އައްޑޫ ސިޓީގައި މިރޭ ހިނގި ބޮޑު މާރާމާރީއެއްގައި ދެމީހަކަށް އަނިޔާވެ އޭގެތެރެއިން އެކަކަށް ސީރިއަސް ހާލުގައި ފަރުވާދޭން ފަށައިފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން މި މާރާމާރީ ހިނގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫގައި އަލަށް އަޅާފައިވާ ފްލެޓްތައް ހުންނަ ސަރަޙައްދުގައެވެ.

ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި މާރާމާރީ ހިނގާފައި ވަނީ މިރޭ 12:00 ހާއިރު އެވެ.

މިކަމާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ އަނިޔާވި ދެމީހުންގެ ތެރެއިން އެކެއްގެ ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށެވެ. އަދި އޭނާގެ ބޯ ފަޅައިގެން ގޮސް ގިނަ އަދަދަކަށް ލޭ ފައިބާފައިވާ ކަމަށް ވެސް މަޢުލޫމާތުދިން ފަރާތުން ބުންޏެވެ.

އެނގިފައިވާ ގޮތުން މި ހާދިސާގައި ބޮޑަށް އަނިޔާވި މީހާއަށް ފަރުވާދެމުން ދަނީ އައިސީޔޫގައެވެ.

ހާދިސާގައި އަނިޔާވި މީހުންނަށް ފަރުވާދެމުން ދަނީ އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ހޮސްޕިޓަލުގައެވެ.

މި ހާދިސާ އާއި ގުޅިގެން އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން ފުލުހުން އަދި އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ާަްެއަހިލް

    ކޮއްކޮމެން ހާރު ދަމު ނުކައި މާރާމާރީ ހިންގަނީ ދޯ. ދެރަ ވަރުގެ ކަންތައް

    16
  2. Anonymous

    ރައީސް ޔާމީން ޖަލުން ނުކުންމާށޭ ބުނޭ

  3. އަހުމަދު ނާސިރު

    ރަންގަޅެނޫން

  4. Anonymous

    ނޫން

  5. Anonymous

    ޕޮލިހުން ނުކުރޭ އެއް ކަމެއް ވެސް!! އައީ ވެސް 2 މީހުން ތިކިޔާ ބަައެއްގެ. ކަނޑި ހިފައިގެން ހުރި މީހާ ފިލީ ވެސް ތިކިޔާ މީހުން ކުރިމަތިން!! ފްލެޓް ސަރަހައްދު އެއީ ހުސް އާއިލާ ތައް އަދި ކުޑަ ކުދިން އުޅޭ ތަނެއް، އެތައް ބައެއްގެ ކުރިމަތިން ހިނގި ކަމެއް މީ!! އެކަމަކުވެސް ވީ ކަމެއް ހަރާން! ކީ ކުރާ ބައެއްތަ ތިކިޔާ “ޕޮލިހުން” ނަކީ!