ރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި އޮކްޓޯބަރު އެއް ވަނަ ދުވަހުން ފެށިގެން ހިންގި ޚާއްސަ އޮޕަރޭޝަނުގައި 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އެކަން ފުލުހުން ހާމަކޮށްފައި ވަނީ ދެންމެ ނެރުނު ބަޔާނެއްގައެވެ.

ފުުލުހުން ވިދާޅުވީ، ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނީ ހިތަދޫ / ފިނިފަރު، ޢަބްދުﷲ އިބްރާހީމް (އަބުޗޭ) އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކާއި ގުޅިގެން ކަމަށެވެ. އޭނާއަކީ މަސްތުވަތަކެތީގެ ބޮޑެއްގެ ގޮތުގައި މީގެ ކުރިންވެސް ފާހަގަކުރެވިފައިވާ މީހެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ވަނީ އަމުރުކޮށްފައެވެ.

މީގެ އިތުރުން، ސ. ހިތަދޫ / ކޯޅި، މުޙައްމަދު ޔާމީން ނަޞީރު (23އ) ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އެ ކޯޓުން އަމުރު ކޮށްފައެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ އޮޕަރޭޝަންގައި މަސްތުވާތަކެއްޗާއެކު 14 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، މިއޮޕަރޭޝަންގައި މިހާތަނަށް 98.6 ކިލޯ (ވަގުތީ ބަރުދަން) މަސްތުވާތަކެތި ފެނިފައި ވާ ކަމަށެެވެ. އަދި ފެނިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ދަނީ މިއޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ފުލުހުން ވިދާޅުވީ، އެ އޮޕަރޭޝަންގައި ހައްޔަރު ކުރި މަސްތުވާތަކެތީގެ ބޮޑެއްގެ ގޮތުގައި ފާހަގަކުރެވޭ، އަބުޗޭއަކީ މިދިޔަ އަހަރު ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް އެ އަހަރުގެ ސެޕްޓެމްބަރު 29 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެއް ކަމަށެވެ.

އަދި އޭގެ އިތުރުން، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ މީހެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ހުރަހެއްނެތް

    ހާދަ މާވަހަރު ތިޔާގި ވެއްޔޭ ކުއްލިއަކަށް.

    11
  2. ގައުމުގެ ހަލާކު

    އެހެންވީމަ ތިކުރަނީ ބޭކާރު ކަމެއްްދޯ.. އަދިވެސް ތިމީހާ ދޫކޮއްލާނެ

    23
    1
  3. ކަޅުބެ

    އެންމެދަތުރެއްގެ ފައިދާ ދުވަސްކޮޅަކުން ތިޔައްވުރެމާ ގިނަމުދާ އެތެރެކުރާނެ ހިފަހައްޓާނިކަމެއްނެތް ދޫކޮއްލާ އެމީހުންގެ ވިޔަފާރިއައް ހުރަސްނާޅާ އަނެއްކަލޭގެ އެގޮވަނީ ކެނަބިސް މިގައުމުގަ ހުއްދަކުރަން ކިހާވަރެއްވާނެ

    16
  4. Anonymous

    Abadhuves record onnna meeheh. ... Dhn kon beykaaru kameh mikurevenee...use less

  5. ޕީޖޭ

    މެމްބަރުން ހަދާފައިއޮތް މަސްތުވާތަކެތީގެ ޤާނޫނު މޮޅީހަމަ... ފުރަތަމަ ކަމަކަށް އެޤާނޫނު އިސްލާޙްކޮށް ކޮންމެވެސް ވަރަކަށް ހަރުކަށި ކޮއްބަލަ..ކޯޓުތަކަށް ފުލުހުންނަށް ކަމެއް ކުރެވޭވަރެއް ނޫން ޢެގާނޫނުގެ ސަބަބުން ކަމަށް ބެލެވެނީ... ބޮޑު މަންޒަރަކީ ދީނީގޮތުން މުޖުތަމައު ހޭލުންތެރިކުރުވި ވަރަކަށް އަމާން މުޖުތަމައެއް ގާއިމުކުރެވޭނީ...ބޮޑުވަޒީރު ވ ކޯފާވެފައި ޕާޓީ ޑްރަގްސް (ބާރުދަށް މަސްތުވާއެއްޗެހި) އަތުލީމަ... ބުނާނެ ރައްޔިތުންގެ ޓެކްސްފައިސާ ހަރަދުކޮށްގެން މިފަދަ އޮޕަރޭޝަން ޖެއްސުމަކީ ކުރަންވާރަރުކަމެއް ނޫންކަމަށް...ބޮޑުވަޒިރު ހުރިޔާ ގަވްމުގައި ކުށްތަކާއި ފަދާސަ އިތުރުވާނެ..

  6. ރައްޔިތު

    ތިދޫކޮށްލާނެ. ވާގޮތްވެސް ނޭގޭނެ. ބައި އަޅާބަޔަކު އެބައުޅޭ

  7. ޝޭހު

    ތިމީހުން ހައްޔަރު ކުރިޔަސް ކޯޓުތަކުން ދޫކޮށްލާނެ. ޣާޒީން ތިބެނީ ލާރި އަށް ވިކިފަ ވިއްޔަ

  8. ޙަހަހަހަހަހހަހަހ

    ޢަތްފޯރާފަށަށް ޑޮލަރާ ރަނުންރަނަށް ފައިސާ މިޤައުމަށްވަނީތާ

    ޢަނދިރިފަރާތުން ރޯދިބަރަކާތް ކޮންޓެއިނަރ އައީމި

  9. ވަކީލު

    ފެރީގެ ޚިދުމަތް ވަރަށް ފުރިހަމަ!

  10. ހާނިމް

    ކްރިމިނަލްކޯތަށް މައްސަލަލައިގެން އަނެއްކާވެސް ދޫކޮށްލާނީ. މިފަހަރު ދޫކޮށްލޢިފިައްޔާ ރައްޔިތުންނުކުމެ...

  11. ޝާން

    ތިއެންމެން ދޫކޮށްލާނެ. މަހެއްހާ ދުވަސް ފަހުން ޟިހުން ތިވާހަކަ ހަނދާން ނެތިދާނެ. ދެން ކޯޓް މަރުހަލާގަ ތިވާނީ ކަނޑުން އުފެދުނު އެއްޗަކަށް. މިއީ ގުޅިގެނ ހިންގާ ބޮޑެތި ޖަރީމާތަށް.