އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން މަސައްކަތް ކުރަން ފެށުމުން ފައްޔާޒުގެ ދިފާއުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ އެމްޑީޕީގެ މަޖިލިސް މެންބަރުން ތެދުވެއްޖެއެވެ.

ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވެއްދުމުގައި އިސްކޮށް އުޅުއްވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. ނަން ހާމަ ކުރަން ބޭނުން ނުވާ އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވީ އެ މަސައްކަތް މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން ފަށައިގެންފައިވާ ކަމަށެވެ.

އެކަމުގައި ރައީސް ނަޝީދާ އެކުގައި އިސްކޮށް އުޅުއްވަނީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް މަޖިލީހަށް ވައްދަން މަސައްކަތް ކުރެއްވި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާތަނަށް 20 މެންބަރަކު އޭގައި ސޮއިކޮށްފައިވާ ކަމަށެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅަން ބޭނުންވަނީ 10 މެމްބަރެއްގެ ސޮއިއެވެ. ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަގުލަބިއްޔަތެވެ.

މިނިސްޓަރު ފައްޔާޒުގެ ދިފާއުގައި ނިކުމެ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފައްޔާޒަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހުންނެވި އެންމެ ހީވާގީ އެއް ވަޒީރު ކަމަށެވެ. އަދި އޭނާގެ ފުރިހަމަ ތާއީދު މިނިސްޓަރު ފައްޔާޒަށް އެބައޮތް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު އަދި ރޮޒައިނާގެ ފިރިކަލުން ވިދާޅުވީ މިނިސްޓަރު ފައްޔާޒަށް އިތުބާރު އެބައޮތް ކަމަށެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓަރު ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެމަނިކުފާނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.

އިތުބާރު ނެތްކަމުގެ ވޯޓާއި ގުޅޭ ގޮތުން ފައްޔާޒު "ވަގުތު"އަށް މިއަދު ވިދާޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށާފައިވާކަން އެނގިވަޑައިގެންނެވީ މިއަދު މެންދުރު ކަމަށާއި އެފަދަ ވޯޓެއް ނަގަންވީ ސަބަބެއް އެއްގޮތަކަށް ވެސް ވިސްނިވަޑައި ނުގަންނަވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ، އެފަދަ ކަމެއް ހިނގާކަން އެނގިވަޑައިގަތީ ބައެއް މެމްބަރުން އެމަނިކުފާނަށް ގުޅުއްވާފައި، އެފަދަ މައްސަަލައެއް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާކަމާއި، އެ މައްސަލަ ހުށަހަޅަން އެ މެމްބަރުން ސޮއި ނުކުރައްވާކަން ހާމަކުރެއްވި ހިސާބުންނެވެ.

ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީ އާއި އެހެން ޕާޓީއެއްގެ މެމްބަރަކު ވެސް އެމަނިކުފާނާއި ބައްދަލުކުރަން އެދިފައި ނުވާ ކަމަށާއި، އެއްވެސް ކަމެއް ނުހިނގައިގެން ނޫނީ ނުވެެގެން އެކަމުގެ ކަންބޮޑުވުން ވެސް ހިއްސާކުރައްވާފައި ނުވާކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. މާމީ

    ކިތައްމެ ވަރަކައް ތެދުވިއަސް ނަޝީދު ފެކުޝަނުން ފައްޔާޒު ބޭރުކުރާނެ ދެން މަހައްދޭ.....

    55
    24
    • ރަހަތަފާތު

      މަހައްދާށޭ ނުވާނެޔެ ކަމިޔާބެއް ވޯޓަކުން. މިބުނީ ކަންނައްޔަށް ދިޔަސް ފައްޔާޒު ވަކިކުރާކަށް ނުކެރޭނޭ ، ވޯޓް ދޭނެ މީހަކު ނުވާނޭ. ޕާޓީ ރައީސް ތީ މިހާރު ސުމެވޭ. އެމްޑީޕީއަށް މިހާރު ރަނގަޅީ އިބޫއޭ. ފުއްޕފަ އުޅުނު ކުރީގެ ރައީސް "ގުއި" ވެއްޖެޔޭ. ދަބަރައްވެ ނިމޮއްޖެޔޭ

      43
      2
  2. ސަރަހަ

    ސަރުކާރު ހިންގާ އެމްޑީޕީ ޚާއްސަކޮށް ނަޝީދަކީ ދެފުއްދެގޮތް މުނާފިގެއް ގެ ވައްތަރު ހުރި މީހެއް

    102
    5
  3. Mahujanu

    އިދިކޮޅުން މާބޮޑުކަމެއް ކުރާނެކަމެއްނެތް، އެމީހުން އެމީހުނާ ތަޅާފޮޅާފަ ހަލާކުވެގެން ހިގައިދާނެ، ކުޅިބަލާލަން ތިބެލާ، ސޯލިހުގެ ހުރި ގަޓެއް މިފަހަރު އެނގިދާނެތާ. އަމިއްލަ ޕާޓީގެ ވެރިކަމާ މުޅި ގައުމު ހަލާކުކުރަނީ ބުއްޅަބެކަން އަދިވެ ސް ސޯލިހަށް އެނގިވަޑައި ނުގަންނަވަނީތޯ.

    32
    1
  4. ޢަލީކޮއި

    މިފަހަރުވެ ސް ތިން އަހަރުގެ ވެރިކަމެއްތޯ؟

    58
    3
    • ޙަހަ

      ޢިންޝާﷲ

      27
      3
  5. ނާނި

    ވަޒީފާ ނެތް ބިކަވެފަ ތި ބޭ ރައްޔިތަކަށް އެއްޗެއް ލިބޭގޮތް ވެއްޖިއްޔާ ވަރަށް ކަންބޮޑުވާނެ، ރައީސްކަން ކުރި މީހުންނަށް ދޭ އެއްޗެއް މަދުވެދާނެތީ ބިރުން.

    46
    1
  6. ސޫމޯޓޯ

    ބޮޑަށް ވައްތަރީ މިއީ ޑްރާމާއެއް ކަމަށް! ބޭނުމަކީ، ކޮވިޑް ކޮރަޕްޝަން އާއި، އިދިކޮޅު ލީޑަރުގެ އަޑު ކަނޑުވާލުން ކަމުގައި ވެދާނެ! ރައްޔިތުން ބަލަން ތިބޭ ވާނުވާ!

    62
  7. އަކްމެޑް

    ތިމާއަށް ވެރިކަން ކުރަން ނޭގިގެން ފިލީ. ނުވިތާ އެހެން މީހަކު ކުރަންވެސް ފުރުސަތު ދޭން ބޭނުމެއްނުވޭ. އެ ހެޔޮ ޕާޓީ މީހަކަސް

    56
    1
  8. ޢަހުރ

    ޢެކައްޗެއް އަނބުރާ އިރުވެސް ނޭގޭތަ.. ތިޔައި ހަމަ އެއް ބައެއް.. ދީނުގެ ދިފާއުގައި ތީގެން އެއްވެސް ބަޔަކު ތެދުވިތަ.. ރާއްޖެ ހިފަން ގޮވީމަ އެކަމާ ދެކޮޅުވިތަ.. ނުވާނެ.. ތިޔަ ހަމަ އެކައްޗެއް

    50
    1
  9. މަ

    މި ޑީ.އާރު.ޕީ އެއްނޫން. 2 ފެކްސަން ހަދަން... ވަގު ޖަލުގަ.. ލޮލް....

    5
    88
  10. ހުސްފޭކު

    ކޮންތާކު ތީހަމަ ޖައްސާ ގޭމެއް ތީ ޑިކްޓޭޓަރ ޕާޓީ ތިތާގަ ބާރުހިނގާނީ ތިނަޝީދުގެ އޭނާ ނުބުނާގޮތަކައް ފިޔަވަޅެއްވެސް ތިޕާޓީ ޔަކައްނޭޅޭނެ ތީހަމަ ދެމީހުން އެކައްޗެއް ކިޔައިގެން ކުރާކަމެއް ބަލަން ތިބޭތި މިފަހަރު ފައްޔާޒު ބޭރުކުރާތަން

    18
  11. ޟި

    މެލޭސިޔާ ކުނފުންޔަކުން 3 މިލިއަންޑޮލަރު ހޯދަން ނުދާކަމަކަށް ނުވާނެ....
    މިގައުމުގާ އިންވެސްޓް ނުކުރަން އެމީހުން ނިންމީ އެހެންވެ
    ފައްޔާޒަކީ ދެވަނަ އަދީބު...
    މި ސަރުކާރުގެ ކަލެކްޓަރ

    15
    2
  12. ޓ

    ޜިސޯޓް ހަދަން އުޅުނު ބޭރުގެ
    ކުންފުންޔަކުން...3 މިލިއަން ޑޮލަރު ހޯދަން
    މެލޭސިޔާއަށް ނުދާކަމަކަށް ނުވާނެ
    ނުދަމޭ ބުނެބަލަ...

    17
  13. ޠ

    މިޑްޓާމް އިލެކްޝަން...ކައިރިވަނީ

    20
    1
  14. ޖާބިރު

    ސަރުކާރާކާ ނުކުޅެވޭނެ! ބޮޑުވަޒީރު ދާންޖެހޭނީ މަހަށް!

    24
    4
  15. ސަރުދާރު

    ނަޝީދު ތެޅޭވަރަކަށް ހުޅުބު ދާނީ! ރައީސް ސޯލިހް އަކީ، އިސްތިއުފާ ދީފައި ފިލާނެ ބޭފުޅެއް ނޫން!

    24
    2
  16. އަލީ ސާލިހް

    މިއީ މިސަރުކާރަށް ނިމިދިޔަ ސަރުކާރާ ގާތައްވެސް ކަންކަން ނުކުރެވުމުން ދުރާލާ ރާވާގެން ޖައްސާހާ ސްޓަންޓް. ބޭނުމަކީ އިބޫ ރައީސަކާއި ނަޝީދު ރައީސެއް ތިބީމާ ކަމެއް ކޮށްދެން އުދަގޫވީ ކަމަށް ބުނެ ރައްޔިތުންނަށް އުޒުރު ދައްކާ ގަދީމީ އެމްޑީޕީ ސަޕޯޓަރުންނާ ޕަޕެޓުންގެ ތާއީދުވެސް ގެއްލޭތީ ދެމީހުން ތިބީ ޖެހިފައިކަން މީހުންނަށް ދެއްކުން. 2023 ގެ އިންތިހާބު އަތުނުވާނެކަން ކަށަވަރާ ގާތަށް އެގުނީމާ އެގޭމް ފޯރި ގަދަކުރާތަން މިފެންނަނީ. ކިތައްމެ ގޭމެއް ޖެއްސިޔަސް ނަޝީދާ އިބޫ އަދި އިންޑިޔާ މިއީ އެއްލައިނެއްގައި ތިބި ބައެއް

    18
    1
  17. ސިފުރާ

    މިހާރުވެސް ބަލާބަލަ! ރައީސް ސޯލިހްގެ މެންބަރުން ގިނަވާނީ!

    23
    6
  18. ރާފިޢު

    ތިނަޝީދަށް ދެން އައްޑުއިން ލިބޭނެ އެއްޗެއް ހަތްހަރާމުން ހަރާމް ވަރަށް ސަލާމް

    6
    1
  19. ާައަހުމަދު

    ތީ މީހުން ތުހުމަތު ކުރާގޮތުގަ އެމްއެމްޕީރސީ ފެކްޝަން

  20. ދެން

    މަޖްލިސް ރައީސް ވަރަށްމަކަރުވެރިވާނެ އޭނާބޭނުންގޮތަކަށް މިފަހަރުވެސް ތިކަން ކުރާނެކަން ކަށަވަރު މަޖުލީހުގަ އޭނަފަހަތުންދުވާ ބައިގަނޑެއްއޮވޭ ދެރަކަމެއް

    2
    1
  21. ދޮންބެ

    ޙަމަހިލާ ތިކަމެއް ނުވާނެއެވެ. ނަޝީދުގެ ސަޕޯޓް މިފަހަރު ފެނިގެން ދާނެ.

    2
    1
  22. ކެކެކެ

    ސޯލިހު ފެކްޝަން އެކަކު ފޮޓޮއިން ފެންނަނީ. ދެން ތިބީ ވެލިކާ ފެކްޝަން. ލައްވާލާ ދިމާއެއްވެސް އެމީހުނަށްވެސް ނޭނގި ހައިރާންވެފަ އެތިބީ.

    1
    1