މިދުވަސް ވަަރަކީ ގަސް އިންދާ މީހުން އިތުރުވަމުން އަންނަ ދުވަސްވަރެކެވެ. ރާއްޖޭގައި ވެސް ފަހަކަށް އައިސް ގަހަށް ލޯބި ކުރާ މީހުންނާއި ގަސް އިންދަން ލޯބި ކުރާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.
އެކަމަކު ގަބޫލުކުރަން ޖެހޭކަމަކީ ގަސް އިންދުމަކީ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫންކަމެވެ. ގަހަކީ ލޯބިން ނޫނީ ނުހެއްދޭނެ އެއްޗެކޭ މީހުން ބުނެ އުޅެނީ މި ސަބަބާ ހުރެއެވެ.
ގަސް މަރުވެގެން އަބަދު އެ ހިތާމައިގަ އުޅޭ މީހަކު ގަސް އިންދާ މީހުންގެ ތެރޭގައި އަބަދުވެސް ހުންނާނެއެވެ. އަލަށް ގަހެއް އިންދަނީ ވަރަށް ބޮޑު ޝައުގުވެރިކަމަކާ އެކުގައެވެ. އެހެންކަމުން އެ ގަސް މަރުވުމަކީ ވަރަށް ބޮޑަށް މާޔޫސް ވާން މެދުވެރިވާ ކަމެކެވެ.
ގަސް އިންދާއިރު އެންމެ ގިނައިން ގަސް މަރުވާން ދިމާވާ އެއްކަަމަކީ މާ ގިނައިން ފެން ދެވުމެވެ. އަދި މާ އަވި ގަދަވުން ނޫނީ އަވި ނުލިބުން ވެސް އެއީ ގަސް މަރުވާ އެއް ސަބަބެވެ. ކޮންމެ ގަހަކީ ވެސް ތަފާތު ގަހެކެވެ.
އެކި ގަސް ގަހަށް ފެނާއި ކާނާ އާއި އަވި ބޭނުންވާ މިންވަރު ތަފާތެވެ.
ބައެއް ފަހަރު ގަހެއް މަރުވެގެން ދެރަވެ ހިތާމަ ކުރުމަކީ ވަރަށް ބޭކާރު ކަމެއް ކަމަށް ހީވެދާނެއެވެެ. އެއީ ގަހަކާ ހެދި ދެން މީހަކު އެވަރުވާންވީ ސަބަބެއް ކޮބާހޭ ބުނެ ސުވާލު ކުރެވޭ ފަހަރު އާދެއެވެ.
ނަމަވެސް ގަހަކީ ދިރުން ވާ އެއްޗެކެވެ. ގަސް އިންދާ މީހާ އާއި ގަހާއި ދެމެދުވާ ގުޅުމަކީ ޖަޒުބާތީ ގުޅުމެކެވެ. އެ ގަހާއި ގަސް އިންދާ މީހާގެ ޝުއޫރުތަކާ ވަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގުޅިފައެވެ. އެހެންކަމުން ގަސް މަރުވުމުން ހިތަށް އަސަރު ނުކުރަންވީ ސަބަބެއް ނެތެވެ.
ޚާއްސަކޮށް ގަހެއް ކުޑަ އިރު އެ ގަހަކަށް ހުންނަ ކުލުނު އެތައް ތަނަކުން އިތުރުވެއެވެ. ގަސް އިންދުމަކީ މީހާގެ މޫޑާއި، މިޒާޖު އަދި ސިއްހަތަށް ވެސް ރަނގަޅު ބަދަލުތަކެއް އަންނަ ކަމެއްކަން ދިރާސާތަކުން އެނގެއެވެ.
އެހެންކަމުން ގަސް މަރުވެގެން ހިތާމަކުރުމަކީ އެއްގޮތަކަށް ވެސް ކަންތައް ފަލަވެގެން ކުރާ ކަމެއް ނޫނެވެ. އަދި އެއީ ބަލިކަށި ކަމެއްވެސް ނޫނެވެ.
މަ މިހާރުވެސް މިހޭރެނީ 4 ފަތް ނުޖަހާ ގަސް 400 އަށް ގަނެގެން ގެނައިތާ 3 ދުވަސް ނުވަނީސް މަރުވީމަ. މަ ކިހާ ލޯބިން ފެންދީގެން އުޅުނީ. ދެން އަނެއްކާވީ އަނެއް ގަސް ގެނެސް ހިތް ހަލާކުވާން. ????? ތިކަހަލަ ލިޔުންތައް ނުލިޔެ ދުވާލަކު ގަހެއް ހައްދަން ކިޔާދޭނަމަ????❤️?
ނޭނގެ. ކިހިނެއްވީ؟
މަވެސް ތިކަްތަޖުރިބާ ކޮށްފިން މިހާރ ނުގަންނަން ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައަގުބޮޑުކޮށް. ހިލޭ ލިބޭ ގަސް ހައްދަނީ ބޭކާރު ހަރަދެއް ނުކުރެވޭނެ މިއޮށް ދަތި ދވަސްކޮޅު . މިރާއްޖޭގެ މީހުނަށް ގަސް އިންދާ ބަލިވެސް ޖެހިގެން އުޅެނީ ކޮރޯނާ އާއެކު. ހީވަނީ ލިބޭހާ ލާރިއެއް އެކަމަށްހެން މިހާރު ހަރަދ ކުރަނީ