ރާއްޖެ އާއި އިންޑިއާއާ ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމާ ގުޅިގެން ރާއްޖެ އިން ލިބެން ހުރި ބައެއް ތަކެތި އިންޑިއާ އަށް އެކްސްޕޯޓު ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ މަކުނުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރާއީ މިއަދު ވިދާޅުވެއްޖެއެވެ.
"އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ކާގޯ ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ. އަދި އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ. ފެރީ ފުރަތަމަ ފުރައިގެން އިންޑިއާގެ ޓުޓިކޮރަން އިން ދާނީ ކޮޗިންއަށެވެ. އޭގެ ފަހުގައި، އެންމެ ފުރަތަމަ އަންނާނީ ހދ. ކުޅުދުއްފުއްޓަށެވެ. ކުޅުދުއްފުއްޓަށް ފަހު، ފެރީ އަންނާނީ މާލެއަށެވެ.
ކޮޗިން ފެރީ އެކްސްޕޯޓުއަށް ހުޅުވުނު އާ ދޮރު، ކާށި، ރޯނު،ފަން، ބޮލި،ލޮނުމަސް، ހިކިމަސް، ރަށުގައި އުފައްދާ ކާތަކެތި (ކާޖާ) ޕެކެޓް ކޮއްފައި، އަދި ބާދަނގަޑު، މުޅި ރާއްޖޭގެ ރައްޔިތުންނަށް ފަހިވެގެންދާ ފަހި ފުރުސަތެއް. 🙏 @ibusolih https://t.co/rdfKsQjPGm
— Mohamed Raee / Makunudhoo Constituency (@Mraee12) September 21, 2020
މި ފެރީގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އުފުލޭނެ ކަމަށް ލަފާ ކުރެވެއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ބޭހާއި އަންނައުނާއި ފަރުނީޗަރާއި ދަގަނޑާއި އިލެކްޓްރޯނިކް ސާމާނާއި ވެހިކަލް ފަދަ މުދާތައް ހިމެނެއެވެ. އަދި މި ފެރީ މެދުވެރިކޮށް، ރާއްޖޭގައި އުފައްދާ ބައެއް ތަކެތި އިންޑިއާ އަށާއި ޔޫރަޕްގެ އެކިއެކި ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް މަގުފަހިވާނެއެވެ.
ރާއީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ކޮޗިން ފެރީއަކީ" އެކްސްޕޯޓަށް ހުޅުވުނު ދޮރެއް ކަމަށެވެ.
ވަރަށް ބޮޑަށް ޝުކުރިއްޔާ 🙏 @MohamedNasheed @abdulla_shahid @faya_i @aishath_nahula https://t.co/tnUeKuOScb
— Mohamed Raee / Makunudhoo Constituency (@Mraee12) September 21, 2020
އެގޮތުން ކާށި، ރޯނު، ފަން، ބޮލި، ލޮނުމަސް، ހިކިމަސް، ރަށުގައި އުފައްދާ ކާތަކެތި (ކާޖާ) ޕެކެޓް ކޮށްފައި އަދި ބާ ދަގަނޑު އެކްސްޕޯޓް ކުރުމުގެ ފުރުސަތު ދިވެހިންނަށް އޮންނާނެ ކަން ރާއީގެ ޓުވީޓުގައި ފާހަގަ ކުރެއްވިއެވެ.
އޭގެ ފަހުގައި ރާއީ ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ޓެގް ކުރައްވައި އެ ބޭފުޅުންނަށް ޝުކުރު ދަންނަވައިފައެވެ.
އިންޑިއާ އާއި ރާއްޖެއާ ދެމެދު އެކި ގޮތް ގޮތުން ވިޔަފާރީގެ ގުޅުން ގާއިމްކޮށްފައި އޮންނަތާ އެތައް އަހަރެއްވެއްޖެއެވެ. އިންޑިއާގެ ހައި ކޮމިޝަނުން ވިދާޅުވި ގޮތުގައި ކާގޯ ފެރީ ހިދުމަތުގެ އަމާޒަކީ ދެ ގައުމުގެ މެދުގައިވާ ވިޔަފާރީގެ ގުޅުން ބަދަހިކޮށް ދެ ފަރާތަށް ދިމާވާ ލޮޖިސްޓިކްސްގެ ދަތިކަން ފަސޭހަ ކުރުމެވެ.
މިދިޔަ ހޯމަ ދުވަހު "ވަގުތަށް" ދެއްވި އިންޓަވިއުއެއްގައި އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ ގުޅުން ބާއްވަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ އިރު، ކާގޯ ފެރީގެ ހިދުމަތް ފެށުމަކީ ދިވެހިންނަށް އެތައް ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ. ހާއްސަކޮށް، ދިވެހި އުފެއްދުންތައް ޔޫރަޕަށާއި އޭޝިއާގެ ސަރަހައްދުތަކަށް އެކްސްޕޯޓު ކުރުމަށް މިއީ ހުޅުވޭނެ ދޮރެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ކާގޯ ފެރީގެ ސަބަބުން ރާއްޖެ އިން އެކްސްޕޯޓް ކުރާ މުދާތައް ހަމައެކަނި ދާނީ އިންޑިއާ އަށް އެކަނި ނޫން ކަމަށް ސަފީރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރާއްޖޭގެ މުދާތައް އެހެން ގައުމުތަކަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮބާ ފެން ފޯއް ވިއްކޭނެތަ ފެންފޯއް ސަރުކާރު މުޅި މާލެ ވަށާ ފެންފޯއް އިންދަންވީނު ބަބުކޭލާ ވަރަށްފައިދާވާނެ
ކޮއްކޮމެނޭ ޖަޒީރާ ވަންތަކަމޭ ފަހަތަށް 50 އަހަރު އަހރުމެން ކާފަ ކާފަ ދަރ=ތުރުކުރި ބޮލި ހިފައިގެން އެދުވަސްތަމީ
ކުމުންދޫ މީހެއްވިއްޔާ ރާއީ ދަންނާނެ! ރާއީމެންގެ "ސިއްރު"ވިޔަފާރި މުޅި ތިލަދުންމައްޗައް ފުޅާކުރެވޭނެތީ މިހާރު އެހުރީ ވަރަށްއުފަލުންނެވެ.
ކާށި ފަން ބޮލި މިތަކެތި މިއުޅެނީ ގިނަވެގެންތޯ. ކަނޑުކޮސް ވާހަކަ ނުދައްކާ ހުރިއްޔާ މާރަގަޅުވާނެ.
މިހާރުވެސް މިއުޅެނީ ކާލާނެކާއްޓެއް 5 ރުފިޔާއައްވެސް ނުލިބިގެން އަމުދުން ރޯދަމަހު 10ރ 15ރ އައްވެސް އަރައިގެންއެބަދޭ ދެންނުލިބޭނެ ގަންނަންވެސްް ދާންޖެހޭނީ ދެކޮޅު ޓިކެޓު ނަގައިގެން އިންޑިއާއައް ކާށިގަންނަން😡
ރާއީ ކަލޭހަމަތަ.!؟
ކަލޯ ތި އުޅެނީ 21 ވަނަ ޤަރުގަ ކަން އެނގޭތަ؟؟؟ މިކަހަލަ ގަމާރު މީހުން މިއުޅެނީ ގާނޫނު ހަދާ މަޖިލީހުގަ..
ރާއި މޮޔަފުލުވީތޯއެވެ ތިކީހުރިހާއެޗެވެ އިންޑަޔާގާ މާއަގުހިޔޮ
ކަލޭ ދޭބަލަ ތިތާ ރައްޔިތުންގެ ލޭބޯން ނޫޅެ ބޮލި ހިލަން މަކުނުދޫއަށް. މިމޮޔަމީހާއަށް ނޭނގޭތަ މީ ބޮލި ހިލާ ޒަމާނެއް ނޫންކަން.
ތިދަމުން ރާއްޖޭގެ އަންހިންކުދިންގެ އިއްފަތްތެރިކަން ނުގެންދިޔެއްޔާ ރަގަޅު
\ކާށި އެއީ އިންޑިޔާގަ ނެތް އެއްޗެއްތަ؟ ރޯނާ ފަނބޮޑި އެއީ އިންޑިއާ މީހުން ކީއްކުރާ އެއްޗެއްތަ؟ އިންޑިއާގަ ގިނައީ ތަރުކާރީކާ މީހުން މަސްކެއުން ހަރާމް މީހުން މަހާ ކާއްޓާ ފަންބޮޑިއާ ދަރުމާރާ ރޯނު ބޮނޑިއާ އިންޑިޔާއަށް އެކްސްޕޯޓުކުރެވޭނެ ދޯ އެގޭ ބަދަލުިގައި ރާއްޖެއަށް އޮބި ނޯންނަ ވަރަށް ޑުރަގާ ހަތިޔާރާ މިނޫނަށް އިންޑިޔާގެ މުސްލިމުންނާ ދެކޮޅު ލާދީނީ ސަޤާފަތާ އާދަކާދަޔާ ޤާނޫނާ ޚިލާފު އެތައްކަމަކަމެއް ރާއްޖެއަށް އިންޕޯޓުކުރުމަށް ހުޅުވާލެވޭ ބޮޑުދޮރެއްތީ ތީ ނުރައްކަލުން ފުރިގެންވާ މަކަރުވެރި ބޮޑު އެޖެންޑާއެއް
ކަލޯގަޔާ ތިއުޅެނީ އިބުނި ބަތޫތާގެ ޒަމާނުގަދޯ އަހެން ކުދިން އިމްޕޯޓް އެކްސްޕޯޓް ނުކުރައްޗޭ އެހެންޏާފަހެ މަ ބޮޑު ބިރު ހުންނަނީ ރެޕިސްތާނުވިއްޔަ ކުޅުދުއްފުށީ ޓީން އޭޖު ކުދިންނާ މައިން ބަފައިން ހޭވެރިވޭ
ގަމާރުންބާ މިއުޅެނީ ހައްހައް!
މިކަހަލަ ދެބޯކާޅުން ރައްޔިތުންގެ މަޖިލީހަށް އައިސްގެން ގޮވަނީ ހުސްމޮޔަ. ސާބަހޭ ކަލޯ!
މީނާ މިއީ ފާޑެއްގެ ލޮޖިސްޓިކެއް ހަދައިގެން އުޅޭ މީހެއް. އެހެންވީމައި މީނައަށް އެނގޭނެ އިމްޕޯޓް އެކްސްޕޯޓްކުރާންވާ އެއްޗެހިވެސް. އަނގައެއް އޮތީމައި ތިބެގެން ވާހަކަދެއްކޭނެ .
ރާއީ އަށްވުރެ މޮޔައީ ރާއީ މަޖިލީހަށް ހޮވި މީހުން
ރާއީ ބުނަންތަ އިންޑިއާ އިން ތިފެށި ފެރީއަކީ ޖަމަލުފޮޑިއެއް 3 މަސްވެސް ނުވާނެ ހުއްޓާލާނެ .
ފެރީ ހުއްޓާލާ ނޫނީ އެމްޑީޕީ އަކަށް ދެން ދުވަހަކުވެސް ވޯޓެއް ނުލިބޭނެ.. މިހިސާބުން ނިމިނީ..
އިންޑިޔާފެރީ ނޫނީ އަހަރެންގެ ސަޕޯޓު.. ނޯ މޯ ޓޮލަރެންސް.
މީ އަނެކުނަށް ކޮވިޑް ޖައްސަން ބުނި ޖަރާސީމުތަ؟
މީހަކު މޮޔަވިއަސް ތިއީ ބޮޑުވަރެކެވެ. ރާއީ ހުރީ ހަމާގައިތޯ ޓެސްޓުކުރަން ޖެހެއެވެ. ތަންދޮރު ނުދަންނަ ދުނިޔެ ހަމަ ލޮލަށް ނުފެންނަ މިކަހަލަ "ބރާނތިނ'' މަޖުލީހުގައި ތިބެގެން ހެދެނެ ޤާނޫނުގެ ފެންވަރު ދެން ވަޒަންކޮށްލައްވާށެވެ.
ތިފެރީއަކީ އިންޑިއާ އިން ރާއްޖެއައް އެތެރެ ކުރާ ހިލަވެލި އެއްޗެހި ގެންނަން އުޅޭ ދިވެހި ކުންފުނިތަކުގެ މަސައްކަތް ހުއްޓުވަން ވެގެން ކޮއްގެން އުޅޭ ހިޔަޅު ރޭވުމެއް މިހާރުވެސް ރާއްޖެއައް އިންޑިއާއިން އެތެރެ ކޮއް މާލޭގަ ހުރިހާއެއްޗެއް ވިއްކަނީ އިންޑިއާ މީހުން އެމީހުންގެ ފިހާރަތަކުގަ މުޑުވާލި ކިއާ ބަޔަކު އުޅޭނެ ހުރިހާ އެއްޗެއް ގެނެސް އަގު ބޮޑުކޮއް ވިއްކާމީހުން.
މޮޔައަކަށް ވޯޓުދިން ްެންމެނަށް ވެދުންސަލާމް.
ރާއީ ތިބޭފުޅާ ދުވަހަކުވެސް ރާއްޖެއިން ބޭރައްދަތުރެއް ކުރެއްވިންތޯ؟ ރާއްޖޭގެ ވަރައްގިނަ މީހުން އިންޑިއާގެ ޓުރެވިން ޑުރަމައް ވެސް ދަތުރުކުރޭ އެކަމަކު ހީވާގޮތުން ރާއި ފުރަތަމަވެސް މަކުނުދޫ އިން މާލެއައް އައީ ތިދައްކާ ވާހަކައިން (މަޖިލިސް މެމްބަރަކައް ހުރެ )ލަދުން ބޯހަލާކު..
ކަޑިކިން ލޯވަޅު އެޅި ޒަމާން ހިގައްޖެ..މަގޫ ފަތާއި ހިރިގަލާއި ބޮއްޔާއި ރުއްލަކުޑި، ފަންޖިފުޓި، ކޮއްކޯ މިއަދަކު ނުދާނެ އަންހެންވެރިންވެސް ކަނޑިކިގަޑު އަރުވާ ޖަހާގެން ބޮލިހިލަން...ތަރައްގީ ނުވާ މީހާ.
މާ ބާރުބާރަށް ހަޅޭ ނުލަވާ އަމިއްލަ ޕާޓީ ޒިންމާދަރު ކުރުވުން މާ ރަނގަޅުވާނެ! ސަރުކާރުން މިހާ ބޮޑު ކަންތައްތަކެއް ކުރަމުންދާއިރު ސިޓީ ކައުންސިލަކަށް ނޭނގޭ! ޕޯރޓަކަށް ނޭނގޭ! ކުޅުދުއްފުށި އެހެނިހެން މުޢައްސަސާތަކަަކަށް ނޭނގޭ! މިއީ ތަންކޮޅެއް ބޮޑުވަރު! މީނާގެ ކަމަކީ އަންނި ލޮއްސަން ކަނޑޫ ދިނުން. މި ތަންކޮޅެއް ބޮޑުވަރު.
މަަނިކުފާނު ތިޔާއުޅުއްވަނީ ބަސަރާއަށް ކަދުރު ވިއްކަވަން ދެއްތޯ ؟ މިކަހަލަ ދެއުޅި އެއްނުވާމީހުން ގައުމުގެ އިސްމަގާމު ތަކަަށް އިސްކުރީމަ ދެން ގިޔާމަތައް އިންތިޒާރު ކުރުމަށް ވަނީ
މިމަނިކުފާނަށް ހީވަނީ ހުރިހާ ދިވެހިންވެސް މިމަނިކުފާނުހާ ގަމާރުވާނެހެން
އިންޑިޔާ އައުޓް
ކާށި، ހިކި މަސް، ފަން، ބޮލި ތީ އިންޑިޔާ ގަ ކުނުހެން ލިބެން ހުރި އެއްޗެސް ....
ތިޔަ ފެރީން ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓުކޮށްދޭނީ ކޮވިޑު އަދި އިތުރު ބަލިތައް ދުނިޔޭގަޗެސް އެންމެގިނަ ރޭޕްކޭސްތައް އުފަންވާ ޤައުމު ކޮންމެ 6 ސިކުންތަކުން ރޭޕްކޭހެއް އެކަން މިޤައުމުގަވެސް އަށަގެނެވުނީމަ އެމްޑިޕިއަށް އޯކޭ ވާނެ ދެން ގެރިޔަށް އަޅުކަންކުރަން ފެށުނީމަ
މި ދާއިރާގަ ކިޔަވައިގެންހުރި ބުއްދި ސަލާމަތުންހުރި މީހަކު މަޖިލީހަށް ކުރިމަތިލާން ހަމަ ނެތީތަ؟
ކޮބާމިއޮތީ ދަނޑުވެރިން ދަޑުވެރިކަންހުއްޓާލާފަ ބޮލިހިލަންދާންޖެހޭދުވަސް އައިސްފަ ހުރިހާދަނޑުވެރިން ފަރަށް ބޮލިހިލަންދާންތައްޔާރުވޭ
ތީ ސީދާ އެމްޑީފީ އައް ކުރި ޖެއް ސުމެއް
މީދާކޭ އުނބާ،ފަންތޮއްޓާ،ހދމީހުން ރޭ ގުޔާ. ކުކުޅުގުއި އެކްސްޕޯރޓް ކޮށްބަލަ....ކަޅުވެނާ،ގާކޮޅާވެސް
ތި ފެރީގެ ސަބަބުން ހަލާކުވެގެންދާނީ ޒުވާން ޖީލު ކަމަށް ބޮޑަން ލަފާކުރެވެނީ
މީ ހަމަރަގަޅަްވެސް ބޮލުރިދި ކެޑިފަ ހުރި ޖާހިލެއް
އަހަރުމެން ބޭނުން ތި ފެރީގަ ގެންގޮސް ބާ ދަގަނޑާ އެކީ ރާއީވެސް ވިއްކާލަން. ދާއިރާޔަށް އެއްވެސް ބޭނުމެއް ހިފޭ މީހެއްނޫންތީކީ. މުޅިން މިކަހަލަ ކޮސް އަނގަތަޅަނީ
ކަލޭ ގާގަ ހުރި އިސްތަށި އެކްސް ޕޯޓުކުރެވޭނީ މިއުޅެނީ މިރާއްޖެޔައް ބޭނުންވާވަރައްވެސް ކާށިނުލިބިގެން މިކަހަލަ ރޯނު އެދުރުން ވަކަރުގޭ މަޖިލީހައް ހޮވީމަ ވާނީމިހެން
ގަމާރުވިޔަސްދެން މިދެން ބޮޑުވަރު، ލަދެއްނުގަނޭބާ ހިތަތްއަރާ ތިތާ ކޯޓްފަޓުލޫން ލައިގެން ހުންނައް.. ކުލަޔައްޓަކައި ހޭބަލިފުޅުތިވަނީ...
މިަކުނުދޫއިން އުފައްދައިގެން އިންޑިއާ މާރކެޓަށް ފޮނުވާނެތަކެތިތޯ. ޢެހެންވެއްޖެނަމަ ވަރަށްވެސް ރަނގަޅު. މިތަކެތި އިރަކު ރާއްޖޭންބޭރުކުރިނަމަވެސް މިއަދު މިއޮތީ އެކޮޅު މިކޮޅަށްޖެހިފައި. މިއަދު ކާށި އިންޑިއާއިން އެތެރެ ކުރީމާ މާއަގުހެހޮކޮށް ލިބޭ. ޔޫރަޕަށް ފޮނުވާމުދާ ފައިދާ ނަގާނި މޯލަޑިވްސް ލޭބަލްގައި އިންޑިއާއިން. ޢުތުރުގެ ދަނޑުވެރިން ކުޅުދުއްފުށީ ބާޒާރަށް ވިއްކާ ތަރުކާރީކޮޅު ވިއްކައިގެން ލިބުނު އާމްދަނީ ގެއްލި ދިޔައީ
ރާއީވެސް އެކްސްޕޯޓު ކޮއްލެވޭނެ.
ތިޔަ މީހުން މިތަނައް އިންޕޯޓް ކުރާނީ ކުރޯނާ ވައިރަސް ނޫންބާ މުޅިދުނިޔޭގަ އެންމެ ބާރައް ކޮރޯނާ ފެތުރެމުން ދާގައުމަކީ އިންޑިއާ އެހެންވީމަ މިދަނޑިވަޅު ތިޔަފަދަ އަމަލެއް ހިންގާނީ މިބަލި މިގައުމައް އިތުރައް ޖައްސާ ގައުމު ފަނާ ކުރަންއެޅޭބަޔެއް ކޮބާތޯ އެޗްޕީސާއޭ ތިޔަކިޔާ ތަނުގެ ގަވާއިދު ރައްޔިތުން ގަވާދާއި ޙިލާފަށޭކޭ ކިޔާފަ ޖޫރިމަނާމިކުރަނީ މިގައުމުގެ ނިކަމެތި ރައްޔިތުން މިމީހުންގެ އަމަލްތައް ދިމާ އިދިކޮޅު ކޮންމެ ރެޔަކު ޓީވީ ތަކައް އަރާ ރައްޔިތުން ރަތް މަހައް ނުކިޔާ ވަރައް އެއްޗހިމިކިޔަނީ ފަރުދީ ޒިންމާ އޭ ކިޔާފަ ފަރުދީ ޒިންމާގަ ތިޔަ އިންޑިއާ މީހުން ހުއްޓު ވޭނެތޯ
ކަލޯތިޔަ އުޅެނީ 10 ވަނަގަރުނުގެ މެދުތެރޭގަ ހިނގާބަލަ މަށާއެކު މަކުނުދޫ ފަރަށްއެރެން ބޮލިހިލަން ކެރޭނެތަ ނޫނީ ހިނގާބަލަ މަށާއިއެކު ބޮނބި ފާކުރަން މޫދަށް އެރެން ތިޔަހާ ކެރެންޏާ....
ޢިންޑިޔާ ފެރީ މީ ބޮލިހިލަން ބޮލި ވިޔަފާރި ކުރަން ގެންނަ އެއްޗެއް. ޗަކޮއި އެފެރީން އެއްޗިހި ގަނެފަ ދޭނީ ރުފިޔާޔަށް ބޮލި ލާއްސެއް އިގޭ.