"އަވަސް" އޮންލައިންގެ ޗީފް އެޑިޓަރު އަދި ރާއްޖޭގެ މަޝްހޫރު އެއް ނޫސްވެރިޔާ މުންޑޫ އާދަމް ހަލީމަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުތައް ބަަލައިދިނުމަށް އެދި ގިނަ އަދަދެއްގެ ނޫސްވެރިން ސޮއިކޮށް ކަމާބެހޭ ފަރާތްތަކަށް އިއްޔެ ހުށަހަޅައިފިއެވެ.

މި ޕެޓިޝަންގައި 19 މީޑިއާއަކުން 73 ނޫސްވެރިއަކު ސޮއިކޮށް، މައްސަލަ ހުށަހަޅާފައި ވަނީ ރައީސް އޮފީހަށާއި މޯލްޑިވްސް މީޑިއާ ކައުންސިލަށާއި ޖެނެްޑަ މިނިސްޓްރީއަށާއި ހޯމް މިނިސްޓްރީ އަދި ފުލުހުންނަށެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ "އަވަސް" ނޫހުގައި މަސައްކަތް ކުރި އަންހެން ނޫސްވެރިންތަކަކަށް ތަކުރާރުކޮށް ޖިންސީ ގޯނާ އާއި ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ، އެކަމުގެ ޝިކާރައަކަށްވީ ކަމަށް ބުނާ ފަރާތްތަކުން ވަނީ އެ ވާހަކަތައް ޓްވިޓާގައި އާންމުކޮށްފައިވާ ކަމަށެވެ.

އެކަކަށް ވުރެ ގިނަ ފަރާތްތަކަކުން ނޫހެއްގެ އިތުބާރު ކުރެވޭ އިސް މަގާމެއްގައި ހުރި ފަރާތަކާ މެދު މިފަދަ ތުހުމަތެއް ކުރުމަކީ ނޫސްވެރިން ނިހާޔަތަށް ކަންބޮޑުވާ ކަމެއް ކަމަށް ވެސް ޕެޓިޝަންގައިވެއެވެ.

ނޫސްވެރިކަމުގެ ދާއިރާ އިން އަންހެނުންނަށް ހަމަހަމަ ފަހި ފުރުސަތުތަކާއި މަސައްކަތުގެ ރައްކާތެރި މާހައުލަކާއި މަސައްކަތުގައި ދެމިތިބުމަށް އިންތިހާ އަށް ހިތްވަރު ދޭން ޖެހޭ އިރު، ނޫސްވެރިކަމުގެ ދާއިރާގައި ތަޖުރިބާކާރު އަދި ޝަރަފްވެރި އެތައް އެވޯޑެއް ލިބިފައިވާ ފަރާތަކުން މަސައްކަތުގެ މާހައުލުގައި އަންހެން ކުދިންނަށް ފުރައްސާރަ ކުރުމުގެ ތުހުމަތުތަކެއް ކުރެވުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ޕެޓިޝަންގައިވެއެވެ.

ޕެޓިޝަންގައި ބުނި ގޮތުގައި މިއީ "އަވަސް" ގައި މަސައްކަތް ކުރާ އަންހެން ނޫސްވެރިންނަށާއި ކުރިއަށް ދިޔުމުގެ ހުވަފެން ދެކެމުން އަންނަ ނޫސްވެރިންނަށް ވެސް ބިރެއް ކަމަށެވެ. އަދި މިއީ ނޫސްވެރިން ކުރާ މަސައްކަތްތަކާއި މި ދާއިރާއާ މެދު ރައްޔިތުންގެ މެދުގައި ސުވާލުތައް ފެންމަތިވެ، އިތުބާރު ގެއްލޭނެ ފަދަ އަމަލުތަކެއް ކަމަށް ވެސް ޕެޓިޝަންގައިވެއެވެ.

ގިނަ އަދަދެއްގެ ނޫސްވެރިންތަކެއްގެ ސޮއި މުންޑޫ އާދަމް ހަލީމްއާ ދެކޮޅަށް ލިބުނު އިރު، އޭނާ ވީޓީވީގައި މަސައްކަތް ކުރަމުން ދިޔައިރު، އެ ޓީވީގެ އަންހެން މުވައްޒަފެއްގެ ގަޔަށް އަތްލައި، އަނިޔާ ކުރާ ވީޑިއޯއެއްވެސް މީގެކުރިން އާންމުވިއެވެ. އަދި ދާދި ފަހުން "އަވަސް" ނޫހުގައި ކުރިން މަސައްކަތްކުރި އަންހެން ނޫސްވެރިޔަކު ވެސް ވަނީ، އޭނާއަށް މުންޑޫ ޖިންސީ ފުރުއްސާރަ ކޮށްފައިވާ ވާހަކަތަކެއް ޓްވިޓާގައި ފެންމަތިކޮށްފައެވެ

އެހެންވެ، މުންޑޫ އާދަމް ހަލީމްގެ މައްސަލަ ބަލައި، ކުށްވެރިވާ ނަމަ، ހައްގު އަދަބު ދިނުމަށް ޕެޓިޝަންގައި ގޮވާލިއެވެ. އަދި ދިވެހި ސަރުކާރުގެ ފަރާތުން ދީފައިވާ އާންމު ހިދުމަތުގެ ގައުމީ އިނާމާއި މީޑިއާ ކައުންސިލުން 2019 ވަނަ އަހަރު ދީފައިވާ "ނޫސްވެރިކަމުގެ ރަންގަލަން" މުންޑޫގެ ކިބައިން އަތުލުމަށްވެސް ޕެޓިޝަނުގައި އެދުނެވެ.

މީގެއިތުރުން މުސްތަގުބަލުގައި އިދާރާތަކުން މިފަދަ އެވޯޑްތަކެއް ދޭއިރު މިފަދަ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ މީހުންނަށް އެފަދަ އެވޯޑްތައް ނުލިބޭނެ ފަދަ ގޮތަކަށް އުސޫލުތައް އެކަށައަޅައި ތަންފީޒުކުރުމަށާއި މިފަދަ އެވޯޑެއް ލިބިފައިވާ ފަރާތްތަކަށް ފަހުން ވެސް އެފަދަ ތުހުމަތެއް ކުރެވޭނަމަ، އެ އެވޯޑެއް އަތުލެވޭނެ ގޮތުގެ އުސޫލެއް އެކުލަވާލައި، އާންމުކޮށް އަދި އެ އުސޫލު ތަންފީޒުކުރަން ޕެޓިޝަންގައި އެދުނެވެ.

މިއީ މި ދާއިރާގެ އަގު ހިފެހެއްޓުމަށާއި މި ދާއިރާއަށް ރައްޔިތުންގެ އިތުބާރު އުފައްދައި އަންހެނުންނާއި ޒުވާނުން މި ދާއިރާއަށް ނެރުމަށް ކޮންމެހެން ކުރަން ޖެހިފައި އޮތްކަމެއް ކަމަށް ވެސް އޭގައިވެއެވެ.

އަދި ނޫސްވެރިކަމާއި މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެން ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް އެ މީހުންގެ ހައްގުގައި މަސައްކަތްކޮށް ދިނުމަށް ދިވެހި ދައުލަތުގެ އެންމެންހާ މުއައްސަސާތަކުގެ ކިބައިން އާދޭހާ އެކު ނޫސްްވެރިންނަށް ވަނީ ގޮވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ރަދީފް

    ކޮބާ މުންޑޫ ކަލެއަށް ރީތި ވެއްޖެއެއްނު.

    10
    5
  2. ސައިފްސިންގްސް

    މީ ބަތްހިތްކާގޭ ކުދިންވެގެން މުންޑޫގެ އަގުވައްޓާލަން ކުޅޭ ކުޅިގަނޑެއް...

    9
    12
    • ގެޓުވޭ

      ކުރިން ވީޓީވީގަ ވެސް އަންހެން ނޫސްވެރިއެއްގެ ގަޔަށް އަތްލައި އަނިޔާކުރި މައްސަލައެއް ޕޮލިހަށް ހުށަހެޅި މީޑިއާތަކުގެ ފަލަ ސުރުހީއަށް އެރި.. މީނާއަކީ މިކަހަލަ ހޮސްޓްރީއެއް އޮތް މީހެއް.. ކޮންމެ ކަމެއް ސިޔާސީކޮށްފަ ތުހުމަތު ކުރެވޭ މީހާ ދިފާޢުކުރުމުގެ އާދަ ކަނޑުވައި ނުލައި މި މުޖުތަމަޢު އިސްލާހެއް ނުވާނެ.. ތިކަހަލަ ވިސްނުމުގެ މީހެއްގެ ދަރިއަކަށް ނޫނީ ދައްތައަކަށް މިފަދަކަމެއް ދިމާވީމަ ގެޓުވާނި.

      4
      1
  3. ކީއްވެ؟

    އެއްޒަމާނެއްގައި ވި ކަމެއް! ކީއްވެ އޭރު ތި މައްސަލަ ހުށަނޭޅީ؟ މިވަރުން ދަންޏާ އަދި މި ރާއްޖޭގަ ދެތިން ދަރިން ލިބޭފަހުން، މައްސަލަޖެހި ވަރިކުރާ، ދަރިންގެ އަމާ ވެސް ކުރީގެ ފިރިމީހާ އިނދެގެން އުޅުނުއިރު ޖިންސީ ފުރައްސާރަ ކުރި ކަމުގެ ދައުވާ ކުރާނެ އެވެ.

    15
    9
  4. އެޑްމުންޑޯ

    ހަސަދަވެރިވިއަސް ތިއީ ބޮޑުވަރު

    11
    1
  5. އަލީ ރާޖާ

    އަސާސާ ފެންވަރުގެ ސަރުކާރަށް މުންޑޫ ފާޑު ކިޔާތީ އަސާސީ ފެންވަރުގެ ސަރުކާރަށް ސަނާކިޔާ އަސާސީ ފެންވަރުގެ ނޫސްވެރިންނަށް ހަޖަމް ނުވެގެން މުންޑޫގެ އަބުރު ކަތިލަނީ

    4
    1
  6. ގޭދޮށު ޖޫރިމަނާ ފެކްޓަރީ

    އެޖެންޑާ 19 ތަފާތުވާނެ

  7. ކަޅުމަންޖެ

    ޢަނެއްކާ އަނެކަކުގެ ޢަގު ވައްޓާލަން ދުވަން ފެށީ. ނޫނޭވާ މި އޮތީ ގައުމެއް. މީހަކު ކުރި އަރާ ދަންޔާ ވާނެ ކޮންމެހެނަކުން ހަދާފަ ނަމަވެސް އެމީހެއްގެ ސަޚުސު ކަތި ލަން. ދޮގު ވާހަކަ ނުފަތުރަ އޮށްޓު ހުރި ތެދު ޚަބަރު ގެނެސް ބަލަ. ނޫސް ވެރިންނެކޭ ގުނބޯ ތަކެކޭ އެެއް ފަދަ ވާހެން ެބަހީވެ.

  8. ދަރަނި ދަންތުރަ

    ހޯރައިއްބެ ރައީސް އިބޫ އަށް ސަލާމްބުނި

  9. ައަހްމަދު

    ސުރުޚީ ކިޔާލީމާ މާނަކުރެވުނީ އާދަމް ހަލީމަށް ޖިންސީ ގޯނާ ކުރީ ކަމަށް.

  10. އެބޯޓް

    ސަން މީޑިޔާ ގްރޫޕުގެ ސީއީއޯ ސިނާނު ގެ މައްސަލަ ވެސް ބައްލަވާ ލައްވާ. ވަރަށް ރަގަޅަށް ސަން ބިލްޑިންގްތެރޭ ވަޒީފާއަށް އިންޓަވިއު ކުރި މަންޒަރާއި ފޮޓޯ އާންމުވި. ތި ދެމައްސަލަ އެކޮށް ގެނައި ނަމަ ނިޔަތާއި މެދު ސުވާލެއް ނެތް. އެކަމަކު މިހާރު ހީވަނީ ފިލުވާން އުޅެނީ ހެން. ވ.ސަލާން....

  11. ފާތުން

    ތިމާއަށް ވު ރެ އަނެކާ ކު ރި އެ ރުމުން ހަސަދަ ވާލެއް ބޮޑީ. ކު ރިން ވީ ޓީ ވީ ގަ އަތްލީ ކޮންގުޅުމެއް އޮތް ކާކު ކަން ނޭނގޭ މީހުން ކޮމެންޓް ކު ރިޔަސް. އޭ ރު އެތާ އުޅުމީހުންނަށް އެނގޭނެ.

    • މުންޑު

      ފާތުން ވިލް ޔޫ މެރީ މީ

  12. މ

    ޜޯޔަލް ކޭސް ތައް ނުބަލާ މައްސަލާގައި ނޫސްވެރިން
    ލިޔެ އަޑު ނުއުފުލަނީ ކީއްވެ؟
    ތިޔައީ މީހެއްގެ އަމިއްލަ ޒާތީ ކަމެއް ކަލޭމެން ނުޖެހޭ ޕެޓިޝަން ހަދާކަށް...
    ނޫސް އިދާރާތަކުގައި އުޅެނީ ބޮޑެތި މީހުން
    މިހާރު ނޫހުގެ ނޫސްވެރިޔާގެ މައްސަލަ ހަސަންބަޑޭ ހައްޔަރު ކުރަން ކީވެ ކަލޭމެން ގޮވާނުލީ..ރައީސް އޮފީހުގެ ބޭފުޅަކަށް ވާތީތަ

  13. މުންޑޫ

    މުންޑު އިރިއްޖެ. ކޮބާ އަންހެނުންނާ ނުހައްގުން ބެހެންޏާ ވާނީ ތިޔަގޮތައް ބޭޒާރު.