"ވަގުތު" ލޯގޯ ބޭނުންކޮށް ވެބްސައިޓްގެ ސްކްރީން ޝޮޓެއް ސިފަވާ ގޮތައް ސައްހަ ނޫން ސްކްރީން ޝޮޓްތައް ދައުރު ކުރުމަކީ ޒިންމާދާރުކަން ކުޑަ ހުތުރު އަމަލެއް ކަމަށް "ވަގުތު" އިން ބުނެފިއެވެ.
"ވަގުތު" އިން މިހެން ބުނީ "ވަގުތު" ލޯގޯ ބޭނުންކޮށްގެން ފޭކް ސްކްރީން ޝޮޓްތައް ހަދައިގެން އެ ސްކްރީން ޝޮޓްތައް މީސް މީޑިއާގައި ފަތުރާތީ މިރޭ ނެރުނު ނޫސް ބަޔާނެއްގައެވެ.
"ވަގުތު" އިން ބުނީ އެފަދަ ސްކްރީން ޝޮޓްތައް ދައުރުކުރުމުގެ ސަބަބުން އެކި ބޭފުޅުންނާއި މެދު މީހުން ދެކޭގޮތް ބަދަލުވެ އެބޭފުޅުންނަށް ވެސް ފުރައްސާރަ ކުރުން ދަނީ އާއްމުވަމުންނެވެ. އަދި "ވަގުތު" އިން ކުރަމުން އަންނަ ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ މަސައްކަތައް އެކަމުގެ ސަބަބުން އަންނަނީ ހުރަސް އެޅެމުން ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
"ވަގުތު" އިން އާއްމު އިޖުތިމާޢީ މިންގަނޑުތަކާއި ޚިލާފު އެއްވެސް ޚަބަރެއް ޝާޢިއު ނުކުރާނެ ކަމާއި، ޚަބަރުތަކުގެ ސުރުހީތައް ވެސް ހުންނާނީ އާއްމު އިޖުތިމާޢީ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމުގެ ކަށަވަރުކަން އެންމެހާ ކިޔުންތެރިންނަށް އަރުވާކަމަށް ވެސް "ވަގުތު" އިން ބުންޏެވެ.
"ވަކި ބޭފުޅެއްގެ އަގު ވައްޓާލުމަށް، ނުވަތަ ވަކި ބޭފުޅަކާއި މެދު އާއްމުންގެ ހިތުގައި ނަފްރަތު އުފެއްދުމުގެ މަޤުޞަދުގައި "ވަގުތު" ލޯގޯ ބޭނުން ކޮށްގެން ހިންގަމުން ގެންދާ އަމަލުތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަ، ހުތުރު އަމަލެއް ކަމުގައި އަޅުގަނޑުމެން ގަބޫލު ކުރަމެވެ. އެފަދަ އަމަލުތައް ހިންގުން މިހިނދުން މިހިނދަށް ހުއްޓާލުމަށް ވެސް "ވަގުތު" އިން ގޮވާލަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.
"ވަގުތު" ލޯގޯ ބޭނުންކޮށް ވެބްސައިޓްގެ ސްކްރީން ޝޮޓެއް ސިފަވާ ގޮތައް ސައްހަ ނޫން ސްކްރީން ޝޮޓްތައް ދައުރުކުރަމުން ގެންދާނަމަ އެފަދަ ސްކްރީން ޝޮޓްތައް ދައުރު ކުރާ މީހުންނާއި މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުލަތުގެ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އިންޓަނެޓާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ޝާއިއުކުރެވޭ މައުލޫމާތުތަކަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވައިދުތަކާއި އުސޫލުތަކަށް ފެތޭ ގޮތައް ޝާއިއު ކުރެވޭ މައުލޫމާތުތޯ ބަލައި ކަށަވަރު ކުރުމުގެ ޒިންމާ އޮތް މީޑިއާ ކައުންސިލުން މިފަދަ ކަންކަމާއި ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް "ވަގުތު" އިން ވަނީ ގޮވާލާފައެވެ.
އާންމު އިޖްތިމާޢީ މިންގަނޑަށްވުރެ މާ ބޮޑަށްވެަް ދަށުދަރަޖައިގައި ބައެއް ސުރުޚީތައް ހުރޭ!
ތިވިދާޅުވެވުނީ މުޅިންހެން ސައްޙަ ވާހަކައެއް ނޫން. ރުހުމުގެ ލޮލަކަށް ފެންނާނެ އައިބެއް ނެތް!
ތި ހަދާކަމަށް ބޮޑަށް ބެލެވެނީ ނަޝީދުގެ ސަޕޯޓަރުން އިބޫ ސައިޑްގެ އެމްޕީންނާއި މިނިސްޓަރުނަށް މަލާމާތްކޮށްފަ.. އެކަމަކު މި ޕޯސްޓުތައް ޝެއަރކޮށް ކޮމެންޓު ކުރަނީ ހަމަ އަޅުގަނޑުމެން ޕީޕީއެމްގެ ސަޕޯޓަރުން.. މިކަން ހުއްޓާލަން އެބަޖެހޭ..
ޒިންމާދާރު ކުޑަ ހަޑި އަމަލެއް
ބައެއްލޯކަލް ޓީވީތަކާއި ނޫސްތަކުގައި އާއްމުކޮށް ހުންނަނީ އާންމު އިޖްތިމާޢީ މިންގަނޑަށް އެއްގޮތަކަށްވެސް ނުފެތޭ މާބޮޑުތަނުން ދަށުދަރަޖައިގެ ތަސްވީރުތަކާއި ހަބަރު ދަބަރެެވެ. މިހެންކަންކުރީމަ ކިޔައި އުޅެނީ ހަކުރުދެންޏާ ބޮޑުބޭބެއެވެ. ހުރިހާވެސް އެއްޗަކީ ފައިސާއެވެ.
ވަގުތު އަކީ ވަރަށް ރަގަޅު ނޫހެއް އަޅުގަޑުގެ ބެސްޓް ނޫސް
ރާއްޖޭގައި އޮތް އެންމެ އިތުބާކުރެވޭ އޮންލައިން ނޫހަކީ
ވަގުތު ނޫހެވެ އެނޫހުން ގެނެސްދޭ ޚަބަރާއި މައުލޫމާތު
ތެރަރިޒަމަށް ހިއްވަރުދޭ މީހުންނަށް ކަމުނޮގޮއްސާނެއެވެ
ރާއްޖެގެ މީޑިއާއަށް ހަމަހަމަ ފުރުސަތުދޭން ޓެރަރިސްޓުން
ވެސް ދަސްކުރަން އެބަޖެހެއެވެ.
ރުޙުމުގެލޮލަކަށް އައިބެއްނުފެންނާނެ ނަމަވެސް ވަގުތުނޫހަކީ ވަރަށްއިތުބާރުކުރެވޭނޫހެއް މިހެންމިބުނީ ވަގުތުނޫސް ލިޔަންފެށިފަހުން އެނޫސްވަރަށްގިނައިން ކިޔަން ވީމާ، ކަމުދާނޫހެއްގެ
އަގުވައްޓާލުމަށް ސައްޙަނޫންކަންތައް އެއްވެސްފަރާތަކުންނުކުރެއްވާ ގަވާޢިދާޚިލާފްކަމެއްކުރެއްވިއަސް ނުވަތަ ނޫހާދޭތެރެ ހަސަދައެއްފިލުވާލުމަށްވެސް ހަގީގަތެއްނެތް
ތިފަދަކަންތައްނޫން އެހެންކަމެއްކުރައްވާ ( ވަގުތުނޫހަށްވުރެ ކަމުދާނޫހެއްނެރެވޭނަމަ)
އަލީ ފެން ބޮއެފި.
ވަގުތު މީ ހަބަރު ފެތުރުނެ/ނޫސްވެރިކަން ކުރާ ބައެއްކަން އަދި މި އިނގުނީ.. މިއޮށް ހުރިހާ ދުވަހު ހީކޮށްގެން މި ހުރީ މީމްސް ހަދާ ބައެއް ކަމަށް.. މައި ހީލް ލައިފް ވޯސް އަ ލައި.. 🙃