ފަތާ ޓްރެކެއް ހޯދުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިފައި ނުވާ ކަމަށް، ކުރީގެ ނައިބު ރައީސް އަދި އެމަނިކުފާނުގެ މިހާރުގެ ގާނޫނީ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވަމުން ގެންދަވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.

ޖަމީލް އެގޮތަށް ވިދާޅުވި އިރު، މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީނަށް މޫދަށް އެރުމުގެ ފުރުސަތު ނުދެނީ އެ ސަރަޙައްދުގައި ބާރު އޮއިވަރެއް ހުންނާތީ ކަމަށާއި، އެހެންކަމުން މިހާރު މާފުށީގައި ޓްރެކެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިމްރާން ވިދާޅުވެފައި ވަނިކޮށެވެ. އެ މަސައްކަތް ނުނިމި ލަސްވަނީ ފުރަބަންދުގެ ސަބަބުން ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވަނީ، އެއީ ޔާމީންގެ މައްޗަށް އެތައް ދައުވާތަކެއް އުފުލަމުން އަންނަ އިރު، ވަކީލުން ބައްދަލު ކުރުމުގެ ފުރުސަތު ނުދީ ޔާމީންގެ އަބުރު ކަތިލުމަށް އިމްރާން ކުރައްވަމުން އަންނަވާ ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. ޔާމީން ފަތާ ޓްރެކެއް ހޯދަން ވެސް އަދި އެހެން އެއްޗެއް ހޯދައިދެއްވުމަށްވެސް އެދިވަޑައިގެންފައި ނުވާ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

އަދި ޔާމީނަށް އެހެން މީހުންނަށް ވެސް ލިބޭ ހައްގެއް ލިބެން ޖެހޭ ކަމަށް އެ ޓްވީޓުގައި ވަނީ ވިދާޅުވެފައެެވެ.

މާފުށީގައި "ކޮންމެވެސް ވަރެއްގެ" ޓްރެކެއް ހަދައި ފެތޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، މިހާރު ރާއްޖެ މިއޮތް ބަލިމަޑުކަމުގެ ހާލަތުން އަރައިގަނެވުމާއެކު ޓްރެކްގެ މަސައްކަތް ނިންމާނެކަން އިދިކޮޅު ފަރާތްތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން ޖަލަށްލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އެމަނިކުފާނުގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރިއިރު، ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ކަމަނަ

    ރައްޔިތުން މިއުޅެނީ ރައީސަށް ނުހައްގުން ދަޢުވާތަކެއް ކުރަން ވެގެން އުޅޭތީ ޔާމީނުވަރެއްނެތް ރޯޔަލް ފެމެލީގެ މައްސަލަ ބެލުން މާއައުލާކަންބޮޑު މާހެޔޮވާކަމަށްދައްކަން ފަތާފެންގަޑޭ އިމްރާނު ކިޔާނެކަމެއްނެތް.

    20
    1
  2. ބަކުރު

    އިމްރާނު އެބުނާ ޓުރެކުގެ މާނައަކީ ބިސްމަޅިދުއްވުން މިކަލޭގެ ހިކުރީ ޓުރެކުގެމާނަ ނޭނގޭނެކަމަށް ދޮގާއިމަކަރުން ދުނިޔޭގައިއުޅެމުންދަނީ ބިރުފަހަނައަޅާ ﷲ ގަންދީ ހުވާކުރިކަންވެސް ހަނދާންނަށްތާލާފަ މުހަށްމަދުނަޝީދުގެ އުނގުތެރޭގަ.

    20
  3. ދަވާލި-19

    ދިވެހީން މިއަދު ރޮއްވައި ފިޔޭނެތުމުން ރައީސް ދިވެހީން މިއަދުބޭނުންވަނީ ޔާމީންރައީސް ނުހައްޤުންޖަލުގައި ރައީސްޔާމީން އަކީ ކުށްވެތިޔެއްނޫން ރައީސްޔާމީން ދޫކޮށްލާ މެރިދެލޯދާއިރުވެރިން ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އަނިޔާގެދަންމަރުރޯކުރާ ވެރިކަމެއް މިކަހަލަދުށީމުތަރައްޔިތުންހިތްދަތިކުރާ

    23
  4. ކޮސް

    ޢެސޮރަށް ފަތާ ފެންގަނޑެއް ދެންޏާ އަޅުގަނޑަށް ސްވިމިންގ ޕޫލްއެއް ދެއްވަންޖެހޭނެ ސަރުކާރުން. މިދެން ކިހާ ދެރަކަމެއް. ކުއްވެރިންނަށް ވީއައިޕީ ޚިދުމަށް. ނިކަމެތިންނަށް ވޭނާއި ކެކުޅުމާއި ހިތާމަ. މިއޮތީވާ ގައުމެއް.

    14
    • Anonymous

      ކަލޭމެން ވޯޓްލާފަ ދެން އޭތިމީތި ގޮވާނެ ކަމެއްނެތް

      16
  5. ޝާން

    އަހަރެމެން ދިވެހި ރައްޔަތުން ގެ ޓެކްސް ފައިސާ ހަރަދު ކޮށްގެން ޖަލަށްލާފަ ހުރި އެއްވެސް ކުށްވެރިއަކަށް ގަނޑުވަރާއި ސްވިމިންގ ޕޫލް ހަދައިދީގެން ނުވާނެ. މިއީ އިމްރާން އާއި އިބޫ ގެ މައިންބަފައިން ގެ ތަރިކަ މުދަލެއްނޫން.

  6. ކިޔަވާ ދަރަިވަރު

    ޖަމީލު ތީ ގާނޫނު ކިޔަވައިގެން ހުންނެވި ގާނޫނީ މާހިރެކޯލަ..

    އެހެންވެއްޖެއްޔާމު އިނގެން ޖެހޭ ދޯ.. ކޯޓުހުކުމެއް ތަންފީޒުކުރަން ހަވާލުވެފައިވާ މީހަކަށް އެއީ ޝޭޚާކަށްވިޔަސް އަދި އުސްތާޒަކަށްވިޔަސް، ޕްރޮފެސަރަކަށްވިޔަސް އޭނާއަށް ކަންކުރެވޭނީ ގާނޫނީ ގޮތުން އެކަން ކުރަން ކަނޑައަޅާފައިވާ އިންތަކާއި މިންތަކުގެ ތެރެއިންކަން.

    ތިމާ އެދޭހާ ކަމެއް ނުވާއިރަށް މީހުންގެ އަބުރު ކަތިލުން ދޯ ދަސްވެފައިވަނީ..

    ތީ ބޮޑުވަރެއް.. އަންނިޔަކަށް ދޫކުރާ މީހަކުނެތް.. ގާނޫނު ބޮލާޖަހާފައި ކަންކުރަން ތިޔަ މޮޅު ޑރ. ޖަމީލު މީހުންގެ ކިބައިން އެދެނީ ހަމަ ގާނޫނު އެގިހުރެބާ؟

    ބަލަގަ ކޯޓަށް ގޮސް ކޯޓުން ޔާމީނު ދޫކުރުމަށް އެދިބަލަ.. ޑިއުޕްރޮސެސް ތެރެއިން ދޯ ކަންކަންވާނީ..

    ވަލިޔުލް އަމުރު ބުނެގެން މީހަކު ވަގުތީގޮތުން ޖަލުން ގެނެވިދާނެ.. އެކަކު ހޯމް މިނިސްޓަރު އެދޭހާ މީހަކު ޖަލުން ގެޔަށްވެސް ނުފުނުވޭނެ އަދި އޭނާ އެދޭ މީހަކު ޖަލުގަިއ ބަންދުވެސް ނުކުރެވޭނެ..

    ކުޑަކުދީންނަށް މިވަރު އިގޭނެ... ޖަމީލު ނުފެލި ގާނޫނު ފޮލޯކޮށްބަލަ... ކަރުގެ ނާރު ފުއްޕާފަ ކިތަންމެ ވަރަކަށް ހަޅޭއްޖެއްސަސް.. އަދި އިމްރާނަށް ކިތަންމެ ހަޑިޔަކަށް ގޮއްވަސް އެއްވެސް ބަދަލެއް ނުގެނެވޭނެ..

    ކޮސްނުގޮވާ ދެންވެސް ކޯޓުގެ ދޮރުގައި ޓަކިޖަހާބަލަ..!

  7. އަހުމަދު

    އިމްރާނު ކިތަންމެ ބޮޑު ދޮގެއްވެސް ހަދާނެކަން ކިޔަވާ ދަރިވަރަށް ނޭގުނީތީ ހައިރާން ވަން ކޮބައިތަ މޭޑޭގައި ދެއްކި ވާހަކަ ރައީސް ޔާމިނޭ އަފްރާޝިމް މެރީ މިހިރީ ލިޔުންތަކޭ ހެއްކޭ މުޅި ގައުމުގެ އެންމެން ޓީވީ ބަލަން ތިއްބާ ދޯ ބުނީ ބަލަ ގޭގައި ބޭސް ފަރުވާ އަށް ބެހެއްޓުމުގެ އިޚުތިޔާރު އިމްރާނަށް އޮންނަާނެ ކިތަންމެ ބަޔަކު އެބަތިބި މިހާރުވެސް ކޮބައިތަ ޒިޔަތު ކިހާދުވަހެއްވެއްޖެ ގޭގައި ހުންަނަތާ ކޮންގާނުނެއްގެ ދަށުން ހުންނަނީ
    އިމްރާނު ކިތައް ފަހަރު ގޭގައި ބަހައްޓައިދިން ރޯދަމަސް އެއްކޮށް ވެސް ގޭގައި އަންހެނުން ވިހޭމައިވެސް ގޭގައި ހިނގާލާފައި ހޮސް ޕިޓަލަށް ދަނީ އެހާ މިނިވަން ކޮށް ގެންގުޅުނި ޔާމިނިކީ ނުރައްކާތެރި ކުށްވެރިއެއް ނޫން

  8. ގޮވެލި

    އަޅުގަނޑުމެންގެ ސަރުކާރު ތަރަށްގީގެ ބާނީ ވެރިކަމަށް ގެނެސްފަ ފުރަތަމަ އެއްކަމެއްވެސް ނުކޮށް ބަލާނީ އިމްރާން ހައްޔަރުކުރަން އޭގެފަހުގަ އިމްރާނު ފެންވަރަން ބޮޑުޕޫލެއް ތަށްޔާރުކުރުން މިޕޫލުން ވީއައިޕީ ގަދަފަދަ އޮއިވަރު ސާވިސްލިބިވަޑައިގަންނަވާނެ އަދި މަޑުކޮށްލާ އެދުވަސް ވަނީ ދާދިކައިރީގަ އިންތިޒާރު ކޮށްލައްވާ.....!!!!!

  9. ޙަސަނާ

    އިމްރާނު މަސައްކަތްކުރަމުންދަނީ ނަސީދު ހިތްރުއްސަން ކުރެވެން އޮތްހުރިހާކަމެއްކުރަން ހީނުކުރާތި ކަލޯ އިމްރާނު ކަލެއައް ތިކަމުން ރައްޔިތުންގެ ސަޕޯޓެއްލިބިދާނެކަމައް ގައްދާރުން މަސައްކަތްކުރާނީ އަބަދުވެސް ބަދަލުހިފަން...

  10. ޙަސަނާ

    އިމްރާނު މަސައްކަތްކުރަމުންދަނީ ނަސީދު ހިތްރުއްސަން ކުރެވެން އޮތްހުރިހާކަމެއްކުރަން ހީނުކުރާތި ކަލޯ އިމްރާނު ކަލެއައް ތިކަމުން ރައްޔިތުންގެ ސަޕޯޓެއްލިބިދާނެކަމައް ގައްދާރުން މަސައްކަތްކުރާ7ނީ އަބަދުވެސް ބަދަލުހިފަން...