އެކުވެނި ދުވާ ޓްރެކްގެ ސިންތެޓިކް ޓްރެކަކަށް ބަދަލުކުރުމުގެ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.

އެއްވެސް މަރާމާތެއް ނުކޮށް 24 އަހަރަށްފަހު މި ޓްރެކް މަރާމާތުކުރަން ފަށާފައިވަނީ ޖޫން 22 ގައެވެ. އަދިި މި މަސައްކަތް ނިންމުމަށް ސަރުކާރުން އަމާޒުހިފާފައިވަނީ ނޮވެމްބަރ 11 އަށެވެ.

އެކުވެނި ޓްރެކް ގައި މަސައްކަތް ކުރަމުންދާގޮތް ނައިބު ރައީސް ބައްލަވާލުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

ސިންތެޓިކް ޓްރެކް އެޅުމަށް ބިންގަނޑު އެއްވަރުކޮށް ކޮންކްރީޓްގެ މަސަައްކަތް ކުރަމުންދަނީ އާރުކޭއެލް ގްރޫޕުންނެވެ. އެ ގްރޫޕުން މިކަން ކުރަނީ ސީއެސްއާރުގެ މަޝްރޫއެއްގެ ދަށުންނެވެ.

ކޮންކްރީޓް އެޅުމުގެ މަސައްކަތް ފަށާފައި ވަނީ 17 ސެޕްޓެމްބަރުގައެވެ.

ކޮންކްރީޓުގެ މަސައްކަތް ނިމުމުން ޓްރެކްގައި ސިންތެޓިކް ޓްރެކް އަޅަން ހަވާލުކޮށްފައިވަނީ ޕޮލިސް ވެލްފެއަރ ކޯޕަރޭޝަން (ޕޮލްވެކް) އާއެވެ. މި މަސައްކަތް ހަވާލުކުރެވުނީ ސެޕްޓެމްބަރު 2 ގައިއެވެ.

އެކުވެނި ޓްރެކް ގައި މަސައްކަތް ކުރަމުންދާގޮތް ނައިބު ރައީސް ބައްލަވާލުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި މަޝްރޫއުގެ އަގަކީ 12،543،231 ރުފިޔާއެވެ.މި ކަމަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެކުވެނި ޓްރެކް ގައި މަސައްކަތް ކުރަމުންދާގޮތް ނައިބު ރައީސް ބައްލަވާލުން؛- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މި ޓްރެކް އެޅުން ވެގެންދާނީ ރާއްޖޭގެ އެތްލެޓިކްސްއަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި އެތްލީޓުންނަށްވެސް ލިބޭ ބޮޑު ފުރުސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އާންބެ

    ނާއިބުރައީސަކީ މީހުންކުރާމަސައްކަތް ބަލަންހުންނަމީހެއްތަ އެހެންކަމެއްނެތީތަ!

    1
    1