އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އަބްދުލް މަންނާނު ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފިއެވެ.

މަންނާން ފުލުހުންގެ ވަޒީފާ އިން ވަކިކުރަން ނިންމީ އިއްޔެ ބޭއްވި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގެ ބައްދަލުވުމުގައެވެ.

މަންނާން ފުލުހުންގެ ވަޒީފާ އިން ވަކިކުރިއިރު އޭނާ ޒިންމާތަކުރުން ދުރުކޮށް ސަސްޕެންޑް ކޮށްފައި ހުންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ މަންނާން ފުލުހުންގެ ވަޒީފާ އިން ވަކިކުރީ "ވަރަށް ބޮޑު މައްސަލައެއްގައި" ކަމަށެވެ. ނަމަވެސް ތަފްސީލެއް ނުލިބެއެވެ.

މަންނާން އަކީ އަބްދުﷲ ނަވާޒް ފުލުހުންގެ އެކްޓިން ކޮމިޝަނަރު ކަމާއި ހަވާލުވި ފަހުން މަގާމުން ދުރުކުރި ފުލުހުންގެ އެންމެ މަތީ އޮފިސަރެވެ.

މަންނާން ފުލުހުންގެ ވަޒީފާ އިން ވަކިކުރިއިރު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ވެސް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފައެވެ. ބޯޑުގައި ހިމެނޭ ބައެއް ބޭފުޅުން ބޯޑުން ވަކިކޮށް އާބޭފުޅުން ވަނީ ބޯޑަށް އައްޔަން ކުރައްވާފައެވެ.

ފުލުހުންގެ ޑިސިޕްލިނަރީ ބޯޑު އެކުލަވާލަނީ ކޮމިޝަނަރ އޮފް ޕޮލިސް އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    ސާބަހޭ

  2. ޔާސިރު

    ތިކަހަލަ ކަރަޕްޓް ވަގުން ހުސްކުރަން ޖެހޭ ތިތަނުން

  3. ޑެޑް

    ފުލުހުންގެ 28 މިލިއަން ކާލާއިގެން ހުރި ސޮރެއް މީ. ވީ ކޮރަޕްޓް ސޮރެއް. ފުލުހުންގެ ތެރޭގައި ވިޔަފާރި ކުންފުންޏެއް ހަދައިގެން ބޮޑެތި ކޮރަޕްޝަންތައް ހިންގާފަވޭ. ފުލުހުންގެ ފްލެޓްތައް ވެސް ނުނިމި ލަސްވަނީ އެފަދަ ސަބަބުތަކާ ހުރެ. މީގެ ކުރީން ފިޔަވަޅު އަޅާފވަނީ އެވާހަކަތައް ދެއްކި ފުލުހުންނަށް. މިހާރު އެބަ ރަނގަޅުވޭ

  4. މާނު

    ޔާސިރޫ... ވާނުވާ އެނގިގެން ވާހަކަ ދެއްކީމަ ރަނގަޅުވާނީ... ހުރިހާވެސް މައްސަލައަކީ ޔާމީނު ކުރާ ގޯސް ކަންކަމާ ދެކޮޅު ހަދާތީ ނޫންބާ....

  5. ޖޫލީ

    ލަސްވެއްޖެ

  6. ޖިންނި

    ތިކަލޭގެ ވަކިކުރީމަ އުފާކުރާނެ ފުލުހުން ވަރަށް ގިނަ. ނަމަވެސް ތިކަލޭގެ ބަނޑު އެޅިލާރިތަށް ނުހޯދުނެއްނުން.

  7. ނުރަބޯ

    ރަނގަޅު ރަނގަޅު. ކުރިޔަށް ދިވެހި ގައުމު. ކުރިޔަށް ދިވެހި ފުލުހުން.