ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިންޑިއާ އާއި ރާއްޖެއަށް ލިބުނު ގެއްލުންތަކުން އަރައިގަންނާނީ ދެޤައުމުން ގުޅިގެން ކަމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ވިދާޅުވެއްޖެ އެވެ.

މޯދީ މިގޮތަށް ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް 250 މިލިއަން ޑޮލަރު (3.9 ބިލިއަން ރުފިޔާ) ގެ ލޯނެއް ދިނުމާއި ގުޅިގެން އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓްވީޓަކަށް ރައްދުދެއްވަމުންނެވެ.

ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވަނީ، ރާއްޖެއިން އެކުވެރިޔަކު ބޭނުންވާ ކޮންމެ ހިނދެއްގައި ވެސް އިންޑިއާ އޮންނަ ކަމަށެވެ. މިގޮތުން އެޤައުމުން ރާއްޖެއަށް ދިން 250 މިލިއަން ޑޮލަރުގެ އެހީތެރިކަމަކީ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމެއް ކަމަށް ވިދާޅުވެ، އެމަނިކުފާނުވަނީ މޯދީ އަށާއި އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސްގެ ބަސްފުޅުކަމަށް ޝުކުރު އަދާކުރައްވަމުން މިއަދު މޯދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެކުވެރި އަދި އަވައްޓެރި ޤައުމެއްގެ ގޮތުގައި ރާއްޖެއާއި އިންޑިއާ އިން ކޮވިޑް-19 ގެ ސަބަބުން ދެޤައުމުގެ ސިއްޙީ ނިޒާމާއި އިޤްތިސާދަށް ލިބުނު ގެއްލުންތަކުން އަރައިގަންނާނީ، އެއްޤައުމުން އަނެއް ޤައުމަށް އެހީތެރިވެ، އެކުގައި ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ ލޯން ދިނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިޤްތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރަށް ބަޖެޓު ސަޕޯޓުގެ ގޮތުގައެވެ. އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެފައި ވަނީ މި ލޯނު ދިނީ އެއްވެސް ޝަރުތަކާ ނުލައި ކަމަށެވެ.

ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އިންޑިއާއިން ރާއްޖެ އަށް ދިން 250 މިލިއަން ޑޮލަރުގެ ލޯނަކީ އިންޑިއާއިން ބުނިގޮތުގައި އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކަކަށް އެއްބަސްވެގެން ދިން ލޯނެކެވެ. ސްޓޭޓް ބޭންކް އޮފް އިންޑިއާ މެދުވެރިކޮށް އެ ލޯނު ދިނީ ބޮންޑް ގަތުމުގެ އުސޫލުން، 10 އަހަރުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ދެޤައުމުގެ ދެމެދުގައި ކާގޯ ފެރީގެ ޚިދުމަތްވެސް މިހާރު ވަނީ ފަށާފައެވެ. މި ފެރީން، އިންޑިއާގެ ޓުޓިކޮރިން އަދި ކޮޗިންގެ ބަނދަރު ރާއްޖޭގެ ކުޅުދުއްފުއްޓާއި މާލެ ބަނދަރާ ގުޅުވައިދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޑަރޭ

    މިއެން ދުވަހަކުވެ ސް. ސަލާމަތް ނުވީ މިވީގޮތުން.

    17
  2. ާަާަަައަސްލު

    މީކަލޭމެންގެ އަވަށެއްތަ..!؟ މިބަސްމަގުހުރިގޮތުން ވަރައް ކަންބޮޑުވޭ. މީބިރުވެރިވާހަކައެއް..އަޅުވެތިކޮއް...!

    4
    1
  3. ޑައެލޯގް

    އިންޑީއާގެ އަތްދަށުވެ ނިމިއްޖެއެވެ. ތިޔަ ސިފައިން ދެނެއް މިގައުމަކުން ނުބޭލޭނެއެވެ. ރީދޫކުދިން ދެންއަތްޖަހާށެވެ.

    4
    1
  4. ބެއްޔާ

    އިންޑިޔާއިން ނަގާ ހުރިހާ ލޯނެއްގެ އިންޓަރެސްޓް ދައްކަންޖެހޭނީ ރާއްޖެއިން. ސަލާމަތެއްނެތް. ވެކްސިންވެސް ޓެސްޓްކުރާނީ ރާއްޖޭގަ.

    3
    1
  5. ފާއިޒު

    ލޯނަކީ އެހީއެއް.
    ލޯނަކީ ލޯނު ލިބޭ ފަރާތަށް އޭގެ ބޭނުން ހިފޭ އެއްޗެއް.
    ލޯނަކީ ލޯނު ދޫކުރި ފަރާތަށް ފައިދާ ލިބޭ އެއްޗެއް.
    ލޯނަކީ އެއްބަސްވުމާ އެއްގޮތަށް ނުދެއްކިއްޖެނަމަ ނެގިމީހާއަށް ވަނީ ގެއްލުން.
    ލޯނު ދޫކޮށް އެކަމުން ލިބޭ ނަފާއިން ބޭންކުތައް ކުރިއަރާ، ޢިމާރާތްތައް އުހަށް އަރާ، މުއައްޒަފުން ގިނަވޭ.
    ލޯނު ނުދެއްކުނު މީހުން ފަޤީރުވެ ހަރުމުދާކޮޅު ގެއްލިދޭ.

  6. މާމި

    އިންޑިއާގެ އަވަށެއްވީމަ 2ތަނުގެ ހާލަތު ރަގަޅުވާނީ އެއްކޮއް ނޫންތޯ؟ ދިވެހި ރައްޔިތުން ވިސްނަވާ މިބުނާ ބަސްތަކުން....

    2
    1
  7. ދުމައިން

    ބަލަ މިމީހުންނަށް ހީވަނީ ރާއްޖެ އޮންނަންވީ މިމީހުނާ ފައިހަމަކޮށް ނުވަތަ ފަހަތުގަ ކަމަށްތަ؟ ރާއްޖެއަށް ކޮވިޑުންވެސް ކޮވިޑާ ގުޅިގެންވީ ގެއްލުމުން އެމީހުނަށްވުރެ މާކުރިން އަރަިގަނެވޭނެ. އެކެޕޭސިޓީ ރާއްޖޭގަ އޮތްކަން 2013 -2018 އަށްވަނީ ފެނިފަ. އެއީ ބަދަލުނުކުރެވޭނޭ ހަގީގަތް. އެހެންވީމަ އެމީހުނާ އެއްކޮށް އަރައިގަންނަން ތިބުމީ ނިކަމެތި ކަމެއް. ކޮށި ވިސްނުމެއް.

  8. ރަބަރޭ

    އާ ތީހަމަރަގަޅުވާހަކައެއް ޓްއަރިޒަމް ރަގަޅުވެ މިގައުމަށް ޑޮލަރު ވަންނަން ފެށުމުން ހިލޭ އެހީ އޭ ބަޖެޓް ސްޕޯޓޭ ފަޅޮލޭ ކިޔާފަ ދިން ބާއިވަރު ތައް ފޭރެން ފަށާނެ
    އިންޑިއާ އައުޓް