ރައްޔިތުންގެ މަޖިލިހުން ފާސްކުރި ވަޒީފާގެ ގާނޫނަށް އިސްލާހު ގެންނަ ބިލުގައި އޮންނަ ގޮތުން ރެޑަންޑެންސީގައި މުވައްޒަފުންގެ މަގާމު އުވާލައިގެން ވަޒީފާއިން ވަކި ކުރުމުގެ ކަންކަން ކުރަން ކުރިއަށް ވުރެ ދަތި ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެންބަރު އަހުމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.

ހއ. އަތޮޅުތަކުގެ ރިސޯޓްތަކުން މުވައްޒަފުން ވަކިކުރަމުންދާ ކަންބޮޑުވުންތަކާ ގުޅިގެން ސަލީމް ހިމެނިވަޑައިގަންނަވާ ގޮތަށް އެ އަތޮޅު ދާއިރާތައް މަޖިލީހުގައި ތަމްސީލު ކުރައްވާ މެންބަރުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމްގެ އަރިހަށް ވަޑައިގެން އެ ކަން ހިއްސާ ކުރެއްވިއެވެ.

އޭގެ ފަހުން ހއ. މަނަފަރު ރިސޯޓުން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރުމާ ގުޅިގެން ސަލީމް ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓެއް ކުރެއްވިއެވެ. ސަލީމްގެ އެ ޓްވީޓަށް ފާޑުކިއުންތައް އަމާޒުވެފައިވެއެވެ. ގިނަ ބަޔަކު ސުވާލުކޮށްފައިވަނީ ކަންބޮޑުވާނަމަ ރެޑަންޑެންސީ ލުއިވާ ގޮތަށް މަޖިލީހުން ބިލް ފާސްކުރީ ކީއްވެގެންތޯއެވެ. މަޖިލީހުގެ އެހެން ޕާޓީތަކުގެ މެންބަރުން ގާނޫނަށް ހުށަހެޅި ވަރަށް ރަނގަޅު އިސްލާހުތައް މަޖިލީހުން ފާސްނުކޮށް ދިއުމުން އެ ކަމަށް ވެސް ފާޑުކިޔާފައިވެއެވެ.

އެގޮތުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި އިސްލާހެއް މަޖިލީހުން ބަލައިނުގަތް ކަމުގެ ޝަކުވާ ކުރި ޓްވީޓެއް ރީޓްވީޓް ކުރައްވައި ސަލީމް ވިދާޅުވީ އެ ހުށަހެޅުމާއި ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ވަކިކުރުމާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

ސަލީމް ވިދާޅުވީ މަޖިލީހުން ފާސްކުރި ބިލްގެ ސަބަބުން، ރެޑަންޑެންޓްކޮށް ވަޒީފާގެ މަގާމު އުވާލައިގެން މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ކުރިއަށް ވުރެ މާ ބޮޑަށް ދަތި ކަމެއް ކަމަށެވެ. އޭގެ އިތުރަށް، ރައީސް ތަސްދީގު ނުކުރައްވާހާ ހިނދަކު، ބިލް ގާނޫނަކަށް ނުވާ ކަމަށާއި ބިލަށް އަމަލެއް ނުކުރެވޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ވަޒީފާއާ ބެހޭ ގާނޫނަށް ދާދިފަހުން މަޖިލީހުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުގައި ވަޒީފާ ދޭ ފަރާތަށް އެއްވެސް ނޯޓިހަކާ ނުލާ މުވައްޒަފުން ވަކި ކުރުމުގެ ބާރު ލިބިގެންދެއެވެ. މި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވީ ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބިލް ތަސްދީގު ކުރައްވާފައެއް އަދި ނުވެއެވެ. ރިސޯޓު މުވައްޒަފުން އެދެނީ އެ މާއްދާ އުވާލުމަށެވެ. އަދި އެ މުވައްޒަފުން ވަނީ މި މައްސަލަ ކޯޓަށް ވެއްދުމަށް ނިންމާފައެވެ.

ނަމަވެސް އެފަދަ ގޮތަކަށް މުވައްޒަފަކު ވަކިކުރާއިރު، މުވައްޒަފަކު ވަޒީފާގައި ހިދުމަތް ކޮށްފައިވާ މުއްދަތަށް އެއް އަހަރު ފުރިހަމަވާނަމަ އެއް މަސް ދުވަހުގެ ނޯޓިސް ނުވަތަ އެއް މަސް ދުވަހުގެ އުޖޫރައަށްވާ ވަރަށް ފައިސާ ދޭން ވާނެއެވެ. ވަޒީފާގައި ހިދުމަތް ކޮށްފައިވާ މުއްދަތު އަހަރަކަށްވުރެ އިތުރުނަމަ ހިދުމަތް ކުރި ކޮންމެ އަހަރަކަށް މަސް ދުވަހުގެ ނޯޓިސްއެއް ނުވަތަ އެ މުއްދަތުގެ އުޖޫރައަށްވާ ފައިސާ ދޭން ޖެހޭނެ ކަމަށް ބިލްގައިވެއެވެ.

ކޮވިޑް-19ގެ ހާލަތު ކުރިމަތިވުމުގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދުވެ ގިނަ ރިސޯޓުތަކާއި ގެސްޓް ހައުސްތަކުގެ ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވެއެވެ. ޖުލައި މަހު ބޯޑަރު ހުޅުވި ފަހުން ވެސް ގިނަ ރިސޯޓްތައް އަދި ހުޅުވާފައިނުވާއިރު، ހުޅުވި ރިސޯޓްތަކުގެ ގިނަ މުވައްޒަފުން ވެސް މި ވަގުތު ތިބީ ހާފް ޕޭއަށް ފޮނުވާލާފައެވެ. ބައެއް ރިސޯޓްތަކުން މުވައްޒަފުން ވަކިކުރަމުންދާއިރު، ނޯޕޭއަށް ވެސް މުވައްޒަފުން ފޮނުވާލާފައި އެބަ ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރާކަނި

    ހަޤީޤަތަކީ މިއީ އެއް ނޫނެވެ. ދެން ކުންފުނިތަކުންނާއި ރެސޯރޓްތަކުން މުވައްޒަފުންނާއެކު ކުރެވޭނީ 11 މަސްދުވަހުގެ އެއްބަސްވުމެކެވެ. އެއްބަސްވުން އަލެއްވެސް ނުކުރާނެއެވެ. 11 މަސްވުމުން ޗުއްޓިއެއްނެތި އެއްބަސްވުން ނިމިގެން ދާނެއެވެ. އަލުންވަޒީފާ ބޭނުންނަމަ ސިޓީލުމުން 3 މަސްދުވަހުގެ ޕްރެމޭޝަން އާއެކު ޖުމްލަ 11 މަސްދުވަހުގެ އެއްބަސްވުމެއް މުޅިން އަލަށް ހެދޭނެއެވެ. ބިލު ފަރުމާކުރި މޮޅުވިސްނުމުން މުވައްޒަފުންނަށް އަހަރީ ޗުއްޓީއާއި 1 މަސްދުވަހުގެ މުސާރަ ގެއްލިގެންދާނެއެވެ.
    ހަމަ ބުއްދީގައި ނުތިބެ ތިމާމެންނަށް ފެންނަގޮތަކަށް ޤާނޫނުތައް ހެދުމަކީ މައްސަލަ އެކެވެ.

    18
  2. ނަންތު

    ޢަދިވެސް އެއްޗެއް ނުވިސްނޭތޯ ތީފެންނަނީ އެޖެންޑާ ނަވާރަ އަދިވެސް އައްޖަހާފަ ވޯޓުދީ

    26
  3. މޫސަ

    އެއްވެސް ނޯޓިސްއަކާ ނުލާ ވަޒީފާއިން ވަކި ކުރެވޭ ގޮތަށް އޮތުން އެއީ ވަޒީފާއިން ވަކި ކުރުން ދަތި ވުންތޯ؟ކަލޭ ވަރުގެ ގަމާރުން މި ހާރު މި ރާއްޖޭގައި މަދުވާނެ. ތިޔަ ވާ ހަކަ މި ހާރު ޤަބޫލު ނުކުރާނެ ރީނދޫ ހުންޖެ ހިފަ ތިބި މީ ހުން ވެސް.

    20
    • ވާނުވާ

      ކޯއްޗެއްގަތޯ އޮތީ އެއްވެސް ނޯޓިސްއެއް ނެތި ވަކިކުރެވޭނެއޭ؟؟ 2008 ގައި އޮތް ގޮތަށް އަދިވެސް އެމާއްދާ އޮތީ އޭގަ އަތްލާފައެއް ނެތް.. ދެން މި ފަހުން ފާސްކުރި ބިލު އަދި ޤާނޫނަކަށްވެސް ނުވޭ އޭގެ ދަށުން މީހަކު ވަކި ކުރާނީ ކިހިނެއް އަދި؟؟ ރައީސް ތަސްދީޤުކޮށް ގެޒެޓުކުރީމަތާ އެއަށް ޢަމަލުކުރާނީވެސް.. ގަމާރު މީހުންނާ ހޮޅި ވާހަކަ ދައްކާ މީހުން ވަރަށް ސާފު ދެއްތޯ؟

  4. ނަކް

    ތި އަދި ރައީސް ތަސްދީޤުކޮށް ގެޒެޓުވެސްކޮށްފައި ނުވާ ބިލެއް.. އެބަހީ ޤާނޫނަކަށްވެ ޢަމަލުކުރަން ނުފެށެއޭ.. އެކަމަކު މިހާރު ވެސް އިދިކޮޅޭމެން އޮޅުވާލަން ވެގެން މި ކިޔަނީ މިއިން ބާރު ލިބިގެންނޯލަ މަނަފަރު ރިސޯޓުން އެހާ ބައިވަރު ވަކިކުރީ އެއްފަހަރާ.. އޮޅުވާލިޔަސް ބޮޑުވަރު ދޯ؟

    19
  5. ކާފަބޭ2020

    3މަސް6މަހަށްބަދަލުކޮށްލީމަ ޕީކްދުވަސްވަރުއިތުރުމީހުން ގެންގުޅެފަދޫކޮށްލުމުގެ އިޚްތިޔާރުއޯނަރުންނަށްހުޅުވިފައޮތީމަ އެއީ، އެވަޒީފާތަކުގައުޅުނުފަރާތްތަކަށް ރަނގަޅަކަށްވާނަމަ ﷲއަކްބަރް!

    13
  6. މޫސަ

    ރރައީސް ތަސްދީގު ނުކު ރާނެ ކަމަށް ބަލަލައިގެންތޯ ބިލު ފަ ރުމާ ކު ރީ

  7. ނަށީ

    ސަލީމް ކަލޭތީ ތި އަނގަ ތަޅަން އެންމެ ރަނގަޅު މީހާ. މީހުންކުރިމަތީ މާރަނގަޅު މީހަކަށް ވާންވެގެން އެބައޅޭނު

    • އަނީ

      މި ސަލީމް މާ ރަނގަޅު މީހަކަސް ހެދިގެން މީހުން ކުރިމަތީގައި އުޅޭ އެކަމަކު މީނާ އަކީ ވަރަށް ނުބައި މީހެއް.

  8. އަލިބެއްޔާ

    އަހަރުމެންގެ އަތޮޅުގެ، އަހަރުމެންގެ އެއްފަޅެއްގައި ތިބި ފަޅު ރަށްތައް، އަހަރުމެންނަށް އެއްވެސް މަންފާއެއް ނެތް ގޮތަށް އެއިރަކު އޮންނަ ސަރުކާރަކުން މާލޭގެ މަހުޖަނުންނަށް ދިނުން ހުއްޓަލަން ޖެހޭ.. އެރަށްތަކުން އަހަރުމެންނަށް ފައިދާއެއް ނުވާނަމަ އެހެން އެއްވެސް ބަޔަކަށް ފައިދާއެއް ވެގެން ނުވާނެ.. އަހަރުމެން އެކަމާ ދެކޮޅަށް ނިކުންނާނަމެވެ. ސިޔާސަތު ބަދަލު ކުރާށެވެ. އެހެން ނޫނީ ސިޔާސަތު ބަދަލުކުރަން މަޖުބޫރު ކުރުވާނަމެވެ.

  9. އލ

    މިއީ ވަރަށް މަކަރުވެރި އެއްވެސް އިންސާފެއްނެތި ކަންކަން ކުރާބަޔެއް. މި ސަލީމަކީ ވެސް ހަޤީޤަތުގައި ވަރަށް ދެފުށްދެގޮތް މީހެއް.

  10. ޜާއްޖެ

    ޚޮބާ ތޯ އެއަތޮޅުން ލިބޭ ރިސޯޓް ލާރި އަތޮޅައް ލިބޭ ވައުދު ޏާގާބިލު ސަރުކާރު