އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައުލޫމާތުތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެތެރެއިން އާންމުކުރި ގާސިމް އަބްދުލް ކަރީމް، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

އެންއައިސީގައި ހަތަރު މެންބަރުގެ މަގާމެއް ހުސްވެފައިވާ އިރު ތިން މެންބަރެއްގެ މަގާމަށް އައްޔަން ކުރަން މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގައި 17 ނަމެއް ރައީސް ފޮނުއްވިއެވެ. އޭގެ ފަހުން އެންއައިސީ އިން މަގާމެއް ހުސްވީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި އަހުމަދު ސުލައިމާން ކޮމިޝަނުން ވަކިކުރަން މަޖިލީހުން ފާސްކުރުމުންނެވެ.

އެންއައިސީ އިން ހުސްވި އެ މަގާމަށް އައްޔަން ކުރަން ރައީސް ސޯލިހަށް ފެނިވަޑައިގަންނަވާ ނަންތައް މަޖިލީހަށް ފޮނުވުމުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެމަނިކުފާނު ފޮނުވި ސިޓީފުޅު މިއަދުގެ ޖަލްސާގައި އިއްވިއިރު، އެ ސިޓީފުޅުގައި ވަނީ ގާސިމްގެ ނަން އެކަންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ގާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތައް އާންމުކޮށްފައެވެ.

ބޭންކްގެ ވިސްލް ބްލޯވަރުގެ ނަމުން މަޝްހޫރުވި ގާސިމްއަށް ބީއެމްއެލްގެ އެތެރޭގެ މައުލޫމާތުތަކެއް ލީކްކޮށްލި މައްސަލާގައި 1 އަހަރާއި 4 މަހުގެ ޖަލު ހުކުމެއް އައިސްފައިވެއެވެ. އެ ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ 2017 ގައެވެ.

ޅ. ނައިފަރަށް އުފަން ގާސިމް މިހާރު ހުންނެވީ މޯލްޑިވިސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޓެޑް (އެމްސީއައިއެފްއެލް)ގެ ޗެއާމަންކަމުގެ މަގާމުގައެވެ.

މި މާގަމާ ހަވާލުވެވަޑައިގަތުމުން ކުރިން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އުފަން ނައިފަރު ދާއިރާއަށް ވާދަކުރައްވަން އެމްޑީޕީގެ ޕްރައިމަރީގައި ވެސް ވާދަކުރެއްވިއެވެ. އެކަމަކު ޕްރައިމަރީއިން ނާކާމިޔާބުވުމުން އޭނާއަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައެއް ނުގެންނެވިއެވެ. ގާސިމަކީ ވަރަށް ކުރިންސުރެ ފެށިގެން އެމްޑީޕީގެ ސަޕޯޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހަސަދު

    މީނާ އުޅޭ ތަނަށް ތެދުވެރީ ކިހާ ވަރަކަށްބާ!!!.

    8
    2
  2. ނައިފަރޭ

    ތިޔައީ ޢިލްމުހުރި ޙިލްމުނެތް މީހެކެވެ. ހަޔެއްކަ މަސްދުވަހު ފާދިއްޕޮޅު އަތޮޅުވެރިކަމާޙަވާލުވެ ހުރިއިރު މިކަންވަނީ ސާބިތުވެފައެވެ. ކުޅޭކުޅޭ ބުދެއް މަޤާމަކަށްލުމޭ އޭނައެކޭ ތަފާތެއް ނުހުންނާނެ!

    9
    2
  3. ގަމާރު

    ދެން މިސަރުކާރުން އެކަމިޝަނުގެ ރައީސްކަމައް ކަލޭ އައްޔަނުކުރީމާ ކަލޭގެ ހުރިއަމާނާތްތެރިކަމާ ހަމަހަމަކަން ދައްކާލަން ކެރޭނެތަ

    4
    5
  4. ސަޓޯ

    ހުސް ޅ އަތޮޅު މީހުންދޯ...

    4
    2
  5. ޙ

    ބޮޑު ކޮހެއް...އިންޓަގްރިޓީ ހުރިވަރު އެނގެ އެއްނު
    ފުލުހުންގެ ސިއްރު ބޭޒާރު ކުރުމުން ޕޮލިސް ކޮމިސަނަރުކަން
    ޢެމް އެންޑީ އެފް ގެ ޗިފް އެތާގެ ކުރީގެ ސިއްރު ހާމަ ކުރި
    ސާބަހޭ

  6. ނ

    މިއީ ބޮޑު ކޮހެއް

    6
    2
  7. މެކް

    ރަށު ބޯންދު

  8. ނ

    ޕޮލިސް ކަމިޝަނަރު. ޢެމް އެންޑީ ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އެފް ގެ ޗީފް..
    މުއަޢްސަސާ އަށް ހަރާމް ކޯރު ވެފައިވާ މީހުން އެމްޑީޕީ އާއި ޖެހުމުން ހުދު ފޮތި ކޮޅެއް