ހދ. ފެނަކަ ސުުޕަވައިޒަރު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ، ކުޅުދުއްފުށި ބަނދަރު ސަރަހައްދުން އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ އިންޓަލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން އިންޓެލިޖެންސް އާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓަކާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ އިއްޔެ 16:35 ހާއިރު ކަަމަށެވެ.

ހިރިމަރަދޫ ކައުންސިލްގެ މެމްބަރު ހުސައިން ފިރާގު "ވަގުތު" އަށް ވިދާޅުވީ، އިއްޔެ ހަވީރު 15:15 ގައި އެރަށުން ކުޅުދުއްފުއްޓަށް ދިޔަ ލޯންޗެއްގައި ފެނަކަ ބްރާންޗުގެ ސުޕަވައިޒަރު އެރަށަށް ގޮސްފައިވާ ކަމަށާއި އަދި ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށިން ކަމަށެވެ.

ފިރާގު ވިދާޅުވީ، ސީދާ މަސްތުވާތަކެތި އަތުން ފެނިގެން ކަމެއް ސާފު ކޮށްދޭން ނޭނގޭ ކަމަށާއި އެހެން ނަމަވެސް ކުރީގެ ތަޖުރިބާއަށް ބަލާއިރު، ބޮޑަށް ބެލެވެނީ އޭނާ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެތި އަތުން ފެނިގެން ކަމަށެވެ.

"ކުރިންވެސް ހައްޔަރު ކުރި ކުއްޖާ ހައްޔަރު ކުރީ މަސްތުވާތަކެތި އަތުން ފެނިގެން ކަމަށް އެފަރާތްތަކުން ބުނީ. މިފަހަރުވެސް އެގޮތަށް ހިފަހައްޓާފައިވާތީ އަޅުގަނޑުމެން ގަބޫލު ކުރަނީ މަސްތުވާތަކެތި ފެނިގެން ކަމަށް" ފިރާގު ބުންޏެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ހުސޭނުބޭ

  އައިއެސްއޯ ސްޓޭންޑަޑަށް ހިންގަނީ ތިހެންކަން ނޭގެ!

  10
  4
 2. ޒިޔާދު

  ފެނަކަ ވަޒީފާގަ އޭނަ އުޅުމަކީ ފެނަކަ އިން ކުރި ކަމަކަށް ނޫނީ އެމް.ޑީ.ޕީ އިން ކުރި ކަމަކަށް ބަލަން ޖެހޭ ސަބަބެއް ނޫން

  9
  4
 3. ރާއީ ކުމުން

  ތިއޮތީ ހުދުފޮތިކޮޅުގެ ނަން ހަޑިކުރައްވާފަ. ޥވ ގޯސްވާނެ..ތިކަން ކުރާ އެޖެންޓް ހައްޔަރުކޮށްބަލަ. ކުޅުދުއްފުށީ ކޮޑި ފިހާރައިގަ އުޅޭނެ ކުޑަ ސޮރެއް.ތިއަތޮޅަށް ނިސްބަތްވާ...ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެއީ ހދގެ ހަލާކު