އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލައަކީ ރައީސް ޞާލިހްގެ ސަރުކާރުން އެޅިތަނެއްކަމަށް ވިދާޅުވެ ހިތަދޫ މެދު ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ރަޝީދު (ޗެކްމާކް) އިތުރުފުޅު ހައްދަވައިފިއެވެ.

ސަންގު ޓީވީގެ "ހަބަރަށްފަހު" ޕްރޮގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން އަހްމަދު ބުނެފައިވަނީ އައްޑޫ ކުއެޓޯރިއަލް ހޮސްޕިޓަލަކީ މި ސަރުކާރުން އައްޑޫގެ ސިއްހީ ނިޒާމް ވަރުގަދަ ކުރުމަށް ތަރައްޤީކުރި ހޮސްޕިޓަލެއްކަމަށް ވިދާޅުވެފައެވެ.

"މުޅި ހޮސްޕިޓަލާއި، އިކުއިޕްމެންޓް ފުލްކޮށްހެދީ މި ސަރުކާރުން، އެ އިމާރާތްވެސް ހެދީ އެމްޑީޕީގެ ސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ސެންޓަރުގެ ނަމުގައި" އަހްމަދު ރަޝީދު ވިދާޅުވިއެވެ.

މެންބަރު އަހްމަދު ރަޝީދު މިހެން އައްޑޫ އިކުއެޓޯރިއަލް ސެންޓަރު ޓާޝަރީ ހޮސްޕިޓަލަކަށް ހެދުމުގެ މައްސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ހޮސްޕިޓަލްގެ ގިނަ މަސައްކަތްތައް ވަނީ ނިމިފައެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ އިކްއިޕްމެންޓްތަކަށް އޭރު ވަނީ ފައިސާ ވެސް ދައްކާފައެވެ.

އައްޑޫ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް 23 ފެބްރުއަރީ 2018 ނިންމައި އެކަން ވަނީ އޭރުގެ ހައުސިން މިނިސްޓަރ ޑރ. މުއިއްޒު އިއުލާން ވެސް ކުރެއްވިއެވެ. ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު ހޮސްޕިޓަލްގެ ފިނިޝިން މަސައްކަތްތައް ނިމުމަށް ގޮސްފައި ވީނަމަވެސް ރައީސް ޞާލިހްގެ ސަރުކާރަށް އެހޮސްޕިޓަލް ހުޅުވޭވަރުވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ރައީސް ޔާމީންގެ ސަރުކާރުން ހިންގި ބޮޑެތި ބައެއް މަޝްރޫޢުތަކަކީ ރައީސް ޞާލިހްގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢުތައް ކަމަށް މީގެ ކުރިން ވެސް އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވިދާޅުވެފައި ވެއެވެ. އެގޮތުން މާލެ އާއި ހުޅުލެ އާއި ދެމެދު އަޅާފައި އޮތް ބުރިޖު ނިންމީ މިސަރުކާރުން ކަމަށް ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު މިދިޔަ އަހަރު ވިދާޅުވިއެވެ.

ޒިޔާދު އެހެން ވިދާޅުވުމުން ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

56 ކޮމެންޓް

 1. ޖ

  ކަލޯހަމައިގަތަ ތިހިރީ

  135
  2
  • ޚިލްއަތު

   މިސޮރުމެން މިތިބެނީ ވަރަށް ބޮޑަށް ފުއްޕާފަ. ހުވާކޮށްފަ ބުނަން މިވެރިން ކުރިކަމެއް ނުކުރާކަމެއް، ކުރާކަމެއް، ކޮށްފަހުރިކަމެއް ބަޔަކަށް ކީއްކުރަން މީހަކަށް އެގެނީކީނުން އަދި ކީއް އެގޭނީކީވެސް ނޫނެވެ.ރައްޔިތުންގެ ސަމާލުކަން ހޯދުން ފިޔަވައި އިތުރުކަމެއް ކުރަނީކީނޫނެވެ. ރައްޔިތަކު މިއިން މީހަކަށް ސަމާލުކަމެއްދެނީކީވެސް ނޫނެވެ. ރައްޔިތުމީހާ އަގަޔާއި އަތަކާއި މިހާރަކު ދިމާނުވާތީ އެއްޗެއްލިބޭތޯ 24 ގަޑީގައި ބުރަމަސައްކަތް ކުރާކަންވެސް މި އިއްޒަތްތެރިންނަށް އެގެނީކީއަކީ ނޫނެވެ. މިމުސީބާތުން ދިވެހި އުއްމަތް ނަޖާކުރައްވައި ސަލާމަތްކުރައްވާދޭވެ!

   50
 2. ސާ

  ކަލޯ ހޭބަލިވެފަތަ ތިހިރީ؟
  މިޤައުމުގެ އެންމެ ކުޑަކުއްޖާއަށްވެސް އެނގޭނެ އެތަން ހޮސްްޕިޓަލްއަކަށް ހެދީ ރައީސް ޔާމީނުކަން.
  ކަމެއް ނުކޮށްދެވުނަސް ބަލާތި ދޮގުހެދޭތޯ.

  48
  • ސީލާވަތީ

   މާދަމާ ބުނާނެ ދަ ރުމަވަން ތަ ހޮސްޕިޓަލް ވެސް އެޅީ ތިމަންނަ މެންނޭ. މީ ރީދޫ މީހުން ޙަޒާނާ ލޫޓު ވާލާފަ ހަދަނީ ހުސް ދޮގު

 3. ދޮންތައްކާނު

  މިބޭފުޅުންނަކީ އައްޑޫގެ ޝަރަފާއި އައްޑޫ އަތޮޅުގެ އަގުވައްޓާލަމުންދާ މީހުންނެވެ.މި ފަދަ މީހުން އެމީހުންނަށް މާތްﷲ ދެއްވާފައިވާ ސިކުޑިގެ ބޭނުން ނުހިފައެވެ.ފަހަރެއްގައި ވެދާނެއެވެ. އެބޭފުޅުންނަށް ޝަރުޢީ ޢިލްމުނެތިފައި ޑިމޮކްރަސީގެ ތެރެއަށް މާބޮޑަށް ވަދެވި އެކޮޅެއްވެސް އަދި މިކޮޅެއްވެސް ނޭގެނީކަމުގައެވެ.އެބޭފުޅުންގެ ވިސްނުމަކީ މަޖްލިސްގެ އެންމެ ޖާހިލު މީހާގެ ވިސްނުންކަމަށްވެސް ވެދާނެއެވެ.އެކަމަކު މިފަދަ މެންބަރުން އައްޑޫ އަތޮޅުގެ އަގުވައްޓައިލައިފިއެވެ.

  35
 4. ައަބްޅޯ

  ތީ ތަންފުކެއްބޮޑުވަރު އަށްޑޫ ރައްޔިތުންންށްވެސް އޮޅުވާލަން ތިއުޅެނީ.

  41
 5. ވިސްނާލުމަށް އެދެމޭ

  ބައެއްފަހަރު އެއްޗެހޯދަންއުޅެ ނުލިބުނީމަ އެއީ މާމުހިއްމު އެއްޗެނޫންކަމަށް އަމިއްލަ ނަފްސަށް ވިސްނަދީގެން ހިތަށް ތަސައްލީހޯދާ މީހުންއުޅޭ..އެގޮތުން މިސަރުކާރުގެ މީހުންވެސް އެމީހުންގެ ހިތްތަކަށް ހަމަޖެހުން ހޯދަދެނީ ރޔާމީން އިންދި ގަސްތަކުގެ މޭވާއިން ރަހަބަލައިގެން...ގޯހެއްނޫން...އައްޑޫ މީހުން ތިކަމުގަ ބުނާބަހެއް ބަލަން ބޭނުމީ....އަމިއްލަ ސިކުނޑިން ވިސްނާ އަމިއްލަ ލޮލުންބަލާ ބައެއްތޯއިގޭނެ އައްޑޫ މީހުން ބުނާއެއްޗެ އެގުމުން...

  35
 6. ނ

  ދޮގު ވެރިންނަށް އަބަދުވެސް ހެދޭނީ ދޮގު...އެބައި މީހުން ވަނީ ގާފިލުވެފައި...އެބައި މީހުން ﷲ އާއި ރަސަޫލާ އަށް ފުރައްސާރަ ކުރާ މީހުންނަށް ވާގި ވެރިވުމުގައި ދެމިތިބީ
  ޢެމީހުންނަށް ހެޔޮ މަގެއް ނުފެންނާނެ

  34
 7. Anonymous

  އާޗާ، އެހެންވިއްޔާ ޗެކުމާކު އެ އީ އެމެރިކާގެ ރައީސް އެޅިތަބެއް ބީތާމެން އެހެންމީހުން ބީތާހައްދަން އުޅޭނެކަމެއްނެތް

  37
 8. 🤭🤭

  އިތުރު ފުޅޭ ނުލިޔެ ދޮގު ހެދީ އޭ ލިޔެބަލަ

  41
 9. އިދުރީސް

  ވާހަކަ ދެއްކިގޮތުން ތަންދޮރު އޮޅުންފިލާ މީހެއްހެން ހިޔެއް ނުވޭ

  41
 10. ޥަހިސު

  ދަރުމަވަންތަ ހޮސްޕިޓަލު އެޅުނީ ސާލިހުގެ ކަރުނުން.

  41
 11. ނާހަމަ ތެދެއްތޯ

  އިއ އްފަތްތެރި މެންބަރު ހަމާގަތޯ ތިހުންނެވީ މަނިކުފާނު ތިވިދާޅުވެލެ އްވީ ދޮގެކޭ ބުނީކާކުތޯ ތިހެ އްދެވީ ތެދެ އްކަން އެނގެނީ ރަ އީސްޔާމީން ވެރިކަމަށް އެރި އިރު ވެސް ތިޔަވިދާޅުވި ހޮސްޕިޓަލް ހަމަ އެގޮތަށް އެތާގަ އި ހުރިދެ އް ތޯ؟ ެ

  29
 12. ސާބަސް ތިހެންތިބޭނީ އަސްލު ތެދުވެރީން

  ނޫނޭވާ ނަމުގެ ކުރިޔަށް އިއއ އްޒަތްތެރި ލާފަ ހަމަ ކިޔާވަރުވޭ އިނގޭތޯ!

  33
 13. ކާ ޅު

  ބުރިޖް އެޅީ ކާކު ތޯ؟

  34
  • Anonymous

   މީނަ ބުނާނީ ބުރިޖެއް އެބައޮތްހޭ، އޮތިއްޔާ އެ އެޅީ މަށޭ. ތަނެއްގެ ދޮޅު ރޯނާއެއް ހުރިއްޔާ ހުންނާނީ މޑޕ ގަ.

   • ސީލާވަތީ

    ޢެކަމު ދޮޅު ރޯނާ މެންނަށް އެންމެން ވެސް ވޯޓު ދޭނީ. ޢޭ ރުން ހަޒާނާ ލޫޓް ވާލަެިގެން އިގި ރޭސި ވިލާތަށް

 14. ޓަހެޓޯ

  ކަލޯ އަހަުމަދު ރަޝީދޫ. ތިކަހަލ ޕްރޮޖެކްޓް ތައްހިންގުމަކީ މިސަރުކާރަށް ވާވަރު ކަމެއްނޫން. ހޭލާހުރެ ހުވަފެން ނުބަލާ!

  36
 15. އައިމަން

  އަހްމަދު އެކުރެއްވީ ވަރަށް ހުތުރު މަލާމާތެއް އިބޫގެ ސަރުކާރަށް...

  35
 16. ސީދިބިޑާ

  ގައުމު ހަދާ އަދި ހިންގަމުން ގެންދަނީ އެމްޑީޕީއިންނޭ ބުނާށެވެ. ކޮންމެ ދުވަހަކު ތިންއިރު އިރަކު 100 ފަހަރު އާދަކޮށް ކިޔަމުން ބޮމުންދާށެވެ. ޔަގީނުންވެސް އެގޭކަމަކީ ތިޔަ 65 ގޮނޑި ދެވަނަ ދައުރަކަށް ދިވެހިން ނުދޭނެކަމެވެ. އުރައްޕެއްނެތް ބަޔަކު ގޮޑިއަކަށް އެރުނީމަ ހީވަނީ އާސްމާނަށް އެރުނީހެންނެވެ. އެއްބަޔަކަށް ހުރިހާބާރެއްދިނީ ހުރިފެންވަރާއި ފަންވަރު ބެލުމަށްޓަކައެވެ. ކޮށިތެރޭގައި ކުރާކަމަކީ ރައްޔިތުން ގޮބޯއައްދަން ނާޗަރަންގީ ކުޅުމެވެ. ފާސްކުރާ ބިލަކުން ރައްޔަތުމީހާ އިތުރަށް ނިކަމެތިވަނީއެވެ. އޮއްޓަރެއްހުރި ކަމެއްކުރަނީކީނޫނެވެ. އަބަދުވެސް ކުރީގެ އަނިޔާގެ ވާހަކަދައްކާލަދައްކާ ތިބެނީ ހިތުން ދިވެހިންނަކީ ވިސްނާބައެއް ނޫންކަމުގައި ދެކިގެންނެވެ. މީނާއާއި މީނަގެ ބޭބެ ޔާމީނާއި ފެޔަށްޖެހުނީ ދަރުމަވަންތަ ހޮސްޕިޓަލާއި އައްޑޫ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތަކާއި އިކުވިމަންޓްތަކުގެ ޑީލްނުދީގެން ނަގަން އުޅުނު ބޮޑު ކަޓް ލިބޭގޮތް ނުވުމުންނެވެ.

  30
 17. މުރުޝީދު

  ޖީބުގެ ގަލަމެއް ކަރުގައި ޓައިއެއް ތުރުކުރައްވައިގެން އަތްނޮއޮޅާ ގަމީސްކޮޅުގައި ހުރުމަކީ، ތިމާއަކީ ހުރިހާކަމެއް ދަންނަ މީހަކަށް ވެވޭކަމެއްނޫނެވެ. މިޒާތުގެ މީހުނަށް ކިޔައިއުޅެނީ ރޯނު އެދުރުން ކަމަށެވެ.

  34
  1
 18. Anonymous

  ދައްޖާލުންނަކީ މިގައުމުގެ މަޖްލިސްގައި ތިބި މޑޕ ގެ މެންބަރުން. ދޮގުހެދުމާ އޮޅުވާލުމާ މަކަރު ވެރިކަމަކީ މިމީހުނނަށް ވާރުތައިންލިބިފަހުރި މުދާކަހަލަ. މިތަން ހަލަކުވެގެންދާނީ މިކަހަލަ ނުބައި މީހުން ގިނަވެ މިމީހުންނަށް ސަޕޯޓްދޭ ނުބައި މީހުންގެ ސަބަުން.

  30
  1
 19. Anonymous

  އިކުއިޓޯރިއަލް ސެންޓަރަކީ ރައަސް ނަޝީދުގެ ވެރިކަުގައިބސާކް ސަމިޓަށް ހެދި ތަނެއް. އެތަންވީނާނާވަމުން ދަނިކޮށް ރައީސް ޔާމީންގެ ދައުރުގައި އެތަން ރައްކާތެރިކޮށް އަދި ެއތަނަކީވެސް ރައްޔިތުންގެ މުދާކަމުގައިވާތީ އެތަން ސަލަމަތްކޮށްދީ ބަލަހައްޓައިދީ އެތަނުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފޭނެގޮތުން އެތަން ތަރައްގޯކޮށް ހޮސްޕިޓަލްއަކަށް ހަދާ އެންމެ ޒަމަނީ މެޝިނަރީއާ ބޭނުނވާ ހުރިހާ އާލާތެއްގަނެދީ އެތަން ހޮސްޕިޓަލަކަށް ހެދީ. މިސަރުކާރަށް ކުރެވުނު ކަމަކީ އައްޑޫ ރައްޔިތުންނަާް އެތަނުގެ ޚިދްމަތް ލިބުނަނުދީ 1 އަހރު ހިފެހެއްޓުން. ހަސަދަވެރި ނުބައިވެރިން އައިމަ ރައޔިތުންނަށް ކުރާޖެއްސުން މިސަރުކާރުން ކުރަނީ.

  37
 20. Anonymous

  މިއީ ފަނަ ކުރާ ސަރުކާރެއް. ރަސްރަނި ބަގީޗާގެ ފިނި ޕާކް ހަލާކުކޮށްލައިފި. ރަަްފަންނުގެ ޕެވީލިއަންހަލާކު ކޮށްލައިފި. ރަސްފަންނުގެ ބީޗާ މިގައުމުގެ ރައީސުންގެ ފާލަންކޮޅު ހަލާކުކޮށްލައިފި. މިގައުމުގެ ވެރިކަމަކީ ބޭރުގެ ބަޔަކު މިތަން ހިފައިގެންތިބެ ކުރާ ވެރިކަމަކާ އެއްވެސް ތަފާތެއްނެތް. ރައްޔިތުންގެ މުދާ ގަސްތުގައި ހަލާކުކޮށް ގައުމަށް ގެއްލުން ދެމުންދަނީ. މިވެރިކަން ބަދަު ނުކޮށް ދިވެހިން ތިބޭނެކަމަށް ހީނުކުރާތި!

  32
  1
 21. ޢަލީ

  ގަޑީގެގޮތުން އެހެން ބުނެވިދާނެ.

  23
  1
 22. އަލީރަޝީދު

  ކަމެއް ފުރިހަމަނުކޮށް އެކަމުގެ ފަޚްރު ހާސިލުކުރަން އަޑުއުފުލުމަކީ ޒިންމާ ދާރު ސިފައެއް ނޫން

  33
 23. ޙަހަހަހަހަހހަހަހ

  މުގުލުގައިވެސް އަމިއްލައެދުނބޮޑު ވަގުން. ދެން އެއިން ނުކުންނާނީވެސް ވަގުން. ދޮގުވެރިންނާއި ވައްކަން ކުރާމީހުން ﷲފާޅުކޮށްދެއްވާނީ އެބައެ އްގެ ދުލާއަތުން

  ޜައްޔިތުމީހާ މޮޔައީ ދެއްތޯ ހަމަ. ޙަހަހަހަަަހަހަހަަ

  25
 24. ހަނި

  އއއއެހެންވެޖެޔާ ތިހިޔާޅީފުލޯ އޭނާދުނިޔެ އައ އީ މިސަރުކާރުގާ ؟

  24
 25. ވާވަރު

  ހިނދުކޮޅުގަ

  27
 26. ޗެކްމާކް ބެއްޔާ

  އަހައްމަދާ، މިސަރުކާރުން ހެދިތަނެއްވިއްޔާ އެހެރީ ކަލޭގެ ގޯތިތެރޭހަދާފައި ކުރީގެ ރައީސްގެ އޮފީސް ނަމުގައި ނަންބޯޑުޖަހާފައި. ކަލޭމެން އައްޑޫގެ މަޖިލިސްމެމްބަރުންނާއި ކައުންސިލަރުންނާއި ދެންވެސް ރައީސް ނަޝީދަށާއި އެމްޑީޕީއަށް މަރުދީގެން އުޅުނު އައްޑޫމީހުންނަށް މިހާރު ތިއޮތީ ރާކަނިމަސްކެވިފައި. ކަލޯމެން އެދުވަހު އައްޑޫ ރައްޔިތުންނަށް ދެއްކެ ބޮޑު މަންޒަރު މިއަދު އަވާމެންދުރަކަށްވެއްޖެ، ކަލޯމެންގެ ސަރުކާރުގެ ދައުރު ނިމިގެން ދާއިރުވެސް ކަލޯމެން ތިބޭނީ ޔާމީނުގެ ވެރިކަމުގައި ރާއްޖޭގެ އެތަންމިތަނުގައި ފެށި އުމްރާނީ ތަރައްގީގެ މަސައްކަތްތަށް ފެނި އާޝޯހްވެ އަންތަރީސްވެފައި. ބަލަ އަހައްމަދާ ޔާމީނު ވައްކަންކުރިޔަކަސް ރައްޔިތުންނަށް ފައިދާވާނެ ފަސޭހަ ލިބޭނެ ކިތަންމެ ކަމެއް ކޮށްފިއޭ. ކަލޭމެންގެ ސަރުކާރުގެ ދައުރު ނިމިގެންދާއިރުވެސް އައްޑޫ ސިޓީ މިއޮތީ ޔާމީނުގެ ވެރިކަން ނިމުނު އިރުވެސް އޮތްގޮތަށް. އައްޑޫގެ ތަރައްގީއަށް ކަލޭމެން ބައިއަތުހިފައިގެން ތިތިބީ ފިނިހަކަ ސްޕީޑްގެ އިންޑިޔާއާއި، ލައްކަ ތަރައްގީއަންނާނެ އެމީހުންނާއި އެކު، އިންތިހާބަށް ދެދުވަހަށް ވުމުން މަގުހެދުމާއި ބަނދަރުހެދުމާއި އައްޑޫ އެއާޕޯޓޭ ކަހެރުވަކޭ ކިޔައިގެން ފުމެއަރައިގަންނާނެ، އިންތިހާބު ނިމުނީމައި އެކަން ނިމުނީ. ކަލޭމެންގެ ސަރުކާރުން އައްޑޫގައި ހަދަނީ ދުމަށި މަސްފެކްޓަރީޔޯ ކިޔަނީ، އެއީ އައްޑޫމީހުންނަށް ހައްގުވާ މިންވަރަކީ. ބާރަށް އަތްޖަހައި ދައުރު ނިމުމުގެ ކުރިން ޗެކްމާކްގެ ވިޔަފާރި ކުރިއެރުވޭތޯބަލާ. އިތުރު ދައުރެއްނުލިބޭނެ ތިޔާކަހަލަ މަރުމޯލުންނަކަށް.

  27
 27. އެހެންވިއްޔާ

  މި ވާހަކަ ދެއްކެވި ބޭފުޅާ މިހާރު އެހެރަ އިސްކޮޅާއި ރޫފަޔާއެކު އެ ހަށިގަނޑު ހަމަ ކުއްލިއަކަށް ވުޖޫދުކުރީ ވެސް މި ސަރުކާރުން.

  24
 28. ގާސިމް

  އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލައަކީ އައްޑޫގެ އިއްޒަތްތެރި މެމްބަރު އަހްމަދުރަޝީދުގެ ޗެކްމާކް ޕްރައިވެޓްލިމިޓެޑް އިން އައްޑޫ ރައްޔިތުންނަށް އަޅައިދިން ފުރިހަމަ ހޮސްޕިޓަލެއް.
  މިގޮތް މާރަނގަޅެއްނު އަހްމަދު.

  27
 29. އަލިމަނިކު

  ޔާމީނު ރައީސްކަން ކުރެއްވީވެސް މި ސަރުކާރުގައި.

  23
 30. މާމީ

  މިކަހަލަ ދޮގުތައް ހަދާމީހުންގެ ލޮލައްވެސް ފެންނާ ތެދު ދޮގައް މީ ފަހުޒަމާ ޒަމާނައް ފާޅުކުރައްވާނެ ކަމައް އަންގަވާފަވާ ކަހަލަ އެއްޗެއް. ތިހިރީ ނަޝީދުކާރިން ފިލާވަޅު ލިބިފަ......

  28
 31. ތެދު

  ކާކަށް އޮޅުވާލަން ވެގެން ތިޔަހެން ތިކިޔަނީ..

  23
 32. އިންޑިޔާ އައުޓް

  ޝުކުރިއްޔާ ލޮބުވެތިރައީސް ޔާމިން. މިތިއްބެވި އިއްޒަްތެރި ގަމާރުންނަށް ތަރައްގީކުރުމުގެ އައިޑިއާސް ދެއްވިކަމށްޓަކައި. ވީރާނާ ވަމުންދިޔަތަނެއް އައްޑޫގެ މުހިއްމު އެއްބިނާކަމުގައި ތަރައްގީ ކޮށްދެއްވީތީ. އަދިވެސްއެއްފަހަރު ﷲގެ އިރާދަފުޅާއިއެކު މިގައުމު ތަރައްގީ ކުރުމަށް ފުރުސަތުލިބިލައްވާނެ. އާމިން.

  30
  1
 33. ނަައީމް

  ބަލަ އަދުނާ އެހަދަނީ ތެދު ކަލޭގެވެސް އަގަހައްދު ޖަހަންޖެހޭނެ ކިތައްފަހަރު ކަލޭވިސްނާލަބަލަ ކަލޭ ދޮގުހަދާ އޮޅުވާލާފަ ވާމިންވަރު ހަމަޔަގީން ކަލޭވެސް ދެރަވާވަރަށް ކަލޭ އޮޅުވާލުމާއި މަކަރާއި ހަދާފައެބަހުރި މައުމޫނު ސަރުކާރުގާ ކަލޭ ކުރިކަމެއް ނެގި ނާޖާއިޒު ފައިދާގެ 2 ކަމެއް ހާމަކުރަންވީތަ ކަލޭ ބުނެފިނަމަ ހާމަކުރާނަން މަ ކިޔާދޭނީ ހަގީގަތް ހެކިންވެސް މަދެއްނޫން ....

  20
 34. ދަރަނި ދަންތުރަ

  މީނަ މިހުރީ މަސްތުގެ ހާލުގައިތޯ ބަލާލާ އަދި ލޮލުގައި އެއްވެސް ކަހަލަ މައްސަލައެއް ހުރިތޯ ޑޮކުޓަރަށް ވެސްދައްކާލާ މަޖިލީހުގައި ރައްޔިތުން ތަމްސީލްކުރާ މީހުންގެ ލޮލާ ކަންފަޔުގައި މައްސަލައެއް ހުރުން އެއީ ވަރަށް ބޮޑު ގޯހެއް

  26
 35. ޖޯރޭ

  ކަލޭމެންނައް އެގޭނީ ހުސް އަނގަ ތަޅަން ކަލޭމެން ނަށް އެގޭނީ ވައްކަން ކުރަން އެކަނި ނުވާވަރުން އަދިވެސް ވައުދު ވެގެން ވެރިކަމައް އާދެވޭތޯ ބަލާތި

 36. މަރީ

  ޖުމްލަކޮށް މާލެ ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށެއްގަ ކުރީސަރުކާރުން ކޮށްފަހުރި ހުރިހާކަމެއް އެއީމިސަރުކާރުން ކުރިކަންތައްތައް ކަމަށް ހަދަންފެނޭ ކަންނުވެ ނަންވިޔަސް އެއީ ހާދަބޮޑުވަރެކޭ

 37. މުހައްމަދު ރަޝީދު

  މިކަހަލަ ބުރާންތިން އައްޑޫ ގޮޑިހޫނުކުރަން ހޮވަން މަސަތްކަކުރެވުނީތީ ރަޔަތުންގެފަރާތުން މާފައްއެދެން މިކަލޭގެ ހަމަބިމަތިރިވާދުވަހު ހުރިހާގޮތަކައް ތިރިވާނެކަމައް އުއްމީދު ކުރަން ...

 38. ނަން ނަން

  ބޮޑު ނަމުރޫދު.... އައްޑިހަ އަށް ފަހަރު ތިހެން ކިޔަން އެއީ ހަމަ ރައީސް ޔާމީން އެޅުއްވި ތަނަކަށް ނޫނީ ނުވާނެ.

 39. ތަމެންދޯ

  އައްޑޫ މީހުންނަކީ ދެން ވަރަށް ހަރާމްކޯރު ބައެއް އެހެންވުމުންނޭ މަމެން އެމެންނާއި ހިއްސާ ވެގެން ވިޔަފާރި އެއްވެސް ނުކުރަނީ އަންހެނުން ވެސް އެގޮތް ފިރިހެނުންވެސް އެގޮތް އެއީ އެންމެން ދަންނަ ބޮޑު ސިއްރެކޭ...

 40. ހުސޭނުބޭ

  އެއީ ހަމަ ވަރަށް ބޮޑު ތެދެއް!
  އެތަން ހަދަން ސިމެންތިގެށީ ޗެކްމާކް އަޙުމަދު ރަޝީދު
  ރޭނީ ސޯލިބޭ
  ސިމެންތިޖެހީ ބުއްޅަބޭ
  މި ހުރިހައިކަމެއް ވީއިރު އެ ތިންމީހުން ތިބީ ބޯބުރާންތިވެފައި

  2
  1
 41. މާބޭބެ ނޭފަރު

  ނޫނޭ ކަލޭ އެޅި ތަނެއް އޭ. މެމްބަރު ކަމުގައި ހުރެ ވާނުވާގައި.

 42. އަލީމޫސާ

  ޔަޤީން ލާރިގަޑެއް ލިބޭނެ މިކަހަލަ ދޮގުތައް ހަދައިގެންވެސް. ޔާމީނާ ދެކޮޅުވީ ރިސޯޓެއް ހަދަން ރަށެއް ނުދީގެން. މިފަހަރު ލިބޭނެ ކަމަށް ބަލަމާ.

 43. ނަޖީ

  ތިމަންނަމެނައް ކަމެނުވާހާލު މީހުންކޮއްފަ ހުންނަކަންތަކާ އަމިއްލަޔައް ހަވާލުވިޔަކަސް ރައްޔަތުންގެ ގިނަބަޔަކު މިތިބީހޭލާ ބަލަން ތިކުޅޭޑުރާމާ ތިޑުރާމާނިމުންވަރައް ހިތިވާނެކަން ހަދާންކުރާތި ވަކިހިސާބަކައް ދަންދެކައް ބަލަންމިތިބެނީ ހަށިފޮޅާލާފަ ނިކުންނަދުވަސް ދާދިކާރީގަ އެބްއޮތްަ

 44. ބެއްޔާ

  ކަލޯމެނަށް ކަމެއް ކުރެވޭތަ އެބަ. ރައީސް ޔާމީން ކުރެއްވިކަންތައްތައް ރަނގަޅުކަމުން އަމިއްލައަށް ކުރިކަމެއްކަމަށް ބުނެވެނީ. ކަޑަވިޔަސް ބޮޑުވަރުތީ. މިސަރުކާރުން މިއޮތީ ވިޔަފާރިކުރުންވެސް މަނާކޮށްފަ. ރައްޔިތުން ފިއްތާލާފަ. މަހަކު 250 ޑޮލަރަށްވުރެ އިތުރަށް ވިޔަފާރިމަނާ. އަދިވެސް ވައްކަންކުރެވޭތޯ ބަލާ.

 45. ސަމްސާ

  މިއީ ﷲ ގަންދީ ހުވާކޮށްގެން ރައްޔިތުންގެ މަޖިލިހުގައި ތިބި ރައްޔިތުންގެ ފައިސާއިން އުޅޭ މީހުން ދައްކާ ވާހަކަ.
  ކިހިނެއް މިކަހަލަ ބަޔަކު ދައްކާވާހަކަ ގަޞުލު ކުރާނީވެސް

 46. އައްޑޫ ކަލޯ

  މެންބަރު އަހްމަދު ރަޝީދު މެން ކަހަލެއި މީހުން އައްޑޫ މީހުން ހޮވާނެއި. މުއައިން. އަހްމަދު ރަޝީދު މެން ރަށަށް އޭނޭއި ވޯޓް ކަވެރި ވީމެއި ވޯޓް ހޯދާ އެކަނި.

 47. އާބިދާ

  އެހެން ވެއްޖެއްޔާ ކަލޭތީ އަންނިގެ ކާފަ ދަރިއެއް

 48. ހުސައިން

  އަދިވެސް ބުނެލާނީ މަޑުން މިތިބެނީ ކޮވިޑާ ހެދިއޭ. ކަލޭމެން ދަބަސް ޕެކްކޮށް ރެޑީވާށޭ. ރައްޔިތުން ކަލޭމެންނަށް ސަލާމް

 49. ހުސެން

  ރ ރީންދޫ ކުދިންވެސް މިހާ ރު ލަދުގަނޭ. ރީނދޫ މީހެކޭ ބުންން. ބީތާޔަކު ގެނެވުނީމަ

 50. މުސްތޯ

  މުޅި އަތޮޅައް މީނަ މަޝްހޫރުވެފަ އޮންނަނީ ދަހި އަމިއްލަ އެދުންބޮޑު ކިބުރުވެރި މީހެއްގެ ގޮތުގާ މީނަ ބަލާގައްބަޔަކު ބަލާގަތީ މީނަގެ ޖާނީ ދުޝްމަންގެ ފަރާތުން

 51. ައާލިޔާ އަހުމަދު

  މިނޫނީޔާ ނަށަމުން ވާހަކަ ދައްކާ މީހެއް އަދި މަޖިލީހަކައް ނުހޮވޭހެން ހީވަނީ ރިސޯޓް ވަޒީފާގަ އުޅުނުއިރު ވަގައް ނެގި ލާރިންނޭވެސް ކިޔާ މިސަރުކާރުން ޗެކުމާކްގެ އިންވެސްޓްމެންޓަކީ މީވެސް ވެދާނެތެދަކައް ބިތުފަންގި ވެއްޓްނީމަ އެގޭނީ.......

 52. ފަތައް ސީލާ

  އަހަންމަދޫ ތިވަރު ނުވިޔަސް ދެން ބާކީތިބި ދަރިންނަށާއި ކަލޭގެ އާލިއާ އައް ވެސް ވަޒީފާ ޔަގީން