މިއަދު އިރުއޮއްސި 18:00 އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެ އިން އިތުރު 53 މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ގްރޭޓަރ މާލޭ ސަރަޙައްދުން 47 މީހަކު މިއަދު ކޮވިޑް-19 އަށް ފައްސިވިއެވެ. އަދި މާލެ ފިޔަވައި އެހެން ސަރަހައްދުތަކުން މިއަދު ހަމީހަކު ފައްސިވިއެވެ.

އެޗްޕީއޭ އިން މިރޭ ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މިއަދު ފައްސިވި މީހުންގެ ތެރެއިން 42 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 11 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 10،098 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 93 މީހެކެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ މިހާރު 8847 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަންނުގަތި

    2 މީހުން ފައްސިވާނެ 3 މީހުންގެ ޓެސްޓް ނަގާބަލަ، ތިހެން ތިވަނީ... ސަރުކާރު ބޭނުންވާ ޓަާރގެޓަކީ 10 ހާސް، އެއީ އެހީހޯދަން... ދެން މަޑުމަޑުން ކޮވިޑް ކޮންޓްރޯލްވީ ކަމައް ދައްކާ، މިހާރު އޮތް ބަންދުތަކާ އެއްޗެހިވެސް އުވާލާނެ..

    9
    4
    • Anonymous

      މާބޮޑަށް އިނގެނީ. އެއީ ވާގޮތަކީ

  2. ސަނާހް

    ތިޔަ އަދަދު ޑިޕެންޑް ވާނީ ސާންޕަލް ނެގި ވަރަކައް، 100 ސާންޕަލް ނަގައިގެން 53 އެކޭ އެކިއަނީ...
    1000 ސާންޕަލް ނަގާބަލަ އޭރުން އެނގޭނެ ކޮވިޑް ފެރިފައޮތް މިންވަރު، ދޮގު ހަދާ އޮޅުވާލިޔަސް ތީ ބޮޑުވަރު

    9
    3
  3. ފެކްޓް

    އަދިވެސް ގޮތް ދޫކުރަން ނުވޭ. ތިބުނާ ވަރުން ދަނަމަ މިހާރު ތިބަލި ނާރާ މީހަކު މި މާލޭގަ މަދުވާނެ. އެބަފެނެއެއްނު ހަޤީގަތް.
    މާބޮޑުކަމަކަށް ހަދައި އަމިއްލަ ހަށިގަނޑުން ނުކުންނަ ނޭވާ އަނބިރާ އއތެރެްަާް ދަމަން މަޖުބޫރު ކޮށްގެން މިއުޅެނީ! މިއީތަ ތިބިނާ ރައްކާތެރިކަމަކީ؟
    މާސްކު އެޅުމުން ހުރީ ކޮންކަމއެއް.! އެހެންޏާ މިތާ އެބަ އުޅޭތަ ތިބުނާ އުސޫލުން މާސްކު އަޅާބަޔަކު؟ ދަތްދޮޅިން ތިރީގައާއި ނޫނީ ދޫވެގެންގޮސް ނޭފަތާއި އަނގަ ހުންނަނީ ދިމާލަށް. މާސްކު އަލާގޮތުން ނޫނީ މާސްކު ނާޅައިގެން ބަލި ވަންޏަ މިކަން އޮންނާނީވެސް ވެފަ. އެކަމަކު އެހެެންތީ މިވަނީ. ކޮބަަިތޯ މާސްކެއް މަޖުބޫރުކުރުމުގެ ނުޔަތަކީ؟

    1
    2
  4. ސޯލަހް

    ދެން 60 އައްވުރެ މަތިނުވާނެ ދުވާލަކު. ބަލަންހުނައްޗޭ.