ގދ. ތިނަދޫ ހޯމް ކަރަންޓީގައި ހުރި އުމުރުން ނުވަ އަހަރުގެ ކުއްޖަކު ކޮވިޑް-19 އަށް ފައްސިވެއްޖެ އެވެ.

އެ ކުއްޖާ ކޮވިޑް-19 އަށް ފައްސިވެފައިވެފައި ވަނީ، ކަރަންޓީން މުއްދަތު ނިންމުމަށްފަހު ދޫކޮށްލަން ހެދި ޓެސްޓުންނެވެ.

ވަގުތު"އާ ވާހަކަދައްކަމުން ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމަރ ރިލޭޝަން އޮފިސަރ ސާލިމް އަލީ ވިދާޅުވީ، އެ ކުއްޖާ ފައްސިވުމާއި ގުޅިގެން މިހާރު ކޮންޓެކްޓް ޓްރޭސިންގގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

ތިނަދޫން މީގެ ކުރިންވެސް ތިން މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

އޭގެ ތެރެއިން ދެ މީހުންނަކީ އެރަށުން މާލެއަށް ދަތުރު ކުރާ ބޯޓެއްގައި މަސައްކަތް ކުރަމުންދާ ދެ މީހެކެވެ. މި ދެ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ އެރަށު މީހާއަށް ފަރުވާދެމުން ގޮސްފައި ވަނީ، ހުޅުމާލެ ކޮވިޑް ފެސިލިޓީގައެވެ. ދެން އެ ބޯޓުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ، ބިދޭސީއެކެވެ. އަދި އޭގެ ފަހުން އެރަށުގައި ހޯމް ކަރަންޓީންގައި ހުރި އަންހެނަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

މިހާރު މި އެންމެންވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.

ގދ. އަތޮޅުން މިހާތަނަށް 50 އަށްވުރެ ގިނަ މީހުން ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު