ކޮވިޑް-19 އަށް ފައްސިވި 10 އަހަރުގެ އަންހެން ކުއްޖަކު މަންމައާ އެކު ބަނޑޮހަށް ގެންދިޔައިރު، ބައްޔަށް ފައްސި ނުވާ ކުޑަ ދެ ކުއްޖަކު ގެންދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.
ބަނޑޮހުގައި ބައިތިއް ވަނީ ކޮވިޑް-19 އަށް ފައްސިވާ މީހުން ކަމަށް ވާއިރު، ފައްސިވި އަންހެން ކުއްޖާ އާއި އެއްކޮށް ބަނޑޮހަށް ގެންގޮސްފައިވަނީ އެ ކުއްޖާގެ މަންމަ އާއި ދެ ބޭބެއެވެ. އެ ދެ ކުދިން ބަނޑޮހަށް ގެންދިޔައީ ފައްސިވި މީހުންނާއި އެކު އުޅަނދުތަކެއްގައެވެ.
އެކަމުގެ ސަބަބުން އެކުދިން ނުރައްކަލަށް ހުށަހަޅޭ ކަމަށް ބުނެ އާއިލާ އިންވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ.
"މިހާރު" ނޫހުގައި އެ ކުދިންގެ އާއިލާ އާއި ހަވާލާދީ ބުނެފައި ވަނީ ކޮވިޑް-19 އަށް ފައްސިވި މީހުންނާ އެކު ދަތުރު ކުރުމުގެ އިތުރުން، ބަނޑޮހަށް ގެންދިއުމަށް ފަހު އެ ދެ ކުދިންނަކީ ވެސް ބައްޔަށް ފައްސިވި މީހުންގެ ގޮތުގައި ރެކޯޑްކޮށްފައިވާ ކަމަށެވެ.
އަދި ފައްސި ނުވާ ދެ ކުދިން އައިސޮލޭޓްކުރަން އާއިލާގެ ވަކި އެޕާޓްމެންޓަށް ގެންދަން ވެސް އެޗްޕީއޭ އިން ހުއްދަ ނުދިން ކަމަށް އެ އާއިލާއިން ބުނެއެވެ. އާއްމު މީހަކު ކޮށްފައިވާ ޓްވީޓެއްގައި ފައްސިވި އަންހެން ކުއްޖާ އާއި އޭނާގެ އާއިލާ ބޭތިއްބި ތަނުގެ ފޮޓޯއެއް ވަނީ ހިއްސާކޮށްފައެވެ.
އެއް އެނދެއްގައި އެ މީހުން ބައިތިއްބާތީ އެ ކުދިންގެ މަންމަ އެހެން ނުހެދުމަށް އެދި ރޮއި އާދޭސްކޮށްފައިވާ ކަމަށް އެ ޓްވީޓުގައިވެއެވެ.
Positive vi 10yrs ge daughter Bandos ah gendhiyaee Negative vi Mamma, 12yrs & 14yrs ge 02 brother's aaives eku.Positive 01 case aai Negative 03 case eh room ga 01 bed ga.Dhen eyothee mattress ves neiy concrete gandeh.
Mamma roe aadheys kuri ehen nuhadhaan 😥 @HPA_MV @nazla_r pic.twitter.com/pXjhaR9Tqi— AD'DEY (@Addey_33) August 5, 2020
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ އޮފިޝަލަކު "ވަގުތަށް" ވިދާޅުވީ ފައްސި ނުވާ ކުދިން މައިންބަފައިންނާއި އެކު ގެންދާ ނަމަ ބެލެނިވެރިންގެ ރުހުން ހޯދާ ކަމަށެވެ. މި ވޭދަަނަ (ކޭސް)ގައި ވެސް އެ ކުދިން ގެންގޮސްފައި ވަނީ ރުހުމާއި އެކުގައި ކަަމަށާއި، އިތުރު ބައެއް ކަންކަމުގައި ދިމާވީ މުއާމަލާތު ކުރުމުގައި އެރި އޮޅުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ މައްސަލަތައް ވެސް މިހާރު ހައްލުކުރަމުންދާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ފައްސިވި ކުޑަ އަންހެން ކުއްޖާގެ ބައްޕަވެސް ވަނީ މީގެ ކުރިން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.
ރާއްޖެ އިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އާދަޔާ ޚިލާފަށް އިތުރުވަމުން ދާއިރު، ކޮވިޑް-19 ޖެހުނު 110 މީހަކު ވަނީ އެނދުމަތިކޮށްފައެވެ. އަދި އައިސީޔޫގައި 8 މީހުން އެބަތިއްބެވެ. މި ބަލީގައި މިހާތަނަށް ރާއްޖެ އިން 19 މީހަކު ވަނީ މަރުވެފަ އެވެ.
އިތުރު ބައެއް ކަންކަމުގައި ދިމާވީ މުއާމަލާތު ކުރުމުގައި އެރި އޮޅުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޮޅޭ ސަރުކާރު އޮޅޭ ސަރުކާރު އޮޅޭ ސަރުކާރު އޮޅޭ ސަރުކާރު
ބޮޑުވަރު
އެޗްޕީއޭ އިން އާންމު ރައްޔިތުންނަށް ގެއްލުންހުރި ގޮތްގޮތަށް ކިތައް ކަންތައް ކޮށްފި. މީހަކު ނުގަބޫލުވެގެން ކޮންމެންޓެއް ކޮށްފިއްޔާ އެ މީހަކު ރޮލާކާލާނެ. އެޗްޕީއޭގެ އިހުމާލުތައް ފޮރުވަން ކޮމެންޓްކުރަން ބަޔަކުލާފަ ތިބޭ ކަމަށް ފާހަގަވަނީ.
ކޮމްމެގޮތެހަދާފަވެސް އެބަޖެހޭތާ ފުރަތަމަދުވަހު ބުނިއަދަދުހަމަކުރަން
އެޗްޕީއޭ ނުވަތަ އެންއީއޯސީ ކޮންމެ ނަމެއްކިޔަސް ރައްޔިތުންނަށް ހަޤީޤީ މަންޒަރު އޮޅުވާލާ ކޮވިޑް ކަންތަށް ރާއްޖޭގަ އޮތްވަރަށް ވުރެން ބޮޑުކޮއް ދައްކަން އުޅޭކަމީ ހިތާމަވެރިކަމެއް.މީހަކު އެއްޗެކޭ ބުނާއިރަށް ބުނާނެ ޑަބުލިއު އެޗްއޯ ގައިޑް ލައިނޭ. ބަލަގަ ޑަބުލިއު އެޗް އޯ ގައިޑް ލައިންގަ އޫރުމަސް ކެއުން ހުއްދަ ދެން މަވީ އެހެނޭ ކިޔާފަ ޑަބުލިއުއެޗް އޯ ގައިޑް ލައިންއަށް އީމާންވެ އޫރުމަސް ކާންތަ؟
ސަރުކާރެއް ފޭލްވާނީ މިހާކަންހާވަރަށް.
ލައްކަ ވާހަކަ މިބުނީ. އޮޅުވާލައިގެން އެރުނީމާ ދިމާވަނީ ވެސް އޮޅޭ ކަންކަމާތާ ދޯ.
ކީއްކުރާނީ. އަނެއްކާ މީހަކު މަރުނުވަނީސް މަރުވިއްޔޭ އޮޅިގެން އަދި ނުބުނޭ. އެވަރު ރަނގަޅު އެހެންވީމަ ތަންފުކެއް