ކޮވިޑް-19 އާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ ނަރުހުންނާއި ސިއްޙީ ޚިދުމަތްރިންނަށް ދިނުމަށް ހަމަޖެހިފައިވާ ފްރަންޓްލައިން އެލަވަންސް ދިނުމުގައި ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭތީ އެކަމާމެދު ހިތްހަމަ ނުޖެހިގެން، އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުގައި މަސައްކަތް ކުރަމުން ގެންދާ ނަރުހުންތަކެއް އިހްތިޖާޖް ކުރުމުން އެނަރުހުންގެ މަގާމު ދަށްކުރުމަށް ފަހު އަލުން ކުރީގެ މަގާމު ދީފިއެވެ.
ނަރުހުންގެ މަގާމު ދަށްކުރުމަށް ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިހާރު ވަނީ ނަރުހުންގެ މަގާމު ކުރިން ވެސް އެމީހުން ތިބި ވަޒީފާއަށް އިއާދަކުރިކަން އަންގާފައެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސީއީއޯ ސޮއިކޮށް ނަރުހުންނަށް ފޮނުވި ސިޓީގައި ވަނީ ނަރުހުންގެ މަގާމު ދަށްކުރަން ނިންމި ނިންމުމަކީ ރަނގަޅަށް އެޅުނު ފިޔަވަޅެއް ނޫންކަމަށް ގަބޫލުކުރާތީ ކުރިން ނަރުހުން ތިބި ވަޒީފާ އަށް އެމީހުން އިއާދަކުރާ ކަމަށެވެ.
އިހްތިޖާޖް ކުރި ނަރުހުންގެ މަގާމު ދަށްކުރުމުން އިދިކޮޅު ޕީޕީއެމް އިންނާއި އަދި އާއްމު ރައްޔިތުން ވެސް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އަދި ޤާނޫނު އަސާސީންނާއި ވަޒީފާގެ ޤާނޫނުން ކަށަވަރު ކޮށްދީފައިވާ އިހްތިޖާޖް ކުރުމުގެ ޙައްޤަށް އަރައިނުގަންނަން ގިނަ ބަޔަކު ވަނީ ސަރުކާރަށް ގޮވާލާފައެވެ.
އިހްތިޖާޖް ކުރި ނަރުހުންނަށް ފިޔަވަޅު އެޅުމަކީ އެމީހުންނަށް ދިން އަނިޔާއެއް ކަމަށް މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލް ޔޫނިއަން (އެމްއެޗްޕީޔޫ) އިން ވެސް ވަނީ ބުނެފައެވެ.
ނަރުހުންނާއި މެދު ފިޔަވަޅު އެޅީ ނަރުހުންގެ ވަޒީފާ އާއި ބެހޭ އޮނިގަނޑާއި ހިލާފަށެވެ. ފިޔަވަޅު އެޅި ނަރުހުންގެ ތެރޭގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ ތަޖުރިބާކާރު ނަރުހުން ވެސް ހިމެނެއެވެ.
ރިސްކް އެލަވަންސް ދިނުމުގައި ހަމަހަމަކަން ނެތިގެން 40 ވަރަކަށް ނަރުހުން މުޒާހަރާ ކުރިއެވެ.
ޙައްޤަށް ރުޖޫޢުވެފައިވާތީ،މަރުހަބާ!މިސަރުކާރުން ކޮންމެ ފަދަ ކަމެއް ހިންގާފައިވެސް ބުނަނީ އޮޅުމަކުންކަމަށެވެ.ހާމައިގެ ތިބޭ މީހުން މިފަދައިން ކަމެއް ނުކުރާނެއެވެ.
ކިރިޔާ ކަމެއް ވާއިރަށް ނަރުހުންނާއި ޓީޗަރުންގެ ވަޒީފާއާއި ކުޅެލަން ބޭނުން ވާނެ މިސަރުކާރުން. ކަލޭމެން ހީކުރަނީތަ ކަލެމެނަށް މީހުންގެ ވަޒީފާ އާއި ކުޅެލެވޭނެހެން؟؟ މޑޕ ސަރުކާރަކީ ފެށުނީއްސުރެވެސް ވަޒީފާގެ ބިރު ދައްކާ ސަރުކާރެއް.
ހާދަ ހިފަހައްޓާ ނުލެވުނޭ !!! ދެން އަތް ޖަހަންވީނު ؟
ސާބަސް ޕީ.ޕީ.އެމް ކޯލީޝަނުގެ އިސްބޭފުޅުން އަހަރެމެން ތިބޭފުޅުންނައް ސުކުރުވެރިވަން
މިސަރުކާރުގެ އެއްވެސް ކަމެއްގައި ސިޔާސަތެއްނެތް. އޮޔާދާ ކާއްޓެއް ކަނޑުމަތީގައި ދާހެން މިދަނީ ސަރުކާރެއްގެ އެންމެ ޕޮލިސީކަންކަން. އެނަރުހުންގެ ހައްގު ހޯދަން ކުރި މަސައްކަތުން އެމީހުންގެ ހައްގު ގެއްލިގެންވެސް ނުވާނެ. ޙައްޤު ހޯދަން އަޑުއުފުލުމުގެ ފުރުޞަތުވެސް އޮންނާނެ. ތަންދޮރު އޮޅުން ނުފިލާ މީހުން މަޤާމުތަކުގައި ތިބެގެން ފަހަރަކު ކަމެއް ކުރާނެ ގޮތަކަށް ކުރަން ޒިމްމާ ހަވާލުކުރި މީހެއްގެ ޒިމްމާދާރުކަމެއް ނެތް. ފެންވަރެއްނެތް.
އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް
inda out މިގޮތަަށް ކޮމެންޓް ކުރޭ އޭރުން ދޯ އޭރުން އެމީހުނަށް އިނގެނީ ނޫނީ ހިންދިން ލިޔެ ސާބަސްހޭ ބޭޓާ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް
އިދިކޮޅު ކޯލިޝަންގެ މަސައްކަތް ފުރިހަމަ! ޝުކުރިއްޔާ!
މީއަޅެ ކިހިނެއްވެގެން ތެޅޭ ބައެއްތަ؟ ކުޅޭކުޅޭ ބައެއްތަ؟ މީދެން ހާދަ ފެންވަރެއްނެތް ބަޔެކޭ، ގޮތެއްވެސް ނެތީތަ؟ ކުރަންވާ ކަމެއްވެސް ނޭނގެނީތަ؟
ނިހަން އެމްޑީޕީކުދިން ބުނެބަލަ މިޖަހާ ސަކަރާތެއް މީސަރުކާރަކުން ކުރާވަރުގެ ކަމެއްތަ ލަދުނުދަނޭތަ މިފަދަ ކުޅޭކުޅޭކަންކަންކުރީމާ ހިނިވެސްއާދޭ ރުޅިވެސް އާދޭ ލަދުވެސް ގަނޭ މަވާސަލާް މަ
ސީ.ި. . އީ . އޯ އަކަށް ނޭގޭ މިކަމެއް !!!!! މީ އޮޅުމަކުން ވީ ކަމެއް !!