އުރެދުމެއް ނުވާ ކޮންމެ ކަމެއްގައި ވަލީޔުލް އަމުރަށް (ވެރި މީހާ) ތަބާވާންޖެހޭ ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް ޝައިޚް ޢަބްދުﷲ ބިން ޖަނާބު ވިދާޅުވެއްޖެއެވެ.
ޝައިހް އަބްދުﷲ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަލިޔުލް އަމުރާއި މެދު އަހްލުއްސުއްނަތް ވަލް ޖަމާއަތުގެ އަގީދާ އަކީ، މާތްﷲ އަށް އުރެދުމަކަށް ނުވާ ކޮންމެ ކަމެއްގައި ވަލިޔުލް އަމުރުގެ އަމުރަށް ތަބާވުން ކަމަށެވެ.
WALIYYUL AMRU aa medhu Ahlussunath wal jamaa athge Àqeedhā akee; Gadhakeerithiwantha Allah ah Uredhumakah nuwaa kommme kameggai waliyyul amruge amurah thabaawun.
EynāgeKibain Kufuru Faalhuga nufennahā hidhaku eynā ge macchah khurooj HuddhaNUWUN.
@JamiyyathSalaf— Abdullah bin janaab (@binjanaab) February 17, 2018
ޝައިހް އަބްދުﷲ މިހެން ވިދާޅުވެފައިވާއިރު ވެރިމީހާ ކުފުރަށް ދައުވަތު ނުދެނީސް ވެރިކަން ވައްޓާލައިގެން ނުވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް ހުސެއިން ރަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ޝެއިހް ހުސެއިން ވިދާޅުވީ ވެރިމީހާއަކީ ރައްޔިތުންގެ މުދާ ފޭރޭ މީހެއްކަމުގައި ވިޔަސް އަދި ރައްޔިތުންނަށް އަނިޔާވެރި ދީނާއި ދުރު މީހެއްކަމުގައި ވިޔަސް ރައްޔިތުންނަށް ކުފުރަށް ދައުވަތު ނުދޭހާ ހިނދަކު ނުވަތަ ކުފުރަށް އިއުލާން ނުކުރާހާ ހިނދަކު ވެރިކަމާއި ދެކޮޅަށް ތެދުވެ ވެރިކަން ވަށްޓާލައިގެން ނުވާނެ ކަމަށެވެ.
"ތިމާގެ ވެރިމީހާއަކީ ތިމާމެންގެ މުދާ ފޭރޭ މީހެއްކަމުގައި ވިޔަސް އަދި ތިމާމެންނަށް އަނިޔާ ކުރާ މީހެއް ކަމުގައި ވިޔަސް އަދި ތިމާމެންގެ ދީނީ ކަންކަމަށް ކިތަންމެ ފަރުވާ ކުޑަ މީހެއް ކަމުގައި ވިޔަސް އެ ވެރިޔާ ކުފުރަށް އިއުލާނު ނުކުރަނީސް ވެރިމީހާއި ދެކޮޅަށް ނުކުމެގެން ނުވާނެ" ޝެއިހް ހުސެއިން ވިދާޅުވެފައެވެ.
ރަނގަޅު ވަގުތުގެ ނޫސްވެރިން. ޝޭޚުންގެ ބަސް ކުރިން ވިދާޅުވެފަ ހުރި ޢިބާރާތްތައް އެބަޖެހޭ ތަކުރާރުކުރަން. ދީނާ ސިޔާސަތަކީ އިސްލާމް ދީނުގައި ވަރަށް ބަދަހި ގުޅުމެއްވާ އެކައްޗެއް.
އަސްލު ގޮތަކީ މިއެވެ. ހަމަ "ބަހަނާ އެއް" ދައްކާފައި ނުވަތަ މައްސަލަ ތަކެއް ފެމްމަތި ކޮށްލާ ކޮންމެފަހަރަކު ވެރިކަން ވައްޓާލަން ނުކުތުމަކީ ދީނުގައި ނަހީ ކުރައްވާފައިވާ ކަމެކެވެ.މުޖްތަމައު ގެ ހަމަޖެހުމާ ސުލްހަ މަސަލަސް ދެމެހެއްޓުމަށް ޓަކައި ދިނުގައި ލައްވާފައިވާ ހަރުދަނާ އުސޫލެކެވެ.
ތިބުނީ ސަލަފަށް ރަނގަޅޭ ޔާމީން ނުހައްގުން މީހުނަށްދޭ އަދަބުތަށް... 1 މެ ހުކުމެއް ޝަރުއީ ހަމަތަކުން ކުރީމަ ގާޒީން ވަގައްނެގުންވެސް އޯކޭ ދޯ.... އަނިޔާވެރި ވެރިންނަށް ނޫނެކޭ ބުނުންވެސް އަދި އަނިޔާވެރި ވެރިންނާ ދެކޮޅަށް ކުރާ ޖިހާދުވެސް ކަމަކުނުދޭ... މިހެންވީމަ ސަލަފްކަހަލަ ރަނގަޅު ދީނީ ޖަމިއްޔާއަށް މީހުން އޮންނަ ލޯބި ގެއްލެނީ. ސަލަފުން ނުޖެހޭ ސިޔާސީ ކަންކަމުގެ ތެރަށް ވަންނާކަށް ސަރުކާރުން ކިތަންމެ ޕްރެޝަރ ކުރިޔަސް.
އިސްލާމީ ޝަރީއަތުގައި ބަޢާވާތް ކުރުމުގެ އަދަބު ލިބެން ޖެހޭނެ.. އެ ޢާޒީ އެއްވިޔަސް އާންމުންގެ މީހެއް ވިޔަސް އަންނި ވިޔަސް މައުމޫނަސް ގާސިމައްވިޔަސް
ހެހޭ:ކީއްކުރާނީދޯ!
ޖަނާބު ޝެޙަށް ވެސް މަޖުބުރުވެއްޖެ ހިތާދެކޮޅަށްވެސް ޙައްގު ބަޔާންކުރަން
މުސްލިމު ވެރިޔާ އާއި ދެކޮޅަށް މުަޒާހަރާކުރުންވެސް ހަލާލެއްނުވާނެ އިގޭތޯ ޝޭޙް.
ކަލޭތިީ ހަމަ ގަމާރެއްތަ؟ ދީނުގަ ކަން ކަން ސާފު.. ކަލޭގެ ހިތާ ދެކޮޅަސް މީ ހަގީގަތަކީ
މިސިޔާސީ ޖާހިލުން ޚުތުބާއަށް ވެސް ފާޑުކިޔަން ފެށީ ދޯ ވެރިކަމަކީ ވެރިންނަކީ ކޮބައިކަން ވެސް ނޭނގޭ ޖާހިލުން މިއުޅެނީ ވެރިމީހާ ގޯސްއަމުރެށްކޮށްފިނަމަ އެޔަކަށް ތަބާވެގެންނުވާނެ ވެރިންނަށް ތަބާވާންޖެހޭ ވާހަކަ އައިމަ ހީވަނީ ރައީސްގެ ވާހަކަ ކަމަށް ދަރިން މައިން ބަފައިން ނަށް ތަބާވާންޖެހޭ ބުނާއިރަށް ބުނަންވީދޯ ގޯސްއަމުރެށްކޮށްފިއްޔާ ތަބާނުވާށޭ ބުނާކަށް ނުޖެހޭނެ އެގޮތަކަށް ސިޔާސީވެގެން ގޮސް ގައުމު ހަލާކު ކޮށްލަނީ މިއުޅޭ ރާއްޖެޓީވީ އިން ކުރިންރެޔަކުވެސް ޖޯކުޖަހަނީ ޔާމިނުބުނި އެއްޗަކަށް ބުނީ އިރާދަފުޅުން އަހއރެންގެ ވެރިކަން ސަލާމްވީ އޭ ބުނީމަ ޖެހިޖޯކު އެބެލިމީހުނަށް އެނގޭނެ
ލޮބުވެތި ސޭހުންނޭ ތިހެންވިދާޅުވަނިކޮން މަރުގެ އިންޒާރުދީފާނެ..
އަހަރުން ތީ ބައެއް ކަމަށް ނުބަލަން
އޯކޭ ނުބެލިޔަސް
މުސްލިމުވެރިޔާ އާއި ދެކޮޅަށް އެއްވެސް ބާވަތެއްގެ މުޒާހަރާއެއްކުރުންވެސް ހަލާލެއްނުވާނެ އަދި ބަޔަކު މީހުންގާތުގައި މުޒާހަރާ ކޮއްދޭން އެދުންވެސް ހުއްދަނުވާނެ ކަން ޖަމިއްޔަތުއްސަލަފުގެ ރައީސްދައްނާނެއެވެ
ވީމާ މިކާމާއި ގުޅޭ ގޮތުންވެސް ޓުވީޓްނުކުރެއްވީ ކީއްވެތޯ؟؟؟
.ވީމާ ނަޝީދު ވެރިކަމަށް އިއާދަކޮށް އޭގެ ފަހުން އައިވެރިންނާ ވަޒީރުންގެ މުސާރަ އަތުލައި ދައުލަތަށް ޖަމާކޮށް ޝަރީޢަތްކުރަން އެބަޖެހޭ.
އިންޑިޔާގެ ފައްޅިއެއްގެ ވެރިކަން ތިބުނާ ނަޝީދަށް ހަމަޖައްސައިދީބަ އެތަން ހަވާލު ކުރިއަސް ނުހިންގިގެން އިސްތިއުފާ ދީފަ ބުނާނެ ފާދިރީންތައް ބަޣާވާތް ކުރިއްޔޭ އެވަރު މީހެއްގެ ވާހަކަ ނުދެއްކުން މާ ރަނގަޅު، އަހަރެމެން ކުޑައިރު ވިސްނާދީފަ އޮންނަނީ މައުމޫނު ނޫނިއްޔާ ވެރިކަން ކުރެވޭނެ މީހެއް ނުހުންނާނޭ ކަލޯއަށް އެހެންވީތަ ނަޝިދު އޭ ތިކިޔަނީ؟؟؟؟
ވަލީއުލްއަމްރަކީ ކިހާވަރެއްގެ މީހެއްކަން އިސްލާމުން ހެޔޮހިތުން ގަބޫލް ކުރަންޖެހޭ. މިހާރު ރާއްޖޭގެ ވަލީއުލްއަމްރަކީ އިސްލާމްދީނަށް ލޯބިކުރާ ބޭފުޅެއް . މީ އަޅުގަނޑުމެންނަށް ހުރި ނަސީބެއް. ފަލަސްތީނުގެ މައްސަލައިގައިވެސް ފާޅުގަ ތާއީދު ކުރައްވާ ބޭފުޅެއް.
ތިޔައީސިޔާސީ ޝެއިހުން
ސިޔާސީޝެއިހުން
މިއަދު ތިހެން ކިޔަން އެގުނީ ކުރިން އޯކޭ ދޯ ......
ވައްކަން އާއްމުކޮށް އަނިޔާ އާއްމުކޮށް އަދުލު އިންސާފު އެކޮޅުކޮޅުން ޖަހާލުމަކީވެސް ދީނީގޮތުން އުރެދުމެއް ނުވާ ކަންކަންތޯ؟
ސަލަފު ޖަމުއްޔާ ބޭނުންވާ ވެރިޔަކު ވެރިކަމުން ދުރުކުރަން ވީމާ ހުރިހާކަމެއް ހުންނަނީ ފުރިހަމަވެފާ
ނަސީދް ވެރިކަމުން ވަޓާލީކީވެތަ؟ އޭރަކު އިލްމުވެރިން ނެތީތަރާޖެ ގަ؟
ނަޝީދުގެ ވެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުތީ އޭނާ ކުފުރު ވުމުން! ބޯންވާނެއޭ ބޮވެންވާނެއޭ ނުބޮއެ ދޫކޮށްލައިފިނަމަ ކަމަކުނުދާނެއޭ ފާޅުގައި ގޮވި.. އަދި އެހެން ދީންތަކަށް މިޤައުމުން ޖާގަ ދެވެންވާނެކަމަށް ދުނިޔޭގެ ކުރިމަތީގައި ގޮވަމުން ގެންދިޔަ.. މިއީ ދުވާލު މެންދުރުހާ ސާފުކަމެއް.. އެހެންނޫނަސް އެއީ އަމިއްލައަށް އިސްތިއުފާ ދީފަ ފިލައިގެން ގޮސްފަ ހުރި ބޮޑު ފިނޑިއެއް.. އެފަދަ ވެރިޔަކަށް, ދިވެހި ރައްޔިތަކަށް ވެ ހުރެ ރުޙުމެއް އަހަރެން ނުދޭނަން!! ވަރަށް ސާފު!!
2012 ގަ ތިޔަކަން ކިހިނެއް އޮތީ ؟ ދީނާ ގައުމަށްޓަކާ ޖީބަށްޓަކާ ؟
ދީނާ ނުގެޅި ބަލަ . ދީނާ ސިޔާސަތު ނޭގި އަނގަ ނާރުވަބަލަ. ތުނބުޅި ހުރެގެން އެދުރު ވާނަމަ މަވެސް މީ އެދުރެއް.
"އުރެދުން" މިބަހުގެ މާނަ ތަފްޞީލް ކޮށްދީބަލަ. ﷲ ނަހީކުރެއްވި ކޮންމެ ކަމެއް ކުރުމަކީ އެކަލާނގެއަށް އުރެދުމެއް ނޫންތޯ؟ ވައްކަންކުރުން، މީހުންނަށް އަނިޔާވެރިވުން، ބާޠިލު ގޮތުގައި މުދާކެއުން، ޙައްޤުވާ މީހުންނަށް ޙައްޤު ނުދީ ޙައްޤު ނުވާ މީހުންނަށް ދިނުން، އަމާނާތަށް ޚިޔާނާތްތެރިވުން މިހުންނަނީ އުރެދުމެއް ނޫންތޯ. މިފަދަ ކަންކަން ކުރުމާއި، މިފަދަ ކަންކަން ކުރާ މީހުންނަށް އެއްބާރުލުން ދިނުމާއި، އެފަދަ މީހުން ދިފާޢުކުރުމަކީ ހަމަ ކުރަންޖެހޭނެ ކަމެއްތޯ؟
ބަލަ ވެރިކަމުނ ބާލަން ވީމަ ދޯ ދީން ތިއަންނަނީ މިތަނުގަ މިވެެިކަން ހަވާލުކުރަނީ ރައްޔިތުންނާ ވެވޭ އެއްބަސްވުމެއްގެ ދަށުން އެއިގަވާނެ ވަކި ކުރެވޭގޮތްވެސް އަދި ރައްޔިތުންގެ ދައުރުވެސް އެއީ ޤާނޫން އަސާސީ