ރާއްޖޭގައި ދިރިއުޅެމުން އަންނަނިކޮށް ހައްޔަރުކޮށް ބަންދުގައި ހުއްޓާ ނިޔާވި ޔަމަނުގެ ރައްޔިތެއް ކަމުގައިވާ ޔާސިރު ޔަހްޔާ ސާލިހް އަކީ މުޖުތަމައު އަށް ހުރި ނުރައްކަލެއް ކަމަށް ދިވެހި ސަރުކާރުން ބުނާ ބުނުމުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް އޭނާގެ އާއިލާގެ ވަކީލުންގެ ފަރާތުން ބުނެފިއެވެ.

އާއިލާގެ ވަކީލުންގެ ފަރާތުން ނެރެފައިވާ ނޫސް ބަޔާނެއްގައި މިއަދު ބުނެފައި ވަނީ 2017ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ރާއްޖެއިން ފުރައިގެން ދިއުމަށް ސަރުކާރުން ޔާސިރަށް އެންގި ކަމަށް ބުނާއިރި ތިން އަހަރު ވަންދެން މެރީޖު ވިސާ ދިނުމަށްފަހު އަދި އެ ވިސާ ކެންސަލް ނުކޮށް އެއްވެސް ފިޔަވަޅެއް ޔާސިރަށް އަޅާފައި ނުވާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ބުނާ ބުނުމުގައި އެއްވެސް ބުރަދަނެއް ނެތް ކަމަށް ބަޔާނުގައިވެއެވެ.

މީގެއިތުރުން ޔާސިރު ފުރައިގެން ދިއުމަށް އެންގިއިރު އޭނާގެ އަންހެނުން ބަނޑުބޮޑުވެފައިވާ ކަމަށާއި އަދި ބަނޑުބޮޑު ދުވަސްވަރު މަތިން ދަތުރު ނުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާތީ އަންހެނުން ވިހާ ގަދަވުމުން ފުރައިގެން ދާނެކަން ހުދު ޔާސިރު އިމިގްރޭޝަނަށް އަންގާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.

ޔާސިރު ފުރުވައިނުލެވުނީ ފުރުވައިލުމަށް ކުރަންޖެހޭ މަސައްކަތް ކުރުމުގައި އޭނާގެ ފަރާތުން އެއްބާރުން ނުލިބިގެން ކަމުގައި، އިމިގުރޭޝަނާއި ކަރެކްޝަންސްގެ އިތުރުން ފުލުހުން ބުނާ ބުނުމަކީ ދޮގެއް ކަމުގައި ޔާސިރުގެ އާއިލާގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފިއެވެ.

ޔާސިރަކީ ނިރުބަވެރި (ޓެރެރިސްޓް) އަލްޤައިދާ ޖަމާޢަތާއި ގުޅުން އޮންނަ، އެ ޖަމާޢަތުގެ އިސް ދައުރެއް އަދާކުރާ މީހެއް ކަމަށް ސަރުކާރުން ބުނިއިރު އެކަމާއި ގުޅިގެން އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށާއި އަދި އެ ތުހުމަތު އޭނާގެ މައްޗަށް ކުރާއިރު ދައުވާކޮށްފައި ނުވާ ކަމަށް ވެސް އާއިލާގެ ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

އިމިގްރޭޝަންގެ ގާނޫނާއި ހިލާފުވެއްޖެ ކަމަށް ކަނޑައަޅާ ޔާސިރު ޔަހްޔާ އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރުގައި ބަންދުކުރިއިރު އިމިގްރޭޝަން ގާނޫނުގެ ދަށުން އެކަމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖެއިން އޭނާ ފޮނުވާ ނުލެވުނީ ޔާސިރުގެ ފަރާތުން ސަރުކާރަށް އެއްބާރުލުން ނުދިނުމުގެ ސަބަބުން ކަމަށް ސަރުކާރުން ބުނެފައިވާތީ އެކަން ދޮގުކޮށް ވަކީލުންގެ ބަޔާނުގައި ބުނެފައި ވަނީ އިމިގުރޭޝަނާމެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމުގައާއި، އެއެއްބަސްވުމުގައި ވާގޮތުގެ މަތިން، މެލޭޝިޔާގައި ހުންނަ ޔަމަނުގެ އެމްބަސީއަށް ދިއުމުން، އޭނާ ހައްޔަރުކޮށްފައިވާ ކަމުގެ ލިޔުމެއް ދިވެހި ސަރުކާރުން ހޯދުމަށް އެމްބަސީން އެންގި ކަމުގައާއި، އެލިޔުން ހަމަޖައްސައިދިނުމަށް އިމިގުރޭޝަނުގެ ކިބައިން އާއިލާއިން އެދުނު ކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނާއި ބައިނަލްއަޤުވާމީ މުޢާހަދާތަކުން ކަށަވަރުވާ އިންސާނީ ޙައްޤުތައް ނުލިބޭތީ އެމައްސަލަ ކުރީގެ ރައީސް ޔާމީނާއި ހިއުމަންރައިޓްސް ކޮމިޝަނާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށާއި، ހޯމް މިނިސްޓަރު އިމްރާނަށްވެސް އަންގާފައިވާނެ ކަމުގައި އާއިލާގެ ވަކީލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.

ޔާސިރު ޔަހްޔާގެ ސިއްހީ ހާލަތު ގޯސްވެގެން އައިޖީއެމްއެޗުގައި އެނދުމަތި ކުރުމަށްފަހު އަލުން އިމިގުރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންދިޔަ ކަމަށާއި އަދި ފަހުން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ހުއްޓާލުމަށް ޔާސިރު އެއްބަސްވި ނަމަވެސް އިމިގްރޭޝަނުން އެއްބަސްވުމާއި އެއްގޮތަށް އަމަލު ކޮށްފައި ނުވާ ކަމަށެވެ. އަދި އަލުން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލި ކުރަން ފެށީ އާއިލާއާ ބައްދަލުކުރުމާއި ފޯނު ކޯލުތައްވެސް ދިނުން މެދުކަނޑައިލުމުން ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނީ 21 ޖުލައިގައި އޭނާއަށް ސްޓްރޯކެއް ޖެހި ހާލަތު ގޯސްވި ކަމަށް ލަފާކުރެވޭ ކަމަށާއި، 24 ޖުލައިގައި އޭނާ ހާޓު އެޓޭކެއް ޖެހުނު ކަމަށްވެސް އާއިލާގެ ވަކީލުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަންސާރު

    ޔަހޫދީ ދައުލަތް ވައްޓާލާ ..މުޖާހިދުންނޭ ނިކުމޭ

    23
    5
    • ޒަކް

      ޔަހޫދީން އޭނާ ހައްޔަރުކުރީ.. ދެން އައިސަރުކާރުން އޭނާގެ ޤައުމަށް ދާން ފުރުސަތުދިނީމަ ޕާސްޕޯޓް ގެއްލުވާލައި ހަރުކަށި ކަމާ ބޮޑާ ކަން ދެއްކީ.. ވވިސާ ކެންސަލްވާ ހިސާބުން ދެން އޭނާ ވާނި ޤަވާއިދާ ޚިލާފަށް އުޅޭ މީހަކަށް.. ހައްޔަރުގަ ހުރެގެން ނުކައި ނުބޮއެ ގަދަ ހެދީ

      3
      5
    • ޙައްގުބަސް

      ރަގަނޅު ވާހަކައެއް!! ޔަހޫދީ ދައުލަތް ވައްޓާލަން މުސްލިމުންނަށްވީތީ މިގައުމުގެ ރައްޔިތުންވެސް މަސައްކަތްކުރަންޖެހޭ!! ޔަހޫދީ ދައުލަތް އޮތީ މިއަދު ފަލަސްތީނުގެ ބިމަށްވެރިވެގަނެގެން އެތާގައި!! އެއީ އިޒްރޭލޭ މިކިޔާ ގައުމު!! އެއީ ޔަހޫދީ ދައުލަތަކީ!! ޔާސިރު ޔަހުޔާއަކީ ވަރަށް ނުރައްކާތެރި މީހެއްކަން ފުލުހުން ހާމަކުރި މައުލޫމާތުން އެނގޭ!! އެހެންވެގެން އޭނާ ހައްޔަރުގައި ބަހައްޓައިގެން މިގައުމުން ފޮނުވާލަން ސަރުކާރުތަކުން މަސައްކަތްކުރީ!! އޭނަ މިގައުމުން ދާކަށް އެއްބާރުލުން ނުދިނުމުން ޖަލުގައި ބަހައްޓަން ޖެހުނީ ފޮނުވާލެވެންދެން!! މިފަދަ މީހުން ގައުމަށް އެތެރެވެ ގައުމަށް ނުރައްކާކުރަން ފުރުސަތެއް ނުދެވޭނެ!! ގައުުމުތައް ހަލާކުކޮށް ރަޙުމެއްނެތި ކުޑަކުދިންނާ އަންހެނުން މަރާ ތަންތަން ގޮއްވާ ސުންނާފަތި ކުރަމުން ޓެރަރިސްޓުންނަށް (އަލްގައިދާ މީހުން) ނިސްބަތްވާކަމަށް ތުހުމަތުކުރެވޭ މީހަކު ގައުމުތެރޭ ދޫކޮށްފަ ނުބެހެއްޓޭނެ!! މިރާއްޖޭގައި އުޅޭ ހައްދު ފަހަނައަޅާފައިވާ މީހުން މިކަހަލަ މީހުންނަށް ސަޕޯޓްކުރާނެ!! މިފަދަ މީހުން ލާދީނީ މާނަކުރާގޮތް އެގެންޖެހޭ!! މިރާއްޖޭގައި އުޅޭ މިކަހަލަ މީހުންނަށް ސަޕޯޓްކުރާ ހައްދު ފަހައަނައަޅާފައިވާ މީހުން ގަބޫލުކުރާގޮތުގައި ފިރިހެނުން ލާންޖެހޭނީ ކުރުތާ! ފަޓުލޫނު ހުންނަން ވާނީ ކަކުލާ ހަމަޔަށް! ބޯ ކޮށައިގެންނުވާނެ! ތުނބުޅި ހުންނަންވާނީ ރީތިކޮށް ކޮށާފަ ބެހެއްޓުމުގެ ބަދަލުގަ ތަން މިނަށް ދިގުކޮށް!! ގައިގާ މީރުވަސް ދޮވާ އެއްޗެއް ލައިގެންނުވާނެ!! ޖުމްލަކޮށް ބުނާނަމަ ހާމުންޑިއެއްހެން!! އަންހެނެއް ވެއްޖިއްޔާ ހުންނަންވާނީ ކަޅު ހެދުންލާ (ޖިލްބާބު) މޫނު ބުރުގާ އަޅާ އިސްޓާކީނަށް އަރާ އެއްކޮށް ނިވާކޮށްގެން މުޖްތަމަޢުއަށް ނިކުމެ އުޅޭއިރުވެސް ކާކުކަން ނޭނގޭނެހެން!! އިސް އުފުލާ ބަލާލައިގެންނުވާނެ! ސެންޓުކޮޅެއް ޖަހައި މޭކަޕްކޮށްގެން ނުވާނެ!! މީހަކާ އިނދެގެން އުޅޭ އަންހެނެއްނަމަ އޭނާގެ ފިރިމީހާއަށް (ހައްދުފަހަނައަޅާފައިވާ މިބުނި ވައްތަރުގެ ފިރިން) ދެތިން ޅަ އަނބިން ހޯދައި ދޭންވާނެ!! ކުޑަކުދިންނާ ޝަރުޢީ ކައިވެނި އޮންނަ އުސޫލުން ބޭރުން ކައިވެނިކުރަންޖެހޭނެ!! ކުދިންނަށް ވެކްސިން ދީ ސްކޫލަށް ފޮނުވައިގެންނުވާނެ!! މިއީ މިމީހުންގެ ވިސްނުން ހުންނަގޮތަކީ!! މިއީ ރަގަނޅު ގޮތެއްނޫން!! އިސްލާމްދީނުގައި އޮންނަ ލުއި ގޮތްތަކެއްނޫން!! މެދުމިނުގެ ގޮތެއްނޫން!! އަންހެނުންގެ އައުރައަކީ މޫނާއި ދެއަތްތިލަ ފިޔަވާ އެހެން ހުރިހާ ތަނެއް!! ޖިލްބާބު ލުން ހަމަ ރަގަނޅު!! އެކަމަކު މޫނު ބުރުގާ އަޅާ ކާކުކަން ނޭނގޭ ގޮތަށް މުޖުތަމަޢުތެރެއަށް ނިކުމެ އުޅުން ރަގަނޅު ނޫން!! ފިރިހެނުން ހަމަ ގަމީހާ ފަޓުލޫނު ލާންވީ ކޮންމެހެން ކަކުލާ ހަމަޔަށް ފަޓްލޫނު ބުރިކުރާކަށް ނުޖެހޭ!! ބޯކޮށާ އަދި ތުނބުޅިވެސް ރީއްޗަށް ކޮށާ ހަމަ ރީތިކޮށް ބެހެއްޓުން ހަމަ ރަގަނޅު!! ފަސްވަގުތު ނަމާދުކޮށް ރޯދަ ހިފާ ޒަކާތް ދީ ދޮގު ނަހަދާ ޒިނޭނުކޮށް މީހެއްގެ ޙައްގަކަށް އަރައިނުގަނެ ހެޔޮލަފާ މީހެއްގައި ގޮތުގައި އުޅެ މިދުނިޔެ ދޫކޮށް ދާންވީ އާޚިރަތަށް! ކޮންމެހެން މިމީހުން މިބުނާ ގޮތަށް އުޅޭކަށް ނުޖެހޭ!! އިސްލާމްދީނަކީ ވަރަށް ލުއިފަދސޭހަ ދީނެއް!! މިމީހުން އުޅޭގޮތަށް ނޫޅޭ ކޮންމެ މީހަކީ ކާފަރެއް މިމީހުން ދެކެނީ! މިއީ ރަގަނޅު ގޮތެއްނޫން!!

      3
      2
  2. މޯދީ

    މީގެކުރިން ނުބުނޭ ޔާސިރަކީ ގައުމީސަލާމަތަށް އޮތްބިރެކޭ ހަމަ އިހްމާލުގެ ދަށުން ނިޔާވާއިރަށް އެވާހަކަ މިދައްކަންފެށީ

    36
    3
  3. ޖައުފަރު

    ތިކަހަލަ ކަންކަން މިހާރު މިރާއްޖޭގައި އޮންނަ ގޮތަކީ، މަޖިލިސްގެ ރައީސަކަށް އިންނަވާ ބޭފުޅާ ވިދާޅުވާންވީ ޔާސިރަކީ ޓެރަރިސްޓެކޭ ނުވަތަ ޔާސިރަކީ އެއްވެސް މައްސަލައެއްނެތް ރަނގަޅު މީހެކޭ. އެހިސާބުން އެކަން ނިމުނީ. މާބޮޑުވަރުވަންޏާމު މަޖިލީހުގެ ބޮޑު ކޮމެޓީ ނުވަތަ ކުޑަ ކޮމެޓީ އަށް ފޮނުވައިގެން ނުވަތަ އެހެން އިދާރާތަކަށް ފޮނުވައިގެންވެސް ދިގު ޕްރޮސެސްއެއް ނިމިގެން އަންނައިރުވެސް އެންމެފަހަކަށް ކަނޑައެޅި ނިމިފައި އޮންނާނީ އެއްކަލަ މަޖިލިސް ރައީސް ވިދާޅުވިގޮތް. މިނޫން އެހެން ގޮތަކަށް ލާހިކެއްނޫން މިއަދު މިގައުމުގައި ކަމެއްނިމޭކަށް. އެހެންވީމައި ޔާސިރުގެ އާއިލާއިންވެސް ވަކީލުންނާއި ދެންވެސް ތިބި ބަޔަކަށް ބޮޑުފައިސާ ހޭދަނުކޮށް ގޮސް މަޖިލިސް ރައީސް ކުރެންއަހަންވީ ޔާސިރަކީ ކޮންކަހަލަ ބޭފުޅެއްތޯ. ހަމަ ޔަގީނުންވެސް އެބޭފުޅާ ގޮތެއްނިންމަވައިދެއްވާނެ. ދެން ބަޔަކު މީހުން މިރާއްޖޭގެ ކޮންމެ ފަދަ ތަނަކަށް ދިއަޔަސް އެނޫން އެހެން ޖަވާބެއް ނުލިބޭނެ.

    20
    2
  4. ދީދީ

    ދެން މިއަދު އެންމެ ރަނގަޅުވާނީ ހުރިހާ އެންމެންވެސް ޔާސިރަށް ހެޔޮދުއާކުރުން. މިއޮތް ހުރިހާ ދުވަހު ޔާސިރު ހުރީ މިގައުމުގެ ޖަލެއްގައި، ޔާސިރު ކުށެއް ކުރިކަމެއް ނުކުރާކަމެއް ނޭގޭ. ޔާސިރުގެ މައްޗަށް ތަހުގީގެއް ހިންގިކަމެއްވެސް ނޭގޭ، ފަނޑިޔާރުގެއަކުން ޝަރީއަތަކުން ކުށެއްކުރިމީހެއްކަމަކަށް ނުނިންމާ. ކަން އެހެން އޮތަކަސް ޔާސިރު ހުރީ ޖަލުގައި. ދެން މިއަދު ޔާސިރު އެދިޔައީ މިދުނިޔެދޫކޮށް. އެނިމުނީއެއްނު.
    ހުރިހާ އެންމެންވެސް ޔާސިރަށް ހިތްސާފުކޮށްފައި ފާފަފުއްސެވުން އެދިދުއާކުރައްވާ. ޔާސިރުގެ ކުށެއްނެއްކަމަށްވަންޏާމު މިދުނިޔޭގައި ޖަލުގައި އެހުރި ދުވަސްތަކަށް މާތްﷲ ގެ ދަރުބާރުގައި ބަދަލު ލިބޭނެ އެއީ ޔަގީންކަމެއް.
    މާތްﷲ ޔާސިރަށް ހެޔޮރަހްމަތް ލައްވާށި އާމީން.

    39
    • ޫޔާސިރް

      ހެދިގޮތެއް ވަރިހަ މަވެގެން ތިބޭށޭތަ ތިބުނަނީ

  5. އަސްތާ

    ޔާސިރު ހައްޔަރު ކުރި ދައުލަތް ވެއްޓިފަ އޮތީ ހެހެހެ

  6. ސައިބޯނި

    ޢިމްރާން ކަލޭވެސް މަރުވާނެ