ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ސައިޓްތަކުން ހިދުމަތް ފޯރުކޮށްދޭ ވަގުތުތަކަށް ބަދަލު ގެނެސްފިއެވެ.
ވެމްކޯއިން ބުނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް މާލެ، ވިލިމާލެ، ހުޅުމާލެ، އަދި ތިލަފުށިން ހަފުތާއަކު ކޮންމެ ދުވަހަކު ވެސް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00 އިން ރޭގަނޑު 21:30 އަށް ކަމަށެވެ.
މީގެއިތުރުން ހުކުރު ދުވަހު ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ހެނދުނު 8:00ން 11:00ށް އަދި 14:00 އަދި 21:30 އަށް ކަމަށްވެސް ވެމްކޯއިން ވަނީ ބުނެފައެވެ.
ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދު ފުރަބަންދު ކުރުމާއި ގުޅިގެން ވެމްކޯއިން ފޯރުކޮށްދެމުން އައި ހިދުމަތްތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން ކުނި ބޭރަށް ނެރޭނެ ގޮތްތަކާއި، ކުނި ބަލާ އަންނަ ގަޑިތަކުގެ އިތުރުން އެކަމުގައި އެންމެ ރައްކާތެރި ގޮތްތައް ވެސް ރައްޔިތުންނަށް ވެމްކޯއިން ކިޔައިދީފައެވެ.
ވެމްކޯއިން ބުނީ އެ ކޯޕަރޭޝަންގެ ހިދުމަތްތަކަށް އަންނަ ބަދަލުތައް ކަސްޓަމަރުންނާއި ހިއްސާ ކުރަމުން އަންނާނެ ކަމަށެވެ. އަދި ގެންނަ ބަދަލުތަކަށް އިތުރަށް ސަމާލުކަމެއް ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.
ކުނި އުކާލުމުގެ އަގަށް ބަދަލެއްނާދޭ ސިޑިން މައްޗަށް 150 ރުފިޔާ. ތިރީބައިން 100 ރުފިޔާ
މިހާރު ކުނި އަމިއްލަށް ތިރިއަށް ގެނަންޖެހެނީ ކުނި އުކާލުމުގެ އަގު ހަމަ 150