރޭ؟؟

    40
  3. ރާއްޖެތެރެ

    ތިފައިސާޔައް ހެލިކަޕްޓަރެއް ގަނެބަލަ އަންޑިޔާގެ އަޅުވެތި ނުވެ

    38
    1
  4. ނާސިރު ބުނިބަސް އެހިންތަ؟

    ފޭލްވެފަ ހުރި ޕާޓީއެއްމީ

    35
    1
  5. ދިވެހި ދަރިޔެއްގެ އާދޭސް

    ރައްޔިތުން ގު ބޯހެއްދުން ބުއްދި ސަލާމަތުންހުރި މީހެއްވެއްޖިއްޔާ ރަނގަޅުވާނީ އެމްޑީޕީ އާއި ދުރަށްދިއުން ބުއްދިވެރިގޮތަކީ ނޭގި ހުއްޓަ ކަނޑުވެސް ފައްތަފާނެ އެބައިގަނޑު ރަނގަޅަށް ކުރާކޮންމެ ކަމަކުން މިހާތަނަށް ރައްޔިތުން ކުރިމަތިލާން ޖެހިފަވަނީ ހީވެސްނުކުރާފަދަ ނިކަމެތި ކަންތައްތަކާ ބުއްދިވެރިގޮތަކީ އެމީހުންގެ ކިބައިން ސަލާމަތް ވެވެންއޮތް ގޮތަކަށް ސަލާމަތްވުން އެއީ ދީނާއި ޤައުމަށް ޓަކައި ރައްޔިތުނަށް ފައިދާހުރިގޮތަކީވެސް އެމްޑީޕީއާއި ވީހާވެސް ދުގައިތިބުން އަދި އެކަހަލަ ކިތަމެ މަންޒަރެއް އެމީހުން ކުރިޔަށްއޮތް ދުވަސްތަކުގައި ރައްޔިތުންގު ބޯ ހެއްދުމަށްޓަކައި ދައްކާނެ ރައްޔިތުން ފިސާރިރަގަނޅަށް ހޭލާ ވިސްނާ ތިބޭތި އެބައިގަނޑު މިހާރު އެވައިޖަހަނީ ކައުންސިލް ވޯޓަށް އެބައިގަނޑު މިފަހަރުވެސް ހެދެން ެެެެެެެ އޮތިއްޔާއޮތް ނުބައެއްހަ ދާނެ އެމްޑީޕީއަށް ދެން ކިރިޔާވެސް ރައްޔިތުންގެފަރާތުން ކުރިއެރުމެއް ލިބިއްޖިއްޔާ އަހަރެމެންގެ ދިވެހިރާއްޖެ އަހަރެމެންގެ ދަރީންގެ ދަރީނަށް މިދިވެހިރާއްޖެ ފެންނާނީ ހަގުރާމާއިގެ މައިދާނެއްގެ ގޮތުގައި ދިވެހިބިމާއި އިސްލާމްދީ ދެކެ ލޯބިވާ ދިވެހިމިބިމަށް އުފަން ދަރިޔަކަށްވީތީ ތިރައްޔިތުންގެ ކިބައިން އަސަރާއިއެކު ދަންނަވަން ދެންމި ދިވެހިފަސްގަނޑުން އެމްޑީޕީ އާއި ބައިއަތު ހިފިއެއްވެސް ފަރާތަކަށް ޒައްރެއްގެ މިވަރުވިޔަސް ދޫނުދިނުމަށް ވަރަށް އާދޭހާއިއެކުއެދެން ރައްޔިތުނަށް މިރާއްޖެ ސަލަތް ކުރަން ލިބޭ އެންމެ ފަހުފުރުސަތު ކައުންސިލް އިންތިހާބު ވިސްނާތިބޭތި ވިސްނުމެއްނެތިކޮށްފިކަމަކުންއެންމެ
    ފަހަރަކުދޭހުގައި ގިސްލަމުންހިތިކަ ރުނައޮހޮރަންޖެހިދެޔޭ އުމުރަށްމިހެން:

    33
    • ފެކްޓް

      ބުއްދިވެރިގޮތަކީ ތިއެންމެންގެ ކިބައިންވެސް ދުރުވެގަތުން. ވަކި މޑޕ އަށް ދުކުރާ ޕާޓީއެއްނެއް. ތިއެންމެންނަކީވެސް އެކައްޗެއް. ކަމަކީ ފަސާދަކުރުން.

      11
      4
      • Anonymous

        ތިހެން ބުނާނީ ކުރިން މޑޕ އަށް ތާއީދުކުރި މީހުން އެކަނި. މި ގައުމުގަ އެތައް ވެރިކަމެއް ހިނގައި ނިމިއްޖެ. އެހެން އެއްވެސް މީހަކު ނޫޅޭ މޑޕ އާ ދެން ހުރި ޕާޓީތަކަކާ އެއްވަރުކުރާކަށް. ރައްޔިތުން ބިކަވަނީ އަބަދުވެސް މޑޕ ވެރިކަމުގަ. ގަބޫލުކުރަން ދަތިވިޔަސް މިއީ ހަގީގަތަކީ.

  6. ފެކްޓް

    މިއީވެސް ބޮޑު މުސީބާތެއް. ތިޕާޓީތަކަށް ދައުލަތުން ކުރާ އިސްރާފު ކުޑަވެގެންދާނެ ތި އެއްޗެހި އުވާލީމަ. ތިވެސް ކިހާ އިސްރާފެއް. ނިކަމެތީންގެ އަތުން ޓެކް ނަގައިގެން އިކި ގޮތްގޮތުން އެ ބަނޑު އަޅަނީ. ނިކަ މެތިންގެ ދައުލަތަށް ފައިސާ ދެނީ ޕާޓީތަކަށް ޚަރަދުކުރާކަށް ނޫން. ޕާޓީތައް މި ޤައުމުން އުވާލަން ޖެހޭ. ހަމަ ބޮޑު އިސްރާފެއް.

    17
  7. ސިޔާސީ ފޫހިވޭ

    ޢަސްލު މިހާރު ހުރިހާޕާޓީތައް އޮވާލާން އެބަޖެހޭ މިޕާޓީ ސިސްޓަ މް ރާއްޖެއަށް ަަަަަަަަަަަަަަަަަ އައިސްގެން މުޅިން ހަލާކު! ޢެކަކު އެކަކުއަނެކަކާ މޫނުކެނޑި މުޅިގައު މު ހަލާކުވެ ހުރިހާގެއްލު މެއް ތަހަ މްމ މަލް ކުރަންޖެހެނީ ރައްޔިތުން. . . އަސްލު ހަގީގަތުގައި ކޮން މެމމ މިީހަކުވިޔަސް ވެރިކަ މުގެ ދަހިވެތިކަ މުގައި މަޖްލިސްވެސް އަދި ކަައުންސިލް އިނަތިހާބުވިޔަސް " ވޯޓް " ހޯދު މަށްޓަކާ ކޮން މެފަދަ ދޮގެއްހަދަން ޖެހުނަސް ހަދާނެ ! އެއީ ޕޮލިޓިކްސް މޯ ސްޓް ދާޓީތިންގް. މިހާރު ވަރަށް ފޫހި ވެއްޖެ! މިހާރު މިއުޅެނީ ސަރުކާރު ހިންގާކަށެއްނޫން މީހުންގެ މަސްސަލަތައް ބެލުންނޫން ކަ މެއްނެތް. ވެރިކަން ނި މޭނީ ވެސް މިގޮތަށް މަސްސަލަ ބަލަބަލާ ހުޓްޓާ ވަރަށް ފޫހިވޭ
    މިބުނީ އެއްނު ވަރަށް ފޫހިވޭޭ ވޭ ވޭ

    16
  8. އަހްމަދު

    ދައުލަތުންޕާޓީއައްްދޭފައިސާ ދާއިރާތަކަށް ބަހަންފާސްކުރި އެކަމުއެއީ ކިތައްޕަސެންޓްކަމެއް އަދިކިހާއަދަދެއްކަން ނުނިންމުމުންއެނގިގެންދިޔައީ މިއީއަނެއްކާވެސް އާއްމުމެމްބަރުންނައް އޮޅުވާލަންކުރިކަމެއްކަން

    15
  9. Mahujanu

    މިމައްސަލަ އޭސީސީން ބަލަންޖެހޭނެ، އެއީ ސިޔާސީ ޕާޓީތަކަށް ސަރުކާރުގެ ބަޖެޓުން ފައިސާދެނީ ހަރުދަނާ ގޮތެއްގަ މުޖުތަމައަށް ފައިދާހުރި ގޮތެއްގަ ޕާޓީ ހިންގަން، ފަހަރެއްގަވެސް ރިޝްވަތަށް މަގުފަހިވާގޮތަށް އެދުމެއް އޮތީތީވެ އެކަން ހާސިލްކުރަން ރައްޔިތުންގެ ބޯކާކަށްނޫން، ރައްޔިތުންނަށް ބޭނުންވާ ކަންކަން ސަރުކާރުން ކޮށްދޭނެ. ބުނެލަންއޮތީ ކިތަންމެ ހެޔޮއެދިގެން ތެޅިފޮޅުނަސް ދެންދާނީ ދުވަހެއް ދުވަހަކަށް ތިޔަ ޕާޓީ އަޑިއަށޭ.

    17
    1
    • ތާޖަރު

      އެންމެ ޙިކުމަތްތެރި ކޮމެންޓް

  10. ޖީމް

    ލާދީނީ ހުޅު ދެއުޅިއެއްނުވާ ވައުދު ނުފުއްދާ ޤައުމު އަޅުވެތިކޮށް އައްޑޫ މީހުން ބޮޑުކޮށް ގުނބޯ ހައްދާ އިޤްތިސޯދު ނުދަންނަ މީދާކޭ އުނބު ޕާޓީ

    17
  11. ކަނީރު

    އަދިވެސް ޕާޓީއެއްގެ ގޮތުގައި ފެންނަނީ ހަމައެކަނި އެމްޑީޕީ. އެހެން ޕާޓީ ތަކުންވެސް ދަސްކޮށްބަލަ ޕާޓީއެއްގެ އަސާސްތައް.

  12. ޢަޅުވެރިޔާ

    ނަޝީދު އަކީ ދޮގުވެރިޔެއް އަދި އޭނާ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުމަށް ރައްޔަތުމީހާ އޭ ކިޔާ ނިކަމެތިނަށް ނާނާ ހުވެފެން ދައްކާގެން ރާއްޖޭގެ އަގު ވައްޓާލާ ބޭރު ދުނިޔޭގައި އޭނާގެ އާއިލާ ޕުރޮމޯޓު ކުރަމުން ދާއިރު ރައްޔަތުން ގުބޯހެދިފަ

  13. މަދޮށި

    ދިއްގަރު ދައިރާ ގެ މެންބަރު އިކްރާމް އަކީ ދާއިރާ ގެ ތަރައް ގީ އައް އޮތް ބޮޑު ހުރަހެއް! އެއީ އިސްލަހުގެ ނަމުގާ ފަސާދަ އުފައްދާ ބޭފުޅެއް އިކްރާމް ހުސައެޅި އިސްލާހު އައް ވޯޓް ނުދެއްވި މެންބަރުން ނައް ސުކުރިއްޔާ!!