ގައުމު ހަލަބޮލިވުމަކީ ރައްޔިތުންނަށް ދެވޭ ދެރައެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން މިއަދު ވިދާޅުވެއްޖެއެވެ.

އިކްރާމް އެގޮތަށް ވިދާޅުވީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ މަސައްކަތް އެމްޑީޕީގެ ތެރެއިން ފަށައި، އެ ޕާޓީގެ މަޖިލިސް މެމްބަރުން ދެ ބަޔަކަށް ބެހިފައި އޮތް ދަނޑިވަޅެއްގައެވެ.

ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވެއްދުމުގައި އެންމެ އިސްކޮށް ހުންނެވީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މައްސަލައިގައި އެންމެ ފުރަތަމަ ސޮއި ކުރެއްވީ ވެސް ނަޝީދެވެ. އެކަމަކު، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ މެމްބަރުންތަކެއް ވަނީ ފައްޔާޒަށް އިތުބާރު އޮތް ކަން ހާމަކުރައްވަމުންނެވެ.

އިކްރާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެދެނީ ގައުމުގައި ހަމަޖެހުން އޮވެ، ރިޔާސީ ވައުދުތައް ފުއްދެން ކަމަށެވެ. އަދި އާމްދަނީ އިތުރު ކުރެވޭ ގޮތަށް ކަންކަން ރާވާ ވަސީލަތްތައް ގާއިމްކޮށް ގާނޫނު ތަންފީޒު ކުރާ ތަން ދެކެން ރައްޔިތުން ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގައުމު ހަލަބޮލިވެ، ކަންބޮޑުވުންތަކެއްގެ ތެރެއަށް ދިއުން ވާނީ ރައްޔިތުންނަށް ދެވޭ ބޮޑު ދެރައަކަށް،" ފައްޔާޒް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓްގެ އެންމެ ނުފޫޒު ގަދަ ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލިހަށް ވައްދަން ގާތްގަނޑަކަށް ތިރީހަކަށް މެމްބަރުން ވަނީ ސޮއި ކުރައްވައިފައެވެ. ވަޒީރެއްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ވެއްދޭނީ 10 މެމްބަރުންގެ ސޮއި ހަމަވެގެންނެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ފައްޔާޒްގެ އިތުބާރު ނެތް ކަމުގެ ވޯޓުގެ މައްސަލައިގައި މާލެ އަށް ނިސްބަތްވާ ހަތަރު ވަރަކަށް މެމްބަރުން ފިޔަވައި ހުރިހާ މެމްބަރުން ވަނީ ސޮއިކުރައްވައިފައެވެ. އެކަމަކު، ފައްޔާޒް އަށް ފުރިހަމަ އިތުބާރު އޮތް ކަމަށް ވިދާޅުވެ، އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަވަނީ މިނިސްޓަރު ދިފާއު ކުރައްވަމުންނެވެ.

ވަޒީރެއްގެ އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކުރަން ބޭނުންވާނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ އަޣުލަބިއްޔަތެވެ. އެއީ 43 މެމްބަރުންނެވެ. މަޖިލިހުގައި ހިމެނިވަޑައިގަންނަވާ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުންނާ އެކު ސާފު އަޣުލަބިއްޔަތު އޮތީ އެމްޑީޕީއަށެވެ.

އިތުބާރު ނެތްކަމުގެ ވޯޓު ނަގަން އުޅޭ މައްސަލައިގައި ފައްޔާޒް ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގަން ޖެހޭ ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ރައްޔިތުން ފެލާ އަނިޔާވެރި ސަރުކާރު އިސްތިއުފާ

    25
  2. ޖަޒީރާވަންތަ ކެހެރި ނުފަޅާ ޖަނަވާރު

    ޖޫރިމަނާ ސަރުކާރު ނާގާބިލުކަން. ޒުވާނުން ފެލާ ނިކަމެތިކޮށްފި. އަނިޔާވެރި ސްޓިކާ ސަރުކާރު ރައްޔިތުން ނޮޅާކަނީ

    25
  3. ޕާކިން ސްޓިކާ

    ތި ތަނުގަ ހުރި ގޮނޑިތައް ކާލައިގެންވެސް ފޮނިވާހަކަ ނުދައްކާ މައިތިރިވެބަލަ

    17
  4. ކެޔޮޅު

    އޑޕ އެކަން ކުރިއިރު އޯކޭތަ؟

  5. ހުސޭނުބޭ

    ގައުމުގެ ހަމަޖެހުން ކިޔަން ދަސްކުރީ ކޮންތާކުންތަ ކަލޭ!
    އެމްޑިޕީ މީހުން ބުއްޅަބޭ ބުނެގެން ތަންތަނުގައި ހުޅުޖަހާ އެހެދީ އެއީ ބޮޑު މައުލޫދުކަމަށްތަ ކަލޭ ހީކުރަނީ!

    9
    1
  6. ސަންތިމަރިޔަބު

    ވަރަށް ތާހިރު ކަލޭމެން އިދިކޮޅުގާއި ތިބިއިރު ގައުމު ހަލަބޮލިކޮށް ގައުމުގާއި ހަމަޖެގުން ނަގާލުމަށާއި ބިރުވެރިކަން އުފެއްދުމަށް ކުރިމަސައްކަތަކީ ރައްޔިތުންނަށް ދެރަދިނުމުގެ ގޮތުން ކުރިކަންކަން ތިބާތިހާމަކުރީ ތިބާމެން ވެރިކަމުގާއި ނޫން ހާލަތުތަކުގާއި ރައްޔިތުން ނަށް ދެރަދިނުން ދޯ
    ހަމަހިނިއަންނަނީ

    13
  7. މާމީ

    ކަލޭމެންނަކީ ވައްކަމާ ފަސާދައާ ކޮރޮޕުޝަން އަނިޔާވެރިކަން މިހެންގޮސް ކިއާނެކަމެއްނެއް ކަލޭމެން ނުދައްކާ ވާކަކައެއްނެއް ވެރިކަން ހޯދަން ވެގެން .. މިހާރު މިސަރުކާރުގަ ބޮޑެތި ވަގުން ތިބެގެން ގައުމު ބަނގުރޫޓުވާތީ ނަޝީދު އެއުޅެނީ ކަލޭމެން އަދިވެސް އަނގަ ފުޅާކޮއްފަ ކުރީސަރުކާރު ކިއާލަކިއާލާ ތިބޭ....

  8. ހަމްދު

    ގައުމު ހަލަބޮލިކޮށްގެން އަންނިއަށް ވެރިކަން ލިބެން އޮތީ. އަދި އިބުރާހިމް ސޯލިހު ވެރިކަން ވެއްޓެން ވެސް އޮތީ. އަދި އަންނި ވެރިކަމަށް އައިސްގެން އަންނި ވެރިކަމުން ވައްޓާލެވެން އޮތީ. އަންނިއަށް މިކަން އެނގޭ އިރުވެސް އަންނި ވެރިކަމަށް އަންނަން ބޭނުންވޭ. މިއީ މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ މިސާލެއް.