ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަމަލު ކުރައްވާނެ ކަމަކަށް ނުދެކެން ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ދައުލަތުގެ ގެރެންޓީ ދީފައިވާ ފަރާތަކުން ފައިސާ ނުދައްކައިފި ނަމަ ކަން ކުރަންވީ ގޮތް މާލިއްޔަތު ގާނޫނާއި ހަރަދަށް ޒިންމާވާ ގާނޫނާއި މާލިއްޔަތު ގަވާއިދާއި އަދި އުސޫލުން ވަރަށް ސާފުކޮށް ބަޔާން ކުރާ ކަމަށެވެ. އެ ނޫން ގޮތަކަށް މިނިސްޓަރު އަމަލު ކުރައްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.
Dhaulathuge guarantee eh dheefaiva faraathakun faisa nudhakkaifinama kankuranvee goiy maaliyyath qanoonai, kharadhah zinmavumuge qanoonai, maaliyyath qawaidhai adhi usool in varah saafkoh bayaankurey. Mi noon gothakah Minister amalu kuravvane kamah alhugan’du nudheken
— Mohamed Nasheed (@MohamedNasheed) August 6, 2020
ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެން މީދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ޓްރެވަލް ސިޔާމް)ގެ ކުންފުންޏަކުން ޗައިނީޒް އެގްޒިމް ބޭންކުން ނެގި 127 މިލިއަން ޑޮލަރުގެ ލޯނާ ގުޅޭ ގޮތުން މިނިސްޓަރު އަމީރާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ފިނޭންސް މިނިސްޓަރާއި ސުވާލު ކުރުމަށް ނޯޓިސް ފޮނުވާފައި ވަނިކޮށް އެކަމާއި ގުޅިގެން ފިނޭންސް އިން ބަޔާނެއް ނެރެފައި ވަނިކޮށެވެ.
ފިނޭންސް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނީ މި ލޯނުގެ ދަށުން، ޗައިނީޒް އެގްޒިމް ބޭންކަށް ދަރަނި އަދާކުރުމުގައި، ޖަނަވަރީ 2020 ގެ ނިޔަލަށް ދައްކަންޖެހޭ ފައިސާ އޭއެސްއެޗްއިން ދައްކާފައިވާކަން ސޮވްރިން ގެރެންޓީގެ އުސޫލުގެ ދަށުން ހުށަހަޅަންޖެހޭ ރިޕޯޓުގައި ބުނެފައިވާ ކަމަށެވެ.
ނަމަވެސް، 21 ޖުލައި 2020 ގެ ކުރިން، އ އެސްއެޗް އިން އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ޕްރިންސިޕަލް، އިންޓަރެސްޓް އަދި އެހެނިހެން ފީ އަށް ވާ އަދަދު ދައްކާފައި ނުވާތީ، 22 ޖުލައި 2020 ގައި ޗައިނީޒް އެގްޒިމް ބޭންކް އިން ފިނޭންސް މިނިސްޓްރީ އަށް އެކަން އަންގައި ސޮވްރިން ގެރެންޓީ ދޫކުރި ފަރާތުގެ ހައިސިއްޔަތުން، އެ ފައިސާ ދެއްކުމަށް ސަރުކާރަށް އަންގާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
"ހަވާލާ ދީފައިވާ އެންގުމާ އެއްގޮތަށް ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ ފައިސާގެ އިންތިޒާމް އޭއެސްއެޗްއިން ހަމަޖައްސައި، އެފައިސާ އެސްކްރޯ އެކައުންޓަށް އެފަރާތުން ޖަމާކުރުމުން، އެސްކްރޯ އެޖެންޓް މެދުވެރިކޮށް އެފައިސާ ވަނީ 6 އޮގަސްޓް 2020 ގައި ޗައިނީޒް އެގްޒިމް ބޭންކަށް ދައްކާފައެވެ،" ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ސިޔާމް ކުންފުންޏަށް ކުރީގެ ސަރުކާރުން ސޮވެރިން ގެރެންޓީ ދޫކޮށްފައިވަނީ އެކަމަށް ހެދުނު އުސޫލުގެ ދަށުން ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.
މި ސަރުކާރުން ސޮވްރިން ގެރަންޓީ ދޫކުރާނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ރައްޔިތުންގެ މަސްލަހަތު ހިމެނޭ ބޮޑެތި މަޝްރޫއުތައް ހިންގާ ކުންފުނިތަކުން ނަގާ ލޯނުތަކުގެ ތެރެއިން ކޮންމެހެން ސޮވްރިން ގެރަންޓީ ބޭނުންވާ ލޯނުތަކަށް އެކަނި ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ. ދަރަނި އަދާކުރުމުގައި، އެ މިނިސްޓްރީން އަބަދުވެސް އިސްކަން ދޭނީ ދިވެހި ދައުލަތް ސޮވްރިން ޑިފޯލްޓްއަކަށް ނުދާނެ ގޮތަށް ކަންކަން ތަރުތީބު ކުރުމަށް ކަމަށްވެސް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ކޮންހާވާހަކައެއް މަޖްލީހައްގެގޮސް ސުވާލުކޮއްބަލަ މީފަހެ މިޤައުމުގެ ވެރިމީހާތަ
އިންޑިއާއަށް ޤަޥްމު ވިއްކާލި ބޮންދުއަންނި ޣައްދާރު ކޮން ދެކެމެކޭ ނުދެކެމޭ ކިޔާކަށް ބޮޑު ފިނޑި
ސަރުކާރުން ދިވެހި ވިޔަފާރިވެރިންނަށް ސޮވެރިންގް ގެރެންޓީ ދީގެން ޗައިނާގެ ވަރުގަދަ ބޭންކްސް ތަކުން ލޯން ދީގެން
ލޯން ދައްކަން ސަރުކާރުން ސިޔާމަށް އެހީވީ އެއީ ނާޖާއިޒު ގޮތުގައި ނާޖާއިޒު ފައިދާގެ ގޮތުގައި ބޮޑު
ތިމަންނާ ބުނާ ގޮތަކަށް ނޫނީ އެއްވެސް ކަމެއް ކޮއްގެން ނުވާނެ އޭ ކިޔާހެން ދޯ ހީވަނީ
މީނަ ދެއްމީ ހާދަ ވަރުގަދަ މީހެކޭދޮ ކަލޯގެޔާ ކަކޭވެސް މާތިރިވާނެ ދުވަހެއް އަންނާނެ ދުނިޔޭގަ ތިބިބަޔަކަން އެތަންވެސް ފެންނާނެ