2015 ވަނަ އަހަރުގެ މޭއި ޑޭ ފާހަގަ ކުރަން އޭރުގެ އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދެއްކެވި ބައެއް ވާހަކަފުޅުތައް މިހާރު އޭނާ "ހަނދުމަފުޅު ނައްތަވާލައްވައިފި" ކަމަށް ބުނެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

އެމްއެމްޕީއާރްސީ ބޮޑު ޚިޔާނާތުގެ އެއް މޭސްތިރިޔާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އައި އެންމެ 20 އަހަރު ދުވަހުގެ ޖަލު ޙުކުމާއި ގުޅިގެން އިމްރާން ކުރެއްވި ޓްވީޓެއްގައި މެއި ޑޭ މުޒާހަރާ އަށް އިޝާރާތްކޮށް ވިދާޅުވީ އެ ދުވަހުގެ ހާލަތާއި މިއަދުގެ ހާލަތު ވަޒަންކޮށްލީމާ ހިތަށް އަރަނީ ﷲގެ ކުޅަދުންވަންތަކަން ކަމަށެވެ.

އިމްރާން ވިދާޅުވީ އެތައް ބައިވަރު ރައްޔިތުންނާ އެކު މަގުމައްޗަށް ނުކުމެ ދެއްކީ ރައްޔިތުންގެ މުއްސަނދިކަން އޭރުގެ ސަރުކާރުގެ ވެރިން ނުހައްގުން ބޭނުން ކުރަމުން ދިޔަ ވާހަކަ ކަމަށެވެ.

މިނިސްޓަރ އިމްރާން އެހެން ވިދާޅުވި ނަމަވެސް މެއި ޑޭ މުޒާހަރާގައި އިމްރާން ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން އާއްމުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބުނު ވާހަކައަކީ ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އޭރު ޓްއަރިޒަމް މިނިސްޓަރަކަށް ހުރި އަދީބު އަދި އޭރު ޕޮލިސް ކޮމިޝަނަރ ހުސައިން ވަހީދު އާއި ގުޅުވައި ދެއްކެވި ވާހަކަފުޅެވެ.

ލިޔުންތަކެއް ދެއްކުމަށް ފަހު މިހިރީ އަފްރާޝީމް އަވަހާރަކޮށްލުމުގައި އެބޭފުޅުން ބައިވެރިވާކަމުގެ ހެކި ކަމަށް ވެސް އިމްރާން އެދުވަހު ވިދާޅުވިއެވެ. ނަމަވެސް ވީޑިއޯތަކުން ފެނުނު ގޮތުގައި އަފްރާޝީމްގެ މަރާއި ގުޅޭ ހެކިކަމަށް ބުނެ އިމްރާން ދެއްކި ލިޔުންތަކަކީ "ހަވީރު" ނޫހުގެ ވެބް ޕޭޖްތަކެއްގެ ޕްރިންޓްތަކެކެވެ.

އަދި އަފްރާޝީމްގެ މަރާއި ގުޅިގެން އިތުރު ހަތް މީހަކު މަރާލާފައިވާ ކަމަށް ވެސް އެދުވަހު އިމްރާން ވިދާޅުވިއެވެ.

https://twitter.com/HASSANNISHAU/status/1313184197264076800

https://twitter.com/be_bodu/status/1313219727766941696

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން އުފެއްދި މަރު ކޮމިޝަނުން އަފްރާޝީމްގެ މަރުގެ ތަޙްޤީޤު ކުރުމަށް ފަހު ނިންމާފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެއްވެސް ބައިވެރިވުމެއް އޮތް ކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަފްރާޝީމް އަވަހާކޮށްލާފައި ވަނީ ދީނީ ހަރުކަށި ފިކުރުގެ މީހުން ކަމަށް ވެސް އެކޮމިޝަނުން ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ނަައީމް

    މަގާމުލިބުމާއި އެކު އިމްރާންބުނީ އެފަދަ މައްސަލަތައް ބެލޭނެ ވަރުގެ ގާބިލްމީހުން މިސަރުކާރުގްާނެތްކަމަށް

    59
    2
    • މާރިން

      އޭނަ އެހެރީއްޔެ ނު...އޭނަ ގާބިލު ވާނެ. އޭނަ އެއީ ސްޕަރ މާރިއޯ

  2. ޙހހހ

    ހެހެ ، ވީޑި އޯތަ އް ދަ އްކާލީމަ ހަނދާންވާނެ

    57
    2
  3. މާމީ

    އެެއެހެން ވާނެ ނޫންތޯ ވާނީ އޮޑި ބަދަލު ކުރީމަ އާއޮޑި ކަނޑައް ގަދަވީމަ ކުރީގެ ކަންތައް ހަނދާން ނެތޭނެ

    56
    2
  4. ކަލޯ

    މީނާޢަކީ މިގައުމަށް ޖެހިފައިވާ ވަބާއެއަ. މާތް ރަސްކަލާނގެ މިގައުމު މިވަބާއިން އަވަހަށް ސަލާމަތް ކުރައްވާށެ. ހެއްދެވި ދަރާތައް ދުރައްސާރަ ކުރަމުން ގެންދާއިރުވެސް މީނާ މިހުންންނީ އަތްޖަހަން

    59
    2
  5. ޞިރާޠު

    މި މުނާފިޤުގެ މައްޗަށް ޖިނާޢީ ދަޢުވާ އުފުއްލަވަނޭކަމަށް ރައީސް ޔާމީން ވިދާޅުވި އަޑު އަޅުގަނޑު އެހިން. އެދުވަސް ކައިރިން ދެކެން އަޅުގަނޑު ބޭނުން.

    43
    2
  6. ސަމްސިއްޔާ

    އިމްރާން ފުލުސް އޮފީހަށް ހާޒިރު ކޮށް މައްސަލަ ތަހުގީގު ކުރަންޖެހޭ. މީހެއްގެ ބޮލުގައި މަރުގެ އިލްޒާމް އަޅުވާ، ހެކި ހުރި ކަމަށް ބުނަންޏާ އެއީ ވަރަށް ސީރިއަސް މައްސަލައެއް.

    52
    2
  7. ދޮގުހެދުމުގެ ނުބައިކަމާއޭ

    ވިސްނާ ﷲ ގެ ކުޅަދުންވަންތަކަން! ބޮޑުމުސާރައިގަ ފައިސާ އާ ބޮޑުމަޤާމާ ކާރުކޮޅާ ގޮނޑިކޮޅު ލިބުނީމާ، ކޮންމެކަމެއް ދީނާގައުމަށްޓަކައި ކަމަކަށްނުވެ، މަގުމަތިވީމާ، މީހަކު ނުބައިވަސް ދުވާ ފޮޑިއެއް ޖެހިޔަސް، އެކަމުގެ ނުބައިކަމާ އަނިޔާވެރިކަން ދަލީލާއެކު ހާމަކުރުމުގެ ދޮގުބުހުތާނު ހަނދާ އިންސާނަގެ ނިކަމެތިކަމާ، ވިސްނުމުގެ ކޮށިކަން.....

    48
    3
  8. އާބިދާ

    މީނަ މިހާރު ދައްކާވާހަކަ އަހާނީ މަރުމޯލުން މީ ފައްކާ މުނާފިގެއް މިހާރު މީނަ ދައްކާވާހަކަ ސިދާތާވެސް ޤަބޫލެއް ނުކުރޭ

    40
    2
  9. ފޭކު އިމްރާނު

    ފޭކު އިމްރާނަކީ ބޮޑުވެގެންވާ މުނާފިގެއް. ވައުދުތައް ނުފުއްދާ، ދޮގުހެދުމުން އަރާ ހުރި މީހެއް. އަދާލަތު ޕާޓީގެ މީހުންނަކީވެސް ކިތަންމެ ތުނބުޅި ދިއްކުރިޔަސް ކިތަންމެ ވަރަކަށް ޖުއްބާލައިގެން ތިމަންނައަކީ އެންމެ ދީންވެރި މީހާ ކަމަށް ދެއްކިޔަސް އިމްރާނުގެ ފޮލޯވަރުން. ދީން ހަތިޔާރަކަށް ހަދާ ބަޔަކީ މިއީ. ދީންވެރި ބައެއް ކަމަށް ހެދިގެން އޮޅުވާލުމާއި ދޮގު ހެދުން އިންތިހާއަށް. އިމްރާނު އަންނި އެއުޅޭ ގޮތަށް އުޅެންޏާ މާރަނގަޅުވާނެ. އަންނިއަކީ ފާޅުގައި ދީނާއި ދެކޮޅަށް އުޅެ ދޮގުހަދާ މީހެއް. އެކަމަކު އިމްރާނަކީ ދީން ހަތިޔާރަކަށް ހަދާ މީހެއް.

    6
    1
  10. ބްރާންޗެއް

    ބަލަ އެހެން ހަދާން ނެތޭނެ. ޙަދާން ހުރިނަމަ މިނިސްޓަރުކަން ނުލިބުނީސް

    4
    1
  11. ކަނބާ

    މޭޑޭގައި އިމްރާން ދެއްކި ވާހަކަތައް ހަނދަން އާކޮށްލަން "ހަޖަމް" ޕްރޮގްރާމްގެ ޓީމްގެ ކިބައި އިޚްލާޞްތެރިކަމާއެކު އެދެން.

    5
    1
  12. ދ

    ދިވެހި ގައުމީ ދިދަ އަށް ވެސް މިވަރު ބޮޑު ގެއްލުމެއް ދިން މީހެއް ނެތް ދިދައާއި ބެހޭ ގަވާއިދު އުވާލީ ކީއްވެ... މިހާރު މި ގައުމުގައި ދިވެހި ދިދައިގެ ގަދަރެއް ނެތް ބޭނުމެއްޔާ އޮފީހެއްގައި ނަގަންވީ އެހެން ގައުމެއްގެ ދިދައެއް ވެސް އޮފީހުގައިނެގިދާނެ 37 އަހަރުވީ ގަވާއިދު ސަބަބެއް ނެތި އުވާލީ މިކަމުގައި އިމްރާން ޖަވާބު ދޭން ޖެހޭ ދުވަސް އެބައޮތް ޖަވާބު ދާރީ ކުރެވޭނެ ގައުމިއްޔަތުގެ ދުވަސް ވެސް ފާހަގަ ކުރުން ހުއްޓާލީ

    5
    1
  13. ފަރެސް

    އިމްރާން އަނިޔާވެރިކަމާގުޅޭގޮތުން މިހާރުކޮންމެވާހަކަފުޅެއްދެއްކެވިކަމުގައިވިއަސް މޭޑޭގެމުޒާހަރާއަކީ
    ބަޔަކަށް ހަގީގަތްއޮޅި އަނިޔާވެރިކަމްށް ހުޅުވުނުދޮރެއް މިހެންމިބުނީ

  14. އޮޅުވާލި ވޯޓު

    ތިއިމްރާނު 23 ޑިސެމް ބަރުގާ ﷲ ގަންދީ އެތައް ހާސްބަޔަކާއެކު ﷲ ގަންދީކުރިހުވާވެސް ހަދާން ނެތިއްޖެ ދެން ކިހިނެއްތޯ މޭޑޭ މުޒާހަރާގަ ދެއްކި ވާހަކަހަދާން ހުންނާނީ ފޭކު އިމްރާނު

  15. ގާސިމް ސައުދު ގާސިއާ ހދ ނޮޅިވަރަންފަރު

    ޔާމީންއަކީބޮޑުވަގެއްބޭކާރުވާހަކަނުދައްކާތިޔާއުޅެނީވަކަމުގެވާހަކައޮޅުވާލަށް

  16. ދަރަނި ދަންތުރަ

    ކެނެރީގޭ ނަސީދު އާ ޑޭވިޑު ހާޑިމްހަމް ސޭހުއިމްރާނަން ސަލާމްބުނި މިވަރުން ފުއްދާލާ

    13
  17. ރާޖްކުމާރ

    މަގާމުލިބުމާއި އެކު އިމްރާންބުނީ އެފަދަ މައްސަލަތައް ބެލޭނެ ވަރުގެ ގާބިލްމީހުން މިސަރުކާރުގްާނެތްކަމަށް އެހެންވީމަ ވަގުތުން އިސްތިއުފާ ދޭންވީނޫންތޯ ގާބިލްކަމެއްނެތީމަ ތިޔަމީހާ ހަދާން އެބަހުރިތޯ ދީނޭ ކިޔާފަ މިސަރުކާރުންވެސް ގޯސް ތަކެއް ހަދަންޏާ ސަރުކާރަކު ނުހުންނާނަމޭ ދެންކީކޭތޯ

  18. ހާލުގެދުލުން

    މި ޢިމްރާނު މޭޑޭ ގައި ދެއްކި ފްލޯކް ވާހަކަ " ހަޖަމް" ޕްރޮގްރާމްގައި ގެނެސްދިނުން ވވަރަށް ބޮޑަށް އެދެން.ނަރީޝް ހަޖަމުގެ ހިތްވަރުގަދަ ޓީމް.