ދައުވާއެއް ކުރުމެއް ނެތި، އަދި ކޯޓަކުން ބަންދުގެ މުއްދަތެއް ވެސް ޖެހުމެއް ނެތި ކަރެކްޝަނަލް ސާވިސްގެ ޑިޓެންޝަން ސެންޓަރެއްގައި ބަންދު ކޮށްގެން ގެންގުޅުނު ޔަމަނުގެ ރައްޔިތެއްކަމަށްވާ ޔާސިރު ޔަހްޔާ ނުޔާވިތާ ތިން ދުވަސް ފަހުން މިއަދު އޭނާގެ ޖަނާޒާ ބާއްވަން ނިންމައިފިއެވެ.

އައިޖީއެމްއެޗުގައި ސީރިއަސް ޙާލުގައި ފަރުވާދެމުންދިޔަ ޔާސިރު ޔަހުޔާ ނިޔާވީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 16:25 ކަން ހާއިރުއެވެ. ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުކޮށްފައިހުރި ޔާސިރު ޔަހުޔާގެ ހާލު ސީރިއަސްވެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށާފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ. އޭނާގެ ހާލު ސީރިއަސްވެ ފަރުވާދޭން ޖެހުނީ ބަންޑުހައި ހޫނުކަމުގެ ހަޅުތާލެއް ކުރަން ފެށުމުންނެވެ.

ޔާސިރު ޔަހްޔާގެ ކަށު ނަމާދު އޮންނާނީ މިއަދު މެންދުރު 13:00 ގައި މަސްޖިދު ތަޢާވުން (އާސަހަރާ) މިސްކިތުގައެވެ.

ކޯޓަކުން ޙުކުމެއް ނުކުރަނީސް ޔާސިރު ޔަހުޔާ ބަންދުގައި ބަހައްޓާފައި ހުންނަތާ އެތައް ދުވަހެއް ފަހުން އޭނާ ނިޔާވުމުން ސަރުކާރަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

އެފާޑުކިޔުންތަކާއި ގުޅިގެން އިމިގްރޭޝަނާ، ކަރެކްޝަނަލް ސަރވިސްގެ އިތުރުން ފުލުހުން ގުޅިގެން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ޔާސިރު ޔަޙްޔާ ޞާލިޙް މުތީއު ރާއްޖެއިން ފުރުވާލުމަށް އެކިފަހަރު މަތިން ކުރި މަސައްކަތް ނާކާމިޔާބުވީ އޭނާ ފުރައިގެން ދިއުމަށް އިންކާރުކޮށް، ފުރުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމެންޓް ހެއްދުމަށް އެއްބާރުލުން ނުދިނުމުންކަމަށެވެ.

ޔާސިރު ޔަހްޔާއަކީ، އަލްގައިދާ ޖަމައާތާއި ގުޅުން އޮންނަ އެ ޖަމާއަތުގައި އިސް ދައުރެއް އަދާކުރާ އެ ޖަމާއަތުން ހިންގާ މަތީ ފެންވަރުގެ ޓެރަރިސްޓް ތަމްރީނުތައް ފުރިހަމަކޮށްފައިވާ މީހެއްކަމަށް ފުލުހުން ވަނީ ވިދާވެފައެވެ.

ނަމަވެސް ޔާސިރު ޔަހްޔާގެ އާއިލާ އިން ވަނީ އެހުރިހާ ތުހުމަތެއް ދޮގުކޮށްފައެވެ. އާއިލާ އިން ބުނެފައި ވަނީ ޔާސިރަކީ އެއްވެސް ޓެރަރިސްޓް ޖަމާޢަތަކާއި ގުޅުން އޮތް މީހެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މަރީ

    އަދި ތަންކޮޅެއް އަވަހެއްނު ވަޅުލަން!!!

    13
    2
  2. އޮޅުވާލި ވޯޓު

    ޢަނެއްކާ މި މަރުހޫމާ ކޮވިޑައްޕޮޒެޓިއުނުވޭތޯ މިހެންމިއަހާލީ މިސަރަހައްދަ މަރުވާކޮމްމެމީހަކީ މިހާރުޕޮޒެޓިއު މީހަކައްވެފަވިއްޔާމިއޮންނަނީ
    މަރުހޫމާޔައް ސުވަރުގޭގެ ދާއި.މީ ނިއުމައްމިންވަރުކުރައްވާ އާއިލާޔައްކެއްތއރިކަން ދެއްވާށި އާމީން

    13
    1
  3. އައްޔަ

    މި ގަބުރުސްތާނު ޒިޔާރަތަކަށް ނަހަދައިފިއްޔާވެސް ރަނގަޅު

  4. ގޭދޮށު ގަރުދިޔަ ފެކްޓަރީ

    މަރުވީމަ ހަށިގަނޑުވެސް ދޫނުކުރޭ... މިއޮތީވާ ސަރުކާރެއް.. ހުރިހާ ކަމެއް ދަނީ މި މީހުންގެ ވައުދު ފުއްދުމަށް.. ވާކަމެއް ނެތް. ރައްޔިތުން ފެލާ ހުސްކޮށްފި

  5. ުހުސެން

    މުސްލިމުް އަޚެއްގެ ފުރާނަ ދިއުމުގެ ޒިންމާ މި ސަރުކާރުން ނަގަންޖެހޭނެ.

    5
    3
  6. އަހަރެން

    انا لله وانا اليه راجعون .
    ﷲ އެ އަޙާގެ ފާފަ ފުއްސަވާ جنة الفردوس الأعلى ދެއްވާށި.. އާމީން.
    އަ ޤިޔާމަތް ދުވަހު އަނިޔާވެރިވި މީހުނާ އިހުމާލުވި އެންމެން ވަރުގަދަ ހިއްޕެވުމަކުން ހިއްޕަވާށި..
    اللهم امين

    7
    1
    • ބޯގޯސް

      ޝަހީދެކޭ އެބަ ކިޔާ ދެން ކޮންހާ ފިރުދައުސެކޭތަ ތިކިޔަނީ؟

  7. ޖޫރިމަނާ އެޖެންޑާ 19

    މަ ހީކުރީ ހަށިގަނޑުވެސް ކާލީކަމަށް

  8. ފުރޭތަ

    އެޖެންޑާ 19 ގަ އޮންނަނީ ރައްޔިތުން ފެލުން

  9. ކިނބިހިނި

    މަ ހީކުރީ ލާރިތަކަށް ހަދާހެން ހަށިގަނޑުވެސް ކާލީކަމަށް

  10. ކާފަރު

    ޝަހީދެއް.. އަލް ހަމްދުﷲ..

    5
    2
  11. ކާފަރު

    ޤާތިލު ސަރުކާރު..

  12. ކާފަރު

    ޔާސިރް ގެ މައްޗަކަށް އެއްވެސް ހިސާބެއް އަޒާބެއް ނުވޭ.. ކައްވަޅުގެ އަޒާބެއް ވެސް ނެއް އިންޝﷲ.. ޔާސިރް އަކީ ޝަހީދެއް..

    3
    4
  13. މުސްލިމާ

    އައްދެ! ހާދަމޮޅު ކާފަރެކޭ!!
    މީނައަށް އެބައެނގޭ ޢަޒާބު ނުލިބޭނެ މީހުންނާ ޙިސާބު ނުބެއްލެވޭނެމީހުންވެސް.

    1
    1