އިސްލާމްދީނާށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަދި އުތެމަ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަދަނީ ޖަމިއްޔާތަކުން އަނެއްކާވެސް ގޮވާލައިފިއެވެ.
މަދަނީ ޖަމިއްޔާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާތައް ތަމްސީލްކުރައްވާ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ މަދަނީ ޖަމިއްޔާތަކުން ބައްދަލުވުމެއް ބާއްވަން ޖެހުނީ އިސްލާމްދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ރިޕޯޓު ނެރެފައިވާ އެމްޑީއެންގެ ރިޕޯޓަށް އުތެމަ ނަމަކަށް ކިޔާ ޖަމިއްޔާއަކުން ތާއީދު ކުރުމާއި ގުޅިގެން ކަމަށެވެ. އަދި އެމްޑީއެންގެ ރިޕޯޓުގައިވާ ކަންކަން ރާއްޖޭގައި ތަންފީޒު ކުރުމަށް ބާރު އަޅާފައިވާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
"އޭގައި ހުރި ރާއްޖޭގެ ގާނޫނޫތަކާއި ގަވައިދުތަކާ ފުށައަރާ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވާ މާއްދާތަކަށް ބާރުދީ އަދި އެކަން ރާއްޖޭގައި ތަންފީޒުކުރުމަށް ބާރުއަޅާ ރިޕޯޓެއްގެ އަޑު އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި އިސްލާމީ ޝަރީއަތްތަކާ އިސްލާމީ ގާނޫނުތަކާ ފުށޫއަރާ ގޮތަށް އެއްވެސް ބަޔަކު އެއްވެސް ނަމެއްގައި އުފުލައިފިއްޔާ ދިވެހިންގެ ވަހުދަތު ގެއްލި ހަލާކުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަންބޮޑުވުން އޮތުމާއެކު އެމްޑީއެން އަދި އުތެމައިގެ މުވައްސިސުންނަށް ގާނޫނީ ފިޔަވަޅު އަޅުއްވައި ދިނުމަށް ސަރުކާރަށް ގޮވާލާ ކަމަށް މުހައްމަދު ވިދާޅުވިއެވެ.
މަދަނީ ޖަމިއްޔާތަކުން އަނެއްކާވެސް އެމްޑީއެން އަދި އުތެމަ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލިއިރު ދާދިފަހުން 30 ޖަމިއްޔާއަކުން ވަނީ އުތެމަ ޖަމިއްޔާއާ ދެކޮޅަށް ބަޔާނެއް ނެރެފައެވެ.
އުތެމަ ޖަމިއްޔާގެ މިރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އުތެމަ އިން ހުށަހަޅާ ރިޕޯޓެކެވެ. އަންހެނުންނާއި މެދު ކުރެވޭ އެންމެހާ ތަފާތު ކުރުންތައް ނައްތާލުމުގެ ނަމުގައި އުތެމާ ޖަމިއްޔާ އިން ނެރުނު ރިޕޯޓްގައި ވަނީ މައްސަލަ ހޫނުވި އެމްޑީއެންގެ ރިޕޯޓް ދިފާޢު ވެސް ކޮށްފައެވެ. އުތެމާ އިން ވަނީ އެމްޑީއެން ރިޕޯޓްގައި ހިމަނާފައި ހުރި ކަންކަން ތަންފީޒު ކުރުމަށް ގޮވާލާފައެވެ.
އުތެމާގެ ރިޕޯޓު ހަދަން ވެސް ފަންޑު ކޮށްފައިވަނީ، އެމްޑީއެން ރިޕޯޓު ހަދަން ފަންޑުކޮށްފައިވާ ކެނެޑާގެ "ކެނެޑާ ފަންޑް ފޯ ލޯކަލް އިނިޝިއޭޓިވްސް" އިންނެވެ. އެކަން ރިޕޯޓުގެ ފުރަތަމަ ގަނޑުގައި ބަޔާންކޮށްފައިވެއެވެ.
އުތެމާގެ ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މުޅިދުނިޔެއަށް އޭގެ އަސަރުކޮށްފައިވާ ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރިއްޔާތާއި އޭގެތެރޭގައި އަންހެނުންނާއި މެދު ތަފާތުކުރުންތައް ކުރިއަރުވާ އަންހެނުންނަށް އަނިޔާކުރުންފަދަ އިޖްތިމާއީ ހަމަޖެހުން ގެއްލޭފަދަ ވާހަކަތައް ޝަރީއާގެ އެކި ތަރުޖަމާތަށް ބޭނުންކޮށްގެން ދެކެވޭ ވާހަކަތަކުގެ އަސަރު ރާއްޖެއަށްވެސް ވަނީ ކޮށްފައެވެ.
ބައިނަލްއަޤުވާމީ ފެންވަރުގައި ދީނީތަޤުރީރު ކުރާ މީހުންނާއި އެމީހުންގެ އާއިލާއަށް ދައުލަތުގެ މުއައްސަސާތަކުން ދައުވަތުދީގެން ރާއްޖޭގައި ތަޤުރީރުކުރުމަށް ގެނެވި، ކުޑަކުދިންނާއި ކައިވެނިކުރުން ފަދަ ގެއްލުންދެނިވި ކަންކަމަށް ރާއްޖޭގައި ބާރުއަޅާފައިވާ ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.
މިކަމުގަ އިޔާޒު، ޒައިދު، އިލްޔާސް، އަނިލް، މިމީހުން ފިޔަވަޅު އަޅަން އެއްބަސް ވޭ ތޯ ބަލަން ޖެހޭނެ. އެމީހުން އެއްބަސް ނުވާނަމަ ކިތައްމެ ޖަމާއަތަކުން ގޮވާލިއަސް ވާނެކަމެއްނެއް ހަމަ ކާޅުގޮވުންތީ....
ހިތަމަޔަކީ އަދުގެ ސަރުކާރުން އެމްޑީއެންގެ އެއްވެސް މެމްބަރަކަށް ފިޔަވަލުބއަޅާފައި ނުވުން
އެމްޑީއެންއާއި އުތެމަ އަކީ، އައި އެސް އަށް ވުރެ ނުރައްކާބޮޑު ޖަމާއަތްތަކެއް!
އަދި މިއުޅޭ ލިއޯ މެސީ އެބަބުނޭ އިނގިރޭސީން އައްޑޫއިން ނުފޭބިނަމަ ކިހާ ރަނގަޅުހޭ، މީނާއަކަށް ނޭގޭ އެހެން އެކަން ވީ ނަމަ ފައްޅިތައް މިތާނގަ ހުންނާނެކަމެއް،ތަރައްޤީ ވާނެއޭ ކިއާ ކާފަރުން ގެ އުނގަށް ވެއްޓޭ ވާހަކަ ދައްކާ މަރުމޯލުންތައް. އިންޑިއާއިން ބޭސް އަޅާ ނިމޭއިރުވެސް ހެވިދިއްލިފަ ، ވިސްނަނީ ފޫކޮޅުން ވިއްޔާ
އިމުރާނުމެން ދީންވިއްކައިގެން ހައްޕު ކިޔައިގެން ތިތިބެނީ ދުވަހެއް އަންނާނެ އިނގޭ
ކިނބޫ ނާޅާނެ ފިޔަވަޅެއް. ޢޭގެ ބީތާއެއް އެއީ
ކިބޫ ނާޅާނެފިޔަވަޅެ ތިބޭފުޅުން އެބަޖެހޭރައްޔަތުން ގޮވާގެން މަގުމައްޗަ ނިކުމެ މިވެރިކަން ގާނޫނީ އިމުގެ ތެރެއިން ވައްޓާލަން ވަގުތުފާއިތުވަނީ ތިހެންކިޔަ ކިޔާތިއްބާ ޒިމްމާނަގަންޖެހޭނެ އިލްމުވެރިން މިކަމުގަ
ދީނީ މީނިވަންކަން މާ މުހީންމު!!!
ތިގޮވާލުމަށް އިޖާބްއެއް ނުދޭނެ! ފަހަރެއްގައި ވިދާޅުވެދާނެ ފިޔަވަޅު އަޅާނަމޭ. އެހިސާބުން ޑރ އިޔާޒޫ އާ ދުޢާ ދެއްވި ޢިލްމުވެރިޔާ ވިދާޅުވާނެ ހާދަ ހެޔޮފުޅޭ ރައްޔިތުން ބާރަށް އަތްޖަހާށޭ!! ވޯޓް ދޭށޭ!! އެ މަނިކުފާނުގެ ތެދުވެރިކަމާމެދު ސައްކެއް ނެތޭ!! ހަމަ ބުނީ. އެންމެން އަތްޖަހަންފަށާނެ!!
މީވަރައް ނާގާ ބިލު ވެރިކަމެއް ކުރާ ބައެއް އެއްވެސްކަމެއްގަ އިހުލާސްތެރިކަމެއްނެތް ރައްރަށުގެ ސިޓީ ކައުންސިލުތަކުގަވެސް ތި ބީ އެމްޑީޕީ ބާރުހިނގާ ނާގާ ބިލު ބައެއް މިދާކައްދުވަހު ކުޅުދުއްފުއްޓައް ބޯކޮއްވާރޭވެހި ފެން ބޮޑުވެ ސޯސަންގޯޅީގަ އެވަނީ ޗަކަހެދިފަ މިތަނައް ވެލިނާޅަދެވުނު ބައެއްތީ އެމްޑީޕީ ކުދިން ބާރައްއަތްޖަހާ
ދީނީ އިލްމުވެރިން ނުކުމެ މިޤައުމު މި ލާދީނީ ސަރުކާރުގެ ކިބައިން ސަލާމަތްކުރަން ޖެހޭނެ
ނުވާނެ ތިކަމެއް. މިރާއްޖެއަކު ދެން ތިހެން އެއްކަމެއްވެސް ނުހިނގާނެ. ސްޕްރީމް ކޯޓު އެއޮތީ ބޮޑުވަޒީރުގެ ބެލުމުގެ ދަށުގައި، ޖުޑީޝަލް ސާވިސް އެއޮތީ ބޮޑުވަޒީރުގެ ބެލުމުގެ ދަށުގައި ޕޮލިސް އާއި އެމްއެންޑީއެފް އެއޮތީ ބޮޑުވަޒީރުގެ ބެލުމުގެ ދަށުގައި. މަޖިލީހުގެ ސުޕްމެޖޯރިޓި އެއޮތީ. މުޅި ސަރުކާރު، ގާނޫނު ހެދުމުގެ ބާރު، އަދުލު އިންސާފުގެ ބާރު އެ އޮތީ ބޮމުށުތެރޭގައި. ދެން ހަމަ އެކައްޗެއްވެސް ނެހެދޭނެ.
މީގެ އަހަރުތަކެއްކުރީން ބޮޑުވަޒީރު ރައީސްކަމުން އިސްތިއުފާދޭންޖެހުނީ އެތަންތަނުގެ ބާރު އެމަނިކުފާނުގެ އަތްޕުޅަށް ނުނެގުމުގެ ނަތީޖާ، މިފަހަރު ވެރިކަމަށް އައިސް އެހުރިހާ ބާރެއް އެއް އެއްކުރީ ބަގާވާތުގެ ބައިވެރިންގެ ރުހުމާއިއެކު، މައުމޫނުގެ ރުހުމާއި އެކު ގާނޫނުހެދުމުގެ ބާރު ތަޅާބުރުއްސާލީ، އިމްރާނާއި އެކު ޕޮލިސް އެއޮތީ ގޭދޮށަށް ދަމާފައި، ގާސިމް އެހެރީ އެހެލާފައި. މާވައްތަރު ބޮޑުކުރަންޏާމު އިންޑިއާ އެއޮތީ އޯޑަރަށް ތައްރާރަށް
ދެން ހަމަ ޖެހޭނީ ނޫސްބަޔާން ނެރެލަނެރެލައި ތިބެން.
މައުމޫނާއި ގާސިމާއި އިމްރާނައި އިލްޔާސް މެން ކެނޑި ކަނޑުލުގެ ހިތި އެމީހުން ފިލުވާނެ. އަހަރެމެން މިތިބީ ކުޅިބަލަން.
"މިރިޕޯޓަކީ 22 ޖޫން އިން 10 ޖުލައި 2020 އަށް ޖެނިވާގައި އޮންނަ ސީޑޯ ކޮމިޓީ ގެ 76 ވަނަ ބައްދަލުވުމަށް އުތެމަ އިން ހުށަހަޅާ ރިޕޯޓެކެވެ." މިހެން އޮތުމުން ހުށަހެޅި ކަމެއް ނޭނގެ. ހުށަހެޅިނަމަ ސަރުކާރަށް އެނގިފައިވަނެ ކަމަށްވާނީ. ސަރުކާރުން އެނގިގެން އެރިޕޯރޓް ހުށައަޅައިފައިވާ ނަމަ އެއީ ވަރަށް ނާތަހުޒީބު ކަމެއް އެކުރެވުނީ.