މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 128 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން 83 މީހުންނަކީ ދިވެހިން ކަމަށެވެ. ދެން ފައްސިވީ ބަންގްލަދޭޝްގެ 35 މީހަކާއި އިންޑިއާގެ ހަތަރު މީހަކާއި ނޭޕާލްގެ ދެމީހަކާއި ސްރީލަންކާގެ ހަތަރު މީހެއްކަމަށެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 36 މީހަކު މިއަދު ވަނީ ބަލިން ރަނގަޅު ވެފައެވެ. ރާއްޖެއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް ރަނގަޅުވި މީހުންގެ އަދަދަކީ 2920 އެވެ. މިވަގުތު ރާއްޖޭގައި ކޮވިޑް-19 އިން ރަނގަޅުނުވެ 2553 މީހުން އެބަތިއްބެވެ. ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 21 މީހަކު މިހާތަނަށް ނިޔާވެފައި ވެއެވެ.

މިއަދު ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު އިއްޔެ އަށް ވުރެ މަދެވެ. އިއްޔެ 143 މީހަކު ވަނީ ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ރަދީފް ހުސެން

    ވަކި އަދަދުތަކަކައް ވުރެ ގިނަވީމަ ދުނިޔޭގެ ބަޔެއް ޖަމިއްޔާތަކުން އެހީގެގޮތުގަ ވަރައްބޮޑެތި އަދަދަކުން ފައިސާގެ ހިލޭއެހީ ދޭންއޮންނަނީ ހަމަޖެހިފަ. އެއައްފެތޭވަރައް ރާއްޖޭގަ ފައްސިވާ ކޭސްތައް އަދި އައިސޮލޭސަނުގަ ތިބޭކަމައްބުނާ އަދަދު ތަފާސްހިސާބުން މިސަރުކާރު ޖައްސާނެ.. މީ ލައްކަ ވާހަކަ.

    7
    6
    • Anonymous

      ތިއޮތީ އިނގިފަ ދެން މާ ބޮޑަށް. މައިތިރިވެގެން ގޭގަ ތިބެބަލަ މާސްކު އަޅުއްވައިގެން

      1
      7
    • އަރީ

      ތީ ހަޤީގަތް. ފަގީރު ޤައުމެއްވީމަ ޓްއަރިޒަމް ހަލާކުވީމަ އަދި ތިގޮތްހަދައިގެން ނޫންގޮތަކަށް ވާން ހަމަނެތީ.. ކީއްތަ އިރުރަށް ކުރެވޭނީވެސް. ބޯޑަރު ހުޅުވީމަވެސް މިހާރު ގެސްޓުންނާދޭ..

      5
      1
  2. ޥަޒަނ

    މާލޭގައި މި ބަލި ކޮންޓްރޯލްކުރަން ހަރުދަނާ ފިޔަވަޅުތަކެއް އެޅިގެން ނޫނީ ތި އަދަދުތައް ތިރިވާނެހެން ހީނުވޭ

    9
    4