ހއ. ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް އަންނަ ނޮވެމްބަރު މަސް ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން މިއަދު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ ސީއީއޯ އަލީ އާޒިމް މިއަދުގެ ވަގުތެއްގައި ވަނީ އެ އެއާޕޯޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބެެއްލުވުމަށް އެރަށު އެއާޕޯޓް ތަރައްގީ ކުރާ ސަރަހައްދަށް ޒިޔާރަތް ކުރައްވާފައެވެ.

އެމްޓީސީސީން ވިދާޅުވީ، ނޮވެމްބަރު 11 ވަނަ ދުވަހަށް އެއާޕޯޓް ނިންމުމަށް މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެއެވެ. އެއާޕޯޓް ތަރައްގީ ކުރުމަށްޓަކައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފައެވެ. މި މަސައްކަތަށް އެކަނި ވެސް 67 މިލިއަން ރުފިޔާ ހޭދަކުރިއެވެ. އަދި ހިއްކި ސަރަހައްދުގައި 1120 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް މި އަހަރުގެ މާޗް މަހު ވަނީ ނިންމާލައިފައެވެ.

އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތަށް ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެހެންތޭ

    ފަންކާތައް ދެން އުދިހިފަ އެއަރޕޯޓަށް ޖައްސާނެ، މިހާރު އެއަރޕޯޓެއް ނެތީ އަރިއަތޮޅު އުތުރުބުރި، މ އަތޮޅު، ވ އަތޮޅު، ފ އަތޮޅު، މި އަތޮޅު ތަކުގަ އެއަރޕޯޓް ހެދީމަ އަހަރުމެނަށް ވައިގަ ދަތުރު ފަތުރުގަ ލަންކާ ވެސް ފަހަތައް ވައްޓާލެވޭނެ

    1
    4
  2. ބަދަލުކުރޭ

    ސަރުކާރުގެ ދެކުންފުންނެއް އެބައޮތޭ ސަރުކާރަށް މިލިއަނުން ފައިދާ ނެރެވިދާނެ އެއީ އެމްޓީސީސީ އާއި އަދި އެމްޑަބްލިޔު އެސްސީ އެމްޓީސީސީ މަޑުމަޑުން ކުރިއަށް އެބަދެއޭ އެކަމަކު އެމްޑަބްލިޔު އެސްސީ ދަނީ ފަހަތަށޭ އެމްޑަބްލިޔު އެސްސީގެ އެމްޑީ ބަދަލު ކޮށްގެން ނަމަވެސް އެބަޖެހޭ އެމްޑަބްލިޔު އެސްސީ ހިންގޭނެ ފެންވަރުގެ ގަޓް ހުރި ޓެކްނިކަލް މީހަކު އެތަނަށް ލާން އެހެންނަމަ އެމްއެމްއެކްސްޕޯރޓަށް ރަށްރަށުގެ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓް ދޭން ނުޖެހޭނެއޭ އެމްޑަބްލިޔުއެސްސީ ގެ އެމްޑީ ކުޅަދާނަނަމަ ދޯ...