ހދ. ކުޅުދުއްފުށިން އެ އަތޮޅު ކުރިނބީއަށް ދަތުރު ކުރަމުންދިޔަ ދޯންޏެއް ބަންޑުން ޖަހާލައިފިއެވެ.

"ވަގުުތު" އަށް މައުލޫމާތު ދެއްވަމުން ކުރިނބީ ކަައުންސިލްގެ ރައީސް މުހައްމަދު އަފްރާހް ވިދާޅުވީ، ދެންމެގެ ވަގުތެއްގައި އެއަތޮޅުގެ ކުޅުދުއްފުއްޓަށް ދިޔަ އެރަށުގެ ދޯންޏެއް ރަށަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލާފައިވާ ކަމަަށެވެ.

އަފްރާހް ވިދާޅުވީ، އެ ދޯނި ބަންޑުން ޖަހާލި އިރު އޭގައި ތިން މީހަކު ތިބި ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 18 އަހަރުގެ އަންހެނަކާއި، ދެ ދެ ފިރިހެނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ކައުންސިލުންނާއި، ކުރިނބީ އެހެން ދޯންޏެއް ގުޅިގެން ދަނީ އެ ދޯނީގައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށުގެ އެހެން ދޯންޏެއް ގޮސް އެބަ މަސައްކަތް ކުރޭ ކަނޑުވި މީހުންނާއި، އެ ދޯނި ސަލާމަތްކުރުމަށް. ދޯނި މިހާރުވެސް އޮތީ ހަމަ އަޑީގައި" އަފްރާހް ވިދާޅުވިއެވެ.

އަފްރާހް ވިދާޅުވީ، އެ ދޯންޏަކީ ކުޅުދުއްފުއްޓަށް މުދާ ބަލައި ދިޔަ ދޯންޏެއް ކަމަށާއި، އެ ދޯނީގެ ބޮޑުމިނުގައި ގާތްގަނޑަކަށް 30 ފޫޓު ހުންނާނެ ކަމަށެވެ.

އެ ދޯނި ބަންޑުން ޖަހާލުމަށް ދިމާވި ސަބަބެއް އަދި ނޭނގެއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެފަދަ މައުލޫމާތެއް އަދި އެމްއެންޑީއެފްއަށް ލިބިފައި ނުވާ ކަމަށެވެ.

ބަންޑުން ޖަހާލި ދޯނީގައި ގިނަ އަދަދެއްްގެ މުދާ ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަގޭ

    މިޔަދު ކަނޑުވެސް ގަދައެއްނޫން، 30 ފޫޓުވަރު ދިގު ދޯންޏެއް 5 މީހުން އެއްފަހަރާ އެއްފަރާތައް އެރިޔަސް ބަންޑުން ނުޖަހާނެ.. ގަބޫލު ކުރެވެނީ މާގިނައިން މުދާ އަރުވައިގެން ވީ ގޮތެއްކަމަށް..

    10
    • 1 million

      Yeah