ހަރުކަށި ފިކުރައީ، ހައްދުފަހަނައަޅައިދިޔުން ފަދަ ކަންކަން ހައްލު ކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށާއި، މިކަމުގައި ދިވެހި މީޑިއާގެ ފުރިހަމަ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ނަޒީރު މިގޮތަށް ވިދާޅުވީ، ހޯމް މިނިސްޓްރީން ފެށި ހަރުކަށި ފިކުރާއި، ހައްދުފަހަނައަޅައިދިއުމާ ގުޅޭގޮތުން މީޑިޔާ ހޭލުންތެރިކޮށް ބާރުވެރިކުރުމަށް ބޭއްވި ވެބިނާގައި ވާހަކަދައްކަވަމުންނެެވެ.

މި ވެބިނާއަކީ، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާއި، އެފަދަ ކަންކަމާ ގުޅޭ ޚަބަރާއި މަޢުލޫމާތު މުވާސަލާތުކުރުމުގައި ބައިނަލްއަޤުވާމީ ގޮތުން ގެންގުޅޭ އުޞޫލުތަކަށް ދިވެހި މީޑިއާ އަހުލުވެރިކޮށް، ބާރުވެރިކުރުވުމަށް ބާއްވާ ވެބިނާއެކެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މި ވެބިނާގެ އަމާޒަކީ، ނޫސްވެރިކަމުގެ ސުލޫކާއި އުސޫލުތަކަށް އަހައްމިއްޔަތުކަން ދިނުމާއެކު، ހަރުކަށި ފިކުރާއި ހައްދުފަހަނައަޅައިދިޔުމާ ގުޅުންހުރި ހަބަރާއި މައުލޫމާތު ފެތުރުމުގައި ސަމާލުކަންދޭން ޖެހޭ މުހިއްމު ކަންކަމަށް އަހުލުވެރިކުރުވުން ކަމަށެވެ.

ނަޒީރު ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމަކީ މިއަދު މިރާއްޖޭގައި ވަކިވަކި އައިސޮލޭޓެޑް މައްސަލަ ތަކަށްވުރެ ބޮޑަށް، ޤައުމީ ބޮޑު މައްސަލައެއްކަމަށެވެ.

އަދި މިއީ މަސްތުވާތަކެތީގެ ވަބާފަދަ، ކޮންމެ ގޭބިސީއަކާ ހަމަޔަށްވެސް ފޯރާފައިވާ ކަންބޮޑުވުމެއްކަމަށާއި، ވޭތުވެދިޔަ މާޒީގައި ކަން ހިނގާފައިވާ ގޮތުން ދައުލަތުގެ މުއައްސަސާތަކަށް އެކަށީގެންވާ ގޮތުގައި މި މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ފުރުސަތު ލިބިފައި ނުވާ ނަޒީރު ވިދާޅުވިއެވެ.

އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ މުހިންމު އެއް އެޖެންޑާއަކީ ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުންކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒީރު ވިދާޅުވީ މިއަދުގެ ދުނިޔޭގެ ހަގީގަތަކީ ކޮންމެ ކަމެއްގައިވެސް އެންމެ ބާރުގަދަ ހަތިޔާރަކީ މީޑިއާ ކަަމަށާއި، ބައިނަލްއަޤުވާމީ މަސްރަހުގައި ހިނގާ ހަމަނުޖެހުމަކަށްވިޔަސް، ދާޚިލާ ސިޔާސީ ކަމަކަށްވިޔަށް، އިޤްތިސާދީ ކަމަކަށްވިޔަސް، ދީނީ ނުވަތަ އިޖުތިމާޢީ ކަމަކަށްވިޔަސް ސާފުކޮށް އެނގެން އޮތް ހަޤީގަތަކީ އެކަމަކާމެދު ރައްޔިތުންގެ ވިސްނުމާ ފިކުރު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ ނޫސްވެރިންކަންކަމަަށެވެ.

އެެހެންކަމުން ހަރުކަށި ފިކުރާއި ހައްދުފަހަނައަޅާ ދިއުމާދެކޮޅަށް ކުރާ މަސައްކަތުގައި މި ސަރުކާރުގެ އެންމެ މުހިންމު ބައިވެރިއަކީ ދިވެހި މީޑިއާކަމުގައި ދެކިވަޑައިގަންނަވާކަމަށް އޭނާ ވިދާޅުވިއެވެ.

"މިރާއްޖޭގެ އެއްވެސް މީޑިއާއަކުން ޤަސްދުގައި ހަރުކަށިފިކުރާއި ހައްދުފަހަނައަޅާދިއުމަށް ހިއްވަރު ނުދޭނެކަން އެއީ އަޅުގަނޑުމެން އެއްވެސް ޝައްކެއްނެތި ޤަބޫލުކުރާކަމެއް. އެހެން ނަމަވެސް، މީޑިއާތަކުން ބައެއްފަހަރު ބައެއްކަހަލަ ޚަބަރުތައް ކަވަރުކުރުމުގައި އެންމެ އެކަށީގެންވާ މިންވަރަށް ސަމާލުކަން ނުދެވުމުގެ ސަބަބުން އަޅުގަނޑުމެން އެކަކުވެސް ނޭދޭ ހާލަތްތައް މެދުވެރިވާތަން އާދޭ. ނުރައްކާތެރި ފިކުރުތަކަށް މުޖުތަމައުގައި ޖާގަލިބި ބާރުވެރިވާތަން އާދޭ. އަދި ބައެއްފަހަރު ހިނގަމުންދާ ތަހުގީގުތަކަށް ދަތިތައް ކުރިމަތިވާތަންވެސް އާދޭ".ނަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ހުސޭނުބޭ

    މިއީ ކޮންތާކުން ވެއްޓިގަތް މީހެއް؟ އެމްޑީއެން އާއި އުތެމައިން ހަރުކަށި ފިކުރު ފެތުރިއިރު މީނަ އޮތީ މަޑުކަށީ ރިހަކައްކަންތަ؟

    63
    1
    • ހ

      ލާދީނީ ފިކުރާ ދެކޮޅު

  2. މީނާ

    ހަރުކަށި މަޑުކަށި މީހުން އަރާތިބެ މިހެން ކިއަނީ...

    51
    1
  3. ސަމީ

    ބަލަ ކޮބާ އެމް.ޑީ.އެން ކޮބާ އުތެމަ އެއީ ކޮންކަހަލަ ފިކުރެއް ލަދު ކުޑަ ވާހަކަ ނުދައްކާ ގޮތެއް ފޮތެއް ނެތިގެން،

    49
    2
  4. އަހުމަދު އަލީ

    އިސްލާމްދީނާ ރަސޫލާއަށް ފުރައްސާރަ ކުރާމީހުންނާދެކޮޅަށް ވެސް މީޑިއާތަކުން މަސައްކަތްކިރަންޖެހެ

    45
    1
  5. ވަގުތު

    ވަގުތު އޮންލައިން އެކަނި އޮތަސް ތިޔަކަންތައް ކުރާނެ. އޭގެ މީހެއްގެ ކޮމެންޓެއް ނޫނީ ޖަހައެއްވެސް ނުދޭނެ.

    23
    3
  6. ކެޔޮޅު

    މިހިންކިޔާމީހާގެ ހަރުކަށިތަށް ގަންގާކޯރުގެ ފެނަށްލައިގެން މަޑުކުރަން އަންނަ ހަފުތާ އިންޑިއާގެ ކާގޯފެރީން ދާންތަށްޔާރުވޭ ސަރުކާރުން ކަލެޔަށް ޓިކެޓުހަމަޖައްސައިދޭނެ.

    25
    3
  7. ލޫޓުވާ

    ލާދީނީ ފިކުރުގެ ވާހަކއެއް ނާދޭ. ބަލަމިސަރުކާރުތިބި ލާދީނީމީހުން ހިންގާ ޕްރޮޕެގަންޑާއެއްތީ.

    21
    1
  8. Anonymous

    މާތް ވެގެންވާ އިސްލާމް ދީނަށާއި ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފުރައްސާރަ ކުރަމުން ދާއިރު ކަންބޮޑުނުވާ ބަޔަކީ އެއީ ހައްދު ފަހަނަ އަޅައި ގޮސް ފއިވާ ހަރުކަށި މީހުން

    25
    1
  9. ޚައްތާބު

    ކިހާ ބޮޑު މުސީބާތެއް މި އިންޑިޔާ އަކާއި ހެދީ... މިޖެހުނީ އަހަރުމެން މަޑުން ތިބޭ މީހުންވެސް ރުޅި އަންނަ ހިސާބުގަ.. ދެން ނިކަން އެމްޑީޕީ ވެރިކަމަށް އާދެބަލަ..

    އިންޑިޔާ ނޫނީ އެމްޑީޕީ ދޭތިން އެކަތި މިފަހަރުބޭރުވާން ޖެހޭނެ..

    މަވެސް މިހާތަނަށް ހުރީ އަގައިން ނުބުނެ.. ދެންނުހުރެވޭނެ. ގައުމީލޭ މީ.. ގައުމުގެ ދިފާޢުގައި ބަސްބުނެވޭނެ..

    ޢައްދާރުން ނާއި ދެކޮޅު.. އެމްޑީޕީ ޢައްދާރުންގެ ފަހަތުގައި އުޅޭ ހާހިނދަކު އެމީހުންނާވެސް ދެކޮޅު..

    އިންޑީޔާ ރާޢްޖެއިން ފައްސާލާ.. ބޭރުކޮށްލާ.. !

  10. ޢަހު

    ހަރުކަށި ދިކުރަކީ ވަޒީފާގެ ބޭނުމުގަ އިސްލާމްދީނާއި އެދީނުގެ އަސްލު މަގުސަދު އޮޅުވަލާ މީހުން އެމީހުން ހަރުކަށީގެ ވާހަކަ ދެއްކީމަ އަހަރއމެން ވ ހިނި އާދޭ ކޮބާ ޢިމްރާން ކޮބާ ޒައިދު ކޮބާ ޢިޔާޒް ކޮބާ އަދާކަތު ޕާޓީގެ ސްޓޭންޑެޑަކީ ލަދު އެއީ ގެކައިރި ފިހާރައިގަ ހުންނަ އެއްޗެއްތަ؟

  11. އަސްމާ

    މީނަގެ ސިކުޑީގަ މައްސަލަ އުޅޭކަމަން ވަރަން ފާހަގަވޭ ނޫނީ މީނަ މިހިރީ ހަމައެއްގައެއްނޫން ހަމާގަ ހުރިނަމަ މީނަ ދައްކަން ޖެހޭނީ އުތެމަ އެންޑީއޭގެ ވާހަކަ ކޮބާތަ އެމީހުންނަން އެޅި ފިޔަވަޅަކީ މިހިރަ ޤަމާރާ

  12. ފަހަރި

    ލާދީނީ މީހާ ތިޔަން ވުރެ ތާހިރުވާނެ ލާދީނީ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅިއްޔާ

  13. ގ

    ލާދީނީ ފިކުރު މީހުން ހިމާޔަތް ކުރުމަކީ ވަރަށް ނުބައި އަަމަލެއް

  14. އީތޭން

    ލާދީނީ ފިކުރާ ދެކޮޅު ނުވަނީ ކީއްވެ؟ ބޮއިގެން ވައްކަން ކުރާ ވަރުން މިހިސާބުގަ އުޅެވެނީ އަކީ ނޫން...

  15. ގާޒާ، ކަޝްމީރް، އިރާގް..

    ދެން ކީކޭތޯ ބުނާނީ؟ ހަރުކަށި ފިކުރު މާނަ ކުރާ ގޮތަކީ ކޮބާތޯ؟ އެއީ ﷲ އާއި އެކަލާނގެ ރަސޫލާ އެންގެވި ގޮތަށް ކިޔަމަންތެެރި ކަމުގައި އުޅޭ މީހުންތޯ؟ ނުވަތަ މާތް ﷲ އާއި އެކަލާންގެ ރަސޫލާގެ (ޞ) ކިޔަމަންތެރިކަމުން ބޭރުވެ އަމިއްލަ އަށް ފެންނަ ގޮތަކަށް އުޅޭ މީހުންތޯ ނޫނީ އައި.އެސް ކަހަލަ ދީނުން ބޭރުވެފައިވާ ޙަވާރިޖުުންގެ ފިކުރުގެ އެކްސްޓްރީމިސްޓުންތޯ؟

  16. މެދުމިން..

    ކަލޭމެންނަށް މޮޑަރޭޓް މުސްލިމުންނަކީ ކޮބާކަންވެސް ކިޔާދެނީ އެއްކަލަ ހުޅަނގު ޔޫރަޕްގެ ދޮންމީހުންދޯ.

  17. ޑެޑުއހފޯސް

    ސުވާލެއް
    ޢިސްލާމީވެރިއެއްކަމަށް ދައުވާކުރާ ވެރިއެެއްގެ ދަށުގައި
    ޜިބަވީ ބޭންކު ހިންގޭނެތަ
    ޢިސްލާމީ ޝަރީޢަތުގައި ﷲ ޙަރާ މް ކުރެއްވި ކަންކަން . ޢޫރުމަސް ރާ ވިއްކޭނެތަ
    ކޯޓުތަކުގެ ބާރު ވެރިމީހާ އަތް ނުލިބޭނެތަ
    އިސްލާމީ ޝަރީޢަތާ ޚިލާފް ޤާނޫނުތައް ހިންގޭނެތަ
    ﷲ އާ ރަސޫލާ އަށް މަލާމަތްކުރާމީހުން މެރުމައް ވަނީ އަންގަވާފަ.މިކަން ނުކޮށް ވެރިމީހާއަށް ހުރެވޭނެތަ
    ނަޖިސް ކުއްފާރުން މުސްލިމުންގެ ބިމަށް އައިސް
    ޢޮރިޔާ މުން އުޅެވޭނެތަ. ޭ އެއީ މީހުން އުޅޭ ރަށެއްވިއަސް އަދި ރިސޯޓެއް ވިއަސް.
    ﷲ ގެ ހުކު މުން ނޫންގޮތައް ހުރި ޤާނޫނުތައް ވެރިމީހާ ތަންފީޒު ކުރެވިދާނެތަ.
    ﷲ ގެހުކުމުން ބަރީއަ ވެފައިވާ ވެރިއެއް ޕޮލިގުން އަދި ސިފައިން ހިމާޔަތް ކުރެވޭނެތަ.
    ﷲ ގެ އެންމެ ހުކުމެއް ބަދަލް ގެނެޔަސް އެބަޔަކު ކާފަރު ވާނެ . މިތާ ﷲ ގެ ހުކުމް ތައް ވަނީ ބަދަލް ކޮއްފަ.
    ޢިސްލާމިކު ޔުނިވާސިޓީން އަދި އިސްލާމިކް މިނސްޓްރީން މިކަން ބަލާ ގިޔަވަޅު އަޅާ.
    ބުނަންތަ ވާހަކަ އެއް . މުސްލިމުންގެ ބިމެއްގައެއް ބިކިނީހައިގެން ނޫޅެވޭނެ . ޜިސޯޓެއްގަވެސް އަދި ރަޝެއްގަވެސް. ހަރާމް އެއްވެސް އެއްޗެއް ނުވިއްކޭނެ. ކޯޓުތަކުން ކުރަންޖެހޭނީ ﷲ ގެ ހުކުމް އެކަނި. އެނޫން ގޮތަކަށް ހުކުމް ކޮށްފިނަަމަ އެ ގާޒީއެއް ވެރިމީހާ ޖެހޭ ގަތުލުކުރަން. ޥެރިމީހާއަށް ބާރު ލިބެން ޖެހޭ އެކަން ކުރުމަށް. ޢިސްލާމީ ވެރިން ހޮވާނީ އިލްމުވެރިންގެ މަޖުލީހުން އިސްލާމީ އިލްމު ވެރިން. ޢަދި ވެރިމީހާ ﷲ އައް އުރެދިއްޖެނަމަ އިލްމުވެރިންނަށް ބާރުލިބޭ އެވެރިއަކު ބާލަން އަދި ގަތުލުކުރަންވެސް.
    ޑިމޮކުރސީއަކީ ކުފުރެއް އަދި ޝިރްކު. ޢިސްލާމީ މީ ވެރިން މިނިޒާމަކުން ނޮހޮވޭނެ.
    މިއަށް ކަލޭމެން ހައްދުފަހަނަ އެޅީއޭ ކިޔަނީނަަަމަ އަދި ހަރުކައްޓޭ ކިޔަނީނަމަ ކަލޭމެން ތީ ބުނަނީނަމަ ކަލޭމެން ﷲ އާ ރަސޫލާ އައް ކާފިރުވެއްޖެ.ކަލޭމެން ތިހުރީ ކާފިރު ވެފަ. ތަޢުބާވެ ﷲ އަށް ބިރުވެތިވޭ

  18. ބޭހޮއްކޮ

    ހަރުކައްޓޭ މަޑުކައްތޭ މުންޑޭ ސޯޓޭ ތިޔަކިޔަނީ މިހާރު އެބަ އިވޭ މީޑިޔާ ތަކައް ޙަރަދުކުރަނީ ކޮންމެވެސް އެނަބަސީޔަކުންނޯ އެމީހުން ބުނާގޮތަކަށޯ ނޫސްތައް ހުންނަން ޖެހޭނީ މީތޯ ހަގީ ގަތަކީ މިގައުމުގައި ހިނގާ ކަންކަން މީޑިޔާ ތަކައް ނުފެނޭތޯ ވައްކަމާ ކޮރަޕްޝަނާ ހިންގާ ރައްތަކާ ފަޅުތަކާ ހިރިތަކާ އަކިރިޔައް ދަންދެން ވިއްކާ ލަމުން އެގެންދަނީޔޯ ކޮބާތޯ ތިޔާމީޑިޔާބޭ

  19. ހަރުކަށި އަންނި

    ހަރުކަށި ފިކުރަކީ އެމް.ޑީ.ޕީ އޭކިޔާ ބައިގަނޑުގެ ފިކުރު، އެފިކުރުން މިގައުމު ސަލާމަތް ކުރަން ޖެހޭ، މިކަމުގައި ދިވެހި ގައުމު ހޭލައްވަން ކުރާ މަސައްކަތަށް ހިޔަނި އެޅުވުމަށް އެކި ރޮނގުރޮނގުން ބަޔަކު މަސައްކަތްކުރޭ

  20. ހަރުކަށި އަންނި

    މިރާއްޖެއިން އިސްލާމް ދީން ނައްތާލަން ރާވައިގެން ބަޔަކު ކުރާ މަސައްކަތަކަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގާކަށް ނުޖެހޭތަ އަދި ކަލޭމެން އަމިއްލައަށް އަކަމަށް ހޭލުންތެރިވެ ވިސްނާކަށް ނުވޭތަ...؟!

  21. ޙަސަނާ

    މިބައިގަޑު ވަރެއް އެބަހުރިތާ މިބިމުގަ އެހެންދީންތައް ޕުރޮމޯޓު ކުރަން އަންނިއަް ހީވާކަހަލަ ތިމާވަރެއްމެތޭ ތިމަންންހެފިގޮތެހް ހެދިގެން ދިވެހިން ޖެހޭނީ ތިބޭށޭ..