މި ސަރުކާރު ވެންޓިލޭޓަރަކަށް ލާން ޖެހޭ ވަރު ވެއްޖެ ކަމަށާއި ސަރުކާރުގެ ފުއްޕާމޭގައި ކޮރަޕްޝަން ހިފާފައި އެބަހުރި ކަމަށް ދީނީ އަދި ފިކުރީ މިނިވަންކަމާ ބެހޭ އދ.ގެ ހާއްސަ މަންދޫބު ޑރ.އަހްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރިން ކުރެއްވި އަދި ރައީސް ޞާލިހް ވެރިކަމަށް ގެންނަން ތާއިދު ކުރެއްވި ޑރ.ޝަހީދު ކުރެއްވި ޓްވީޓެއްގައި މިސަރުކާރު ވެންޓިލޭޓަރަށް ލާން ޖެހޭ ކަމަށް ވިދާޅުވިއިރު ފަހަކަށް އައިސް އޭނާ ގެންދަނީ މިސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޑރ.ޝަހީދުގެ ޓްވީޓްގައި ވިދާޅުވީ މި ސަރުކާރުގައި މިހާރު ކޮރަޕްޝަން ހުރީ "ފުޅާކޮށް ފެތުރި އަދި ފުއްޕާމޭގައި ހިފާފައި" ކަމަށެވެ. "އަޅުގަނޑަށް ހީވަނީ މިސަރުކާރު ވެސް މިހާރު ދެން ވެންޓިލޭޓަރަކަށް ލާން ވެއްޖެހެން. ކޮރަޕްޝަން މިހާރު ހުރީ ވަރަށް ފުޅާކޮށް ފެތުރި އަދި ފުއްޕާ މޭގައި ހިފާފައި." ޑރ.ޝަހީދު ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެ އަށް ވެންޓިލޭޓަރުތަކާއި އެހެނިހެން ސާމާނު ހޯދުމުގައި ކަންކަން ކުރިއަށް ގެންދިޔަ ގޮތް ބެއްލެވުމަށް ފަހު، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓުން ބޮޑެތި އޮޅުވައިލުންތަކާއި މަކަރާއި ހީލަތުގެ ގިނަ ކަންތައްތަކެއް ވަނީ ފެންމަތިކޮށްފައެވެ.

ހެލްތު މިނިސްޓްރީގެ އޮޑިޓު ރިޕޯޓުން ފާހަގަވި އެންމެ ބޮޑު ކަމަކީ ކޮވިޑާ ގުޅިގެން ރާއްޖެ އަށް ބޭނުންވާ 75 ވެންޓިލޭޓަރެއް ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި ބޮޑެތި އޮޅުވައިލުންތަކާއި މަކަރާއި ހީލަތް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލަ އެވެ.

އެމައްސަލަތައް ބަލަން ރައީސް ޞާލިހް މިހާރު ވަނީ ފުލުހުންނާއި އޭސީސީ އަށް އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާމީ

    ޖަނާޒާ ކުޑޭ މިސަރުކާރު ލާންވީ ކައްވަޅައް....

    49
    1
  2. ޒާ

    ޑރ. ޝަހީދު އެބަ ރަނގަޅުވޭ ތެދަށް ވާހަކަ ދައްކާތީ.

    39
    4
    • ާަާަަައަސްލު

      ތިވެސް ހަމަ މީހެއް ނޫން. ﷲއާއި ރަސޫލާއަށް އުރެދި އެއްޖިންސުންގުޅުންހިންގިޔަސް އޯކޭތޯ...
      ލަނޑަޔާވާނީ ހަމަލަނޑަޔާ...

      16
  3. ނައިފަރޭ

    ރައްޔިތުން ހޯސްކިޔާފަނުކުމެ މިކަން ނިންމަންވީ! އެކަމަކު މިކަމުގައި "މޫނިމާ ނަޢީމު" ގެ ބަހެއް ބޭނުންވޭ!

    36
    2
  4. ޙހހހ

    ތީ އަނެއްކާ ކޮވިޑްގެ އާވާސަން އެއްތަ

    24
  5. އަހްމަދު

    މިހެންވީމާތާ ސަރުކާރުން މިބަލިން ސަލާމަތް ވާން ބޭނުންނުވަނީ!

    10
  6. ބުޅާވަތީ

    ބުޅާބުނީ މިމީހުން ވެރި ކަމަށް ނައިސްގެން ހިންދެމިނުލާ މަސަ ކަތް ކުރެއްވި ބޭކ ކަލެއް. މިހާރު އުބަށް ޖެހީތޯ

    10
  7. ގުއިދައިތަ

    އަނހަ!! އެއްކަލަ ދިރިހުރި ޝަހީދު.

    7
    1
  8. ހަހަ

    މީއަނެއްކާ ކޮން ބޭކާރު ބޮލެއް؟

    10
  9. ކަމަނަ

    "ސަރުކާރު ވެންޓިލޭޓަރަކަށް ލާން ޖެހޭ، ކޮރަޕްޝަން ހުރީ ފުއްޕޭމޭގައި ހިފާފައި " މިއީ ޑޮކްޓަރ ޝަހީދު ހެދި ދޮގެއް. މިއީ ޑޮކްޓަރެއްކަމަކު ޝަހީދު ހެދި ބޮޑުވެގެންވީ ދޮގެއް. ސަރުކާރަކީ ވެންޓިލޭތަރަށް ލާ އެއްޗެއްނޫން އަދި ލުވޭނެވެސް އެއްޗެއް ނޫން. ކޮރަޕްޝަނަކީ ފުއްޕަމޭގަ ހިފާ އެއްޗެއްނޫ. އަދި ހިފާނެވެސް އެއްޗެއްނޫ.. މޮޅަށް އެއްޗެއްބުނަން ނޭގެންޏާ މިވަރު މީހުން އެއްޗެއް ނުބުނީމަ ނިމުނީނު. . ހިތުން ވަރަށް މޮޅުއެއްޗެއް މިއޮތީ ބުނެފަ.. މިސާލުބަހަކަށް މަޒާޖަކަށް ނުފުދޭ ބޮޑު ދޮގެއް ދޮގެއް ހެދިފަ މިއޮތީ.. މިވަރު ބުރާންތިން ދޯ ސަރުކާރާ ފޮށެން މި އުޅެނި..

    1
    14
    • ޣުބޯ

      ކަމަނަ ތިހިރީ އެމްޑީޕީ ވެފަ. ދެން ބޮލަށް އިންޖިކުޝަން ޖެހިޔަސް ހަގީގަތެޢް ނުފެން ނާނެ

  10. ކާނި

    ބަލަ މިސަރުކާރުގެ ފުއްޕާމޭގާ ކޮރަޕްޝަން ނުހިފާކަމަކައް ނުވާނެ

  11. ކކކކ

    ބަލަ ކަލޭވެސް ތީ އެބާގައަށް ނިސްބަތްވާ ވަގެކޭ. އަޑުއަހާކަށް ނޫޅެމޭ ތިދައްކާ ވާހަކަ