ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން 250 މިލިއަން ޑޮލަރުގެ ލޯން (3.9 ބިލިއަން ރުފިޔާ) މިއަދު ދިނީ އެއްވެސް ޝަރުތަކާ ނުލައި ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިންޑިއާއިން ރާއްޖެ އަށް ދިން 250 މިލިޔަން ޑޮލަރުގެ ލޯންގެ ލިއުން ރާއްޖެއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ އެކަަމަށް ޓަކައި ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ހާއްްސަ ރަސްމިއްޔާތެއްގައެވެ. އިންޑިއާއިން ރާއްޖެ އަށް ދޫކުރި އެ ފައިސާގެ ޗެކް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާ މިއަދު ހަވާލުކުރެއްވީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިންޑިއާއިން ރާއްޖެ އަށް ދިން 250 މިލިޔަން ޑޮލަރުގެ ލޯނަކީ އިންޑިއާއިން ބުނިގޮތުގައި އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކަކަށް އެއްބަސްވެގެން ދިން ލޯނެކެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެ ލޯނު ދިނީ ބޮންޑް ގަތުމުގެ އުސޫލުން، 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވީ ބަޖެޓު ސަޕޯޓަށް ދިން 250 މިލިއަން ޑޮލަރުގެ އެހީއަކީ "އެއްވެސް ކޮންޑިޝަނެއް" ނުވަތަ ޝަރުތަކާ ނުލައި ފޯރުކޮށްދިން އެހީއެއް ކަމަށެވެ. ރާއްޖޭގެ އިގްތިސާދީ ހާލަތު ބަދަލު ކުރުމަށްޓަކައި މި އެހީގެ ބޭނުން ދިވެހި ސަރުކާރުން ބޭނުން ގޮތަކަށް ހިފުމުގެ މިނިވަން ކަން އޮންނާނެ ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

މިއީ ބޭރުގެ ދަރަންޏެއްގެ ގޮތުގައި ހިމެނިގެން ނުދާނެ ކަން ފާހަގަކޮށް ހައި ކޮމިޝަނުން ވިދާޅުވީ މި އަދަދު ފޯރުކޮށް ދިނުމަށް އިންޑިއާ ސަރުކާރުން އެސްބީއައި އަށް ސޮވެރިން ގެރެންޓީއެއް ފޯރުކޮށްދީފައިވާ ކަމަށް އިންޑިއާ ހައި ކޮމިޝަނުން ވިދާޅުވިއެވެ.

މިއީ އިންޓަރެސްޓް ރޭޓް ކުޑަކޮށް ފޯރުކޯށްދޭ "ސޮފްޓް ލޯނެއް" ކަމަށް ވެސް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ފައިސާގެ ދަތިކަމަށް އިންޑިއާގެ ލޯނުގެ ސަބަބުން ބޮޑު ލުޔެއް ލިބޭނެ ކަމަށެވެ. މިއީ ދިވެހިންނަށް އިންޑިއާ އިން ފޯރުކޮށްދިން މުހިންމު އެހީއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ކޮވިޑް-19 އާ ހެދި ރާއްްޖޭގެ އިގުތިސާދަށް ބޮޑު ގެއްލުމެއް ލިބިފައިވާ މި ވަގުތު އިންޑިއާއިން ދިން ފައިސާއިން ރާއްޖެ އަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަަމަށެވެ. އެ ފައިސާ ހަރަދު ކުރާނީ ރައްޔިތުންނަށް ދޭ ހިދުމަތްތައް މެދުނުކެނޑި ދިނުމަށާއި ކޮވިޑްގެ ސަބަބުން ދަތިކަަން ކުރިމަތިވެފައިވާ ފަރާތްތަަކަށް ސަރުކާރުން ދޭ ޕެކޭޖްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ އަށް 250 މިލިޔަން ޑޮލަރުގެ ލޯނެއް ދޭނެކަން އިންޑިއާއިން ކުރިން ވަނީ އިއުލާނުކޮށްފައެވެ. އެކަން އިއުލާނުކުރެއްވީ އެ ގައުމުގެ އެކްްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭއްވެވި ވާޗުއަލް ބައްދަލުވުމެެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. ހުސޭނުބޭ

    ނާ ހަމަ ތެދެއް! ހަމަ ސަދަޤާތުގެ ގޮތުގައި ދޮގެއްތޯ~ ފަހުން 500 މިލިއަން ފޭރޭގޮތަށްވިޔަސް!

    53
    2
    • އިންޑިއާމިލިޓަރީއައުޓް

      ހޫމް ތިހެން އެކި ފަރާތްތަކުން ދެއްވާ އެހީ ޝުކުރުވެރިކަމާއެކު ބަލައިގަންނަން.. އިންޑިއާއާ މައްސަލައެއް އޮތީއެއްވެސް ނޫން ޒާތީވަނީއެއްވެސް ނޫން.. އެކުވެރިކަމުގެ ގުޅުން ބަދަގި ނުކުރާށެކޭވެސް ނޫން. އެކަމު އިންޑިޔާ މިލިޓަރީ މިތަނަށް ގެނައުން ބަލައެއް ނުގަންނަމޭ، އެހީތަށްދީފަ އެކަމަށް ޑިމާންޑު ނުކުރަހަރޭ... އިންޑިއާ އައުޓޭ މިކިޔަނީ މިލިޓަރީ ބައިގަނޑު ބޭރުކުރަން.. އިންޑިއާ އެކަންޏެއް ނޫން އެއްވެސް މިލިޓަރީއެއް ތިބެން ރުހުމެއް ނުދެވޭނެ ހަމަ މިގޮތަށް އައުޓް ކިޔާނަން

  2. ވިސްނާލުމަށް އެދެމޭ

    އިތުރަށް ކުރާނެ ޝަރުތެއް އެބައޮތްތައް..އިންޑިއާ ބޭނުންވާ ހުރިހާ ޝަރުތެއް މިސަރު ކާރުން ފުއްދަދީފި...ދެންއޮތީ އިންޑިއާއިން ފެރީގަގެންނަމީހުން އާބާދު ކުރުން..އިންޑިއާ އައުޓް.. އިންޑިއާ ސިފައިން ބޭރު ކުރޭ....ޗައިނާއިން ތިންޕަސެންޓްގަ ލޯނު ނަގައިގެން ދިވެހިންނަ ދިހަޕަސެންޓްގަ ލޯނުދިނީމަ ކޮން ޝަރުތު ކޭ ކިޔާ ކަށް...

    51
    2
  3. ޔާމިން

    ބޭނުމެއްނޫން

    45
    2
  4. މާރިޔާ

    ގެރިމޯދީބޭނުމެއްނޫން އިންޑިޔާއައުޓް

    44
    1
  5. ޖިންނި

    އިންޑިއާގެ ދަނޑުވެރިން ލޯނު އަދާ ނުކުރެވިގެން އަމިއްލެއަށް މަރުވަނީ އެކަމު މި ގެރީން މި ބުނަނީ ރާއްޖެއަށް އެހީދިނީ އެއްވެސް ޝަރުތަކާނުލައޭ

    48
  6. އެހަނދާން

    އެދުމެއްނެތި ވެދުމެއް ނުކުރާނެ މިކަން ދެރަދުންވެސް ދަންނަންޖެހޭނެ އިންޑިއާގެ ފަގީރު އާބާދީއެއް އޮންނަ މައިސޫރަށް ތިޔަހާވަރަށް ފައިސާދިންނަމަ އެސިޓީގެރަށްޔަތުންނަށާއި ގައުމަށް ފައިދާވާނެ މިކަމުންވެސް ދޭހަވަނީ ބޮޑުވެގެންވާ އެދުމެއް އޮތްކަން ގައުމުގައި މިވަގުުުުު ރައީސަކަށް މީދާކޭ އުނބެއް ހުއްޓަސް ޒިންމާ ވާންޖެހޭނެ.

    34
  7. ކަޅުމަރިޔަނބު

    އަނބުރާ ދައްކަންޖެހޭނެކަމަށް ޝަރުތެއްނުކުރޭތޯ؟

    37
  8. ރަސްދޫ މުހައްމަދު

    ލޯނު ނަގައި އަރުމެން ވިއްކަނީ ދަރިފަސްކޮޅުވެސް ސަލާމްތް ނުވާވަރަށް..

    އަނެއްކޮޅުން މިވަރަށް އިންޑިޔާ ބޭރުކުރަން ގޮވަގަޮވާ ތިއްބާ ލޯނުންނަގާފައި ތިގޮތަށް ފޯޓު ސެޝަން ބޭއްވުމުގެ މާނަޔަކީ އަހަރުމެން ރައިޔަތުން މޫނު މަތީގައި ތަފާލެއް ޖެހުން ދޯ.؟

    އޯކޭ އަހަރުމެން މިތިބީ ބަލަން ކޮންދުވަހަކު ތޯ އަހަރުމެންނާއި ހަމަޔަށް ތީގެ ޖަވާބުދޭ ވަގުތު އަންނަނީ.. ވަރަށް ސަލާމް

    އަހަރެން ދެން އެމްޑީޕީއަކަށް ތާއީދެއް ނުކުރާނަން..

    #އިންޑިޔާ އައުޓު

    33
  9. ޢަނީ

    އިންޓްރަސްޓް ރޭޓް ރަނގަޅަށް ބަލާއިރު އެންގޭނެ ތީގެ ލުއިކަން. އެހާލުއިވަންޔާ ކީވެ ތަފްސީލް ނުދެނީ.

    27
  10. މުހައްމަދު

    ޢައްދާރުން ގެ ގުރޫޕު ޝަހިދު އިސްވެ ހުރެ ގައުމު ވިއްކަނީ..

    ލޯނު ނަގައި އަރުމެން ވިއްކަނީ ދަރިފަސްކޮޅުވެސް ސަލާމްތް ނުވާވަރަށް..

    އަނެއްކޮޅުން މިވަރަށް އިންޑިޔާ ބޭރުކުރަން ގޮވަގަޮވާ ތިއްބާ ލޯނުންނަގާފައި ތިގޮތަށް ފޯޓު ސެޝަން ބޭއްވުމުގެ މާނަޔަކީ އަހަރުމެން ރައިޔަތުން މޫނު މަތީގައި ތަފާލެއް ޖެހުން ދޯ.؟

    އޯކޭ އަހަރުމެން މިތިބީ ބަލަން ކޮންދުވަހަކު ތޯ އަހަރުމެންނާއި ހަމަޔަށް ތީގެ ޖަވާބުދޭ ވަގުތު އަންނަނީ.. ވަރަށް ސަލާމް

    އަހަރެން ދެން އެމްޑީޕީއަކަށް ތާއީދެއް ނުކުރާނަން..

    #އިންޑިޔާ އައުޓު

    27
  11. އަފީ

    ދިވެހި ސަރުކާރަށް ދިނީ އެހީ ތޯ؟ ނޫނީ ލޯނު ތޯ؟ މިކަން ސާފްނުވޭ! އިންޑިއާ އިން ބުނަނީ ބަޖެޓް ސަޕޯޓްގެ ގޮތު އެހީ ކަމަށް!

    22
  12. ށާހިދު

    ތިކަހަލަ ލުއި ލޯނުދޭ ބޭންކް އޮފް މޯލްޑިވްސް އިން ވެސް %12 އިންޓަރެސްޓާއި އެކު

    28
  13. ޢާމިރާ

    ހައިރާން ވެދާނެ. ތިބުނާއެއްޗަކުން ޝަރުތެއް ކުރާކަށް ނުޖެހޭނެތާ. އެވެރިން ބޭނުންކަމެއް ކުރެވޭގޮތަށް ހުޅުވާލާފައި އޮތްދުވަސްވަރަކު. ޢައްޑޫގަމަށްވެސް ބޭނުންވަރަކަށް އިންޑިއާ ސިފައިންނަށް އާދެވޭ.

  14. ރާއްޖެ

    ކޮން އެހީ އެކޭ ތި ކިޔަނީ. ތިއީ ލޯނު. ތި ކުރަނީ ވިޔަފާރި.

  15. އައުޓް

    އިންޑިއާ ދައްކާ ވާހަކަ މަމެން އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރަމޭ އިންޑިއާ އިން ހިލޭ އެހީގެ ގޮތުގައި ދިން ހެލިކޮޕްޓަރު ގަނޑު ތައް އަދިވެސް ދިވެހި ސަރުކާރާއި އެމެން ހަވާލު ނުކުރޭ އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް އިންޑިއާ ސިފައިން އައުޓް އިންޑިއާ އައުޓް

  16. ނަސީދު

    މިސަރުކާރުން ލޯނު ނެގީމާ ދަރިންގެ ދަރިން ނުދަރާނެބާ އެކަމަކު ޔާމިން ލޯނުނެގީމާ ދަރާވިކިފައި،

  17. ބެއްޔާ

    ދިވެހި ބަހުގައި އެހީ ކިޔަނީ އެ އެއްޗެއް އަނބުރާ ދައްކަން ނުޖެހޭ އެއްޗެއްސަށް. ލޯނަކީ ދަރަނި. ދަރަންޏަކީ އަނބުރާ ދައްކަންޖެހޭ އެއްޗެއް. އެހެންވީމާ ސުރޚީ ބަދަލުކުރޭ ދަރަނި ދިންކަމަށް. ބަލި މީހުންގެ ބޭސްފަރުވާ އަށް މީސްމީހުންދޭ އެހީގެ ފައިސާ ވެސް އަނބުރާ ދޭކަށް ނުބުނޭ.

  18. ރަބަރޭ

    ތިދަރަނި ދަންތުރާއިގަ ފިސާރިރީތިކޮށް ބަދެލާނެ ބަލަންތިބޭ

    އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް އިންޑިއާ އައުޓް

    12
  19. ޖޯން

    ދެން ކޮން ސަރުތެއްތޯ މިހާރު އޮންނާނީ. ރާއްޖޭގެ އުތުރާއި ދެކުނުގާ އިންޑިޔާސިފައިން ބައިތިއްބަށް އެމް.ޑީ.ޕީ ސަރުކާރުން އެއޮތީ ހުރިހާކަމެއް ނިންމާފަ. މިރާއްޖެ މިދަނީ އިންޑިޔާ ކަސްމީރުގޮތަށް ހަނގުރާމައިގެ ވިލާގަނޑެއްދަށަށް.

  20. ޖޯން

    ސަރުތަކާނުލަޔޯ، ފޯޓޯގައިއެފެންނަ ޗެކުގެ ތިރީގައި އެއޮތީ އެސް.ބީ.އައިގެ ލޯގޯ. ތިޔައީ އެސްބީއައިއިން ނަގާފަވާ ލޯނެއް. ތިކަހަލަ މޮޅުވާކަ ދައްކާ މޮޔަހައްދަން އުޅެބަލަ އެމް.ޑީ.ޕީގެ ސިހުރުގައި ޖެހިފަވާ މީހުންނަށް.

  21. އޮރެންޖު

    މޯދީ އަށް ޓެގް ކޮށްފަ ޓްވީޓް އެއް ކޮށްލާދީބަލަ އިންޑިޔާ ރައްޔިތުން ބަނޑަށް ޖެހިފަތިއްބާ ކޮންކަމެއް ހާސިލް ކުރަންތޯ ރާއްޖެ އަށް އެވަރަށް ލޯނު ދެނީ. "އިންޑިއަން މިލިޓްރީ ބޭރުކުރޭ"

    14
  22. Anonymous

    އެޗް ޕީ އޭ ގެ މިންގަޑުތަކަށް ތަބާވުމުގެ ގޮތުން ފޮޓޯ އަކަށް ކުރިމަތިލާއިގެން

  23. ރޯދަމުބާރަކް!

    ފައިބާ! ފައިބާ! ޢަމީތާބު ފައިބާ! މީ ޖަޒީރާ ގައުމު! ފައިބާ! ނޫނީ މަލިކު އަތުލަންޖެހިދާނެ!

  24. ފާއިޒް

    ޗައިނާއިން ވީމަ ލޯނު އިންޑިޔާއިން ވީމަ ހިލޭ އެހީ އެކަމަކު އިންށިޔާ އޮތީ ރާއްޖެ އަށްވުރެ ހާލުގަ.. އެން ވެރިކަމައް އަންނަ ބަޔަކު ޖެހޭނީ ރާއްޖޭގެ އެއްބައި އިންޑިޔާ އަށް ދީގެން ސަލާމަތް ވާން..

  25. ސަޓޯ

    ބޮލެއް ހުރި މީހެއް ނަމަ އެނގޭ ތީގަ ވަރަށް ބޮޑު ގޯހެއް އުޅޭނެ ކަން !!!