މާލެ ވެސްޓް ޕާކް ސަރަހަައްދަށް ސްނޯކްލިންގއަށް ގޮސް އުޅެނިކޮށް ގެއްލުނު ޒުވާނާ ނިޔާވެފައި އޮއްވާ ފެނިއްޖެ އެވެ.

ގެއްލިގެން އެމްއެންޑީއެފް އިން ހޯދަމުން ދިޔައީ މ. ބޮއިލިންގ ފިޝް ޝައްފާން ރަޝީދު (24އ) އެވެ.

އޭނާ އަކީ މިއަދު ހެނދުނު 11:00 ހާއިރު ވްސްޓް ޕާކް ސަރަހައްދަށް ސްނޯކްލިންގއަށް ދިޔަ މީހެކެވެ.

އޭނާ ގެއްލިގެން ރިޕޯޓްކޮށްފައި ވަނީ މިއަދު 16:36 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ. އޭނާ ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ޑައިވަރުންނާއި އާއްމު ޑައިވަރުންވެސް ކޮށްފައި ވެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ ހަށިގަނޑު މޫދުން އަޑިން އާއްމުންގެ ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ހަށިގަނޑު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާގެ ހަށިގަނޑު ފެނުނީ 12.1 މީޓަރު އަޑީގައި އޮއްވާ ކަމަށެވެ.

މީގެ ކުރިންވެސް ސްނޯކްލިންގއަށް ގޮސްގެން އުޅެނިކޮށް ހިތާމެވެރި ހާދިސާތައް ހިނގާފައި އެބަހުއްޓެވެ.