ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަންއިން ހުށަހެޅި ޕްރޮޕޯސަލްއާ ޚިލާފަށް ދައުލަތަށް ގެއްލުން ވާގޮތަށް އެއްބަސްވުން ޤާއިމުކޮށްފައިވާތީއާއި، މި އެއްބަސްވުމުގައި ސޮއިކުރުމުގެ ސަބަބުން އެސްޖޭ ކޮންސްޓްރަކްޝަންއަށް އީކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާއިރު އެކަމުން އެއްވެސް ފައިދާއެއް ދައުލަތަށް ނުލިބި އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދާދީފައިވާތީ، ކުރީގެ މިނިސްޓަރ ޑޮކްޓަރ އަޙްމަދު ޒިޔާދުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާ އުފުލައިފިއެވެ.
އޭނާގެ މައްޗަށް އުފުލީ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ. މިކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށްލުމެވެ.
އަދި ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނުން ހުށަހެޅި ޕްރޮޕޯސަލްގައި ކޮންމެހެން ހިމެނެންޖެހޭ މަޢުލޫމާތު ނެތްއިރު، އެޕްރޮޕޯސަލްތަކާ ގުޅިގެން ތައްޔާރުކުރި ޓެކްނިކަލް ރިޕޯޓްގައި އެސް ޖޭ ކޮންސްޓްރަކްޝަންއަށް އެ މަސައްކަތް ޙަވާލުކުރުމަކީ ދައުލަތަށް އެންމެ ފައިދާބޮޑު ގޮތްކަމަށް ބަޔާންކޮށް، އެސް ޖޭ ކޮންސްޓްރަކްޝަންއަށް ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާތީ، އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ކުރީގެ ވެރިޔާ، ކ. މާލެ، މ. މުޙައްމަދީއާބާދު އިބްރާހީމް ޢަބްދުﷲ ސަޢީދުގެ މައްޗަށް، ވެސް ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެމާއްދާގެ (ނ) ގެ ދަށުން ރަސްމީ ޙައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކުރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ.
މި މުޢާމަލާތާ ގުޅިގެން، މިމުޢާމަލާތުގެ އެކި މަރްޙަލާތަކުގައި ހިމެނޭ، ޑަބްލިއު އެންޑް އޭ އޯވަރސީސް ޕީޓީއީއާއި އެކުންފުނީގެ ބައެއް އިސްވެރިންގެ މައްޗަށް ޖިނާއީ ތަޙްޤީޤެއް ހިންގަންޖެހޭ ކަންތައްތަކެއް ހުރިކަމަށް ފެންނާތީ، އެމައްސަލައިގައި ހިމެނޭ އެބައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށް އޭސީސީއަށް ވާނީ ލަފާދީފައި ކަމަށް މިއަދު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވިއެވެ.
ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވީ މިމައްސަލައިގެ ތެރޭގައި، އިސްލާމިކް މިނިސްޓްރީން ޢާންމުކޮށްފައިނުވާ މަޢުލޫމާތުތަކެއް އެސް ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާކަން މައްސަލައިގެ ލިޔުންތަކުން އެނގެން އޮންނާތީ މިކަން ވެފައިވާގޮތް އިތުރަށް ތަޙްޤީޤްކޮށް، މިކަމުގައި ޖިނާއީ ޒިންމާ އުފުލަންޖެހޭ ކަމެއް އޮތްކަން ނުވަތަ ނޫންކަމާމެދު ގޮތެއް ނިންމުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުއްވުމަށްވެސް އޭސީސީއަށް ލަފާދީފައި ވާނެ ކަމަށެވެ.
ތިއޮތީ ބާރު ލިބިފަ! އެގޮތަކުން މިގޮތަކުންވެސް ދެވުނުހާ ގެއްލުމެއް މީހުންނަށް ދެވޭތޯ ބަލާތި! މިދުވަސް ހިނގާދާނޭކަމާ ތިމަ ތިމާމެންގެ ފޫކޮޅު ސާފްނޫންކަންވެސް ދަންނާތި! މިއަދު ތިޔަ ޖަހާ ސަކަރާތް ތިބާމީހުނާމެދުވެސް އަދި ބަޔަކު ޖަހާނޭކަން ދެނެގެން ތިބޭތި!
މި ސަރުކާރުން ކުރާ ވައްކަންތައް ފޮރުވަން ކޮންމެވެސް ކަމެއް ކުރަންޖެހޭނެދޯ! ޒިޔާދުގެ މައްސަލަ ކަތިވަޅި ގާޒީ އާ ހަވާލުކޮށްލެމުން ބޮޑުމީހާ އަންގާގޮތަށް ބުނި ވަރެއްގެ ހުކުމެއް ޖަހާލަދޭނެ!
ވަގުންގެ ފޮށި ބާރަށް ބަންނާނެ އަބަދު ތިބާރުއޮންނާނެބާ ތިހީފުޅުކުރައްވަނީ ކުންހީއެއް ބަލިވާނެ ހަމަޔަގީން
ކުރީ ޒަމާނުގައިވެސް އެތަކެއް ހެޔޮލަފާ މީހުން ޖަލުގައިވެސް އުޅުނެވެ އިމާމް އަހްމަދު ފަދަ ސާލިހުންނަށް އަދަބު ލިބިފައިވެސް ވެއެވެ ރައީސް މައުމޫނުގެ އިރުގައިވެސް ވަރަށް އިޚްލާސް ތެރި ތެދުވެރި މައުސޫމް މީހުންނަށް ބޭއިންސާފުން ކަންތައްތައް ހިގައިފާ ވެއެވެ މާތް ﷲ ގެ ނަބިއްޔާ ޔޫސުފް ގެ ފާނުވެސް ޖަލުގައި ހޭދަކުރެއްވިއެވެ އޭ އަޅުގަނޑު ލޮބުވެތި އަޚް ތިބާއަށް ﷲ ރަހުމަތް ލައްވާށިއެވެ . ﷲ އަނިޔާ ވެރިންދެކެ ލޯބިވެ ވޮޑިއެއް ނުގަންނަވާނެއެވެ
ބަދަލުހިފުމުގެ ފޯރީގައި ބާރައްކުރިއައްދޭ ދެންއައްނަސަރުކާރަކުން މިހާރުތިބިމީހުނާއިމެދު ކަންތައްކުރާނެގޮތް ދެނެވޮޑޮގައްނަވާނީ ހެއްދެވިފަރާތް
ވަގުން ގެފޮށިބާރަށް ބަންނާނެ އަނިޔާވެރި ންނަކިއަބަދުވެސްތިކަހަލަބައެއް ބަލިވާނެދުވަހެއްއަންނާނެ
ވައްކަންކޮށްކޮށްހަދާނެގޮތެއްނޭނގިގެން ހަޑިހާވަންފެށީ މިވެރިން ވެރިކަންދޫކޮށްލާފަނުދާނެކަމަށް ހީކޮށްގެންތިއްބާ ވަގުތުޖެހި މިވެރިންގެ އެންމެން ޖަލަށް އަންނަނީ އަންނަނީ އެދުވަސް އަންނަނީ.
ނަސީދު އިސްތިއުފާ ދިނުމަށްފަހު މުޅިގައުމުގައި ހުޅުޖެހުމުންލިބުނު ގެއްލުމުގެ ބަދަލު ހޯދަން ދައުވާކޮށްބަލަ އެއަރ ޕޯޓު ވިއްކާލީމަ މިގައުމަށްލިބުނީ ފައިދާތަ ؟