ޅ. ނައިފަރި މީހުން އަރައި ފޭބުން މަނާކޮށް އެރަށް މޮނިޓަރިންގެ ހާލަތައް ގެނެސްފައި އޮތް އޮތުން ނިމުމަކަށް ގެނެސް މޮނިޓަރިން އުވާލައިފިއެވެ.

ނައިފަރުން މޮނީޓަރިންގ އުވާލީ މިއަދު 16:21 ގައެވެ.

ނައިފަރު "މެގަ އާރު" ބޯޓުގައި މަސައްކަތް ކުރާ ފަޅުވެރިއެއް ކޮވިޑް-19 އަށް ފައްސިވެގެން އެ ރަށް މޮނީޓަރިންގއަށް ލީ އިއްޔެ ހެނދުނު 10:57 ގައެވެ. އެ ފަޅުވެރިޔާއަކީ އުމުރުން 34 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

އެ ބޯޓަކީ އެ ބޯޓު މާލެ އިން މުދާ ހިފައިގެން މިދިޔަ ހޮނިހިރު ދުވަހު ނައިފަރަށް ދިޔަ ބޯޓެކެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 5,366 ފައްސިވި އިރު، މި ބަލީގައި 21 މީހަކު ވަނީ ނިޔާވެފައެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން 2,874 މީހަކު ވަނީ ރަނގަޅުވެފައެވެ. ކޮވިޑް-19 ޖެހިގެން ފަރުވާ ކުރަމުން ދަނީ 2,471މީހަކަށެވެ. މީގެ ތެރެއިން 145 މީހަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލްގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބީރުމީހާ

    އެންމެން މާސްކު އަޅަން އަންގާ ކީއްކުރަން މޮނިޓަރިންނަށްލަނީ ސަރުކާރުން ގެނާ މާސްކުވިއްޔަ އަޅަން އަންގަނީ