ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) މިއަދު ދީފިއެވެ.
އިންޑިއާގެ ހައި ކޮމިޝަނުން މިއަދު ވިދާޅުވީ މި އެހީ ފޯރުކޮށް ދިނުމަށް ހަމަޖެހިފައި ވަނީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ މާލެ ބްރާންޗް މެދުވެރިކޮށް ޓެޝަރީ ބޮންޑް ސޭލްއެއްގެ ގޮތުގައި ކަމަށެވެ. މި ފައިސާ ދައްކަން ޖެހޭނީ 10 އަހަރުގެ "ރީޕޭމަންޓް ޓެނިއާ" އަކަށް ފަހު ކަމަށާއި އިންޑިއާ އިން އެހީ ފޯރުކޮށްދީފައި ވަނީ ދިވެހި ސަރުކާރަށް އެންމެ ލުއި އަދި އެންމެ ހެޔޮ ޓާމްތަކުގެ ދަށުން ކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.
ފޮރިން މިނިސްޓްރީގައި އެހީ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އަދި އެސްބީއައި މާލެ ބްރާންޗުގެ ސީއީއޯ ބަރަތު މިޝްރާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި އެހީތެރިކަން ރާއްޖެ އަށް ދިނުމަށް ނިންމި ކަން ފުރަތަމަ އިއުލާން ކުރީ މިނިސްޓަރު ޝާހިދާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ދރ. ޖެއިޝަންކަރާ ދެމެދު ބޭއްވި ވާޗުއަލް ބައްދަލުވުމުގެ ތެރެއިންނެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އިންޑިއާ އިން މީގެކުރިން ވަނީ ރާއްޖެ އަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ގައުމުން އެންމެ ފުރަތަމަ ފޯރުކޮށްދިން އެހީއަކީ މިދިޔަ މާޗް މަހު އިންޑިއާ އިން ޑޮކްޓަރުންނާއި ސްޕެޝަލިސްޓުންގެ ޓީމެއް ރާއްޖެ ފޮނުވުމެވެ.
އޭގެ ފަހުން، މިދިޔަ އޭޕްރީލް މަހުގައި 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓެއް ފޯރުކޮށްދިނެވެ. އަދި މެއި މަހުގެ ތެރޭގައި 580 ޓަނުގެ ކާބޯތަކެތީގެ އިތުރުން 6.2 ޓަނުގެ ބޭހުގެ ޝިޕްމަންޓެއް ވެސް ރާއްޖެއަށް ފޯރުކޮށްދިނެވެ. އަދި މި ބަލިމަޑުކަމުގެ ތެރޭގައި ސިއްހީ އެކިއެކި ސާމާނާއި އިންޑިއާ އިން ރާއްޖެ އަށް ބޭނުންވާ ޒަރޫރީ ސާމާނުތައް ވެސް އިންޑިއާ އިން ވަނީ ރާއްޖެ އަށް ފޯރުކޮށްދީފައެވެ.
މީގެއިތުރުން އިންޑިއާ ސަރުކާރުގެ ހާއްސަ ހުއްދައެއްގެ ދަށުން 500 ދިވެހިން ބޭސްފަރުވާ އަށް އިންޑިއާ އަށް ފޮނުވާފައިވެއެވެ.
ހައި ކޮމިޝަނުން ވިދާޅުވީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ދިވެހި ސިއްހީ ދާއިރާ އަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އިންޑިއާ އިން ކުރު މުއްދަތުގެ ކޮންޓްރެކްޓްތަކަށް ރެކްރޫޓްކޮށްފައިވާ ޑޮކްޓަރުންނާއި ނަރުހުން ރާއްޖެ އަށް ފޮނުވޭނެ ކަމަށެވެ. ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި ވަނީ އެފަދަ ދެ ވަނައެއް ނެތް ގުޅުމެއް ކަން މި ބަލިމަޑުކަމުގެ ތެރޭގައި ހާމަވެފައިވާ ކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން، ރާއްޖެ އާއި އިންޑިއާއާ ދެމެދު ވަނީ ވަރުގަދަ ގުޅުމެއް އުފެދިފައެވެ. މިހާތަނަށް 18 އެއްބަސްވުމަކާއި މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކުރިއެވެ. ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އިންޑިއާ އިން ދެ ބިލިއަން ޑޮލަރުގެ ޕެކޭޖެއް ވަނީ އިއުލާންކޮށްފައެވެ.
އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިދިޔަ ހަފްތާގައި "ވަގުތަށް" ވިދާޅުވީ އިންޑިއާ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއާ އަވަށްޓެރި ގައުމެއްގެ ގޮތުގައި އިންޑިއާ އޮވެ، ދިވެހި އިގްތިސާދު ވަރުގަދަ ކުރުން ކަމަށެވެ. ސަފީރު ގަބޫލު ކުރައްވާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އިންޑިއާގެ ބޭނުމަކީ ދިވެހި އިގްތިސާދު އާރާސްތުކޮށް ދިނުމުގައި ބައިވެރިއަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ އެހީތެރިކަމާ އެކީގައި ބޮޑެތި، ބިޔަ މަޝްރޫއުތަކެއް ހިންގަން ވަނީ ތައްޔާރުވެފައެވެ. މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅިފަޅު ގުޅުވައިލާ ބްރިޖު މަޝްރޫއާއި ގުޅީފަޅު ބަނދަރު ހެދުމުގެ މަޝްރޫއާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު މި މަހުގެ ފަހުކޮޅު ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެތައް މަޝްރޫއެއް ވަނީ ފެށުމާ ގާތުގައެވެ. އަދި މިހާރު ވެސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި 80 އަށް ވުރެ ގިނަ މަޝްރޫއު އިންޑިއާގެ އެހީތެރިކަމާ އެކު ދަނީ ހިންގަމުންނެެވެ.
ތީގެ ފަހަތުގައި ފޮރުވިފައިވާ އެއްބަސްވުންތަކާއި އަމަލްކުރަންޖެހޭނެ އުސޫލުތަށް ރަގަޅަށް ރައްޔިތުންނަށް އެގެންޖެހޭ،
ޝުކުރިއްޔާ! ލާރިކޮޅު ގެނޭ. ކަލޭމެން ފެއްސޭ. ނޫނީ ފަހާލަންވީތަ؟
ހުސް ފޭކް. އިންޑިޔާގެ ލޯނުތަޢް ނުދެއްކިގެން އުޅެނީ. އެގައުމުގެ މީހުން ބަނދަށް މަރުވަނީ. ސަރުކާރުގެ ނެތް ގައުމުގެ ރައްޔިތުން ބރލެހެއްޓެވަރުވެސް. އިންޑިޔާއަކަށް މިވަރުގެ ލޯނެއް ނުދެވޭނެ. އެއީ ހަމަ ފޭކް. ތިވެސްވާނީ އިންޑިޔާގެ ހައްޕުނޑު މުދާ ގަތުމުން އޭގެ އަގުން ކަނޑާގޮތަށް އަދި އަގުގެ އިތުރަށް 12 ޕަސެންޓު އިންޓެރެސްޓު ހިމެނޭ މަކަރުވެރި ރޭވުމަކަށް.
ތިހާ ބާރުގަދަނަމަ މިހާރު ހުންނާނީ ފެހިފަ. ތިހެން ކޮމެންޓް ނުކޮށް، ނަމާ ދާއިމީ އެޑްރެސް ވެސް ޖަހާލަބަލަ. ހެޔޮނުވާނެ. ކާުކު ކަންވެސް ވެސް ބުނެލީމަތާ ކަމެއްވެސް ކޮއްލެވޭނީ.
އިނޑިޔާ ތިއީ ކޮންބައެއް! މަކަރާ ހީލަތަ ދޮގުގައި އިޒްރޭލުގެ ނަތަންޔާހޫއާ އެއްހަމައެއްގަ ތިބި ބައެއް. މުޅި އޭޝިޔާ ހަލަކަށް ވައްޓާލާނީ ތި އިންޑިޔާ. ދިވެހިން ހޭބަލިވެގެން އިންޑިޔާއިން ލޯނު މިނަގަނީ. ގައުމުގެ ހަރުމުދަލާ ބިން ބަދަލުގައި ދޭންޖެހެނީ. އެމީހުން ދައްކަވާހަކަ ގަބޫލު ނުކުރާތި. ހުސްދޮގު ހަދާނީ. އިންޓެގްރިޓީއެއް ނަފުސުގެ ކަރާމާތެއް ނެތްބައެއް އެއީވެސް އަދި ދިވެހި ސަރުކާރުގެ އިސްމަގާމުތަކުގައި ތިބީވެސް. އިންޑިޔާ އައުޓް. ބާރަށް ކެމްޕޭނު ކުރަންވީ.
އޭ ހޭބަލިވާ، އިންޑިޔާގެ ސުޕަ މެޖޯރިޓީ އޮތީ ހިންދޫއިން އުޅޭ، އިޒްރޭގަ އޮތީ ޖުވިޝް، އެހެންވީމަ މުސްލިމުން ނެއްނޫން ދޯ އެ ދެގައުމުގަ ވެރިކަމުގަ ތިބޭނީ، ދެން އޮތީ ޗައިނާ އެތާ ވެސް އޮތީ ބުދު ދީން. މިގައުމށް އެހީގެ އަތެއް ދިއްކޮލާ ތިބުނާ ހިޑން އެޖެންޑާ ނެތް ގައުމެއް ކަލޭ ދައްކަބަލަ. ބރނތ
ތި އެހީގެ ފަހަތުގައި އޮރުވިފައިވާ އެތައް ސިއްރެއް ވާނެ. މަޑު މަޑު އަޅުވެތި ކުރަމުން މިދަނީ.... އިންޑީޔާގެ މުސްލިމުންނަށް ނެތް ރަހުމާއި ލޯއްބެއް ދިވެހި މުސްލިމުން ދެކެ އިންޑިޔާ ވާނެތަ؟
#އިންޑިއާ އައުޓް
#އިންޑިޔާ ގެރިން އައުޓް
އެންމެ ހަލުވިކަމާއެކު އިގްތިސާދު ދަށަށްދާ ގައުމަކީ އިންޑިޔާ. އިންޑިޔާގެ ކެޕޭސިޓީއެއްނުހުންނާނެ 250 މިލިއަނުގެ ލޯނުދެވޭވަރުގެ. އެމީހުންނަށް ކުރެވޜނެ ކަމަކީ ބޮޑުއަގުގަ އިންޑިޔާއިން މުދާ ގަތީމަ އެތާނގެ ވިޔަފާރިވެރިންނަށް ފައިސާދެވުން. އެހެން ހެދުމުން އެގައުމުގައި ފައިސާ ހިފެހެއްޓޭނެ. އެގައުމުގެ އިގްތިސާދަށް ފައިދާކުރާނެ ދިވެހި ސަރުކާރު އޮންނާނީ އެމީހުންގެ އަތްދަށުގައި. ހިޔަޅުންނަކަށް އަހަރެމެންނަކަށް އޮޅުވައެއް ނުލެވޭނެ.
ރައްޔިތުންނެ ހޭ އަރާ ކަށް ނުވޭތަ ޗެކުގަ ލިޔެފަ އޮތީ ލޯނެއްގެވާހަކަ ފަހަތު ދަމާފަ އޮތް ބެނާގަ އެއޮތީ ފަިނޭންސިއަލް އެސިސްޓެންޓެއް ގެ ވާހަކަ ގައުމު ވިއްކާލަ ގައުމު ދަރުވާލާފި ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އިންދަ ޖައްސާލަފި ބާރަށް އަތްޖަހާ އަޅުވެތި ކަން މިއޮއް ލާވަށާލަނީ ހެޔޮނުވާނެ ކޮންމެވެސް ބަޔަކު ގުރުބަންވެގެންވެސް މިކަން ހުއްޓުވަން ވެއްޖެނުން ގައުމުގެ ޒުވަނުންނޭ އަހަރެމެމްގެ ގައުމު އިންޑިޔަގެ އަޅުވެތިކަމަށްމިއޮށް ގޮސްނިމެނީ
ރައްޔިތުނޭ ހޭ އަރަން ވެއްޖެނު ރަނގަޅަށް ތި ތަސްވީރށް ބަލާލަބަލަ ޗެކުގަ ލިފަ އޮތް އެއްޗަކާ ފަހަތުގަ ދަމާފަ އިން ބެނަގަ ލިޔެފަ އޮތް އެއްޗެއް ޗެކުގަ އެއޮތީ ލޯނެއްގެވަހަކަ ބެނާގަ ްްްްްްްްްްް އެއޮތީ ފައިނެންސިއަލް ސަޕޯޓެއްގެ ވާހަކަ ދިމައެއްނުވޭ ގައު ވިއްކާލަފި މަދުލަރިކޮޅަކަށް ޒުވާނުންނެ ހޭއަރަން ވެއްޖެނު ކޮންމެވެސް ބަޔަކު އެބަޖެހޭ ގުރުބާންވެގެން ނަމވެސް މިކަންތަށް ހުއްޓުވަން ގައުމު އިންޑިޔަގެ އަޅުވެތިކަމުގެ ދަށް ގޮސް ނިމިއްޖެ
ރާއްޖެއަށް ދިނީއޭނުބުނޭ، ތިޔަބުނީ މިވަގުތު މިގައުމު ހިންގަން ތިބި ލާދީނީ ޖައްބާރު ވެރިންގެ ޖީބަށް އެޅިއެއްޗެއްގެވާހަކަ
އަހަރެމެން އިންޑިޔާ ދެކެ ރުޅިއަރާ. އިންޑިޔާގެ ސަރުކާރަކީ ޝައިޠާނީ ސަރުކާރެއް. އެތާނގެ އިނޮސެންޓ ްމުސްލިމޖން ކަތިލާ ކަޝްމީރުގައި ގަތުލުއާއްމު ހިންގާ ޖައްލާދުން އިންޑިޔަގެ ވެރިކަމުގައިތިބީ. މުސްލިމުންގެ ލެއިން ކަޅިވެފަ އޮތް އަތްތަކުން ދޭ ލޯނުގައި ހިފައި މާދަމާ މަރުވެގެން ﷲ ގެެ ހަޟްރަތުގައި އިސްއުފުލަން ކެރޭނެކަމަށްތަ؟ ހަލާކުހުރި ޝާހިދުއާ އަމީރާ ޞާލިހާ ނަޝީދުއަށް.
ހިލޭ އެހީގެ ގޮތުގަ ފަހުން ފައިސާ ދައްކާގޮތަށްތަ؟؟؟
ހިންނަވަރު ނޫރާނީގޭ ބޮލުގަ އެކަނި ދަރަނި އެޅޭ ގޮތައް. ފައްކައެއްނު.
އިންޑިއައިންވެސް އޭއައިބީން ނެގިލޯނުތައް. 8 މޭގައި 500 މިލިއަން ޑޮލަރު. 19 ޖޫންގައި 750 މިލިއަން ޑޮލަރު. އަނެއް ބޮޑު އެފައިސާއިން އިންޓަރެސްޓްގައި ރާއްޖެއަށް ލޯނުދީގެންތަ މިއުޅެނީ. އަމިއްލަ ހާލައިގެން ނޫޅެވޭ ގައުމެއް ރާއްޖެއަށް މާހެއޮއިދިގެން އުޅޭ ކޮންމެވެސް ސަބަބެއް އޮންނާނެދޯ.
250 މިލިޔަނަކީ މިގައުމުގެ މިނިވަންކަމަށް ވަރަށް ބޮޑު މިންވަރެއް އުތަ؟!
މިވެސް އުފާާކުރަން ޖެހޭ ކަމެއްތަ! ދަރަނިވެރިވީމަ
މިވެސް އުފާާކުރަން ޖެހޭ ކަމެއްތަ! ދަރަނިވެރިވީމަ ކިހާ ދެރަ
ބަދަލުގަ ކޯންޗެއްތޯ؟ ލޯނު އެއްކޮށް ދެން........؟
ތިވެސް އެނހީއެއްތަ ތީ ލޭންދޭނަށްނެގި 250މިލިަން ޑޮލަރެއްނު ތީގެއަށް އެނހީކިޔާކަމެއްނުދެނަހުރިން.
ގަދަ ބޮޑު ލާރިގަޑެއް.
ޢިންޑިޔާ' ޗައިނާއިން ލޯނު ނަގާފަ އޭގެން ބައެއް މި ދިނީ ރާއްޖެއަށް މިފަހަރު ބޯކެވޭނެކަމަށް ހީނުކުރާތި !! އިންޑިޔާ އައުޓް!! ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ ީ. ީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީީ
ޗައިނާ ބޭންކުން 3 ޕަސެންޓްގެ އިންޓަރެސްޓުގައި އިންޑިޔާއިން ލޯނުނަގާފަ 8 ޕަސެންޓް އިންޓަރެސްޓާއެކު އިންޑިޔާއިން ހަމަ އެލޯނު ރާއްޖެއަށް ދިނީމާ އެއޮތީ ބޮޑު އިނާމެއް ދީފަ! ބާރަށް އަތްޖަހަންވީ! ދެން މި ސަރުކާރަކީ ލޯނު ނުނަގާނޭކަމަށާ ކޮންކްރީޓުން ތަރައްޤީ ނުކުރާނޭކަމަށް ގަދައަޑުންގޮވައި އައި ސަރުކާރެއްވީމާ އަލުންވެސް އެޔަށްވުރެ ބާރަށް އަތްޖަހަންވީ!
މީލޯނު ދަނތުރައެއްނޫންތޯ މީގެބަދަލުގަ ރާއްޖޭގެރަސެއްގަ އިންޑިޔާސިފައިން
ޗަމްޕާ ޓީ ބިލު ގަތީމާ ވިޔަފާރިއެށް، އިންޑިއާ ޓީ ބިލު ގަތީމާއެހީއެށް.. ތި ސުރުޚީ ބަދަލު ކުރޭ..
އެހީއަކީ ފަހިންދަންކައް ޖެހެނެތަ މިއީކޮއް ކަހަލަ އެހި އެންތަ މުޅިގައުމު ދަރުވާލާފި މިއިންޑިއަށް މިނޫނީ އެހެން ގައުމެން ނެތީތަ މިދުނިއޭގަ
އިންޑިއާ އިން ބަޖެޓް ސަޕޯރޓަށް ދިން 250 މިލިއަން ޑޮލަރުގެ ލޯން ދިނީ އެެއީ ކިހާ އަދަދެއްގެ އިންޓަރެސްޓް ރޭޓް ގައިތޭ ކެނެރީގެ ނަޝީދު ވެރިކަމުގައި ތިޔާ ގޮތަށް އިންޑިއާ އިން ބަޖެޓް ސަޕޯރޓަށް ދިން 50 މިލިއަން ޑޮލަރު ރައީސް ވަހީދުގެ ވެރިކަމުގައި އެމެން އެންގީ އެއް މަސްދުވަހުގެ ތެރޭގައި އެފައިސާ އަނބުރާ ދައްކަން އިންޑިއާ އިން ނަގާ ލޯން ތަކަކީ އެއީ ވަރަށް ރިސްކް ބޮޑު އަދި ބޮޑު އިދާރީފީއެއް ދައްކަން ޖެހޭ ލޯން ތަކެކޭ އިންޓަރެސްޓް ދަށީ އިދާރީ ބޮޑު އިންޓަރެސްޓަށްވުރެން ބޮޑޭ އިންޑިއާ އިން މިހާރު ރައީސް އިބޫގެ ވެރިކަމުގައި ނެގި 250 މިލިއަން ޑޮލަރުގެ ބަޖެޓް ސަޕޯރޓް ލޯންގެ ސަބަބުން ރާއްޖޭގެ މިނިވަން ކަން ގެއްލޭނެ ކަން އެއީ މަމެންނަށް ޔަގީން ކަމެކޭ ސަބަބަކީ މިހާރު އިންޑިއާ އާއި ސަރުކާރުން އެބަހަދާ ކަޅު ޑީލެއް އެއީ ހަނިމާދޫ އާއި ހޯރަފުއްޓާއި އަދި ކުޅުދުއްފުށި އެއާރޕޯރޓްސް ތައް އިންޑިއާ އަށް ވިއްކާލަން 1000 އަހަރަށް އެންމެ 10 މިލިއަން ޑޮލަރަށް ޖީއެމްއާރަށް 100 ފަޅު ރަށްތަކާއި ދައްޕަރާއި އެކު..
ފޮރިންމިނިސްޓްރީ މީނަމަކައްއޮތްތަނެއްތަ ނޫނީ އިންޑިޔާ އެމްބަސީގެ ދަށުންހިނގާތަނެއްތަ...
އަޅުވެތިކުރަން ލޯނުދީފަ އިންޑީޔާ އެމްބަސީންތޯ ތިވާހަކަގޮވަނީ...އެމީހުންގެ އަވަށެއްތޯ...!؟
މީކީދަރައްޔެއްނޫ ދެއްތޯ...!؟ޗައިނާއިންނެގީމަ ދަރަނި..؟
އިންޑިއާ ސަރުކާރުން ކެރަލާއަށްވެސް ކަންކަން ކޮށްދޭ، ޖެހިގެން އޮތް ސްޓޭޓަށް ދަރަންޏަށް ފައިސާކޮޅެއް ދިނީމަ އެދެން މާބޮޑުކަމެއްތަ.
ނޭޕާލް އަދި މިޔަނާއައްވެސް އިންޑިޔާއިން ތިގޮތައް އެހީވެލޯނުތައްދިން އެ2ގައުމު އިންޑިޔާގެބަސްއަހައިގެން 10އަހަރު ވަންދެންތިބެ ތަރައްގީގެ އެއްވެސްކަމެއް ނުކޮއްދީ ހިފެހެއްޓި މީމި2ގައުމުގެރައްޔިތުން މިހާރުވެސްދައްކާވާހަކައެއް ރާއްޖެޔައްވެސް މިފަހަރުމިއޮތީ މިކަންޖެހިފަ ދެންސަލާމަތްވާނީ ވަރައްމަސައްކަތުން.
އެދުމެއް ނެތި ވެދުމެއް ނުކުރާނެ...
މީ ދެއް ކިހާބޮޑުވެއްޖެ ކަމެއް މި ރާއްޖެ އަޅުވެތި ކުރުން މި ސަރު ކާރުން ކުޜާ ކަމެއް އަހަރެއްވެސް މީ ދިވެއްސެއް އަހަރެއްގެ ހިންސާވެސް ވާނެ އަރެއް ޤަބޫލެއްނޫން އެއްގޮތަ ކަންވެސް އިންޑިޔާއިން އެއްވެސް އެހީތެރި ކަމެއް
ތި ފައިސާވެސް ވީތަނެއް ރައްޔަތުންނަން ނޭގި ވެރިން ކާހުސް ކޮން ރައްޔަތުންގެ ބޮލުގައި ދަރަނި އެޅުން ނޫން ކަނެއް ނު ކުރާނެ
ޢިންޑިޔާ އައުޓު އަޅުވެތި ކުރުން އިންތިހާ
އިންޑިޔާގެ ނުބާ ރޭވުން ނާ ކާމިޔާބު ކޮންދެއްވާ މި ވެރި ކަން ބަލި ކަށި ކުރައްވާ ދިވެހި ރައްޔަތުން ސަލާމަތް ކޮއްދެއްވާ ފާންދޭވެ
މިސަރުކާރަކީ އެއީ އިކޮނޮމިކް އޮރިއެންޓެޑް އަދި ދުރުވިސްނޭ ސަރުކާރެއް ނަމަ އަދި ސަރުކާރުގެ އިކޮނޮމިކް ކައުންސިލް މަސައްކަތް ކުރާނަމަ ބަޖެޓް ސަޕޯރޓަށް 250 މިލިއަން ޑޮލަރުގެ ބޮޑު އިންޓަރެސްޓް ހުންނަ ލޯން ނުޖެހޭނެއޭ އިންޑިއާ އިން ނަގަން މާލެ ސަރަހައްދުގައި އެބަހުއްޓޭ 10 ހާހަށް ވުރެން ގިނަ ފަޅު އެތަނުން 100 ފަޅު ފަޅެއް 10 މިލިއަން ޑޮލަރަށް 100 އަހަރަށް ކުއްޔަށް ދިން ނަމަ ތިޔާ ލޯން ނަގަން ނުޖެހުނީސްއޭ އަދި އިގްތިސާދު ފުނޑު ފުނޑު ވެސް ނުވީސްއޭ މިސަރުކާރަށް އިގްތިސާދު މެނޭޖް ކުރަން ނޭގެނީއޭ ފިނޭންސް މިނިސްޓަރު އަދި އިކޮނޮމިކް މިނިސްޓަރު އެއީ އެއްވެސް ތަޖްރިބާ އެއް ހުރި ބައެއް ނޫނޭ އެމެންނަށް ނޭގެއޭ އިކޮނޮމިކް ކަންކަން ހިންގަން އެއްގޮތަކަށް ވެސް ބަލައްޗޭ ތިޔާ 250 މިލިއަން ޑޮލަރު ހުސްވާނެ ތިން މަސް ދުވަސް ނުވަނީސް ތިޔާއީ ރިކަރަންޓް ޚަރަދު ފޫބައްދަން ނަގާ ލޯނެކޭ އަނެއްކާ 500 މިލިއަން ޑޮލަރު ލޯން ނަގަން ޖެހޭނެއޭ އިންޑިއާ އިން އަންނަ އަހަރު ބަޖެޓަށް ސަރުކާރު ކައިކައިގެން ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ ނިދަނީއޭ
މުސްތަޤްބަލްގައި މުޅި ދިވެހިރާއްޖެ އިންޑިޔާއަށް ދަރަނި އަދާކުރުމަށް ތިބެންޖެހޭގޮތަށް
ސިފައިންބާލަ އެހެންޤައުމުތަ ކުންވެސް ލޯނުދޭ ސިފައިންނެއް ނުބައިތިއްބާ ، އިންޑިއާ އައުޓް އިންޑިއާ އައުޓް ، އިންޑިއާ އައުޓް ، އިންޑިއާ އައުޓް އިންޑިއާ އައުޓް
އަވަހަށް ކާލާ...
ވަރަށް އަވަހަށް 3 ޓަނުގެ އިންޑިއާ ސިފައިންގެ ފައުޖެއް ވެސް ލިބޭނެ..
ހޫނނނ، ފޮޓޯ ފެނިފަ މަހީކުރީ ޝާހިދު ގުރުއަތުން އިނާމެއް ދަމައިގަތީކަމަށް.
ދެން ބަހާލައިގެން ކައިފަ ބުނޭ ރައްޔިތުންނަށް ޚަރަދު ކުރީއޭ. ވަގު ސަރު ކާރު.😡😡😡😡😡
އިންޓްރެސްޓް ރޭޓް ކިހާވަރެއްކަމެއް ސާފް ނުވޭ!
އިންޑިޔާ ސިފައިން ބަލާށޭ ކިޔާތީދޯ
އިންޑިޔާ އައުޓު ރާއްޖެއަށް ތި ފައސަތަށް ދިނުމަށްވުރެ ތާހިރުވާނެ އިންޑިޔާގެ ރައްޔަތުންގެ އޮރިޔާން ނިވަކުރިއްޔާ
އިންޑިޔާ ސިފައިން ބަލާށޭ ކިޔާތީދޯ.
ނޫނޭވާ ބޯއެބަހުރި . ޔާމީންގެ އިސްތަށިފުޅުގައި އިލްޒާމް އަޅުވާފައިވާ ކަންކަން ރަނގަޅު ކުރަން އައި ސަރުކާރު. ކޮބާތޯ ލަދު ޙަޔާތް
ސުރުހިގައި "250 މިލިއަން ދީފި" ގެ ބަދަލުގައި "250 މިލިއަން ގެ ލޯނެއް ދީފި" ޖެހުން އެދެން. ފުރަތަމަ ގޮތުން ހީވަނީ ހިލޭ އެހީއެއްހެން. އަސްލު ގައުމު އިތުރައް ދަރަނިވެރިވީ.
ދެނީހިލޭ އަނބުރާދައްކަންޖެހެނީ މިދެއަހަރުތެރޭ އެހީގެގޮތުގައި ފަހުންދައްކާގޮތަށް ކިތައްމިލިއަންޑޮލަރުނެގިއްޖެބާ؟ ތިޔައެހީ އަނބުރާދައްކަންނުޖެހޭނެއެއްގޮތެއްވެސްނޯންނާނެ ތިޔައެހީތައް ދައްކަންނުޖެހޭނެނަމަ މުއްދަތުހަމަވިހެލިކޮޕިތަޅު ގެންދާށޭބުނީމަ ގެންދާނެ ނުގެންދިޔައީ އެއީ ބޮޑުޤައުމެއްވީމަ އަހަރުމެންގެ ނިކަމެތިކަންދައްކާލީ ދެންގުނބޯތަކަށްވެރިކަންހޯދަދީ ރާއްޖޭގެ 4ސަރަހައްދު ހިސޯރުކުރީ އެއްގޮތަކީދާޚިލީހަނގުރާމައެއްފެށުން ނޫނީ މައުމޫނުމެންގެނަސްދިން " ތުންމެޓާ " ކޮޅުބޯލަބޯލާ އަނގަމަތީޓޭޕްއަޅައިގެންތިބުން އެއީ ޓުވިޓަރޭމެންބޭނުންގޮތް
ހީވަނީ ދިން ހިލޭ އެހީއެއްހެން.
އިންޑިޔާ އިން ނަގާލޯނު ބުރައަކަށް ނުވާނެ. އެއީ ވަރަށް ލުއި ލޯނު ތަކެއް. ޗައިނާއިން ވިއްޔާ ލޯނުތައް ވަރަށް ބަރުވާނެ. އެއީ ޗައިނާގެ ލޯނު ނޫޓުތަށް ހުންނަނީ ވަރަށް ބޯކޮށް ބަރުކޮށް މައުދަނުން ހަދާފަ. އިންޑިޔާގެ ލޯނު ނޫޓްތައް ހަދަނީ އެއްމެ ލުއި ކަރުދާހުން.
ރައްޔިތުންނަށް މީގެ ނިމުން ފެންނަ ލުއިގޮތް ބައްލަވާލައްވަން މަޑުކުރައްވާ އަދި ބާރަށް އަތްޖައްސަވާ!
މިފެންނަނީ ދެއްކުންތެރިކަމުގެ ލާމަސީލް. ލޯނެއްދިނަސް ބޮޑުސެރެމެނީއަކަށް. ވަރަށްވަރުއެބަވޭ އިންޑިޔާ ޕްރޮމޯޓްކުރުމުގައި
ހިތައްއަރާ ލަދުނުގަންނަކަން
ބަޖެޓް ސަޕޯޓް ކިޔަކިޔަެިގެން ނަގާ ހުރިހާ ފައިސާއެއް ވަންނަ ތަނެއްނޭނގޭ. ދިވެހި ގައުމުގެ ހަރުމުދާ ރަހުނު ކޮށްފަ މި ލޯނުނަގަނީ . ލޯނުން އިގްތިސާދީ އެއްވެސް ފައިދާއެއްލިބޭނެ ކަމެއްނުކޮށް ކައިގެން ގުޔަށްރޭން މި ލޯނު ބޭނުންކުރަނީ. ދިވެހި ގައުމުގެ އެންމެ އޭކަރ އެއްވެސް ދިވެހިންނަށް ނުލިބޭނެ ގޮތުން އިންޑިޔާގެ ބާރުގެ ދަށަށް އެގެންދަނީ. ދިވެހިން ހަމަ ހެވިފަ ބަލަން ތިބޭނީތަ؟ މާދަމާ ދިވެހި ރާއްޖެޗމވެގެންދާނީ 2 ވަނަ ކަޝްމީރަށް.
ކޮން މުބާރާތެއް ނިމިގެން ދިން ރަމްޒީ ޗެކެއްތަ 5 މީހުން ހިފައިގަނެގެން އެތިބީ؟ ދުވަހެއްގަވެސް އެއްވެސް ގައުމަކުން ދޭ ލޯނު ބޮޑު ޗެކް ހަދައިގެން ދެއްކިތަ؟ މިހުރިހާވެސް ކަމަކީ ދިވެހިން މިމީހުންގެ އަޅުންަށް ހަދަން ދައްކާ ދަޅަ. ބަލަ ދިވެހިން ނަކި މިނިވަންކަން ހޯދި އަދި ދިފާއުކުރި މުޖާހިދުންގެ ބައެކޭ. ކަލެމެންހެން ބަޔަކު ދިނުމުން ހޯދީއެއްނޫން. ޝަހީދުވެގެން ދިޔަ ކާބަފައިންނަކީ މިކަމުގެ ހެކި. އިންޑިޔާ ބޭރުކުރޜ. މައްކާރުން އެއީ.
ދިވެހިރައްޔިތެއްގެ ހައިސިއްޔަތުން މިބުނަނީ. ތީބޮޑު އޮޅުވާލުމެއް. ތިއެހީ ނުދިނަސް ހެޔޮ. ތިޔަލަވަނީ މަޅފައްޗެއްގަ ޖައްސަން. އަމިއްލަގައުމުގަ އުޅޭ އެތައްހާސް
ރައްޔިތުންގެ މުހުތާދުތައް ފުއްދާނުދީ ދިވެހިރާެްޖެ އިސްކުރުމުގެ އަޑީގަ ފޮރުވިފާ ހުރިއެތައްކަމެއް މިހާރުވެރިކަން ބަދަލުވިޔަސް ހާމަވާނެ. އެކަން ތަޖުރިބާ ކުރަންޖެހިފަވީކަން ހަނދާންނެތޭހާދުވހެއްއަދިނުވޭ. އިންޑިއާތިޔަހާ ހެޔޮއެދޭނަމަ ތިހެޔޮއެދެންޖެހޭނީ މިރާއްޖޭގެ ވެރިކަމުގަ ވަކިޕާޓީއަކަށް ނިސްބަތްވާބަޔަކު ވެރިކަމުގަ ތިބޭއިރެއްގައެއްނޫން. ދިވެހިންމިއަދު ތިޔަހީކުރާ ވަރަށް ތުރެން ތަހުޒީބްވެއްޖެ. އެކަން އިންޑިއާ އަށްތަޖްރިބާ ކުރަންޖެހުނީތީ އެހިތިރަހަ ނުފިލާގެން އުޅޭނެކަމެއްނެތް. އެތައްމިލިއަން މީހުންނެއް އޮތްތިޔަ އިންޑިއާ ތީ0އް 4 ލައްކައެއްހާމީހުންގެ މިދިވެހިއާބާދީ ތިޔައިންޑިއާގެ ކާރިން ކުރިއަރާދާތަން ބަލަންބޭނުން ނުވީތީ ހަޖަމްގޯސްވެގެން އުޅޭކަން މިއަދު ދިވެހިންނައް އޮޅިގެނެއް ނޫޅޭ. ތީމިއޭޝިއާ ރީޖަންގައޮތް އެންްމެކޮރަޕްޓް އެންމެރޭޕިސްޓުންގިނަ ގައުމު. ފުރަތަމަ އަމިއްލަގައުމުގެ އޮރިޔާންނިވާކޮށްބަލަ!!!އެހީއޭކިޔާގެން ދިވެހިންވާވައްދަން ނޫޅޭ!!! އިންޑިއާ މިލިޓަރީއައުޓް.#
ތި ހުރިހާ ފައިސާއެއް ދާ ތަނެއް ބަލަން ވަރަށް ބޭނުން .
ޝާހިދުގެ އެކައުންޓަށް ވަންނަ ވަރުވެސް
ކީއްކުރާ ސިފައިންނެއްތޯ ކޮންމެވެސް ސަބަބެއްއޮންނާނެ ......
ފެންފޮދަކާއެކީތަތިޔަލާރިދިނީ1111އޭރުންދޯދިރުވާލަންފަސޭހަވާނީވެސް
އިންޑިއާ އިން ދިން 250 މިލިއަން ޑޮލަރުގެ ލޯންގެ ފުރަގަހަތުގައި ވަނީ ހަނިމާދޫ އެއާރޕޯރޓާއި ހޯރަފުށި އެއާރޕޯރޓާއި އަދި ކުޅުދުއްފުށީ އެއާރޕޯރޓް އެމެންނަށް 1000 އަހަރަށް ހިލޭ ދޭ ގޮތަށޭ އަދި އިތުރަށް 10 ފަޅު ރަށް އެއަތޮޅު ތަކުން އެމެންނަށް ދެއޭ މީވަރަށް ނުރައްކާތެރި ވައްތަރުގެ ލޯން ރައީސް އިބޫ އާއި މޮދީ އާއި ދެމީހުން ޑީލް ހަދައިގެން މިކުރަނީ މީގައި މޮދީގެ އަމިއްލަ އިންޓަރެސްޓެއް އެބައޮތް އޭނާ އަށް ބައިއަޅާ ވިޔަފާރިވެރިންނަށް ރާއްޖެ ވިއްކާލަން ވެގެން އޭނާ އުޅެނީ ދޯ..
މިވަތަނާއި ގައުމު ދިވެހިން ބީކކކކ ކޮށްލައި އިންޑިޔާއަށް ވިއް ކާލައި އަޅުވެތި ކޮށްލައި މިތިބިދެމީހުންނާއި ހިންނަވަރު އިބުރާއާއި ބުއްޅަބެއާއި މާރިއާދައިތިއާއި މިމީހުންގެ ޖީބަށް ތިލާރިގަނޑުއަޅައި ބަރު ކޮށްލާށެވެ.
އިންޑިއާގެ ޑެބްޓް ޓްރެޕް
ސަރުކާރު މުއައްޒަފުންގެ މިމަހުގެ މުސާރަ އަދި ކިރިޔާ ހަމަ ޖެހުނީ.. މީީތި ކޮޅު ނުލިބުނު ނަމަ ނަގޫފިތިފަ ތިބޭނެތާ.
އަހަރެމެން އެހީކިޔަނީ ހިލޭދޭ ތަކެއްޗަށް. ފައިދާވާގޮތަށް ދޭލޯނަކީ އެއީ ވިޔަފާރި އުސޫލުން ހިންގި މުޢަމަލާތެއް.
ތެންކިޔު އިންޑިޔާ ؛)
ހުސްވެއްޖްތަ؟
މިރާއްޖެއަށް ދިނުމުގެ ބަދަލުގަ އިނޑިއާގެ ހާލުގަ ޖެހިފަ ތިބިމީހުނައް ދިނިއްޔާ މާރަނގަޅުވާނެ. ތީގެ އަޑީގަ ގޯހެއް އޮންނާނެ.
ތިވާނީ ގައުމުގެ މިނިވަންކަން ވިއްކައިގެން ލިބުނުއެއްޗަކަށް ނުވަތަ ޔޮޒެއިނާގެ ފަންއިސްތަށިގަނޑު ފެނިފަ ހިލޭސާބަހަށް އޮއްސާލި އެއްޗަކަށް އެހެންވެ އެހާފުއްޕަނީ
ހަފްތާއެއް ތެރޭ ބުނާނެ ހުސްވީ.
ތިޔޮތީ ކާނިހާ ޑޮލަރެއްނު. ކެވުނު ގޮތަކަށްކައި ހުސްކުރޭ.
ޢިންޑިޔާ ލަން ކާ މީ މުސްލިމުން ދެ ކެ އިންތިހާޔަށް ރުޅި އަރާބަޔ. ޟޟމމނ
ޢިންޑިޔާ ލަން ކާ މީ މުސްލިމުން ދެ ކެ އިތިހާޔަށް ރުޅި އަރާ ދެގައުމު. މިމީ ހުންނަށް ވާ އެ ކޮނޮމި ލްފައިދާގެ ސަބަބުން ރީތި ކޮއް އަގައިން ބުނެލާ ކަން ތީގަ ފޮރުވިފަ އޮންނާނެ ދިވެހިން ގެ ކަރަށް މަހާނެ މަޅިޔެއް
އިންޑިއައިން 250 މިލިއަން ޑޮލަރު ރާއްޖެއަށް ދިންބޭނުމެއް ރައްޔިތުން ސާފުކުރަން ބޭނުންވާނެދޯ.
ޗައިނާ ބޭންކުން 2 ޕަސެންޓްގެ އިންޓަރެސްޓުގައި އިންޑިޔާއިން ލޯނުނަގާފަ 9 ޕަސެންޓް އިންޓަރެސްޓާއެކު އިންޑިޔާއިން ހަމަ އެލޯނު ރާއްޖެއަށް ދިނީމާ އެއޮތީ ބޮޑު އިނާމެއް ދީފަ! ބާރަށް އަތްޖަހަންވީ! ދެން މި ސަރުކާރަކީ ލޯނު ނުނަގާނޭކަމަށާ ކޮންކްރީޓުން ތަރައްޤީ ނުކުރާނޭކަމަށް ގަދައަޑުންގޮވައި އައި ސަރުކާރެއްވީމާ އަލުންވެސް އެޔަށްވުރެ ބާރަށް އަތްޖަހަންވީ
ހިލޭ އެހީއޯ ހައެރާނެއް ނުވާނެ