އެމްޑީޕީ އިސްވެ އޮންނަ ސަރުކާރެއްގައި އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމުގެ ޖާގަ އަބަދުވެސް އޮންނާނެ ކަމަށާއި މިހާރު ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ރޯގާގެ ބަލިމަޑުކަން ނެތް އިރެއްގައި ނުވަތަ ހާލަތު ރަނގަޅު ވުމުން މަގުމަތީގައި އެއްވުންތަކުގެ ހަރަކާތްތައް ހިންގަން ޖާގަ ލިބިގެން ދާނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ އިދާރާގައި ރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި "ވަގުތު" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެއްވެ އުޅުމާއި ހިޔާލު ފާޅު ކުރުމަށް އަބަދުވެސް ޖާގަ އޮންނަން ވާނެ ކަމަށާއި މިހާރު ވެސް ރައްޔިތުންނަށް ހިޔާލު ފާޅު ކުރުމުގެ ޖާގަ ލިބިފައިވާ ކަމަށާއި ކޮވިޑް-19 ގެ ހާލަތު ނެތުމުން އެއްވުމުގެ ޖާގަ ވެސް ލިބޭނެ ކަމަށެވެ.
"ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ހިޔާލު ފާޅު ކުރެވޭނެ. އިރާދަކުރައްވައިގެން، ރޯގާގެ ބަލިމަޑުކަން ނެތް އިރެއްގައި އެއްވެ ވެސް އުޅެވޭނެ.،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އަށާރަވަނަ ރައްޔިތުންގެ މަޖިލީހުގައި އެއްވެ އުޅުމުގެ ހައްގު ހަނިވާ ގޮތަށް ގާނޫނަށް ގެނެވިފައިވާ މާއްދާ އުވާލަން ނުވަތަ އެ ހައްގު ހަނި ނުވާނެ ގޮތަކަށް އެ މާއްދާ އިސްލާހު ކުރުމުގެ ބިލުގެ މަސައްކަތް ލަސްވާ ސަބަބެއްގެ ގޮތުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވީ ސަރުކާރުގެ ލެޖިސްލެޓިވް އެޖެންޑާގައި އެއަށް ވުރެ ބޮޑެތި މަސައްކަތްތައް ހުރުމުންނެވެ.
"އަޅުގަނޑަށް ވަރަށް އުނދަގޫ ލެޖިސްލެޓިވް އެޖެންޑާގައި ކަނޑައެޅިގެން ބަޔާން ކޮށްފައި ހުރި މަސައްކަތް ވަނިކޮށް އެހެން ކަންކަން ކުރިއަށް ގެންގޮސްފައި ގެންދަން، އަޅުގަނޑު އަބަދުވެސް ދެކެވެނީ ޕާޓީއެއްގެ ލެޖިސްލެޓިވް އެޖެންޑާ އަކީ މަޖިލީހުން އަބަދުވެސް އެންމެ އިސްކަން ދޭން ޖެހޭނެ ކަމުގެ ގޮތުގައި،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ރަނގަޅު ވުމުން އެއްވެ އުޅުމުގެ ޖާގަ ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު، މި ބަލިމަޑުކަމުގެ ހާލަތުގައި ވެސް އިހްތިޖާޖްގެ ހަރަކާތްތައް ދަނީ ހިނގަމުންނެވެ. މި ގޮތުން ވިޔަފާރިވެރިންނާއި ރެސްޓޯރަންޓް ހިންގާ މެދު ފަންތީގެ ވިޔަފާރިވެރިންނާއި، ނަރުހުންގެ އިތުރުން ރޭޕްއާ ދެކޮޅަށް ޒުވާނުން ވެސް އިހްތިޖާޖްކޮށްފައިވެއެވެ.
މީގެ އިތުރަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ބައިވެރިވާ ގޮތަށް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ވެސް މުޒާހަރާ ކޮށްފައިވެއެވެ. ޕީޕީއެމްއާއި ޕީއެންސީ އިން ބުނާ ގޮތުގައި މިއީ އެ ކޯލިޝަނުން ހިންގާ ހަރަކާތްތަކެއް ނޫނެވެ. އެއީ އާންމު ޒުވާނުންތަކެއް އިސް ނަގައިގެން ހިންގި ހަރަކާތެއްގައި އެ ކޯލިޝަނުން ވެސް ބައިވެރީވިއެވެ.
އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތަކުގައި ގައިދުރުވުމުގެ ހަމަތަކާއި އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ނުކުރާތީ ކަމަށް ބުނެ ފުލުހުން އެ ހަރަކާތްތައް ރުޅާލާފައިވެއެވެ. އަދި މާސްކް ނާޅާ އުޅުމުން އެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.
މީގެ އިތުރުން އެއްވެ އުޅުން ހަނިވާ ގޮތަށް އޮންނަ މާއްދާ އުވާލުމުގެ ބިލް ދިރާސާ ކުރަން ކޮމިޓީގައި އޮންނަތާ އެތައް މަހެއް ވެއްޖެއެވެ. ހޯމް މިނިސްޓްރީން ބޭނުން ވަނީ މާއްދާ އުވާލުމުގެ ބަދަލުގައި މާއްދާއަށް އިސްލާހެއް ގެނެސްގެން ކޮންމެ ވެސް މިންވަރަށް އެއްވުންތައް ރެގިއުލޭޓް ކުރަންށެވެ.
މި މާއްދާ އުވާލަން ހުށަހެޅީ މިދިޔަ އަހަރު ނަވާރަވަނަ މަޖިލިސް ފެށުނު ހިސާބުގައެވެ. މާއްދާ އުވާލަން ހުށަހެޅުއްވީ ވެސް ސަރުކާރުގެ ފަރާތުންނެއް ނޫނެވެ. އެ ބިލް ހުށަހެޅުއްވީ ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
ކުޑަ ކުއްޖެކެވެ. ނިދި އައީމަ ނިދާނީ އެވެ. ބަނޑު ހައިވީމަ ކާނީ އެވެ. ބަލި ވީމަ ޑޮކްޓަރަށް ދައްކާނީ އެވެ. މިއީ މަޖްލީހަށް ހޮވާފަ ހުރި ރައީސް އަށް ދެއްކޭ ވާހަކަ އެވެ.
ބަލަ މިހިރަގަމާރާ މީގެ ދެދުސްކުރިން ބުނީ ތިމަންނައަކީ ސަރުކާރުގެ މީހެއް ނޫންކަމަށެވެ. އެއްވެ އުޅުމަށް ލުއިދިނުމާ ހިފެހެއްޓުން އެއި ސަރުކާރުން ކުރާކަމެއް! އެއްވެ އުޅުމަށް ޖާގަލިބޭނެއޭ ކިޔައިގެން ތިޔަދައްކަނީ ކޮންވާހައެއް! ކިޔޭނުކިޔޭ އެއްޗެއްވެސްނޭގޭ ވަރަށް ބުވެންފައިފިއްޔާ ވާނެގޮތް ތިވަނީ
ބޯބުރާންތި ހަދަ ތާކުން ތާކުން ނުޖެހޭ ވާހަކަ ދައްކާ މީހެކޭމީދޯ
މީނަ ހިތުން މީނަގެ ދުލުން ނުކުންނަ ބަހަކީ ވަރަށް މޮޅެތި ފިލޯސެފީ . އަދި އެއީ ފިލޯސަފީ ކަމަށް ޤަބޫލް ކުރާ ކޮހުންތަކެއްވެސް އުޅޭ އޭގެން 1 ފިލޯސަފީއަކީ . ޑޮލަރ ގެ އަގު ތިރިކުރެވޭނީ ޑޮލަރު ހުރިތަން އެނގިގެންނޯ ހުރިތަން އެނގުނީމަ އެނގޭނެޔޯ އެހެރީ އެތަނުގައި ކަން އެ އަގުގައިކަން. . ދެވަަނަ ފިލޯސަފީ އުދައެރީ އުދަ ނާރާ ކަމަށް ހެދުމަކީ ބުއްދިވެރި ކަމެއް ނޫނޯ . 3 ވަނަ ފިލޯސަފީ މީ. ރޯގާ ފެތުރޭ ތަނެއްގައި ރޯގާ ނެ ެތިއްޔާ އެއްވެެ ެ އުޅުން އޯކޭ ... ދިވެހިން އަޅުކަން ކުރަން ބުެދެއް ހަދަންޏާ މީނަގެ ސިފައިގަ ބުދުހަދަންވެސް ރަނގަޅު . އެވަރަށް ކަނޑުކޮހުން މީނަޔާ ހެދި ވަޖިދުވެފަ ތިބީ .. ކާކުތަ މީ ؟
މީނަގެ ބޭކާރު ވާހަކަތައް
ނުކެރޭނެ