ރާއްޖެ އަށް އެކުވެރިއަކު ބޭނުންވާ ކޮންމެ ފަހަރަކު އިންޑިއާ އަބަދުވެސް ގާތް އެކުވެރިއެއްގެ ގޮތުގައި އޮންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެގޮތަށް ވިދާޅުވީ، ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގްތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ދީފައި ވަނިކޮށެވެ.

އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖެއަށް އެހީތެރިކަމެއް ބޭނުންވާ ކޮންމެ ވަގުތަކު ގާތް އެކުވެރިއެއްގެ ގޮތުގައި އިންޑިއާ އަބަދުވެސް އޮންނަ ކަމަށެވެ. އިންޑިއާ އިން މި ފަހުން ދިން އެހީތެރިކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ސަރުކާރާއި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިންޑިއާއިން ރާއްޖެ އަށް ދިން 250 މިލިޔަން ޑޮލަރުގެ ލޯނަކީ އިންޑިއާއިން ބުނިގޮތުގައި އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކަކަށް އެއްބަސްވެގެން ދިން ލޯނެކެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެ ލޯނު ދިނީ ބޮންޑް ގަތުމުގެ އުސޫލުން، 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

މިއީ އިންޓަރެސްޓް ރޭޓް ކުޑަކޮށް ފޯރުކޯށްދޭ "ސޮފްޓް ލޯނެއް" ކަމަށް ހައި ކޮމިޝަނުން ވިދާޅުވިއެވެ.

ރާއްޖެ އަށް 250 މިލިޔަން ޑޮލަރުގެ ލޯނެއް ދޭނެކަން އިންޑިއާއިން ކުރިން ވަނީ އިއުލާނުކޮށްފައެވެ. އެކަން އިއުލާނުކުރެއްވީ އެ ގައުމުގެ އެކްްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބޭއްވެވި ވާޗުއަލް ބައްދަލުވުމެެއްގައެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މިދިޔަ ހަފްތާގައި "ވަގުތަށް" ވިދާޅުވީ އިންޑިއާ ސަރުކާރުގެ ސިޔާސަތަކީ ރާއްޖެއާ އަވަށްޓެރި ގައުމެއްގެ ގޮތުގައި އިންޑިއާ އޮވެ، ދިވެހި އިގްތިސާދު ވަރުގަދަ ކުރުން ކަމަށެވެ. ސަފީރު ގަބޫލު ކުރައްވާ ގޮތުގައި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އިންޑިއާގެ ބޭނުމަކީ ދިވެހި އިގްތިސާދު އާރާސްތުކޮށް ދިނުމުގައި ބައިވެރިއަކަށް ވުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. Anonymous

    ކަލޭތީ އަޅެއްކަން ހިތަށް އަރާފަ ލަދެއް ނުގަނޭތަ؟ މިމީހުންނކީ ދީނަ ގައުމާ ގައމުގެ ރައްޔިތުންގެވެސް ދުޝްމަނުން. #އިންޑިޔާ އައުޓް

    53
  2. އިބްރާ

    އިންޑިއާ އެމްބަސީ ކުރިމަތީ ވިސާއަށް އެދި އާދޭސްކުރިއިރު އިންޑިއާ ކޮބައިތޯ؟ ކޮންސްޓްރަކްޝަން މެޓީރިއަލްސް ކޯޓާ ކެންސަލްކުރިއިރު މޯޑީ ކޮބައިތޯ؟

    53
    1
  3. ޕުތުރީ

    ޙަކު ރު ދިނީމަ ބޮޑުބޭބެ. ޢެއީ އިންޑިޔާ ނޫނަސް. މިފަހަރު ދެއްވަނީ ކޮން އެއްޗެއްތޯ. ކު ރީ ބު ރުދެެ އްވީ އެއަ ރ ޕޯޓް

    46
  4. މާމީ

    ކަލޭމެން ޔާމީނުގެ ވެރިކަން ފޭރިގަންނަން ވެގެން ހުރިހާ ފައިސާއެއް ޚަރަދު ކޮއް އެޖެންޓުން ފޮނުވާ ހެދީ ތިބުނާ އެކުވެރިޔާ ވީމަ މިހާރު މުޅިގައުމު ރައްޔިތުން ނާ އެއްކޮއް ތިޔަ އެކުވެރިއާ އައް ތިޔަދިނީ. ވެދުން

    50
  5. ކޮއިމަލާ

    އިބުރާހީމާ ކަލެޔަކީ އިލްމެއް ނެތްތަނުގާ ހިލްމެއްވެސް ހުރިމީހެއްނޫން ތިކަހަލަ ބޮޑުވަޒީރަކު މިދޭތެރޭ އިންޑޮނޭޝިޔާގަ ރައީސްކަންކުރި އޭނަގެ ނަމަކީ އަބުދުއްރަހުމާނު ވާހިދު

  6. ލާލު

    ރައީސް ސޯލިހަކީ އިންޑިޔާމީހުން ގެންގުޅޭ ކުޑަ ބޭބީ ބޯއި

    34
  7. Anonymous

    # އިންޑިއާ އައުޓް މިހާރުން މިހާރައް އިބޫ ބޮޑުވަގު އިސްތިޔުފާ

  8. މޫސަ

    އަހަރެމެން ހަލާކު!

  9. Happy

    ތެންކިޔު އިންޑީޔާ❤️🇮🇳

  10. ސަލާމްބެ

    އުރިހާ ހާލަތެއްގަވެސް އިންޑިއާ އޮތް،އެއީ މައްސަލައަކަށްވެގެން މިރާއްޖޭގެރައްޔިތުން އުޅުނީކޮންއިރެއްގަތޯ؟ މިއަދުމިގަުއމުގެއަމިއްލަ މިނިވަންކަމާ އިސްތިގްލާލްއަށް އުނިކަމެއް ލިބިދާނެ ކަންތައްތަކެއްކޮށް ދެގަުއމައްވެސް ގެއްލުންވެދާނެތީ ގައުމުދެކެ އިންތިހާއަށް ލޯބިވާ ދިވެހިރައްޔިތުން ކަންބޮޑުވޭ. އަދިއެކަންބޮޑުވުންތައް ފިލުވުގެ އެއްވެސް ގާބިލްކަމެއް މިއަދުގެ ދިވެހިސަރުކާރަކުނެތް .އިންޑިއާ އޮތްއޮތުމެއްގެމާނައަކީ
    މުޅިގައުމާ ރައްޔިތުންނާ ގައުމުގެ މިނިވަންކަމާ އިސްތިގުލާލް
    ދޮލަނގަކަށް ލާފަ އިންޑިއާ އަށް ވެދުމައް އަރުވަން ވީއޭތޯ؟
    އެއީދުނިޔޭގެ،ހަމަބުއްދިއިސްކުރާ ނުވަތައަމިއްލަގައުމުއިސްކުރާ ރައްޔިތަކުއުޅޭ ކޮންގައުމަކުން ކުރާނެ އަދި ކުރިކަމެއްތޯ އާއި މެދުވެސްވިސްނާކަށް ނުޖެހޭނެތޯ ؟ މިއަދު ގައުމު ހިންގުމާ
    ހަވާލުވެ ތިބިވެރީން ނަކީ ބުއްދިހަމަޖެހޭ ސަލާ.ަތުން ތިބި ބައެއްތޯއާއި މެދު މިރާއްޖޭގެ ރައްޔިތުންގެ މެދުގަ ސުވާލު އުފެދޭ.

  11. ޙުސެން

    ބަލަ އިބޫ އެކަނި ބޭނުންވާ ގޮތަކައް ގައުމު ހިންގޭނެތަ ރައްޔިތުމީހާކޮބާ

    4
    1
  12. އިބްރިހިމް ބެއްޔާ

    ކޮބާތޯ ދި ދެއްވާ ޑޮލަރ ބޮނޑީތައް ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟އޭގެ ރަހަ ރައްޔިތުން ކަރުބުޑުގައިވެސް ނުލާނެ ހެން ހީވަނީ ،، ރައްޔިތުން ހަނާވަނީ ތަކެތީގެ އަގު އިންތިހާއަށް ، އެހީތައް އޮބި ނޯންނަވަރަށް އޮހެމުންދޭ ، ދޮގެއްތޯ، ރަނގަޅު އެޖެންޑާ 19 ތަފާތުވާނެ އެކަން 2023 ގައިވެސް ފެންނާނެ ،،،

  13. ހަވާސާ އިބޫ

    އިންޑިޔާ ބޭނުންވަނީ ސާކުގެ ހުރިހާ ގައުމުތަކެއްވެސް އިންޑިޔާއަށް އަޅުވެތިވާން ސާކުގެ ގައުމުތަކުން އިންޑިޔާއަށް އަޅުވެތި ނުކުރެވިއޮތީ ޕާކިސްތާނާ ދިވެހިރާއްޖެޔާ ސްރީލްކާ މި3 ގައުމަށް އަބަދުވެސް ފާރަލަނެ އިންޑިޔާން

  14. ޒީރޯ މެގަ ޕްރޮޖެކްޓްސް

    މިސަރުކާރު އައިފަހުން މުޅިން އިންޑިއާ އިންޑިއާ ކިޔަ ކިޔަ ތިއްބާ މިފަސް އަހަރު ނިމިގެންދަނީ.. އެކަމަކުވާ ހާދަ ވަރުގަދަ ޑީލް އެކޭ ދޯ އިންޑިއާ އެކު ހަދައިގެން ތިއުޅުއްވަނީ.

  15. ވިސްނާލުމަށް އެދެމޭ

    ރާއްޖެއާ ދެ ކޮޅީ ކޮންބައެއްތޯ ބަލާލި ކޮއްމެފަހަރަ ކުވެސް ފެންނަން އޮންނަނީ އިންޑިއާ...ރާއްޖޭގެ މިނިވަން ކަން ގެއްލުވާލި ކޮއްމެފަހަރަ ކުވެސް އިންޑިއާ ދެ ކޮޅަށް ދިވެހިން ހަގުރާމަ ކޮއްފައޮތީ...ދިވެހިންގެ މިނިވަން ކަމާ އަޅުވެތި ކަމާ ސުވާލު އުފައްދާ ގައުމަ ކީ އިންޑިއާ...އިބުރާހިމު މުހައްމަދު ސޯލިހު ދިވެހިތާރީޙު ނު ކިޔަވާ ކަން އެގެނީ...ދިވެހިތާރީޙު ކިޔެވި މީހަ ކު އިންޑިއާގެ ވިސްނުން ދިވެހިންނާމެދު އޮންނަގޮތް ސާފުވާނެ..

  16. އަލީ

    ފެންދީފަ ކަތިލަނީ.... އިންޑިއާ އެތައް ރައްޔިތުންނެއް ޒަރޫރީ ކަންކަމުން (ސާފު ފެން، ކަރަންޓު، ފާހާނާގެ ނިޒާމް) މަހުރޫމް ވެފައި ވާ އިރު ރާއްޖެއަށް ހަމަ ދެނީދެނީ ދޯ.. އަދި މިދުވަސްކޮޅަށް ގިނައީ.. ދިވެހިރާއްޖެ ކުޑަ ކުޑަ ކުއްޖަކަށް ހަދައިން ކުޅޭ އެއްޗިސް އަދި މެޓާ ދީ ހައްދައިގެން.. އަނެއް ބަޔަކު ބޯދާ މީހުންހެން ތައުރީފު އޮއްސަނީ.. ދެން ތިބި މީހުން ގޭ ބިއްދަށުން ކުރުނބާ އެހާ ކަނޑާލައިގެން ބަޗަނީ..